މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އުފެއްދި ބޯޑުން ރެކޯޑު އަދަދަކަށް މައްސަލަތައް ނިންމައިފި

މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އުފެއްދި ބޯޑުން ރެކޯޑު އަދަދަކަށް މައްސަލަތައް ނިންމައިފި

މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ހުށަހެޅުމުން، އެ އިލްތިމާސް ދިރާސާކޮށް ޢަމަލުކުރުމަށް ފެންނަގޮތުގެ ލަފާދިނުމަށް އެކުލަވާލާފައިވާ ކްލެމެންސީ ބޯޑުން މިއަހަރުގެ ޖޫންގެ ނިޔަލަށް ރެކޯޑު އަދަދަކަށް މައްސަލަތައް ނިންމަވައިފިއެވެ. ކްލެމެންސީ ބޯޑަކީ މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ބޯޑެކެވެ. ކްލެމެންސީ ބޯޑު ޙަރަކާތްތެރިވާނީ އެޓަރނީ ޖެނެރަލްގެ ބެއްލެވުމުގެ ދަށުންނެވެ. ބޯޑުގެ ރައީސަކީ އެޓަރނީ ޖެނަރަލ...

ޔުމްނާ ޢަލީ
ރަމްޒު އެކަޑަމީން ނަރުދޫގައި ހިންގި ހޭންޑް ބޯލް ކޭމްޕް ނިންމާލައިފި

ރަމްޒު އެކަޑަމީން ނަރުދޫގައި ހިންގި ހޭންޑް ބޯލް ކޭމްޕް ނިންމާލައިފި

ރަމްޒު ސްޕޯރޓްސް އެކަޑާމީން ށ. ނަރުދޫގައި ހިންގި ހޭންޑް ބޯލް ކޭމްޕް ނިންމާލައިފި އެވެ. އެ ރަށުގެ އަންހެންވެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވުނު ހޭންޑް ބޯލް ދަސްކޮށްދިނުމުގެ މި ކޭމްޕް ކުރިއަށް ގެންދެވުނީ 7 ދުވަހުގެ މުއްދަތަކަށެވެ. ރަމްޒު ސްޕޯޓްސް އެކަޑަމީގެ ރައީސް އަލީ ރަމްޒީ “ތިލަދުން” އާ ވާހަކަ ދައްކަމުން ބުނީ، މި ކޭމްޕަށް ގެނެވުނު ކޯޗަކީ ރަށުން ބޭރު ކޯޗެއްކަމަށެވެ. އަދި މި ކޭމްޕް އަކީ އެ އަކަޑަމީން މުޅިން ހިލޭ ކުރިއަށް ގެންދިޔަ ކޭމްޕެއްކަން އޭނާ […]

އަޙްމަދު އަރުޝަމް
ށ. އަތޮޅު ހޮސްޕިޓަލުގައި ނަރުހުންގެ އައު ޔުނީފޯމެއް ތައާރަފްކޮށްފި

ށ. އަތޮޅު ހޮސްޕިޓަލުގައި ނަރުހުންގެ އައު ޔުނީފޯމެއް ތައާރަފްކޮށްފި

ށ އަތޮޅު ހޮސްޕިޓަލުގައި ނަރުހުންގެ އައު ޔުނީފޯމެއް ތައާރަފްކޮށްފިއެވެ. އައު ޔުނީފޯމު ތައާރަފް ކުރުމާއި ގުޅޭގޮތުން އެ ހޮސްޕިޓަލުން ވިދާޅުވެފައި ވަނީ، މި ފަހަރު އަލަށް ތައާރަފް ކުރެވުނު މި ޔުނީފޯމްތަކަކީ ލާން ފަސޭހަ އަދި ބަލާލަން އެހާމެ ލޮލަށް ފަސޭހަ ޔުނީފޯމްތަކެއްކަމަށެވެ. މީގެ އިތުރުން، މި ޔުނީފޯމްގެ ސަބަބުން ވަޒީފާގެ ޝަހުސިއްޔަތާއި އަމިއްލަ ޝަހުސިއްޔަތު މަތިވެ ނަރުހުންގެ ފެންވަރު ރަނގަޅު ޚިދުމަތަކަށް މަގުފަހިވެގެންދާނެކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. މީގެއިތުރުން މިފަދަ ބަދަލުތައް ގެނެސ...

އަޙްމަދު އަރުޝަމް
ކާވެނި ކުރަންވީ ނޫކަށީފުރާގެ އެންމެ ޗާލޫކީ ދުވަސްވަރުއެވެ.

ކާވެނި ކުރަންވީ ނޫކަށީފުރާގެ އެންމެ ޗާލޫކީ ދުވަސްވަރުއެވެ.

އިންސާނުން އެ މީހުންގެ ޙަޔާތައް ވަކިޚާއްޞަ ބައިވެރިއަކު ހޯދުން އެއީ މުޙިއްމު ކަމެއްތޯއެވެ؟ އަދި އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ބާއެވެ؟ މިއީ ކޮށްލަން ރަނގަޅު ސުވާލުތަކެކެވެ. މި ސުވާލުތަކަށް އިލާހީ ޖަވާބެއް އޮތްތޯ ބަލަމާ އަންނާށެވެ! އިންސާނީ ނަސްލު ޤިޔާމަތްދުވަހާއި ޖެހެންދެން ދުނިޔޭގައި ދެމިއޮތުން އެއީ އިންސާނުން ވުޖޫދުކުރެއްވުމުގެ ކުރިން ވެސް، ޚާލިޤްވަންތަ ﷲ، ބަޝަރިއްޔަތުގެ ކިބައިގައި ލައްވާފައިވާ އަސާސީ ސިފައެކެވެ. އެ އިލާހު ވަޙީކުރައްވަނީ، ﴿وَإِذْ قَالَ رَبُّكَ لِلْمَلاَئِكَةِ إِنِّي جَاعِلٌ...

އައްޝައިޚް މުޙައްމަދު އަފްޟަލް
މޫސުން އިތުރަށް ގޯސްވެ، އޮރެންޖު އިންޒާރު ނެރެފި

މޫސުން އިތުރަށް ގޯސްވެ، އޮރެންޖު އިންޒާރު ނެރެފި

ރާއްޖޭގެ އުތުރުން ފެށިގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، އޮރެންޖު އިންޒާރު ދީފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އޮރެންޖު އިންޒާރު ދީފައި ވަނި ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ދެމެދުގެ ސަރަހައްދު ތަކަށެވެ. މި އިންޒާރުގެ ވަގުތަކީ ހަވީރު 17:00 އިން ފެށިގެން މިރޭ 21:00 އާއި ހަމައަށެވެ. މެޓް އޮފީހުން ކުރިން އޮތީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މިރޭ 19:00 އާއި ހަމައަށް […]

ޙުސައިން ޝަހުދީ
ޑރ. ޝަހީމްގެ ރަސްމީ ވެބްސައިޓް އިފްތިތާޙްކޮށްފި

ޑރ. ޝަހީމްގެ ރަސްމީ ވެބްސައިޓް އިފްތިތާޙްކޮށްފި

ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދުގެ ރަސްމީ ވެބްސައިޓް މިއަދު އިފްތިތާޙް ކޮށްފިއެވެ. އަމިއްލަ ރަސްމީ ވެބްސައިޓެއް ރަސްމީކޮށް އިފްތިތާޙް ކުރެއްވިކަން ހާމަކުރައްވައި މިއަދު އެ މަނިކުފާން ވިދާޅުވެފައި ވަނީ މި ވެބްސައިޓް އުފެއްދުމުގެ އެންމެ ބޮޑު މަޤުޞަދަކީ އިސްލާމީ ޢިލްމު ފަތުރައި އިސްލާމީ ޙަޟާރަތުގެ އަސާސްތައް ކުރިއަރުވައި އިޞްލާޙީ ފިކުރީ މަސައްކަތް ނަގަހައްޓައި ދެމެހެއްޓުން ކަމަށެވެ. އަދި މިފަދަ ވެބްސައިޓެއް އުފައްދައި ޢިލްމީ، އިދާރީ، އިޖުތިމާޢީ، ބައިނަލްއަޤުވާމީ ހުރިހާ މަސައްކަތްތަކެއް އެއްތަނަކަށް...

އިބްރާހިމް ޚަލީލް
މިއީ ވަރުގަދަކޮށް ތިބެންވީ ވަގުތު، ވަކިކަމެއް ނުވީމަ ޒީރޯއިންނަށް ހަދާލީމަ ކަމަކުނުދޭ: ރާޢީ

މިއީ ވަރުގަދަކޮށް ތިބެންވީ ވަގުތު، ވަކިކަމެއް ނުވީމަ ޒީރޯއިންނަށް ހަދާލީމަ ކަމަކުނުދޭ: ރާޢީ

ރައްޔިތުންގެ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ 65 މެންބަރުން ވަރަށް ގިނަ މަސައްކަތްކޮށް ދެއްވައިފި ކަމަށާއި، މިވަގުތަކީ އެ މެންބަރުން އެކައްޗެއް ކިޔައިގެން ބަދަހިކޮށް ތިބެންވީ ވަގުތުކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ނަފުރަތުގެ އަމަލު ބަޔާންކޮށް ގާނޫނުލްއުގޫބާތަށް މާއްދާއެއް އިތުރުކުރަން ސަރުކާރުން ހުށަޅައި، ބިލާއިގުޅިގެން އިއްޔެ ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި ތަޅުމުގައި އެމްޑީޕީގެ މެންބަރުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުން އުފެދި ޚިޔާލު ދެކަފިވެފައ...

އަލީ އާދިލް
މޫސުން އަދިވެސް ގޯސްވާނެ، ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފި

މޫސުން އަދިވެސް ގޯސްވާނެ، ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފި

ރާއްޖޭގެ އުތުރުން ފެށިގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ނެރެފައިވާ ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ކުރިން ނެރެފައިވާ އެލާޓްގެ ވަގުތު މިއަދުގެ މެންދުރުފަހު 15:00 އަށް ހަމަވެއެވެ. އެހެންކަމުން މޫސުން އަދި ވެސް ގޯސްވާނެތީ އެ އެލާޓްގެ ވަގުތު މިރޭ 19:00 އާއި ހަމައަށް މިހާރު ވަނީ އިތުރުކޮށްފައެވެ. މޫސުމާބެހޭ ގައުމީ އިދާރާގެ މި ސަމާލުގައިވަނީ […]

ޔުމްނާ ޢަލީ
ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނުމުން ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިފި

ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނުމުން ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިފި

ރައީސުލްޖުމްޙޫރިއްޔާގެ ރަސްމީ ގެކޮޅުކައިރިން ދިޔަ ދެ މީހަކު، އެމީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތްކަމަށް ބުނުމާއި ގުޅިގެން ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ، ރައީސުލްޖުމްޙޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގެ ކައިރިން ދިޔަ ދެ މީހަކު އެމީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތްކަމަށް ބުނުމާއި ގުޅިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އިތުރު ތަފްޞީލެއް ފުލުހުން ހާމ...

ޔުމްނާ ޢަލީ
ކަނޑު ދަތުރުކުރާ ފަރާތްރަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ކަނޑު ދަތުރުކުރާ ފަރާތްރަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން ދަތުރުފަތުރުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން އިލްތިމާސް ކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ވަނީ، ރާއްޖޭގެ ބޮޑު ބަޔަކަށް ވާރޭވެހި ގުރުރުމާއެކު، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކ...

އަލީ އާދިލް
އުތުރުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި

އުތުރުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ އުތުރުން ފެށިގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މި އެލާޓް ނެރެފައި ވަނީ މިއަދުގެ މެންދުރުފަހު 15:00 އާ ހަމައަށެވެ. މި ޔެލޯ އެލާޓުގެ ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ތ. އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމާއި އެކު ވައިގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ރާއްޖޭގެ […]

ޔުމްނާ ޢަލީ
އިންޑިއާގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

އިންޑިއާގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

އަވަށްޓެރި އިންޑިއާގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ އޭނާގެ ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ގޮތުން، ކެބިނެޓްގެ 12 މިނިސްޓަރެއް ވަނީ މިދިޔަ ބުދަ ދުވަހު އެއް ފަހަރާ އިސްތިއުފާ ދެއްވާފައެވެ. މި ބަދަލު މިގެންނެވީ، ކޯވިޑްބަލީގެ ހާލަތުގައި މޯދީގެ ސަރުކާރުން ގެންގުޅެމުން އަންނަ ސިޔާސަތުތަކަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައި ވުމުން އެކަންކަން ރީތިކުރުމުގެ ގޮތުންނާއި، ސަރުކާރުގެ ތަސައްވުރު ރީތި ކުރެއްވުމުގެ ގޮތުންކަމަށް ވެއެވެ. މީގެއިތުރުން...

ހުސައިން ހަބީބް
ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފި

ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފި

ށ. ފުނަދޫގައި ހުންނަ، ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ޚާއްޞަ ޑަކްޓަރެއްގެ ޚިދުމަތް ތަޢާރުފްކޮށް، ކަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފިއެވެ. މިގޮތުން ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ފަރުވާދިނުމުގެ ޚިދުމަތް ރަސްމީކޮށް ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހު، އެ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. އެ ހޮސްޕިޓަލުން ކަށީގެ ޑަކްޓަރަށް ދެއްކުމުގެ ޚިދުމަތް، އެ ހޮސްޕިޓަލްގައި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. އެ...

ޔުމްނާ ޢަލީ
ރަށަށް ބަދަލުވާން އެދޭ އާއިލާތަކަށް ހިންގާ ޕްރޮގްރާމްގެ ދަށުން 19 އާއިލާ ރަށަށް!

ރަށަށް ބަދަލުވާން އެދޭ އާއިލާތަކަށް ހިންގާ ޕްރޮގްރާމްގެ ދަށުން 19 އާއިލާ ރަށަށް!

ކޯވިޑް-19ގެ ސަބަބުން މާލެ ދޫކޮށް ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް ޖެންޑަރ މިނިސްޓްރީގެ އެހީގައި ރަށަށް ބަދަލުވުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 19 އާއިލާއެއް ރަށަށް ބަދަލުވެފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ. ކޯވިޑް-19އާ ގުޅިގެން ޖެންޑާ މިނިސްޓްރީން އާއިލާތަކަށް އެހީވުމަށް ކުރިއަށްގެންދާ ‘އަހުލު” ޕްރޮގްރާމްގެ ދަށުން މިހާތަނަށް 27 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އޭގެ ތެރެއިން 19 އާއިލާއަކުން 64 މީހަކު ރަށަށް ބަދަލުކޮށްދީފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ...

ޝިއުނާ އާދަމް
ކުޅުދުއްފުށީ ސިޓީގެ އާންމު ތަންތަނަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފި

ކުޅުދުއްފުށީ ސިޓީގެ އާންމު ތަންތަނަށް ދޫކޮށްލާފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފި

ހދ. ކުޅުދުއްފުށީ ސިޓީގެ މަގުތަކަށާއި އާންމު ސަރަހައްދުތަކަށް ދޫކޮށްލާފައިވާ އެއްގަމު އުޅަނދުތަކާއި އުޅަނދުތަކުގެ ބައިތައް ނައްތާލުމަށް އެތަކެތި ނެގުމުގެ މަސައްކަތް ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި ނައްތާލަން ނިންމާފައިވަނީ މިގޮތަށް ދޫކޮށްލާފައިވާ އުޅަނދުތަކާއި އުޅަނދުތަކުގެ ބައިތައް ނެގުމަށް މީގެ ކުރިން އެންގުމުންވެސް ނުނަގާ ހުރިތަކެއްޗެވެ. އެގޮތުން، މި ތަކެތި ނައްތާލުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައި ކަމަށްވެސް އެ ކައުންސިލުން ވިދާޅުވެއެވެ. މި މަސައްކަތް ކުރިއަށ...

އަޙްމަދު އަރުޝަމް