ހދ.ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ ކޯޗިން ކޯހުގައި ބައިވެރި ވުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
މޯލްޑިވްސް ނެޝެނަލް އިންސްޓިޓިއުޓް އޮފް ސްޕޯރޓްސްއާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ނޮޅިވަރަންފަރު ކައުންސިލް އިދާރާއާއި ގުޅިގެ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ 11 އޯގަސްޓް 2021 ވީ ބުދަ ދުވަހުއެވެ.
16 ސެޕްޓެންބަރ 2021 އިން 23 ސެޕްޓެންބަރ 2021 އަށް ޖުމްލަ އަށް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެ ފުޓްބޯޅަ ކޯޗިންގ ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އައިޑީކާޑު ކޮޕީއެއް ހިތްޕަވައިގެން އެ ކައުންސިލަށް ދުރުވެ ނަން ނޯޓު ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މި ކޯސް ކުރިއަށް ގެންދެވޭނީ މަދުވެގެން ކޯހުގައި 30 ބައިވެރިން ބައިވެރި ވެއްޖެނަމައެވެ.
މި ކޯހުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 19 އޯގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން އެ އިދާރާގައި ނަންނޯޓް ކުރެއްވުމަށް ވެސް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!