ކުޅިވަރު ޗެމްޕިއަންސް ލީގު: ރެއާލް އަދި ސިޓީ ކުއާޓާއަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ މެޗުތައް ކާމިޔާބުކޮށް ސްޕެއިންގެ ރެއާލް މެޑްރިޑާއި އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީން، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ރެއާލް ކުއާޓާގެ ޖާގަ ހޯދާފައިވަނީ މުބާރާތުގެ ދެވަނަ ބުރުގައި އިޓަލީގެ އެތުލާންޓާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި ދެ ޓީމް އެތުލާންޓާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބު ކޮށްފައިވަނީ ރެއާލުންނެވެ. ރެއާލްގެ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު ދެވަނަ ލެގުގެ މެޗު ރެއާލް […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދެން އެމްބިއުލާންސް ދޭ ރަށްތަކުގެ އެންމެ ކުރީގައި އޮންނާނީ މަކުނުދޫ ދާއިރާ: މިނިސްޓަރު އަތޮޅުތަކުގެ ރަށްތަކަށް އެމްބިއުލާންސް ފޮނުވުމަށް ސަރުކާރުން ކުރިއަށް ގެންދަވާ ޕްރޮގްރާމްގެ ދަށުން، ދެން އެމްބިއުލާންސް ދޭ ރަށްތަކުގެ އެންމެ ކުރީގައި އޮންނާނީ މަކުނުދޫ ދާއިރާގެ ރަށްތައް ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ މިނިސްޓަރު ނަސީމް މިހެންވިދާޅުވީ، ދެ ފަހަރުމަތީން މި ސަރުކާރުން ރަށްރަށަށް އެމްބިއުލާންސް ފޮނުވިއިރު، ޢަބުދުﷲ އަމީން ހެލްތު މިނިސްޓަރަކަށް ހުންނެވިއިރު، އެމްބިއުލާންސް ދެއްވާނެކަމަށް ވިދާޅުވެ، މަކުނޫދޫ ދާއިރާގެ ރަށްތަކަށް އެމްބިއުލާންސް ނުލިބިވާތީ، އެ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ މާލޭގެ މޭޔަރުކަމަށް އެންމެ ގާބިލު ކެންޑިޑޭޓަކީ ޑރ.މުޢިއްޒު: އުމަރު ޒާހިރު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލު ކެންޑިޑޭޓަކީ ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒުކަމަށް ކުރީގެ މިނިސްޓަރު އުމަރު ޒާހިރު ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ހުޅުމާލެ ހިއްކައި، ހުޅުމާލެ އާރާސްތުކުރުމުގެ މަސައްކަތް ފަރުމާކޮށް ފެށުމުގައާއި، ތިލަފުށި ހެދުމާއި، މާލޭގެ މަގު ހެދުން ފަދަ ތަރައްގީގެ ގިނަ މަޝްރޫޢުތައް... ޖަލްވާން ޖާދުﷲ · 5 އަހަރު ކުރިން
ރާއްޖެ ގަތަރުގެ ޓްރާންސްޕޯޓް މިނިސްޓަރ ގާސިމް އާއި ނަހުލާ ބައްދަލުކުރައްވައިފި ގަތަރުގެ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރ ގާސިމް ބިން ސައިފް އަލް ސުލައިސީ އާއި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ދެ ގައުމުން ވެސް ޓްރާންސްޕޯޓް ދާއިރާއިން ގުޅިގެން ކުރާނެ މަސައްކަތްތަކާ ގުޅޭ އެމްއޯޔޫއެއްގައި ސޮއިކުރުމަށް އެއްބަސްވިކަމަށެވެ. އޭގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ. އޭގެތެރޭގައި ވެހިކަލް ރަޖިސްޓްރޭޝަން ޑިޖިޓައ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަމް ސްކޫލްގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި ހދ. ނޮޅިވަރަމް ޕޮލިސް ސްޓޭޝަންއިން އިންތިޒާމްކޮށްގެން، ހދ. ނޮޅިވަރަމް ސްކޫލްގެ ގްރޭޑް 9,8,7 އަދި 10 ގެ ދަރިވަރުންނާއި އެ ސުކޫލްގެ ބެލެނިވެރިންނަށް ހާއްސަކޮށް، ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ނޮޅިވަރަމް ޕޮލިސް ސްޓޭޝަނާއި ހދ. ނޮޅިވަރަމް ސްކޫލާއި ގުޅިގެން ” ރިވެތި ސިފަތައް ” މި ނަމުގައި ކުރިއަށް ގެންދިޔަ މިހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި ހިނގާ މާރިޗް މަހުގެ 11 އިން 13 އަށެވެ. ނޮޅިވަރަމް ސުކޫލުގައި ކުރިއަށް […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފިއްލަދޫން ވެސް ބާރަށަށް ޓަނެއްހާ މަސް ހަދިޔާކޮށްފި ހއ. ބާރަށުން ކޯވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން މާރިޗް 1 ވަނަ ދުވަހުގެ ރޭން ފެށިގެން އަދިވެސް އެރަށަށް ފުރަބަންދުގެ ހާލަތުގައި އޮތްއިރު، އެ އަތޮޅު ފިއްލަދޫ ރައްޔިތުންގެ ފަރާތުން ބާރަށު ރައްޔިތުންނަށް އެހީތެރިވުމށް ޓަނެއްހާ ރޯމަސް މިއަދު ހަދިޔާކޮށްފިއެވެ. މިގޮތުން ފިއްލަދޫ ރައްޔިތުންގެ ފަރާތުން ބާރަށު ރައްޔިތުންނަށް ހަދިޔާ ކުރީ، 917 ކިލޯ ރޯމަހެވެ. ބާރަށުގެ ރައްޔިތުން ރަށުގައި ބަންދުވެފައިވައިތިބި މިހާލަތުގައި ފިއްލަދޫގެ އިތުރުން އެ އަތޮޅުގެ ބައެއް ރަށްތަކުން ވަނީ ކުރިން ވެސް ބާރަށަށް އެހީތެރި... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ އަހަރުތަކެއް ކުރިން ހޮސްޕިޓަލްތަކުން ފެނުނު ސުޕާބަގް އިންޑިއާގެ ރަށަކުން ފެނިއްޖެ މީގެ އަހަރުތަކެއް ކުރިން ދުނިޔޭގެ އެކި ގައުމުތަކުގެ ހޮސްޕިޓަލުތަކުން ފެނުނު ނުރައްކާތެރި “ސުޕާ ބަގް” އިންޑިއާގެ ވަކިން އޮންނަ ކުޑަ ރަށެއްގެ ގޮނޑުދޮށުން ފެނިއްޖެއެވެ. މި ނުރައްކާތެރި ފަންގަސް އެންމެ ފުރަތަމަ ފެނުނީ ޖަޕާނުންނެވެ. އެއީ 2009ގަ އެވެ. އެއަށްފަހު ދުނިޔޭގެ އެކި ގައުމުތަކުގައި މި ފަންގަސް ވަނީ ފެނިފައެވެ. ނަމަވެސް އެއީ ކިހިނެތް އިންސާނުންނަށް ފެތުރޭ އެއްޗެއްކަން އޮތީ ނޭނގިއެވެ. މި ފެނުނު އާ ހެކިތަކާއެކު މި ފަންގަސްއާ ގުޅޭގޮތުން ކުރަމުން އައި ދިރާސާތަކަށް އިތުރު […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި ފެލިދޫ އާ އިންޖީނު ގޭގެ ބިންގާ އަޅައިފި ވ. ފެލިދޫގައި ހަދާ އާ އިންޖީނުގޭގެ ބިންގާ އަޅައިފި އެވެ. މިއީ ސްޓެލްކޯއިން އެ ރަށުގައި އަޅާ އިންޖީނުގެއެކެވެ. މި އިންޖީނުގެ ރާއްޖޭގައި އަޅާ އެންމެ ފެންވަރު ރަނގަޅު އިންޖީނުގެތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެ ރަށުގެ މިހާރުގެ އިންޖީނުގެ ހުންނަނީ މީހުން ދިރިއުޅޭ ސަރައްދުގައެވެ. އެހެންކަމުން އާއްމުންނަށް ދަތިތަކާ ދިމާވާތީ އާ އިންޖީންގެ ހަދަން ބިންގާ އަޅާފައިވަނީމީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ. ހަތަރު މެގަވޮޓުގެ މި އިންޖީނުގެއާއެކު ކަސްޓަމާ ސާވިސް އިމާރާތެއްވެސް ހަދާނެއެ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ރައީސް ޞާލިޙް ބަންގްލަދޭޝްއަށް ވަޑައިގަންނަވައިފި ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ބަންގުލަދޭޝްއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެ ގައުމަށް ވަޑައިގަންނަވައިފިއެވެ. ދެ ދުވަހުގެ މި ދަތުރުފުޅުގައި ރައީސް ޞާލިޙް މިއަދު އެ ގައުމަށް ވަޑައިގެންނެވުމުން، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޙަޒްރަތް ޝާޙްޖަލާލް އިންޓަރނޭޝަނަލް އެއަރޕޯޓުން އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވީ ބަންގްލަދޭޝްގެ ރައީސް އެމް.ޑީ. ޢަބްދުލް ޙާމިދާއި، އަނބިކަނބަލުން ރާޝިދާ ޙާމިދެވެ. ރައީސް އޮފީހުން ވިދާޅުވީ، ރައީސް ޞާލިޙް ޑާކާއަށް ވަޑައިގެންނެވުމުން، އެ މަނިކުފ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ އެމެރިކާއިން އާ ވައްތަރެއްގެ ނުރައްކާތެރި މަދިރިއެއް ފެނިއްޖެ އެމެރިކާގެ ފލޮރިޑާއިން އާ ވައްތަރެއްގެ ނުރައްކާތެރި މަދިރިއެއް ފެނިއްޖެއެވެ. “އީޑިސް ސްކެޕިއުލަރިސް”ގެ ނަމުން ނަން ދީފައިވާ މި މަދިރި ފެނިފައިވަނީ 2019ވަނަ އަހަރު ފްލޮރިޑޭގެ ޕާކަކުންނެވެ. މި މަދިރި ހޯދާފައިވަނީ ޔުނިވާސިޓީ އޮފް ފލޮރިޑާގެ އެންޓޮމޮލޮޖިސްޓް އެންޑް ރިސާޗް ސައިންޓިސްޓެއް ކަމަށްވާ ލޮރެންސް ރީވްސްއެވެ. މި މަދިރިއަކީ މިހާތަނަށް ނުފެންނަ ބާވަތެއްގެ މަދިރިއެއް ކަން ކަށަވަރުވެފައިވަނީ މިދިޔަ އަހަރު ހެދި ޑިއެންއޭ ޓެސްޓުތަކަކުންނެވެ. މި ބާވަތުގެ މަދިރިތައް ފްލޮރިޑާގެ ދެ ސަރަހައްދެއްގައި އުޅޭ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ދެ މީހެއްގެ ވާހަކަތަކަށް ބީރުކަންފަތް ދޭންވާނެ: އިބްރާހިމް ރަޝީދު ދެ މީހެއްގެ ވާހަކަތަކަށް ބީރުކަންފަތް ދޭންވާނެކަމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑަައިގަންނަވާ، ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. ސެއިޚް ވިދާޅުވީ، ދެ މީހެއްގެ ވާހަކަތަކަށް ބީރުކަންފަތް ދޭންވާނެ ކަމަށެވެ. އެއީ އަބަދުވެސް ދީނާ ދެކޮޅަށް ބަސްބުނާ މީހާގެ ވާހަކަ ތަކަށާއި، ދީނުގެ ޙުކުމްތައް އޮޅުވާލަން މަސައްކަތްކުރާ މީ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި ޑިޖިޓަލް ފައިސާ މަނާކުރަން އިންޑިއާއިން ގާނޫނެއް ހަދަނީ ޑިޖިޓަލް ފައިސާ ނުވަތަ ކްރިޕްޓޯ ކަރަންސީ ގެންގުޅުމާއި ބޭނުން ކުރުމަކީ މަނާ ކަމަށް ހަދަން އިންޑިއިއާއިން ގާނޫނެއް ހަދަން އުޅޭ ކަމަށް ބޭރިގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ގާނޫނުގެ އިންޑިއާގެ ޑްރާފްޓެއްް ހަދައި ގާނޫނު ހަދާ މަޖިލީހަށް އެ ބިލް ހުށަހަޅަން ވަނީ ތައްޔާރުވެފައެވެ. މި ބިލުފާސްވުމާއެކު އިންޑިއާގައި ކްރިޕްޓޯ ކަރަންސީއާ ގުޅުން ހުރި އެއްވެސް މުއާމާތެއް ހިންގުން ގާނޫނީ ގޮތުން މަނާވާނެއެވެ. އިންޑިއާގައި މިހާރުވެސް ކްރިޕްޓޯ ކަރަންސީ ބޭނުން... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ކުޅިވަރު އިންގްލެންޑް ކީޕަރ ޕިކްފޯޑަށް އަނިޔާވެ ކޮލިފައިން މެޗުތަކުގައި ނުކުޅެވޭނެ އެވަޓަންއަށް ކުޅެމުން އަންނަ އިންގްލެންޑްގެ އެއް ނަމްބަރު ގޯލްކީޕަރ ޖޯޑަން ޕިކްފޯޑަށް އަނިޔާވެ، މާޗްމަހު ކުޅުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ. އެވަޓަންއަށް ކުޅެމުން އަންނަ އުމުރުން 27 އަހަރުގެ ޕިކްފޯޑަށް އަނިޔާވެފައިވަނީ، މިދިޔަ ހޮނހިރު ދުވަހު ޕްރިމިއާ ލީގުގައި ބާންލީ އަތުން އެވަޓަން ބަލިވި މެޗުގައެވެ. އެ މެޗުގައި ޕިކްފޯޑުގެ ބަނޑުގެ ކަނާއަތްފަރާތުގެ މަސްތަކަށް އަނިޔާވެފައިވަނީ މެޗުގެ ފުރަތަމަ ހާފުގައި ބާންލީގެ މިޑްފީލްޑަރ ގުޑްމަންސަން ފޮނުވާ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ވިޔަފާރި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެނީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީގާއެއްގެ އަގު 65.61 ޑޮލަރު (1011ރ.) އަށް އަރައިފިއެވެ. މިއީ މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާ ބަލާއިރު ދެގުނަ އިތުރުވުމެކެވެ. މިއަހަރު ރެކޯޑު އަދަދަކަށް ތެލުގެ އަގު އުފުލިދާނެ ކަމަށް ތަޖުރިބާކާރުން ލަފާ ކުރެއެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާގޮތުގައި ދުނިޔޭގެ ތެލުގެ އަގަށް ކުއްލިއަކަށް ބޮޑު ބަދަލެއް އައީ ކޯވިޑް ވެކްސިންގެ ސަބަބުންނެވެ. ކޯވިޑްގެ ދުވަސްވަރު ގައުމުތައްބަންދު ކުރުމުގެ ސަބަބުން ދަތުރުފަތުރު ހުއްޓި ތެލަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ސަރުކާރުގައި ތިބޭއިރު މުއައްސަސާތައް ރަނގަޅު، ނެތްނަމަ ގޯސްވޭ: ފާއިޒް ސަރުކާރުގައި ތިބޭއިރު މުއައްސަސާތައް ރަނގަޅުވާކަމަށާއި ސަރުކާރުގައި ނެތްނަމަ މުއައްސަސާތައް ގޯސްވުމަކީ ސިޔާސީ ހަގީގަތެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަހުމަދު ފާއިޒް ހުސެއިން ވިދާޅުވެއްޖެ އެވެ. އަޙްމަދު ފާއިޒް ހުސައިން މިހެން ވިދާޅުވީ، އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ހާބަރެއް ހެދުމުގެ ނަމުގައި އިންޑިއާ ސިފައިންނަށް ގާއިމްވެ ތިބެވޭނެ ގޮތަށް ހަދާ އެއްބަސްވުމާއި ގުޅޭގޮތުން ރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެއްގައި މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގަ... އަލީ އާދިލް · 5 އަހަރު ކުރިން