ބަހުރެއިންގެ ގައުމީ އެއާލައިން ގަލްފް އެއާ އިން ރާއްޖެ އަށް ޑެއިލީ ދަތުރުތައް ބާއްވަން ނިންމައިފިއެވެ.
އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ، ކޯވިޑް-19ގެ ހާލަތުގައި އެ އެއާލައިނުން ދަތުރުކުރާ މީހުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަމް އިތުރުވެފައިވާ ކަމަށެވެ.
ގަލްފް އެއާގެ އެކްޓިން ސީއީއޯ ކެޕްޓަން ވަލީދު އަލްއަލާވީ ވިދާޅުވީ ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރު ކުރަން ނިންމީ ޑިމާންޑު ބޮޑުވެގެން ކަމަށެވެ. އަދި މި ބަދަލުގެސަބަބުން އެ އެއާލައިނުން ދަތުރުކުރާ ފަސިންޖަރުންނަށް ހަފުތާގެ ކޮންމެ ދުވަހަކު ދަތުރު ކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ
ކޮވިޑް-19ގެ ސަބަބުން ގަލްފް އެއާގެ ދަތުރުތައް މެދުކަނޑައިލުމަށް ފަހު، އަލުން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެގޮތުން ހަފުތާއަކު ދެ ދަތުރު އެ އެއާލައިނުންރާއްޖެއަށް ބޭއްވިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ގަލްފް އެއާއިން 3،549 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!