ރާއްޖެ ކުޑަކުދިން ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ވަރު ދެނެގަންނަން ހާއްސަ ޕްރޮގްރާމެއް ހިންގަނީ ކުޑަކުދިން ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ މިންވަރު ދެނެގަތުމަށް “ރިސްކް އެސެސްމަންޓް” ހަދަން ކޭސް ވޯކަރުންނަށް އިތުރު ތަމްރީނު ދޭން ޕްރޮގްރާމެއް ފަށާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނީ ޔޫއެންއޯޑީސީއާ ގުޅިގެން ޑިޕާރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ފެށި މިތަމްރީން ޕްރޮގްރާމް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް އަލީ ނަޛީރު ކަމަށެވެ. މިނިސްޓްރީން ބުނިގޮތުގައި މިއީ ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު, ޑިޕާރޓްމަންޓް އޮފް ޖުވެނައ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ އަލީ ވަހީދު ރާއްޖެ ގެންނަން އިންޓަޕޯލްގެ އެހީ ހޯދަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމް ތަންފީޒުކުރުމަށް ރާއްޖެ ގެންނަން އިންޓަޕޯލްގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރ ކަމުގެ މަގާމުަގައި ހުންނެވި އިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާ އުފުލާ ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށްދާއިރު، އޭނާ ކޯޓަށް ހާޒިރުނުވެ އޮންލައިންކޮށް ބައިވެރިވާތީ އެކަމާ ދެކޮޅަށް ޕީޖީ އޮފީޙުން ވަނީ އެ މައްސަލަ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ކުޅިވަރު ބެންޒެމާގެ ދެ ލަނޑާއިއެކު ރެއާލް މެޑްރިޑް ފެށުން ރަނގަޅުކޮށްފި ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑް ކުޅުން ފުރަތަމަ މެޗު އެ ޓީމުން ކާމިޔާބު ކޮށްފިއެވެ. ހޮނހިރު ދުވަހުގެ ރޭ ޑިޕޯޓިވޯ އަލަވޭސްއާއި ބައްދަލުކޮށް ރެއާލުން މެޗު ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ނަތީޖާއަކުންނެވެ. އެންޗެލޯޓީގެ އިރުޝާދުގެ ދަށުން މި މެޗުގައި ރެއާލުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް އަލަވޭސްގެ ގޯލު ހުޅުވާލެވޭގޮތް ވަނީ ނުވެފައެވެ. މި މެޗުގައި ރެއާލުން ލީޑު ނަގާފައި ވަނީ 48 ވަނަ މިނެޓުގައެވެ. […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ވިޔަފާރި މާލޭގައި ސްޓްރީޓް ފުޑް ކޮންސެޕްޓަށް ތަނެއް ހަދަނީ މާލޭގައި ސްޓްރީޓް ފުޑް ކޮންސެޕްޓަށް ތަނެއް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހެންވޭރުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ މާލޭގައި ސްޓްރީޓް ފުޑް ލިބޭ ގޮތަށް ތަރައްގީކުރަން ނިންމާފައިވަނީ ދަރުބާރުގޭގެ އިރަށް އޮތް ހުސްބިމުގައި ކަމަށެވެ. އަދި މި ފަދަ ތަނެއް ހަދަން ޕްލޭން ކުރީ މާލޭގައި ދިރިއުޅޭ މީހުން ސްޓްރީޓް ފުޑް ބޭނުންވާތީ ކަމަށެވެ. ސްޓްރީޓް ފުޑް ލިބޭ ގޮތަށް ތަނެއް ތަރައްގީކުރާނަމަ އެކަން […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ކުޅިވަރު ލިވަޕޫލާއި ޗެލްސީ ފެށުން ރަނގަޅު ކޮށްފި އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަދި ލިވަޕޫލް ކުޅުނު މެޗުތައް ފަސޭހަކަމާއިއެކު އެ ޓީމްތަކުން ކާމިޔާބުކޮށް ލީގުގެ ފެށުން ރަނގަޅު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ޗެލްސީ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ ކްރިސްޓަލް ޕެލަސްއާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ މެޗުގެ 27 ވަނަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތަކަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި ހއ .ތަކަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތްތައް މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެންޑަބްލިއުއެސްސީ) އިން ފަށައިފިއެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތްތަކެވެ. އަދި ފެނާއި ނަރުދަމާނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ. މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ މާދަމާއިން ފެށިގެން ފައިޒަރ ވެކްސިން ޖަހަން ފަށަނީ މާދަމާއިން ފެށިގެން ރާއްޖޭގައި ފައިޒާރ ވެކްސިން ޖަހަން ފަށާނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ. އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ މާދަމާއިން ފެށިގެން މާލެއާއި އަތޮޅުތެރޭގައި ފައިޒަރ ވެކްސިން ޖަހަން ފަށާނެ ކަމަށެވެ. އަދި އެ ވެކްސިނަކީ އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ޖެހުން ހުއްދަ ވެކްސިން އަކަށް ވާތީ އެ ވެކްސިން ޖަހާނީ 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ކަމަށް ބުނެފައިވެއެވެ. އެގޮތުން އެ އުމުރގެ ކުދިންނަށް ވެކްސިން ޖަހަން ހަމަޖައްސާފައި ވަނީ […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ކުޅިވަރު ލީޑްސް ކޮޅަށް 5 ލަނޑުޖަހައި ޔުނައިޓެޑުން ފެންވަރު ދައްކާލައިފި އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ލީގުގެ ފެށުން ޔުނައިޓެޑުން ރަނގަޅު ކޮށްފިއެވެ. ހޮނިހިރު ދުވަހު ހަވީރު މެންޗެސްޓާގެ އޯލްޑް ޓްރަފޯޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ޔުނައިޓެޑްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑުޖަހައި ލީޑު ނަގާފައެވެ. […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ވިޔަފާރި މާލޭގެ ގެތަކުން ކުނި ނަގާ ގަޑި ބަދަލުވެއްޖެ ކަމަށް ބުނެ ދެކެވެނީ ދޮގު ވާހަކަތަކެއް: ވެމްކޯ މާލެ ސަރަހައްދުގެ ގެތަކުން ވެމްކޯއިން ކުނި ނަގާ ވަގުތުތައް ބަދަލު ކޮށްފައިވާ ކަމަށް ބުނެ ދެކެވެނީ ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ. ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ ކުނި ނަގާ ވަގުތުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުނިން އަދިވެސް ކުނި ނަގަމުން ދަނީ އޭޕްރިލް މަހު އިއުލާން ކުރި ވަގުތުތަކާ އެއްގޮތަށް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އޭޕްރިލް މަހުން ފެށިގެން ވެމްކޯއިން މާލެ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަންފަރުގައި ކުރިއަށް ގެންދާ ފުޓްބޯޅަ ކޯޗިން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި ހދ.ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ ކޯޗިން ކޯހުގައި ބައިވެރި ވުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މޯލްޑިވްސް ނެޝެނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސްއާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ނޮޅިވަރަންފަރު ކައުންސިލް އިދާރާއާއި ގުޅިގެ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ 11 އޯގަސްޓް 2021 ވީ ބުދަ ދުވަހުއެވެ. 16 ސެޕްޓެންބަރ 2021 އިން 23 ސެޕްޓެންބަރ 2021 އަށް ޖުމްލަ އަށް ދުވަހުގެ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ވިޔަފާރި ގަލްފް އެއާއިން ރާއްޖެއަަށް ޑެއިލީ ދަތުރުތައް ބަހުރެއިންގެ ގައުމީ އެއާލައިން ގަލްފް އެއާ އިން ރާއްޖެ އަށް ޑެއިލީ ދަތުރުތައް ބާއްވަން ނިންމައިފިއެވެ. އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ، ކޯވިޑް-19ގެ ހާލަތުގައި އެ އެއާލައިނުން ދަތުރުކުރާ މީހުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަމް އިތުރުވެފައިވާ ކަމަށެވެ. ގަލްފް އެއާގެ އެކްޓިން ސީއީއޯ ކެޕްޓަން ވަލީދު އަލްއަލާވީ ވިދާޅުވީ ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރު ކުރަން ނިންމީ ޑިމާންޑު ބޮޑުވެގެން ކަމަށެވެ. އަދި މި ބަދަލުގެސަބަބުން އެ އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް ހަފުތާގެ ކޮންމެ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ "އަލިވޮށް" ނަމުގައި ސިޔަރަތު ފޮތެއް ނެރެފި “އަލިވޮށް” ނަމުގައި ސިޔަރަތު ފޮތެއް ނެރެފި އެވެ. “އަލިވޮށް” މިއީ ނަބިއްޔާ ގެ ސިޔަރަތުގެ މައްޗަށް ބިނާކޮށް ހުރިހާ އުމުރުފުރަޔަކާ ގުޅޭގޮތަށް އެކުލަވާލެވިގެން ނެރެވިފައިވާ ފޮތެކެވެ. މިފޮތުގައި މާތް ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީއްސުރެ އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށް ދާންދެން އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ހިނގައިދިޔަ އެންމެ އުސްއަލިތައް ގެނެސްދީފައިވެއެވެ. އެގޮތުން ޢަރަބި ޖަޒީރާއަކީ ކޮބައިކަމާއި އެޒަމާނުގައި އެތަނުގެ ޙާލަތު ހުރިގޮތް ބަޔާންކޮށްފައިވެއެވެ. އަދި ނަބީކަމުގެ ކުރީންނާއި ފަ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ކުޅިވަރު ސީޒަން ހުޅުވި މެޗުގައި އަލަށް ކޮލިފައިވި ބްރެންޓްފޯޑުން އާސެނަލް ބަލިކޮށްފި އިނގިރޭސި ޕްރިމިއާ ލީގު 2021-22 ސީޒަން ހުޅުވިމެޗު ރޭ ކުޅެފައިވާއިރު އެ މެޗުގައި ލީގަށް އަލަށް ކޮލިފައިވި ބްރެންޓްފޯޑުން އާސެނަލް ބަލިކޮށްފިއެވެ. ބްރެންޓްފޯޑްގެ ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން އާސެނަލްގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބްރެންޓްފޯޑުން ވަނީ ވަރަށް ހިތްވަރުގަދަ ކުޅުމެއް ދައްކާފައެވެ. ބްރެންޓްފޯޑްގެ މުޅި ޓީމްގެ ފަރާތުންވެސް ވަރަށް ހިތްވަރާއިއެކު މަސައްކަތްކުރިތަން ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ފުރަތަމަ ލަނޑު ޖަހާފައި […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ވިޔަފާރި އުކުޅަސް ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް އއ. އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ 62 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައުއެތުރުމުގެ މަސައްކަތް ނިމިފައި ވާއިރު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 57 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން، 19,630 ކިއުބިކް މީޓ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ޗައިނާއަށް ކުރަމުން އަންނަ ވިއްސާރަ އާއި އެކު ރެޑް އެލާރޓް ނެރެފި ޗައިނާގެ އެކި ސިޓީތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރައާއި ގުޅިގެން ރެޑް އެލާރޓް ނެރެފި އެވެ. ފެންބޮޑުވުމާއި ގުޅިގެން މިހާތަނަށް 21 މީހުން ވަނީ މަރުވެފައިވާއިރު އެޤައުމުގެ މެދު ތެރޭގެ ސިޓީތަކުގެ ތެރެއިން ހުބެއި ސިޓީ ފެންބޮޑުވެ 6000 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާކަމަށް ޗައިނާގެ ޤައުމީ މީޑިއާއިން ވަނީ ހާމަކޮށްފައެވެ. މަރުވެފައިވަނީ ދެކުނު ޕްރޮވިންސްގެ ސުއިޒޮއުގެ ލިއުލިން ޓައުންއަށް ނިސްބަތްވާ ބަޔަކުކަމަށްވެސް ޚަބަރުތައް ބުނެއެވެ. ވާރޭ ވެހި ފެންބޮޑުވެފައިވާ ސަރަޚައްދުތަކަށް ކަރަންޓާއި ދ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން