މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކަރަންޓީނުގައި ހުރި މީހަކު ހޭނެތިގެން ނޮޅިވަރަމް ސިއްހީ މަރުކަޒަށް ގެންގޮސްފި

ކަރަންޓީނުގައި ހުރި މީހަކު ހޭނެތިގެން ނޮޅިވަރަމް ސިއްހީ މަރުކަޒަށް ގެންގޮސްފި

ހދ. ނޮޅިވަރަމްގައި ކޯވިޑް ޖެހިގެން ހޯމް ކަރަންޓީނުގައި ހުރި ބަލި މީހެއް ހާލު ގޯސްވެ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފިއެވެ. އެމީހާ ސިއްހީ މަރުކަޒަށް ގެންދިޔައީ ރަށުގައި އެމްބިއުލާންސެއް ނެތުމުން ބަލިމީހުން އުފުލަން ބޭނުންކުރާ ޕިކަޕްގައެވެ. އެއީ އަންހެނެކެވެ. ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިސަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ ވަނީ މިކަން “ތިލަދުން”އަށް ކަށަވަރުކޮށް ދެއްވާފައެވެ. “އަޅުގަނޑު މިވަގުތު މިހިރީ ސިއްހީ މަރުކަޒުގައި، ހާލު ދެރެވެގެން ގެނައި މީހާއަށް މިހާރު ދަނީ އަވަސް ފަރުވާ...

ޔުމްނާ ޢަލީ
ބޭނުންވަނީ ފުނަދޫ އަކީ ށ. އަތޮޅުގެ "ހަބަކަށް" ހަދަން: ރައީސް

ބޭނުންވަނީ ފުނަދޫ އަކީ ށ. އަތޮޅުގެ "ހަބަކަށް" ހަދަން: ރައީސް

ފުނަދޫގައި އެކިއެކި ޚިދުމަތްތައް ތަރައްޤީކުރުމުގައި ސަރުކާރުގެ ވިސްނުމަކީ ށ އަތޮޅުގެ ތަރައްޤީގެ މަރުކަޒެއްގެ ގޮތުގައި ފުނަދޫ ތަރައްޤީކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ފުނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ފުނަދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްގި...

ޝިއުނާ އާދަމް
ޗައިނާގެ ބިލިއަނަރުންގެ އަދަދު ދަށަށް

ޗައިނާގެ ބިލިއަނަރުންގެ އަދަދު ދަށަށް

ކޯވިޑް-19އާއި ގުޅިގެން އެމެރިކާގެ އިގްތިޞާދަށް ކުރިމަތިވި ހީނަރުކަމާއި އެކު ޗައިނާގައި ބިލިއަނަރުން އުފެދުނު މިންވަރު އިތުރުވެގެން ދިޔައެވެ. ނަމަވެސް ކޮމިނިސްޓް ޤައުމެއްކަމަށްވާ ޗައިނާގައި އުފެދުނު ބިލިއަނަރުންގެ އަދަދު އަނެއްކާވެސް މަދުވަމުން އަންނަކަމަށް އެ ގައުމާއި ހަވާލާދީ ބައިނަލްއަގްވާމީ ރިޕޯޓުތައް ބުނެއެވެ. މިގޮތުން އެގައުމުގެ 800 މިލިއަނަށްވުރެ ގިނަ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުވަމުން އައިސްފައިވާއިރު، 600 މިލިއަނަށްވުރެން ގިނަ މީހުންނަށް މަހެއްގެ މައްޗަށް 150 ޑޮލަރުވެސް އާމްދަނީގެ...

އަޒްފާ ރަޝީދު
"އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫޢާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

"އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫޢާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

‘އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް’ މަޝްރޫޢާ ގުޅޭ ގޮތުން ޕްލޭނިންގް މިނިސްޓްރީގެ ބައްދަލުވުމެއް ބާއްވައިފި އެވެ. މި މަޝްރޫޢާ ގުޅޭ ގޮތުން މިއަދު ކުރިއަށްގެންދިޔައީ މި މަޝްރޫޢުއާއިގުޅޭ ސްޓީރިން ކޮމިޓީގެ 26 ވަނަ ބައްދަލުވުމެވެ. މިއަދު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ރަށްތަކުގައި ފެރީ ޓަރމިނަލްތަކުގެ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާއި، އެ މަސައްކަތްތައް އަވަސް ކުރުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރެވިފާވާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ. އަދި ފެރީ ޓިކެޓު ނ...

އަޙްމަދު އަރުޝަމް
ރައީސްގެ ދެކަނބަލުން ފުނަދޫއަށް ވަޑައިގެންފި

ރައީސްގެ ދެކަނބަލުން ފުނަދޫއަށް ވަޑައިގެންފި

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒުނާ އަޙްމަދު މިއަދު ށ. ފުނަދޫ އަށް ވަޑައިގަންނަވައިފި އެވެ. ރައީސްގެ ދެ ކަނބަލުން ފުނަދޫ އަށް މި ވަޑައިގަތީ އެ ދެކަނބަލުން ށ. އަތޮޅާއި ރ. އަތޮޅުގެ 8 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެތެރެއިން ފުރަތަމަ މަންޒިލްގެ ގޮތުގައެވެ. ރައީސްގެ ދެ ކަނބަލުން ށ. އަތޮޅުގެ ވެރިރަށް ފުނަދޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ އެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. […]

އަޙްމަދު އަރުޝަމް
ކަންކަން ނިންމާ ފެންވަރުގައި އަދިވެސް އަންހެނުންނަށް ގޮންޖެހުންތައް އެބަހުރި: ރައީސް

ކަންކަން ނިންމާ ފެންވަރުގައި އަދިވެސް އަންހެނުންނަށް ގޮންޖެހުންތައް އެބަހުރި: ރައީސް

ކަންކަން ނިންމާ ފެންވަރުގައި، ގޮތް ކިޔައި ބަސްބުނުމުގައި، އަންހެނުންނަށް އަދިވެސް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.  އަންހެނުންނަށް ހާއްސަކޮށް ދޭ ރެހެންދި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އަންހެނުން ބާރުވެރިކުރުމުގަޔާއި، ކަންކަމުގައި އަންހެނުން ބައިވެރިވުމުގައި، އަދިވެސް ދަތިތަކެއް ނުވަތަ ހުރަސްތަކެއް އެބަހުރިކަން ޤަބޫލުކުރަންޖެހޭ ކަމަށެވެ. އޭގެ ނަތީޖާއަކަށް ވެފައި މި އޮންނަނީ، ޤައުމީ ތަރ...

ޝިއުނާ އާދަމް
ހުޅުމީދޫ މިފްކޯ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހުޅުމީދޫ މިފްކޯ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އޭޕްރިލް މަހުއެވެ. މިހާރު ކުރިއަށްދަނީ ހާބަ ބޭސިން އާއި ނެރަށް ވަންނަން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތެވެ. ހާބާ ބޭސިން ފުކުރުމުގެ މަސައްކަތުގެ ދަށުން 8.5 އެމްއެސްއެލް (މީން ސީ ލެވެލް) ފުން ކުރާނެއެވެ. މި މަސައްކަތުގައި ބޭނުން ކުރަނީ […]

އަޙްމަދު ވަހީދު
މި މަހުގެ 15އިން ފެށިގެން ވެމްކޯއިން ކުނި ނަގާނީ ވަކި އެޕާޓްމަންޓުތަކުން

މި މަހުގެ 15އިން ފެށިގެން ވެމްކޯއިން ކުނި ނަގާނީ ވަކި އެޕާޓްމަންޓުތަކުން

މި މަހުގެ 15އިން ފެށިގެން ވެމްކޯއިން ކުނި ނަގާނީ ވަކި އެޕާޓްމަންޓުތަކުން ކަމަށް އެކުންފުނިން ބުނެފިއެވެ. ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ މި މަހުޔގެ 15އިން ފެށިގެން އެ ކުންފުނިން ކުނި ނަގާނީ ރަޖިސްޓްރީ ކޮށްފައިވާ ގެތަކުން އެކަނި ކަމަށެވެ. އަދި ވަކި އެޕާޓްމަންޓުތަކުން ކުނި ނަގަން އާއްމުންގެ އެދުމުގެ މަތިން ކަމަށް އެ ކުންފުނިން ބުންޏެވެ. މި ބަދަލު ގެނައުމާއެކު މަގުމައްޗަށް ކުނި ބޭރު ކުރުމުން މަނާ ވާނެ އެވެ. ވެމްކޯއިން ކުނި ނަގާ ވަގުތުތައް […]

އަޙްމަދު ވަހީދު
ހޮވައިގެން ގެނެސް ދިއްދޫ އޮތް ބޯޓުގެ ވެރިފަރާތެއް ނުވި، ނީލަމުގައި ވިއްކާލަނީ

ހޮވައިގެން ގެނެސް ދިއްދޫ އޮތް ބޯޓުގެ ވެރިފަރާތެއް ނުވި، ނީލަމުގައި ވިއްކާލަނީ

ކަނޑުމަތިން ހޮވައިގެން ގެނެސް، ހއ. ދިއްދޫ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް ބޯޓެއް ނީލަމުގައި ވިއްކާލުމަށް އެ ކައުންސިލުން ނިންމައިފި އެވެ. އެ ކައުންސިލުން މިއަދު ނެރެނު އިއުލާނެއްގައި ބުނެފައިވަނީ އެ ބޯޓު ގަތުމަށް ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެއެވެ. ކައުންސިލުގެ އިއުލާނުގައި ވާގޮތުން، މި ބޯޓަކީ ފައިބަރ ނުވަތަ ލަކުޑިން ހަދާފައިވާ ދިގުމިނުގައި 64 ފޫޓު، ފުޅާ މިނުގައި 16.7 ފޫޓު އަދި ފުންމިނުގައި 5.2 ފޫޓު ހުންނަ މުށި […]

އަޙްމަދު އަރުޝަމް
ޓެކްސީ ޑްރައިވަރަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް

ޓެކްސީ ޑްރައިވަރަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް

ޓެކްސީ ޑްރައިވަރަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެ މައްސަލަ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، ގޯނާ ކޮށްފައިވަނީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށެވެ. އެހެންނަމަވެސް އަދި މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ވިދާޅުވެފަވެއެވެ. ފުލުހުން ވިދާޅުވީ، މި މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލާގެ ގޮތުގައި ބަލަމުން އަންނަ ކަމަށް...

ޝިއުނާ އާދަމް
ކަޅުބިލަމަސް ހުސްވެދާނެ ކަމުގެ ބިރު ކުޑަވެ، މިޔަރު ހުސްވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

ކަޅުބިލަމަސް ހުސްވެދާނެ ކަމުގެ ބިރު ކުޑަވެ، މިޔަރު ހުސްވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

ދުނިޔޭގެ ކަނޑުތަކުން ކަޅުބިލަމަހުގެ ބާވަތްތައް ހުސްވެދާނެ ކަމުގެ ބިރު ކުޑަވާން ފަށާފައިފި ކަމަށާއި މިޔަރު ހުސްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ދިރާސާތަކުން ދައްކައިފިއެވެ. މި މަހުގެ 3-11 އަށް ފްރާންސްގެ މާސިލީގައި ކުރިއަށްދާ އިންޓަނޭޝަނަލް ޔުނިއަން ފޯ ދަ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) ގެ ވޯލްޑް ކޮންގްރެސްގައި އާންމުކުރި މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި ކަޅުބިލަމަހުގެ އާބާދީ ހުސްވެދާނެކަމުގެ ބިރު ހީވެފައި ވަނިކޮށް، ފާއިތުވި 10 އަހަރުގެ ތެރޭގައި ކުރި މަސައްކަތްތަކުން މަހުގެ އާބާދީ ވ...

އަޙްމަދު ވަހީދު
އޮޑިޓާ ޖެނެރަލްގެ އޮފީހެއް އަތްފޯރާ ފަށަށް އައުމަކީ ލިބޭ އުފަލެއް: އާތިފް

އޮޑިޓާ ޖެނެރަލްގެ އޮފީހެއް އަތްފޯރާ ފަށަށް އައުމަކީ ލިބޭ އުފަލެއް: އާތިފް

އޮޑިޓާ ޖެނެރަލްގެ އޮފީހެއް އަތްފޯރާ ފަށަށް އައުމަކީ ލިބޭ އުފަލެއްކަމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. އާތިފް މިފަދައިން ވިދާޅުވީ އިއްޔެ ކުޅުދުއްފުށި ސިޓީގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ އުތުރު ސަރަހައްދީ އޮފީސް ހުޅުވިގެން ދިޔުމާއި ގުޅިގެންނެވެ. އެގޮތުން، އިއްޔެ އާތިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ އޮޑިޓާ ޖެނެރަލްގެ އޮފީހެއް އެ ސިޓީގައި ހުޅުވިގެންދިޔުމަކީ ކުޅުދުއްފުށްޓާއި ބޮޑުތިލަދުންމަތީގެ ރަށްރަށުގެ އިދާރާތަކަށާއި ރައްޔިތުންނަށް އެކަމުގެ މަނ...

އަޙްމަދު އަރުޝަމް
އެސްޓީއޯއިން ޑިޖިޓަލް ބޭންކުގެ ލައިސެންސަށް އެދިއްޖެ

އެސްޓީއޯއިން ޑިޖިޓަލް ބޭންކުގެ ލައިސެންސަށް އެދިއްޖެ

އެސްޓީއޯއިން ރާއްޖޭގައި ޑިޖިޓަލް ބޭންކިން ހިދުމަތް ފެށުމަށް ލައިސަންސް ހޯދަން ހުށަހަޅައިފި އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިޔެކިޔުންތައް ހުށަހެޅުއްވުމަަށްފަހު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ މި ބޭންކުގެ މަސައްކަތް އަންނަ އަހަރު ނިންމާ ހިދުނަތް ދޭން ފަށާނެ ކަމަށެވެ. އަދި މިއީ ފަސޭހަ ކަމާއެކު ބޭނުން ކުރެވޭނެ ހިދުމަތެއް ކަމަށާއި ކުޑަ ވަގުތުކޮޅެއްގެ ތެރޭ ހިދުމަތް ހޯދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. “އެކައުންޓު ހުޅުވަންވެސް އެހާ ގިނަ ވަގުތެއް ނުނަގާނެ. […]

އަޙްމަދު ވަހީދު
ކޯވިޑް ބަލީގެ ހާލަތު ގޯސްވެފައިވާ ނޮޅިވަރަމްގައި ކާފިއު ވަގުތު އިތުރުކޮށްފި

ކޯވިޑް ބަލީގެ ހާލަތު ގޯސްވެފައިވާ ނޮޅިވަރަމްގައި ކާފިއު ވަގުތު އިތުރުކޮށްފި

ކޯވިޑް-19 ބަލިމަޑުކަން ފެތުރި ހާލަތު ގޯސްވެފައިވާ ހދ.ނޮޅިވަރަންގައި، ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކާފިއު ހިންގާ ވަގުތު އިތުރުކޮށްފިއެވެ. ކޯވިޑްއާއި ގުޅިގެން ފާއިތުވި އޯގަސްޓް މަހުގެ 31 ވަނަ ދުވަހުން ފެށިގެން އެ ރަށުގައި ވަނީ ބަލިން ރައްކާތެރިވުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެ ދުވަހުން ފެށިގެން އިއްޔެއާއި ހިސާބަށް އެ ރަށުގައި 18:00 އިން ހެނދުނު 06:00  އަށް އައިސްފައިވަނީ ކާފިއު ހިންގަމުންނެވެ. ނަމަވެސް ބަލީގެ ހާލަތު އަދިވެސް ގޯސްކޮށް [...

އިބްރާހިމް ޚަލީލް
ރައީސްގެ ދެ ކަނބަލުން އުތުރުގެ ދެ އަތޮޅެއްގެ 8 ރަށަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފި

ރައީސްގެ ދެ ކަނބަލުން އުތުރުގެ ދެ އަތޮޅެއްގެ 8 ރަށަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އުތުރުގެ ދެ އަތޮޅެއްގެ 8 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރު ފުޅުގައި ރައީސްގެ ދެ ކަނބަލުން ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ށ. އަތޮޅުގެ 4 ރަށަކަށާއި، ރ. އަތޮޅުގެ 4 ރަށަކަށް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މިގޮތުން ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ށ. ފުނަދޫ، ށ. ޅައިމަގު، ށ. ފޯކައިދޫ، ށ. މާއުނގ...

ޔުމްނާ ޢަލީ