މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޢާޝޫރާ ދުވަސް، ވަރަށް މަތިވެރި އިޙްތިފާލެއް!

ޢާޝޫރާ ދުވަސް، ވަރަށް މަތިވެރި އިޙްތިފާލެއް!

ދީނީ އިޙްތިފާލުތަކަކީ އިންސާނުން ދުނިޔޭގައި އުޅެން ފެށީއްސުރެން ކުރަމުން އަންނަ ކަންކަމެވެ. އެ ކަންކަމަކީ އިންސާނާ އޭނާގެ ވެރިރައްބާ އޮންނަ ގުޅުން ހަނދުމަކޮށް، އެ އިލާހު ދެއްވި މަތިވެރި ނިޢުމަތްތަކަށް ޝުކުރު ވެރި ވުމުގެ ގޮތުން ބާއްވާ އިޙްތިފާލުތަކެކެވެ. މުޅި އަހަރު ތެރެއަށް ބަހާލެވިފައިވާ ގޮތަށް އަޅުކަމުގެ އެކިއެކި ފޯވަހިތަށް ލެއްވިކަމީ ރައްބުލް ކާއިނާތުގެ އޯގާވެރި ކަމެވެ. ދާދި މިދާކަށް ދުވަހު އަޅުގަނޑުމެން ޙައްޖު ދުވަހާއި އަޟްޙާ ޢީދު ދުވަސް ފާހަގަ ކޮށްފީމުއެވެ. ޙައްޖު ދުވަހުގެ ދަރުމައާއި […]

އައްޝައިޚް މުޙައްމަދު އަފްޟަލް
ހޯރަފުށީ ކައުންސިލްގެ ހުއްދަނެތި އެ އަތޮޅު އުނގުލިފިނޮޅާއި ވެލިފިނޮޅަށް އެރުން މަނާކޮށްފި

ހޯރަފުށީ ކައުންސިލްގެ ހުއްދަނެތި އެ އަތޮޅު އުނގުލިފިނޮޅާއި ވެލިފިނޮޅަށް އެރުން މަނާކޮށްފި

ހއ.ހޯރަފުށީގެ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ދެރަށް ކަމުގައިވާ އުނގުލިފިނޮޅާއި ވެލިފިނޮޅަށް އެ ކައުންސިލުގެ ހުއްދަނެތި އެރުން މަނާކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި ވަނީ އުނގުލިފިނޮޅާއި، ވެލިފިނޮޅަކީ ހޯރަފުށީ ލޭންޑްޔޫސް ޕްލޭންގައި ވާގޮތުން ޓުއަރިޒަމަށް ހާއްޞަ ކުރެވިފައިވާ ދެރަށް ކަމަށްވެފައި، އެ ދެރަށް ބެލެހެއްޓުމަކީ މިހާރު އެ ރަށު ކައުންސިލްގެ ޒިންމާއެއް ކަމަށެވެ. ފަހަކަށް އައިސް އެ ދެރަށަށް ދަތުރު ދިޔުމަށް ރަށުގެ ގިނަ ރައްޔިތުން އެދެމުންދާތީ...

އިބްރާހިމް ޚަލީލް
ރީޖަނަލް އެއާޕޯޓްސްއިން ކުޅުދުއްފުށި ސިޓީ ކައުންސިލާ ބައްދަލުކޮށްފި

ރީޖަނަލް އެއާޕޯޓްސްއިން ކުޅުދުއްފުށި ސިޓީ ކައުންސިލާ ބައްދަލުކޮށްފި

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ) އިން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފި އެވެ. ސިޓީ ކައުންސިލާ އެކު ބައްދަލުކުރެއްވީ އާރްއޭސީ ގެ ޗެއަރމަން އަބްދުލް ލަތީފު ގާސިމް އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީ ހިމެނޭ އެ ކުންފުނީގެ ޓީމެއް ކުޅުދުއްފުއްޓަށް އިއްޔެ ކުރެއްވި ޒިޔާރަތެއްގައެވެ. މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރާއި ކައުންސިލަރުންގެ އިތުރުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަޠީފް އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމް...

އަޙްމަދު އަރުޝަމް
އަފްޤާނިސްތާންގެ ރައީސް ޤައުމު ދޫކޮށް ފިލީ، 4 ކާރާއި ހެލިކޮޕްޓަރެއް ފުރެންދެން ފައިސާ ހިފައިގެން

އަފްޤާނިސްތާންގެ ރައީސް ޤައުމު ދޫކޮށް ފިލީ، 4 ކާރާއި ހެލިކޮޕްޓަރެއް ފުރެންދެން ފައިސާ ހިފައިގެން

އަފްޤާނިސްތާންގެ ރައީސް އަޝްރަފް ޤަނީ، ޤައުމު ދޫކޮށް ފިލީ 4 ކާރާއި ހެލިކޮޕްޓަރެއް ފުރެންދެން ފައިސާ ހިފައިގެންކަމަށް ރިއާ ނިއުސް އޭޖެންސީއާއި ހަވާލާދީ ރޮއިޓަރސްއިން ބުނެފި އެވެ. ކާބުލްގައި ހުންނަ ރަޝިޔާގެ އެމްބަސީއިން ހާމަކޮށްފައިވާ ގޮތުގައި އަފްޤާނިސްތާނުގެ ރައީސް އަޝްރަފް ޤަނީ ފުރާވަޑައިގެންފައިވަނީ 4 ކާރާއި އަދި ހެލިކޮޕްޓަރެއް ފުރާ ފައިސާ ހިފައިގެންކަމަށާއި ބާކީ ހުރި ފައިސާ ނުގެންދެވިފައިވަނީ ގެންދެވޭނެ އިންތިޒާމެއް ހަމަޖެހިފައިނެތުމުންކަމަށެވެ. އަފްޤާނިސްތާނުގެ ރައީސް ފުރާވަޑައިގެންފައި މިވަ...

އަޒްފާ ރަޝީދު
ހިތަދޫ ކޯޓުން އަމަލުކުރީ، ކޮމިޝަންގެ މުސްތަގިއްލުކަމާމެދު ސުވާލު އުފެދޭގޮތަށް: އެޗްއާރުސީއެމް

ހިތަދޫ ކޯޓުން އަމަލުކުރީ، ކޮމިޝަންގެ މުސްތަގިއްލުކަމާމެދު ސުވާލު އުފެދޭގޮތަށް: އެޗްއާރުސީއެމް

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށްބުނެ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މައްސަލަ ބަލަން އެ ކޯޓުން ނިންމާފައިވާކަމަށާއި، އެކަމުގައި އެ ކޯޓުން އަމަލުކޮށްފައި ވަނީ، އެ ކޮމިޝަންގެ މުސްތަގިއްލުކަމާމެދު ސުވާލު އުފެދޭގޮތަށްކަމަށް އެޗްއާރުސީއެމްއިން ބުނެފިއެވެ. މިކަމާއި ގުޅޭގޮތުން އެޗްއާރުސީއެމްއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، 2020 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރި 98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުކުރި ދެމީހަކު ދ...

އަލީ އާދިލް
ނޭކުރެންދޫ ލޭންޑް ޔޫސް ޕްލޭން މުރާޖާކުރަން ބިޑަށް

ނޭކުރެންދޫ ލޭންޑް ޔޫސް ޕްލޭން މުރާޖާކުރަން ބިޑަށް

ހދ.ނޭކުރެންދޫ ލޭންޑް ޔޫސް ޕްލޭން މުރާޖާކުރާނެ ފަރާތެއް ހޯދުމަށް ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާއިން އިޢުލާންކޮށްފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ، މިހާރު އެރަށުގައި ބޭނުންކުރަމުންދާ ލޭންޑް ޔޫޒް ޕްލޭން މުރާޖާކޮށް، ބައެއް ބަދަލުތައް ގެނައުމަށް ބޭނުންވެފައިވާކަމަށެވެ. މިމަސައްކަތް ކުރުމަށް ހުށައަޅާފަރާތްތަކުން ސަމާލުކަން ދޭންވީ 4 ނުކުތާއެއް ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން، ކައުންސިލުންނާއި ރައްޔިތުން ބޭނުންވާ ކަންކަމުގެ މައްޗަށް، ލޭންޑް ޔޫޒް ޕްލޭ...

އަލީ އަހުސަން
ކޭއާރުއެޗް އޯޕީޑީއަށް ދެއްކި މީހަކު ޕޮޒިޓިވްވެއްޖެ

ކޭއާރުއެޗް އޯޕީޑީއަށް ދެއްކި މީހަކު ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗް) ފުލޫ އޯޕީޑީއަށް ދެއްކި މީހަކު މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކޭއާރުއެޗްއިން ވިދާޅުވި ގޮތުގައި މި ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފައްޓަވާފައެވެ. އަދި މި ކޭސްއާ ގުޅިގެން މޮނިޓަރިންއަށް ލުމާމެދު ގޮތެއް ނުނިންމާ ކަމަށް ވެސް ކޭއާރުއެޗްއިން ވިދާޅުވެއެވެ. ހުމާއި ރޯގާގެ އެއްވެސް ކަހަލަ އަލާމާތެއް ހުރި ކަމުގައި ވާނަމަ ލަސް ނުކުރައްވާ އެ ހޮސްޕިޓަލްގެ ފުލޫ އޯޕީޑީއަށް ދައްކައި، ސާމްޕަލް ނެގުމަށް ކޭއާރުއެޗްއިން ވަނީ އިލްތިމ...

ޔުމްނާ ޢަލީ
މޮނިޓަރިން ހާލަތުގައި އޮތް މަކުނުދޫން ނެގި ސާމްޕަލްތައް ނެގެޓިވް

މޮނިޓަރިން ހާލަތުގައި އޮތް މަކުނުދޫން ނެގި ސާމްޕަލްތައް ނެގެޓިވް

ކޯވިޑް-19 ޕޮޒިޓިވް ކޭހަކާއި ގުޅިގެން މޮނިޓަރިން ހާލަތުގައި އޮތް ހއ. މަކުނުދޫން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތައް ނެގެޓިވްވެއްޖެއެވެ. މަކުނުދޫ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްކަން އިނގިފައި ވަނީ އިއްޔެއެވެ. އެ ކޭހާއި ގުޅިގެން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ބެލެވުނު 14 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރެވިފައިވާ ކަމަށް މަކުނުދޫ ކައުންސިލުން ވަނީ ހާމަކުރަށްވާފައެވެ. އަދި އެ ހުރިހާ ސާމްޕަލްތަކުގެ ނަތީޖާ ވެސް ނެގެޓިވްކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. މަކުނުދޫ މ...

ޙުސައިން ޝަހުދީ
ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ޕޮޒިޓިވްވެ، ނެއްލައިދޫ މޮނިޓަރިންނަށް

ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ޕޮޒިޓިވްވެ، ނެއްލައިދޫ މޮނިޓަރިންނަށް

ހދ. ނެއްލައިދޫ ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. މިއީ ނެއްލައިދޫން ޕޮޒިޓިވް ކޭހެއް ފެނުނު ފުރަތަމަ ފަހަރެވެ. ނެއްލައިދޫ ކައުންސިލުން ވިދާޅުވި ގޮތުގައި، އިއްޔެ އެރަށު ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން އެރަށުގެ ރައްޔިތުން ޒަރޫރީ ބޭނުންތަކަށް ފިޔަވައި ގެއިން ބޭރަށް ނުނުކުތުމަށާއި، ރައްކާތެރިކަމަށް އިސްކަންދީ، މާސްކު އެޅުމަށް އެ ކައުންސިލުން ވަނީ އިލްތިމާސް ކުރަށްވާފައެވެ. “ކޯވ...

ޙުސައިން ޝަހުދީ
ރަށުގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑު އުފެއްދުން (1)

ރަށުގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑު އުފެއްދުން (1)

މި ފަހަކަށް އައިސް ރާއްޖޭގެ ރަށްރަށުގައި އެންމެ ކާމިޔާބުކަމާއެކު ހިންގިދާނެކަމަށް އެންމެންހެން އިއްތިފާޤުވާ އެއް ވިޔަފާރިއަކީ ޓޫރިޒަމްގެ ވިޔަފާރިއެވެ. ރަށްރަށުގައި ގެސްޓްހައުސްތަކާއި، މޫދުކުޅިވަރުތަކާއި، ސަޤާފީ އެކިއެކި ކަންކަމާއި، ސްވެނިއަރ ފިހާރަތަކާއި އަދި އެ ނޫން ވެސް އެއާ ލާމެހިފައިވާ އެތައް ވިޔަފާރިތަކެއް ރަނގަޅަށް ހިންގަމުންދާތާ އަހަރުތަކެއް ވެފައިވާތީ، މިއީ ޤަބޫލުކުރެވޭ ކަމެއް ވެސް މެއެވެ. އަދި ހަމައެއާއެކު، މި ދާއިރާގެ ތެރެއަށް މިހާރު ހޯމްސްޓޭގެ ވިޔަފާރި ވެސް މަޑުމަޑުން ތަޢާރަފްކުރުމުގެ...

ޢަލީ ހާޝިމް
ހދ. އަތޮޅުގެ އެގާރަ ހާހަށްވުރެ ގިނަ މީހުން ދެވަނަ ޑޯޒް ފުރިހަމަކޮށްފި

ހދ. އަތޮޅުގެ އެގާރަ ހާހަށްވުރެ ގިނަ މީހުން ދެވަނަ ޑޯޒް ފުރިހަމަކޮށްފި

ހދ. އަތޮޅުގެ އެގާރަ ހާހަށް ވުރެ ގިނަ މީހުން ކޯވިޑް-19އިން ރައްކާތެރިވުމަށްޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން މިއަދު އާންމު ކުރެއްވި ހދ. އަތޮޅުން ކޯވިޑް ވެކްސިންޖެހި ގޮތުގެ މައުލޫމާތަށް ބަލާއިރު އެ އަތޮޅުން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 11،748 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ. ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައި ވަނީ 13،685 މީހުންނެވެ. އެ އަތޮޅުން ވެކްސިން ޖަހަންޖެހޭ އާބާދީއަކީ 25،433 އެވެ. […]

ޙުސައިން ޝަހުދީ
މިޑްލް ސްޕޯޓްސް ކްލަބްއިން ދިއްދޫގައި ބެހެއްޓި ޑަސްބިންތައް ކައުންސިލާއި ހަވާލުކޮށްފި

މިޑްލް ސްޕޯޓްސް ކްލަބްއިން ދިއްދޫގައި ބެހެއްޓި ޑަސްބިންތައް ކައުންސިލާއި ހަވާލުކޮށްފި

މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ހއ. ދިއްދޫގައި ބެހެއްޓި ޑަސްބިންތައް އެރަށު ކައުންސިލާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި ޑަސްބިންތައް ހަވާލުކޮފައިވަނީ މިއަދު އެ ކްލަބްގެ މެންބަރުންނާ ކައުންސިލާއެކު އެ ރަށު ކައުންސިލް އިދާރާގައި ބޭއްވުނު ރަސްމިއްޔާތެއްގަ އެވެ. އެ ކްލަބްގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިއަދު އާންމު ކުރި ޕޯސްޓެއްގައި ބުނި ގޮތުން، ކްލަބްގެ ފަރާތުން މިއަދު އެރަށު ބަނދަރުގައި 07 ޑަސްބިން ވަނީ ބަހައްޓާފައެވެ. މި ޑަސްބިންތަށް ރަސްމީގޮތެއްގައި ކައުންސިލާއި ހަވާލުކޮށްދެއްވީ މިޑްލް ސްޕޯޓްސް...

އަޙްމަދު އަރުޝަމް
ކުމުންދޫގައި މަގުތަކަށް ވާހެން ހުންނަ ނުއުފުލޭ ތަކެތި ނަގަން އަންގައިފި

ކުމުންދޫގައި މަގުތަކަށް ވާހެން ހުންނަ ނުއުފުލޭ ތަކެތި ނަގަން އަންގައިފި

ހދ. ކުމުންދޫގައި މަގުތަކަށް ވާހެން ހުންނަ ނުއުފުލޭ ތަކެތި ނެގުމަށް އެރަށު ކައުންސިލުން އަންގައިފި އެވެ. މިކަމާއި ގުޅިގެން ކުމުންދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ، މިހާރު އެރަށުގައި އަމަލީގޮތުން ފެނާ ނަރުދަމާ ނިޒާމްގެ ހޮޅި ވަޅުލުމުގެ މަސައްކަތް ކުރަމުންދާތީ ބައެއް ގެތަކުގެ ރުށްގަސް އަދި ޖަންގުސަން ވަޅުތައްވެސް މަގުމައްޗަށް ވާގޮތައް ހުރުމުން މަސައްކަތް ކުރުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ކުމުންދޫގެ އެއްވެސް ފަރާތެއްގެ ރުށްގަސް އަދި...

އަޙްމަދު އަރުޝަމް
ޗެމްޕިއަން އެތުލެޓިކޯ ހަނިގޮތަކަށް މޮޅުވިއިރު ބާސާ ވެސް މޮޅުވެ ފެށުން ރަނގަޅުކޮށްފި

ޗެމްޕިއަން އެތުލެޓިކޯ ހަނިގޮތަކަށް މޮޅުވިއިރު ބާސާ ވެސް މޮޅުވެ ފެށުން ރަނގަޅުކޮށްފި

ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑު ކުޅުނު ފުރަތަމަ މެޗުގައި ސެލްޓަވީގޯ އަތުން ހަނިގޮތަކަށް މޮޅުވިއިރު، ބާސެލޯނާ ވެސް އެ ޓީމުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ސެލްޓަވީގޯގެ ދަނޑުގައި ކުޅުނު މި މެޗު އެތުލެޓިކޯއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ އެތުލެޓިކޯއިންނެވެ. […]

އިބްރާހިމް ޚަލީލް
ތަރައްގީގެ ޕްލޭނަކީ ފަސްއަހަރު ކައުންސިލް ދަތުރުކުރަން ރައްޔިތުން ކޮށައިދިން މަގެއް: ދިއްދޫ ރައީސް

ތަރައްގީގެ ޕްލޭނަކީ ފަސްއަހަރު ކައުންސިލް ދަތުރުކުރަން ރައްޔިތުން ކޮށައިދިން މަގެއް: ދިއްދޫ ރައީސް

އަލަށް އެކުލަވާލެވޭ ހއ. ދިއްދޫގެ ތަރައްގީ ޕްލޭނަކީ ކުރިއަށް އޮތް ފަސް އަހަރަށް ކައުންސިލް ދަތުރުކުރަންވީ މަގު ކޮށައިދިން ޕްލޭނެއް ކަމަށް ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ދިއްދޫގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ކުރެވޭ މަސައްކަތާއި ގުޅިގެން “ތިލަދުން” އަށް ދެއްވި ބަސްދީގަތުމެއްގައި ރަޝީދު ވިދާޅުވީ، ދިއްދޫ ތަރައްގީގެ ޕްލޭންގެ 90 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. މި ޕްލޭން ހެދުމުގައި ދިއްދޫ ރައްޔިތުންގެ ޚިޔާލު ވަރަށް ފުޅާ ދާއިރާއެއްގައި ހޯދިފައިވާކަ...

ޙުސައިން ޝަހުދީ