ތިލަދުންމަތީ ޚަބަރު ނޮޅިވަރަމާއި ނޮޅިވަރަންފަރަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވައިލާ ކުއްލި މައްސަލައެއް ކޯވިޑް ބަލީގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ހދ. ނޮޅިވަރަމާއި ނޮޅިވަރަންފަރަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިސްއަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ. މަޖިލިސްއަށް މި މައްސަލަ ހުށަހަޅުއްވާފައި ނޮޅިވަރަމް ދާއިރާގައި މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. މޮސްޓާ ހުށަހަޅުއްވާފައިވާ މި މައްސަލައިގައި ވިދާޅުވެފައި ވަނީ، ކޯވިޑް-19ގެ މި ހާލަތުގައި ނޮޅިވަރަމް ދާއިރާ މިއަދު ވަނީ ނާޒުކު ހާލަތެއްގައިކަމަށެވެ. މިގޮތުން އާބާދީގައި 2770 އަށްވުރެ ގިނަ މީހުން... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ މެކްސިކޯއަށް ބާރުގަދަ ބިންހެލުމެއް މެކްސިކޯގެ ދެކުނުގެ ސަރަހައްދަށް ބާރުގަދަ މިބިންހެލުމެއް އައިސް އިމާރާތްތައް ގުޑައި އެސަރަހައްދުގެ ގިނަ ބަޔަކު މަގުތަކަށް ނުކުމެއްޖެއެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި ބިންހެލުމާއި ގުޅިގެން އެކަކު ވަނީ މަރުވެފައެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނާގޮތުގައި، 7.4 މެގްނިޓިއުޑްގެ ބާރު ގަދަ މި ބިންހެލުން އައިސްފައިވަނީ މެކްސިކޯ ކައިރީގައި އޮންނަ އަކަޕުލްކޯ ސިޓީއާއި 11 މޭލު ކައިރިން ކަމަށެވެ. https://twitter.com/FernandoDelRio/status/1435432610860314625?t=MzbsXbnmBqzRLSgWfrKnyg&s... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މާއުނގޫދޫ އައު އިންޖީނުގެއާއި އޮފީސް އިމާރާތް އަޅައިދޭނެ ބަޔަކު ހޯދަނީ ށ. މާއުނގޫދޫ އައު އިންޖީނުގެއާއި އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން 07 ސެޕްޓެމްބަރ 2021 ގައި އެ ކުންފުނިން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ށ. މާއުނގޫދޫގައި އައު އިންޖީނުގެ އާއި އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް އެ ކުންފުނީގެ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. ބިޑްގައި ބައިވެރިވުމަށް […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ކުޅިވަރު ހާލަންޑް ހެޓްރިކް، ނޯވޭއަށް ފަސޭހަ މޮޅެއް ވޯލްޑްކަޕް ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް ޖީ ގައި ނޯވޭއާއި ގިބްރާލްޓާ ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ނޯވޭއިން ކާމިޔާބު ކޮށްފިއެވެ. އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗު ނޯވޭ ކާމިޔާބު ކޮށްފައި ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ނޯވޭގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗުގައި ތަރިއަކަށް ވީ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް އާލިން ބްރައުޓް ހާލަންޑެވެ. އޭނާ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ފިޔަވަތީގައި ރޭގައި ހިނގި ހާދިސާގައި ކުއްޖަކަށް އަނިޔާނުވާކަން ކަށަވަރުކޮށްދީފި ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓަމުންދާ ފިޔަވަތީގައި ރޭގެ ވަގުތެއްގައި ހިނގި ހާދިސާގައި ކުއްޖަކަށް އަނިޔާ ލިބިފައި ނުވާކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސްއިން ބުނެފިއެވެ. އެ ސާވިސްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓަމުންދާ ފިޔަވަތީގައި ރޭގެ ވަގުތެއްގައި ހިނގި ހާދިސާ އެ ސާވިސްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަކީ އެކުދިންގެ ދިރިއުޅުމުގެ މަރުހަލާތަކުގައި... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ކޮލަމް ކާބަފައިންގެ ކޮންމެ ކަމަކުންވެސް ފެނިގެން ގޮސްފައިވަނީ އެއްބައިވަންތަކަން! ދިވެހިރާއްޖޭގެ ކާބަފައިންނަކީ އެ މީހުންގެ ދިރިއުޅުމުގައި ކުރިމަތިވި ކޮންމެ ކަމަކަށް އަމިއްލަ މަސައްކަތުން ހައްލު ހޯދައިގެން، ސާދާ ދިރިއުޅުމެއް އުޅެފައިވާ ބައެކެވެ. އެމީހުންގެ ދިރިއުޅުމުގެ ކޮންމެ ކަމަކުން ފެނިގެން ގޮސްފައިވަނީ މަސައްކަތްތެރި ކަމެވެ. އެއްބައިވަންތަކަމެވެ. އަވައްޓެރިންނާއި އަދި އާއިލީ ގުޅުންތައް ދެމެހެއްޓުމުގައި ވެސް ލާމަސީލު ނަމޫނާ ބައެއްކަމެވެ. މި ލިޔުމުގައި އަޅުގަނޑު ބަލައިލާފައިވާނީ އެބައި މީހުންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ދައްކުވައިދީފައިވާ އެއްބައިވަންތަކަމުގެ މައް... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ އުތުރުގެ ސިއްހީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާ ށ. އަތޮޅު ހޮސްޕިޓަލުން ދަނީ ފެންނަމުން: ސަރުކާރުން އުތުރުގެ ސިއްހީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކުރި މުހިންމު މަސައްކަތްތަކުގެ ނަތީޖާ ށ. އަތޮޅު ހޮސްޕިޓަލުން ފެންނަމުންދާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެ އެވެ. މިގޮތުން ސަރުކާރުގެ ރަސްމީ ޓްވީޓަރ އެކައުންޓުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ށ. އަތޮޅު ހޮސްޕިޓަލަކީ މީގެ ކުރިން ކޮންމެ 3 އަހަރަކުން 10 ސަރޖަރީ ހެދޭ ހޮސްޕިޓަލެއްކަމަށާއި ނަމަވެސް، މިއަދު މިވަނީ 3 އަހަރު ތެރޭގައި 100 އަށްވުރެ ގިނަ ސަރޖަރީ ހަދާފައި ކަމަށެވެ. އަދި ސީ.ޓީ.އެސް، ތައިރޮއިޑް ސަރޖަރީ، އަދި ކަރުން މަތީގެ […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ވިޔަފާރި ހުޅުދޫ ބަނދަރުގެ 68 އިންސައްތަ މަސައްކަތް ނިމިއްޖެ ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 68 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ، މަސައްކަތް ތާވަލާ އެއްގޮތަށް ކުރެވެމުން އަންނަ ކަމަށާއި، މަޝްރޫއުގެ ދަށުން، މިހާރުކުރިއަށް ދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތާއި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ. މި މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ އިންޓެގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ފަށައިފި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކުރިއަށް ގެންދާ އިންޓަރގްރޭޓެޑް ހިއުމަންރައިޓްސް އެވެއަރނަސް ޕްރޮގްރާމް ކުޅުދުއްފުށީ ސިޓީގައި ފަށައިފި އެވެ. އެޗްއާރުސީއެމް އިން ވިދާޅުވީ، މި އެވެއަރނަސް ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ޕްރޮގްރާމްގައި ކޮމިޝަނުންވަނީ މިއަދު ކުޅުދުއްފުށި ސިޓީކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާ ބައްދަލުކޮށްފައެވެ. ސިޓީކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގައި އި... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ރާއްޖެ ލާމަރުކަޒީ ނިޒާމުގެ ތެރޭން ރާއްޖެ ތަރައްގީކުރަން، ކައުންސިލްތަކުގެ އެއްބާރުލުން ބޭނުން: ރައީސް ލާމަރުކަޒީގޮތުން ރާއްޖެ ތަރައްޤީކުރުމަށް ކައުންސިލުތަކުން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ ށ .ޅައިމަގު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހަވީރު ޅައިމަގު ކައުންސިލު އިދާރާގައެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި ބައްދަލުކުރެއްވުމުގައި ވާހަކަ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ވިޔަފާރި ހަންޏާމީދޫގެ އާ ހާބަރ ބޭސިން ފުންކޮށް ނިންމާލައިފި އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ގެ ދަށުން، އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތާއި ނެރަށް ވަންނަން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް ނިންމާލާފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރު ތޮށި ލުމިގެ މަސައްކަތް ކަމަށެވެ. އެގޮތުން މި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މި މަހުގެ ހަތަރު ވަނަ ދުވަހު އެރަށަށް […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ނޮޅިވަރަމުން ޕޮޒިޓިވްވި މީހުންގެ އަދަދު 180 އަށް އަރައިފި ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 180 އަށް އަރައިފިއެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، ރެޔާއި ހަމައަށް އެރަށުން 180 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިހާތަނަށް އެރަށުން ޖުމްލަ 687 ސާމްޕަލެއް ވަނީ ނަގާފައެވެ. “ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު އެކަކު ހިމެނޭ. މީގެ އިތުރުން 10 އަހަރުން ދަށުގެ 65 ކުދިންނާއި 65 އަހަރުން މަތީގެ 6 މީހުންނާއި ދާއިމީ ބޭސްކާ 6 މީހުން ހިމެނޭ” […] އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މޮނިޓަރިން އުވާލިތާ 5 ދުވަސް ފަހުން އަނެއްކާވެސް ފީވަކުން ޕޮޒިޓިވް ކޭސް ތަކެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މޮނިޓަރިންއަށް ލާފައި އޮތް އޮތުން އުވާލިތާ 5 ދުވަސް ފަހުން އަނެއްކާވެސް ށ. ފީވަކުން 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ޖުލައި 29 ވަނަ ދުވަހުގެ 12:40 ގައި އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި މަހަކަށް ވުރެ […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ރާއްޖެ ޑުރަގް ބޯޓުތައް ދޫވެ، ކުނި ކޮތަޅު ހާވާ ޒުވާނުން ގިނަވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނު ތަންފީޒު ނުކުރާތީ: ބޮންޑޭ ޑުރަގް ބޯޓުތައް ދޫވެ، ކުނި ކޮތަޅު ހާވާ ޒުވާނުން ރަށުތެރޭ ގިނަވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނު ތަންފީޒު ނުކުރާތީކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ. ބޮންޑޭ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. “މަސްތުވާތަކެތީގެ ފަރުވާ ފެއިލް ވުމުން ޖަލަށް ދާންޖެހޭ މީހުން ގިނަވަނީ” މިސުރުހީގެ ދަށުން ލިޔެފައިވާ ހަބަރެއް ހިއްސާ ކުރައްވާ ބޮންޑޭ އިތުރު ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ ހިދުމަތްދޭ ކެފޭ އައްޑާ ތިޔާގިވެފައިވާކަމަށެވެ. “ޑުރަގް ބޯޓުތައް... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ވިޔަފާރި ރަސްދޫ ޒަމާނީ އިންޖީނުގޭގެ މަސައްކަތް ޑިސެމްބަރު މަހު ނިންމާލެވޭނެ: ސްޓެލްކޯ ރަސްދޫގައި ހަދަމުންދާ ޒަމާނީ އިންޖީނުގޭގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ރަސްދޫގައި އިމާރާތް ކުރާ ޒަމާނީ އައު އިންޖީނުގޭގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ. މި އިންޖީނުގޭގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލުމަށް އަމާޒުހިފާފައިވާއިރު، އެކި ފަންތިއާއި ގިންތީގެ ގެސްޓްހައުސްތައް ހިންގަމުން ގެންދާ ރަސްދޫއަށް އަންނަމުންދާ ތަރައްގީއާއި އެއްވަރަށް އަދި އެ ރަށުގެ މަތިވަމުންދާ ލޯޑަށް ކޭޓާ ކުރުމަށްޓަކައި މއ... ޝިއުނާ އާދަމް · 5 އަހަރު ކުރިން