ތިލަދުންމަތީ ޚަބަރު ނައިބު ރައީސް، ށ. ފޭދޫ ކައުންސިލާ ބައްދަލު ކުރައްވައިފި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ށ. ފޭދޫ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ފޭދޫގެ ތަރައްޤީއަށް އެންމެ މުހިންމުކޮށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން އެރަށު ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. މި ބައްދަލުކުރެއްވުމުގައި ފޭދޫ ކައުންސިލަރު ވަނީ އެރަށަށް މިވަގުން މިވަގުތައް ބޭނުންވެފައިވާ މުހިންމު ކަންކަން ފާހަގަ ކުރައްވާފައެވެ. މ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ވިއްސާރައާއި ގުޅިގެން އަތޮޅުތެރޭގެ ހާލަތު ދަނީ މޮނިޓަރ ކުރަމުން: އެންޑީއެމްއޭ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން އަތޮޅުތެރޭގެ ހާލަތު މޮނިޓަރކުރަމުން އަންނަކަމަށް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބައެއް ރަށްރަށަށް ފެންބޮޑުވި ނަމަވެސް ބޮޑު ހާދިސާއެއް އެއްވެސް ރަށެއްގައި ހިނގިކަމުގެ މަޢުލޫމާތު އަދި ލިބިފައިނުވާކަމަށް އެއޮތޯރިޓީއިން ހާމަކޮށްފައިވެއެވެ. ހުޅަނގު މޫސުމުގެ ވައި ގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވައި ގަދަވެ ވިއްސާރަވަމުންކަމަށާއި، މިވިއްސާ ކުރިއަށް އޮތް 24 ގަިއިރުވެސް ރާ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ރާއްޖެ އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ވައިކަރަދޫ ދާއިރާގެ ރައީސްކަމަށް މަޖުދީ އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހދ. ވައިކަރަދޫ ދާއިރާގެ ރައީސްކަން އަހްމަދު މަޖުދީ (މަޖޭ) ކާމިޔާބު ކުރައްވައިފި އެވެ. ހދ. ނެއްލައިދޫއަށް އުފަން މަޖުދީ މިއިންތިހާބު ކާމިޔާބުކޮށްފައިވަނީ އިތުރު 4 ކެންޑިޑޭޓުންނާއި ވާދަކޮށްގެންނެވެ. މަޖުދީ މިއިންތިހާބު ކާމިޔާބުކޮށްފައިވަނީ 9 ވޯޓުގެ ތަފާތަކުންނެވެ. މަޖުދީއަށް 203 ވޯޓު ލިބިފައިވާއިރު ވައިކަރަދޫ ދާއިރާގެ ރައީސްކަން ފެށުނީންސުރެއް ކުރައްވަމުން އަންނަ އަޙްމަދު ހާޝިމް އަށް ލިބިފައިވަނީ 194... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ސިއްހީ ސަބަބުތަކާއި ހުރެ ވެކްސިން ނުޖެހޭ މީހުންނަށް ކަރަންޓީނުވެ ވެކްސިން ފުރިހަމަކުރި ރަށްރަށަށް ދެވޭނެ ސިއްޙީ ސަބަބުތަކާއި ހުރެ ވެކްސިން ނުޖެހޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ލިޔުމެއް ލިބިފައިވާ ފަރާތްތަކަށާއި، ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ރަށްރަށަށް ދަތުރުކުރާއިރު، އެ ދަތުރުކުރާ ރަށްރަށުގައި އެޗްޕީއޭގެ މިންގަނޑަށް ވެކްސިން ފުރިހަމެވެފައިވާނަމަ، އެ ފަރާތްތަކުން ކަރަންޓީނުވާން ނުޖެހޭގޮތަށް ހަމަޖައްސައިފިއެވެ. އެޗްޕީއޭއިން މިއަދު އާންމުކޮށްފައިވާ ދަތުރުފަތުރުކުރުމުގެ އުސޫލުގައި ބުނެފައި ވަނީ ސިއްޙީ ސަބަބުތަކާއި ހުރެ ވެކްސިން ނުޖެހޭ ފާރާތްތަކާއި ވެކްސިން ނުޖެހޭ އުމުރުގެ ކ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ދިއްދޫ ދާއިރާގެ ރައީސްކަމަށް ނަޢީމް އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހއ. ދިއްދޫ ދާއިރާގެ ރައީސްކަން މުޙައްމަދު ނަޢީމް ކާމިޔާބު ކުރައްވައިފި އެވެ. މުހައްމަދު ޝާކިރު އާއި ވާދަކޮށް ނަޢީމް ކާމިޔާބު ކުރެއްވީ 40 ވޯޓުގެ ތަފާތަކުންނެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ނަޢީމް އަށް ލިބިފައިވަނީ 383 ވޯޓެވެ. ޝާކިރުއަށް ލިބިފައިވަނީ 343 ވޯޓެވެ. 14 ވޯޓު ބާތިލްވެފައިވާއިރު މިދާއިރާގައި ވޯޓު ލާފައިވަނީ މާލެއިން 151 މީހަކާއި ދިއްދޫއިން 589 މީހުންނެވެ. ޖުމްލަ […] އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ތޫފާނު "ގުލާބު" މިރޭ އިންޑިޔާގެ އިރުމަތީ އައްސޭރި ހުރަސްކުރާނެ ރާއްޖެއާއި ދުރުން ބޭ އޮފް ބެންގޯލުގެ ހުޅަނގުއުތުރުގައި އުފެދިފައިވާ ތޫފާނު “ގުލާބު” މިރޭގެ ވަގުތެއްގައި އިންޑިޔާގެ އިރުމަތީ އައްސޭރި ހުރަސްކުރާނެ ކަމަށް ލަފާކުރެވޭކަމަށް ރާއްޖޭގެ މުސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ ބުނީ ރާއްޖެއާއި ދުރުން ބޭ އޮފް ބެންގޯލުގެ ހުޅަނގުއުތުރުގައި ވަނީ “ގުލާބު” ނަން ދީފައިވާ ތޫފާނެއް އުފެދިފައި ކަމަށެވެ. ތޫފާން “ގުލާބު” ހުޅަނގަށް ދަތުރުކޮށް، މިރޭގެ ވަގުތެއްގައި އިންޑިޔާގެ އިރުމަތީ އައްސޭރި... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ފުނަދޫ ދާއިރާގެ ރައީސްކަމަށް ޞަބްރީ އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ށ. ފުނަދޫ ދާއިރާގެ ރައީސްކަން އަޙްމަދު ޞަބްރީ ކާމިޔާބު ކުރައްވައިފި އެވެ. ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ފުނަދޫ ދާއިރާގެ ރައީސްކަމަށް އަޙްމަދު ޞަބްރީގެ އިތުރުން 2 ކެނޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އެއީ ޢަބްދުލްޙަންނާން ޙުސައިން އާއި މުހައްމަދު އަބްދުލް ސަލާމް އަދި އަހުމަދު ޒުމްރަތު އެވެ. ފުނަދޫ ދާއިރާގެ ނައިބް ރައީސްކަމަށް ކުރިމަތިލާފައިވަނީ 3 ފަރާތަކުންނެވެ. ނ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ އަޑިއަށްދިޔަ ސަފާރީގެ ބައެއް ތަކެތި އޮޔާ ދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އަޑިއަށްދިޔަ ސަފާރީގެ ބައެއް ތަކެތި އޮޔާ ދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑިއެފްއިން އިލްތިމާސް ކޮށްފިއެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވެ، މިއަދު 08:39 ހާއިރު ކ. ތިލަފުށީ ހުޅަނގުދެކުނުން 04 ނޯޓިކަލް މޭލުން “ހޭންޑީ ކްރޫޒާ” ނަމަކަށް ކިޔާ މި ސަފާރީ ވަނީ އަޑިއަށް ގޮސްފައެވެ. މި ސަފާރީގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. “މި ސަފާރީ އަޑިއަށް ދިއުމުގެ ސަބަބުން އޭގައި [... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ސުލްތާން ނިޔާވުމުގެ ހިތާމާގައި ހަމަހިމޭންކަމުގެ ސްކޫތެއް ގެނެސްފި އިންޑިއާގައި އިއްޔެ ކުއްލި ގޮތަކަށް ނިޔާވި ޕްރައިވެޓް މުހައްމަދު ސުލްތާން އިބްރާހިމް ނިޔާވުމުގެ ހިތާމާގައި އެމްއެންޑީއެފްއިން ހަމަހިމޭންކަމުގެ ސްކޫތެއް ގެނެސްފިއެވެ. އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި އެމްއެންޑީއެފްގެ ހުރިހާ ޔުނިޓްތަކާއި، އޭރިއާ ކޮމާންޑްތަކުގައި މިއަދު ބޭއްވި މާސްޓަރ ޕެރޭޑްގައި ވަނީ މި ސްކޫތު ގެނެސްފައެވެ. އިންޑިއާ ޕޫނޭގައި ހުންނަ ނެޝެނަލް ޑިފެންސް އެކެޑަމީގައި އޮފިސަރ ކެޑޭޓް ތަމްރީން ހަދަމުންދަނިކޮށް އިއްޔެ ކުއްލި ގޮތަކަށް ނިޔާވި އުމުރުން 22 އަހަރުގެ ޕްރައިވެޓް މުހައްމަދު ސުލ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ ސަފާރީއެއް އަޑިއަށްގޮސް މީހަކު ނިޔާވެއްޖެ މިއަދު ހެނދުނު ބޮލިފުށި ކައިރިން މާލެ އަށް ދަތުރު ކުރަމުން ދިޔަ ސަފާރީއަކަށް ދިޔަވެ، އަޑިއަށް ގޮއްސި އެކަކު ނިޔާވެއްޖެއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ “ހޭންޑީ ކްރޫޒާ” ނަމަކަށް ކިޔާ މި ސަފާރީ އަޑިއަށް ގޮސްފައިވަނީ ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ދިޔަވެގެން ކަމަށެވެ. މި ސަފާރީއަށް ދިޔަވާން ފެށީ ތިލަފުށީ ހުޅަނގު ދެކުނުން 4 ނޮޓިކަލް މޭލު ބޭރުންނެވެ. މި ސަފާރީގައި 17 މީހަކު ދަތުރުކުރަމުން ދިޔައެވެ. އެ މީހުން މިހާރު ވަނީ އެމްއެންޑީއެފް ކޯސްޓް ގާޑުގައި […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: މަކުނުދޫ ދާއިރާގެ ރައީސްކަން މައުސޫމް ދިފާއުކޮށްފި އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހދ. މަކުނުދޫ ދާއިރާގެ ރައީސްކަން އަހްމަދު މައުސޫމް ދިފާއުކުރައްވައިފި އެވެ. މިއީ މަކުނުދޫ ދާއިރާގެ ރައީސްކަމަށް އަޙްމަދު މައުސޫމް އިންތިހާބުވި 3 ވަނަ ފަހަރެވެ. މައުސޫމް ވާދަކޮށްފައިވަނީ މަނުޢުމާން އަޙްމަދު އާއެވެ. މައުސޫމް އަކީ އެމްޑީޕީގެ ފައުންޑަރ މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. މީގެ އިތުރުން މައުސޫމް އަންނަނީ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސީ) ގެ ޗެއާމަންގެ މަގާމުވެސް... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: 293 ވޯޓުގެ ތަފާތަކުން އިހަވަންދޫ ދާއިރާގެ ރައީސްކަމަށް މިސްބާހު އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހއ. އިހަވަންދޫ ދާއިރާގެ ރައީސްކަން ބޮޑު ތަފާތަކުން މުހައްމަދު މިސްބާހު ކާމިޔާބު ކުރައްވައިފި އެވެ. މިސްބާހް މިމަޤާމް ކާމިޔާބުކޮށްފައިވަނީ ޢަބްދުﷲ ޙުސައިންއާއި ވާދަކޮށްގެންނެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުން މިސްބާހް 573 ވޯޓް ހޯދާފައިވާއިރު ޢަބްދުﷲ ޙުސައިން އަށް ލިބިފައިވަނީ 280 ވޯޓެވެ. މިދެ ކެނޑިޑޭޓުންގެ ވޯޓްގެ ފަރަގަކީ 293 ވޯޓެވެ. އިހަވަންދޫ ދާއިރާގައި 4 ވޮޓުފޮއްޓެއް ބަހައްޓާފައިވާއިރު ޖުމްލަ 6... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ބޮޑު ތަފާތަކުން މިލަންދޫ ދާއިރާގެ ރައީސްކަމަށް އަޙްމަދު ފާޒިރު އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ށ. މިލަންދޫ ދާއިރާގެ ރައީސްކަން އަޙްމަދު ފާޒިރު ކާމިޔާބު ކުރައްވައިފި އެވެ. ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި މިލަންދޫ ދާއިރާގެ ރައީސްކަމަށް އަޙްމަދު ފާޒިރުގެ އިތުރުން ވާދަކުރެއްވީ އަހްމަދު ނިޔާޒު އެވެ. އަޙްމަދު ފާޒިރު އިންތިހާބު ކާމިޔާބު ކޮށްފައިވަނީ ބޮޑު ތަފާތަކުންނެވެ. އެއީ 462 ވޯޓެވެ. އަހްމަދު ނިޔާޒުއަށް ލިބިފައިވަނީ 94 ވޯޓެވެ. ދާއިރާގެ ނައިބް ރައީސްކަމަށް [... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ނޮޅިވަރަމް ދާއިރާގެ ރައީސްކަމަށް އަލީ އަބްދުލްރަހްމާން އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހދ. ނޮޅިވަރަމް ދާއިރާގެ ރައީސްކަން އަލީ އަބްދުލްރަހްމާން (ނާސާ އައްޔަ) ކާމިޔާބު ކުރައްވައިފި އެވެ. ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ނޮޅިވަރަމް ދާއިރާގެ ރައީސްކަމަށް އަލީ އަބްދުލްރަހްމާންގެ އިތުރުން 5 ކެންޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އެއީ އަޙުމަދު އާތިފް، އަލީ ސަލީމް، އަޙްމަދު ނާޠިމް އަދި އަލީ އާރިފް އަހުލާމް ރުޝްދީ އެވެ. 88 ދޯދި / ށ.ކަނޑިތީމު އަޙުމަދު […] އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ރައީސް، ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ތަޤްރީރު ކުރައްވާފައި ވަނީ ސެޕްޓެންބަރު 21 ވަނަ ދުވަހު ދިވެހިންގެ މާދަރީ ބަސް، ދިވެހިބަހުންނެވެ. އެމަނިކުފާނުގެ ތަޤްރީރުގައި ކޮ... އަލީ އާދިލް · 5 އަހަރު ކުރިން