ތިލަދުންމަތީ ޚަބަރު ދިއްދޫއާއި ކޮމަންޑޫ ހިމެނޭހެން ފަސް ރަށަކަށް އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަނީ ހއ. ދިއްދޫއާއި ށ. ކޮމަންޑޫ ހިމެނޭހެން ފަސް ރަށަކަށް 25 ޓަނުގެ އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބޭނުމަށް، ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ހިންގަމުންދާ ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓްގެ ދަށުން އައިސްޕްލާންޓް އިންސްޓޯލް ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ.ދިއްދޫ، ށ.ކޮމަންޑޫ، އއ.ރަސްދޫ، ދ.މީދޫގެ އިތުރުން ލ.މާމ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފެރީ ނެޓްވޯކުގެ ފުރަތަމަ ފެރީގެ މަސައްކަތް ނިމެނީ އިންޓަގްރޭޓެޑް ނޭޝަނަލް ފެރީ ނެޓްވޯކުގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބަންނަ ފުރަތަމަ ފެރީގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މިހާރު ކުރިއަށްދަނީ ފުރަތަމަ ފެރީގެ އިންޖީނާއި ފިޔުލް ޓޭންކް އަދި ފެން ޓެންކު އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ދެވަނަ ފެރީގެ އެތެރޭގެ ފިޓިންގްސް އާއި ހަލް އާއި ފުރާޅު ގުޅުވުމަށް ކުރަން ޖެހޭ ތައްޔާރީތައް މިހާރު […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ބޭނުންވަނީ ޒުވާނުން ބޭކާރު ނުވެ ރަނގަޅު ވަޒީފާއެއް ލިބުން: ރައީސް ބޭނުންފުޅު ވަނީ ޒުވާނުން ބޭކާރު ވިޔަ ނުދީ، އެކަށީގެންވާ ރަނގަޅު ވަޒީފާއެއް ޒުވާނުންނަށް ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރ. އަލިފުށީގައި ޖޮބް ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ވަޒީފާތަކަށް މީހުން ތައްޔާރުކުރުމަކީ، ކޮންމެހެން މިއަދު ކުރަން ޖެހިފައި އޮތް ކަމެއް ކަމަށެވެ. އެގޮތުން، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް މި އަހަރުގެ ތެރޭގައި ފަށައިގެން ކުރިއަށްގެންދާކަން ރައީސް ފާދހަގަކުރެއްވިއެވެ. އަދި ސަރުކ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ކޮލަމް އުތީމު އާދަމްބޭގެ ގަލަމުން: އުތީމު ބޮޑު މައުލޫދު އުތީމު ބޮޑުމައުލޫދަކީ ރާއްޖެތެރޭގެ އެހެން ރަށްރަށެކޭވެސް އެއްފަދައިން އަހަރަކު އެއްފަހަރުކިޔާ މައުލޫދެކެވެ. ޢާންމު ގޮތެއްގައި މައުލޫދުކިޔުމުގެ ކަންތައްތައް ހުންނަނީ އެހެނިހެން ރަށް ރަށެކޭވެސް ދާދިއެއްގޮތަކަށެވެ. ނަމަވެސް ބައެއް ޚާއްޞަ ކަންތައްތައްވެސް ހުރެއެވެ. މިފަދަ ގިނަކަންތައްތަކާ ގަނޑުވަރާގުޅުމެއް ހުރިކަމަށް ދަންނަވަންޖެހެއެވެ. އެހެންވީމާ މިދެބައި ވަކިކޮށްނުލާ އުތީމު ބޮޑުމައުލޫދުގެ ކަންތައްތައް މީގެ ސާޅީހަކަށް އަހަރުގެ ކުރިންފެށިގެން އޮންނަގޮތް ދަންނަވާލާނަމެވެ. ތިޔައިން ކޮންމެ ބޭފުޅަކު އެއ... އުތީމު އާދަމް ޢަބްދުއްރަޙްމާން · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫގައި އެތުލެޓިކްސް ކޯޗިން ކޯހެއް ފަށަނީ ށ. ފުނަދޫގައި އެތުލެޓިކްސް ކޯޗިން ކޯހެއް ފެށުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ. ފުނަދޫ ކައުންސިލުން މިއަދު ނެރުއްވި އިއުލާނެއްގައި ވިދާޅުވީ މި ކޯހަކީ އެތުލެޓިކްސް އެސޯސިއޭޝަނާއި، އެ ކައުންސިލް އަދި ފުނަދޫ ސްކޫލާއި ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފާވާ ކޯހެއްކަމަށެވެ. އަދި މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހު 9 އިން 15 އަށް ކަމަށް އެ އިއުލާނުގައި ވިދާޅުވިއެވެ. ފުނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަޙުމަދުފުޅު ‘ތިލަދުން’ އަށް ވިދާޅުވީ މި ކޯހަކީ […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިއަދުން މިއަދަށް ނޮޅިވަރަމަށް އެހީތެރިނުވެވިއްޖެނަމަ ޞިއްޙީ ކާރިސާއެއް ކުރިމަތިވެދާނެ: މޮސްޓާ ކޯވިޑްގެ ހާލަތުގެ ވަރަށް ބޮޑަށް ގޯސްވެފައި ވަނީ ހދ. ނޮޅިވަރަމަށް ބޭނުންވާ ސިއްހީ އެހީތެރިކަން މިއަދުން މިއަދަށް ފޯރުކޮށް ނުދެއްވިޖެނަމަ އެރަށަށް ޞިއްޙީ ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްނަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ. މޮސްޓާ މިހެން ވިދާޅުވީ ނޮޅިވަރަމާއި ނޮޅިވަރަންފަރަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިސްއަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައި، އެ މައްސަލާގެ ބަހުސްގައި މިއަދު ދެއްކެވި ވާހަކާގައެވެ. ބޭސް ލިބުމުގައި ނޮޅިވަރ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަހުލޫފަށް ވާދަ ކުރެވޭނެ ކަމަށް އިސްތިއުނާފް މަޖިލީހުން ނިންމައިފި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ޕާޓީގެ އިސްތިއުނާފް މަޖިލީހުން ނިންމައިފިއެވެ. މަހުލޫފް އަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީން އެންގީ އެމްއެމްޕިއާރްސީ ކޮރަޕްޝަންގެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާތީއެވެ. އެ މައްސަލަ މަހްލޫފް ގެ ފަރާތުން އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހާއި، އިންތިހާބާ ބެހޭ ކޮމިޓީއަށް ހުށަހެޅުމުން ކޮމިޓީން ނިންމީ އޭނާ އަށް ވާދަ ނުކުރެވޭނެ ކަމަށެވެ. އެމ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބިލެތްފަހީ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ށ. ބިލެތްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެ ގޮތުން މި މަސައްކަތް ނިންމާލީ މި މަހުގެ 5 ވަނަ ދުވަހު ކަމަށްއެމްޓީސީސީން ބުންޏެވެ. މި މަޝްރޫޢުގެ ދަށުން، 24,125 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
މަޖިލިސް އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންގެ ގޮތުގައި ތިބި ފަރާތްތަކަށް ދޭ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. އެގޮތުން، ލޯކަލް ގަވަރންމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަތޮޅު ކައުންސިލްގެ ނާއިބު ރައީސުންގެ މުސާރަ މުރާޖަޢާކުރުމަށް މަޖިލީހަށް ހުށައެޅުމާއި ގުޅިގެން އަތޮޅު ކައުންސިލްގެ ނައިބް ރައީސްކަމުގައި ހުންނަ ބޭފުޅަކަށް މުސާރައިގެ އިތުރުން 1000 ރުފިޔާގެ އެލަވަންސެއް ދެއްވުމަށް ވަނީ ފާސްކޮށްފައެވެ. މި ބިލް މަޖިލީހުން ފާސްކޮށްފައި ވަނީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފޯކައިދޫގައި އަލަށް ހުޅުވި އިންޖީނުގެއަށް ރައީސް ޒިޔާރަތް ކުރައްވައިފި ށ. ފޯކައިދޫގައި ފެނަކަ ކޯޕަރޭޝަނުން އަލަށް އިމާރާތްކުރި އިންޖީނުގެއާއި އޮފީސް އިމާރާތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޒިޔާރަތް ކުރައްވައިފިއެވެ. ރައީސް އެ އިންޖީނުގެއާއި އޮފީސް ބައްލަވާލެއްވީ ށ. އަތޮޅާއި ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޯކައިދޫއަށް ޒިޔާރަތް ކުރައްވައެވެ. އެމަނިކުފާނާއެކު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވެސް މި އިމާރާތަށް ޒިޔާރަތް ކުރެއްވިއެވެ. ރައީސްގެ ޒިޔާތަރުގައި އެމަނިކުފާނު ވަނީ އެ އޮފީހުގެ މުވައްޒަފުންނާ ބައ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ފަސްޓް ލޭޑީ އެދިވަޑައިގަންނަވަނީ ތައުލީމީ ދާއިރާއިން މީހުން ބިނާކުރުމަށް ހާއްސަ އިސްކަމެއް ދިނުމަށް! ތައުލީމީ ދާއިރާގެ ވަޞީލަތްތައް ތަރައްޤީ ކުރުމުގެ އިތުރުން ތަޢުލީމީ ދާއިރާގައި މީހުންބިނާ ކުރުމަށް ވެސް ޚާއްޞަ އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ށ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ރ. ވާދޫ އަށް ވަޑައިގެންފައެވެ. އަދި މި ދަތުރުފުގައި މެޑަމް ފަޒްނާ ވަނީ ވާދޫ ސްކޫލަށް ޒިޔާރާތްކުރައްވާ ސްކޫލްގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. ރައީސް އޮފީހުން ބުނީ މި ބައްދަ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ހިބަރެއްގެ ތުންގަނޑު މެއަށް ހެރި މީހަކު ނިޔާވެއްޖެ ބ. އަތޮޅުން ސްނޯކްލިން އަށް ގޮސް އުޅުނު މީހެއްގެ ގަޔަށް ހިބަރެއްގެ ތުންގަނޑު ހެރި އެމީހާ ނިޔާވެއްޖެއެވެ. ފުލުހުން ބުނީ އެ ހާދިސާ ހިނގީ ބ. މާޅޮހުން ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ކަމަށެވެ. އެމީހާ ބ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައީ ހަވީރު 16:10ހާއިރު ކަމަށް ފުލުހުން ބުންޏެވެ. ހިބަރުގެ ތުންގަނޑު ހެރުނީ މެޔާ ދިމާލަށް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އެމީހާ މަރުވެފައިވާ ކަން ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. މި ހާދިސާގައި […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ރައީސް ރ އަތޮޅަށް ވަޑައިގެންފި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރ އަތޮޅަށް ވަޑައިގެންފިއެވެ. އެމަނިކުފާނު އެ އަތޮޅުން އެންމެ ފުރަތަމަ ވަޑައިގެންނެވީ ރ. ވާދޫ އަށެވެ. ވާދޫ އަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު އެ ރަށު ކައުންސިލާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅާއި، ރ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ފެއްޓެވީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ށ. ފުނަދޫ އަށެވެ. ށ. އަތޮޅުން ޅައިމަގު، ފޯކައިދޫ […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ށ. އަތޮޅުގައި ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރިސޯޓްތަކުގެ މަސައްކަތް އަވަސްކޮށް ދިނުމަށް އެދިއްޖެ ށ. އަތޮޅުގައި ރިސޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އަރިހުގައި ށ. އަތޮޅު ކައުންސިލުން ދަންނަވައިފިއެވެ. ށ. އަތޮޅު ކައުންސިލުން މިގޮތަށް ރައީސް ޞާލިޙްގެ އަރިހުގައި ދެންނެވީ އިއްޔެ ރައީސް ޞާލިޙާއެކު އެކައުންސިލުން ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ. ށ. ފުނަދޫގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ށ. އަތޮޅުގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅުއްވާ ލަނޑުދަނޑިތައް ހާސިލުކ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތަށް އެދެވޭ ބޮޑެތި ބަދަލުތަކެއް އަންނާނެ: ރައީސް މިފްކޯއަށް ގެންނަ ބަދަލުތަކާއި މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު މި ދެ ސިނާޢަތަށްވެސް އެދެވޭ ބޮޑެތި ބަދަލުތަކެއް އަންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ މިހާރު ށ. އަދި ރ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފޯކައިދޫއަށް ވަޑައިގެން މިއަދު ހެނދުނު ފޯކައިދޫގެ މަސްވެރިންނާއި ދަނޑުވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފު... އަލީ އާދިލް · 5 އަހަރު ކުރިން