މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މިލަންދޫ ވެސް އާންމު ހާލަތަށް ގެނެސްފި

މިލަންދޫ ވެސް އާންމު ހާލަތަށް ގެނެސްފި

ކޯވިޑް-19ގެ ސަބަބުން އަރާ ފޭބުން މަނާކޮށްފައި އޮތް ށ. މިލަންދޫ އާންމު ހާލަތަށް ގެނެސްފިއެވެ. މިލަންދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް އާންމު ހާލަތަށް ގެނައީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި މިވަގުތު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު 50އަށް ވުރެ ދަށްވެފައިވާ ކަމަށާއި، އެއީ މުޅިންވެސް ކުރީގެ ކޭސްތަކާއި ގުޅުންހުރި މީހުންކަމަށް އޭނާ ވިދާޅުވިއެވެ. މިލަންދޫ މޮނިޓަރިން ހާލަތުން ވީއްލާފައި ވަނީ ރަށުގައި ބަލި ފެތުރިފައިވާ […...

ޙުސައިން ޝަހުދީ
މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ދ. އަޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު މެންދުރުފަހު 14:45 އިން ފެށިގެން އިރުއޮއްސި 18:45 އާއި […]

ޔުމްނާ ޢަލީ
ޚަލީލްގެ ކޮލަމް: ދިވެހިވަންތަ ދިރިއުޅުމުގެ ބައިވެރިޔާ ހޮޅުއަށި

ޚަލީލްގެ ކޮލަމް: ދިވެހިވަންތަ ދިރިއުޅުމުގެ ބައިވެރިޔާ ހޮޅުއަށި

ހޮޅުއަށްޓަކީ މީހުން އިށީއިނުމަށްޓަކައި ކަށިކެޔޮ ހޮޅުން ނުވަތަ ރުއް ފަޅައިގެން ބޭރުގައި އަޅާފައި ހުންނަ އައްޓަށް ކިޔާނަމެކެވެ. މިއީ ދިވެހިންގެ ދިރިއުޅުމާއި ދާދި މިދާކަށް ދުވަހާއި ޖެހެންދެން ވެސް ގުޅިލާމެހިފައިވާ މުހިންމު ތަނެކެވެ. ހާއްސަކޮށް ރާއްޖެތެރޭގެ ދިރިއުޅުމުގެ ބައިވެރިއެކެވެ. މި ލިޔުމުގައި ހޮޅުއަށީގެ އެކިއެކި ބައިބައިގެ މަޢުލޫމާތު ތަފުސީލުކޮށް ގެނެވިފައި ވާނެއެވެ. ލިޔުމުގައި ބަޔާންކުރެވިފައިވާ ބައިތަކުގެ ނަންތައް ރާއްޖޭގެ އެކިއެކި ހިސާބުގައި ބޭނުން ކުރުމުގައި ތަފާތުތަކެއް ހުރުމަކީ އެކަށީގެ...

އިބްރާހިމް ޚަލީލް
ފެރީ ނެޓްވޯކުގެ ފުރަތަމަ ލޯންޗު ފެރީ ބާލައިފި

ފެރީ ނެޓްވޯކުގެ ފުރަތަމަ ލޯންޗު ފެރީ ބާލައިފި

ރާއްޖޭގެ ރަށަތައް ފެރީގެ ނިޒާމަކުން ގުޅުވާލުމަށް ޕްލޭނިން މިނިސްޓްރީއާއި އެމްޓީސީސީ ގުޅިގެން ފެށި ފެރީ ނެޓްވޯކުގެ ފުރަތަމަ ލޯންޗު ފެރީ ބާލައިފިއެވެ. މި ފެރީ ބަލައިފައިވަނީ މިއަދު އެމްޓީސީސީ ބޯޓުޔާޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ލޯންޗު ފެރީ މޫދަށް ބޭލުމުގެ ވީޑިއޯއެއް ހިއްސާ ކުރައްވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވައުދުފުޅު ފުއްދެވުމަށް އެ ކުންފުނީގެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޕްލޭނިން މިނިސ...

އަޙްމަދު ވަހީދު
މިއުޒިކް އާރޓް ތެރަޕީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފި

މިއުޒިކް އާރޓް ތެރަޕީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފި

މިއުޒިކް އާރޓް ތެރަޕީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޯރ ޓްރެއިނިނގް އެންޑް ރިސާޗް (ޔުނިޓާރ)އާއި، ގްލޯބަލް ފައުންޑޭޝަން ފޯރ ޕަރފޯމިންގ އާރޓްސް (ޖީ.އެފް.ޕީ.އޭ.)ގެ އިސްވެރިންނާ މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާކުރައްވާފައި ވަނީ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު ޔުނިޓާރގެ ނިއުޔޯކް އޮފީހުގެ ހެޑް، ހިޒް އެކްސެލަންސީ މާރކޯ ސުއާޒޯ އާއި، ޖީ.އެފް.ޕީ.އޭ.ގެ އެގްޒެކެޓިވް ޑިރެކްޓަރ މިސް ލޫސިއާ ޖޭ. ގުއޯ އާއި، ޖ...

ޔުމްނާ ޢަލީ
އޭސިއާ ފައުންޑޭޝަންގެ އެހީގައި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ހިންގުން ހަރުދަނާ ކުރުމުގެ ޕްރޮޖެކްޓެއް ފަށައިފި

އޭސިއާ ފައުންޑޭޝަންގެ އެހީގައި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ހިންގުން ހަރުދަނާ ކުރުމުގެ ޕްރޮޖެކްޓެއް ފަށައިފި

އޭސިއާ ފައުންޑޭޝަން މޯލްޑިވްސްގެ އެހީތެރިކަމާއެކު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ހިންގުން ހަރުދަނާ ކުރުމުގެ ޕްރޮޖެކްޓެއް ފަށައިފިއެވެ. މިއީ އޭސިއާ ފައުންޑޭޝަން މޯލްޑިވްސްގެ ފަރާތުން ރާއްޖޭގައި ހިންގަމުން އަންނަ މަދަނީ ޖަމްޢިއްޔާތައް ބާރުވެރި ކުރުވައި އެ ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ސަޕޯޓިން ރީޖަނަލް ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން އިން ދަ މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ރ...

އިބްރާހިމް ޚަލީލް
ޓީމްއާއި، ޕީއައިއެލްސީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޓީމްއާއި، ޕީއައިއެލްސީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރީންގެ ހައްގުތައް ހޯދައި ދިނުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ކުރާ މަސައްކަތަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އެ ޖަމިއްޔާއާއި ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)އާއި ދެމެދު ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޓީމްއިން ބުނީ މި އެއްބަސްވުމަކީ މަސައްކަތްތެރިންގެ ހައްގުތަށް ހޯދުމުގައި ދިމާވާ އެކިއެކި މައްސަލަތަކުގައި މަސައްކަތްތެރިންނަށް ޤާނޫނީ ލަފަޔާއި އެހީފޯރުކޮށްދިނުމުގ...

ޙުސައިން ޝަހުދީ
އަންނަ މަހު އުރީދޫއިން އައިފޯން 13 ޕްރީއޯޑަރަށް ހުޅުވާލާނެ

އަންނަ މަހު އުރީދޫއިން އައިފޯން 13 ޕްރީއޯޑަރަށް ހުޅުވާލާނެ

އަންނަ މަހުގެ އަށްވަނަ ދުވަހު އުރީދޫ މޯލްޑިވްސް އިން އައިފޯން 13 ގެ ފޯނުތައް ޕްރިއޯޑަރަށް ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި ފޯނުތައް ޕްރިއޯޑާ ކުރެވޭނީ އެ ކުންފުނީގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށެވެ. އިއްޔެ ދުނިޔޭގެ ބާޒާރަށް ނެރުނު އައިފޯނު 13ގެ ފޯނުތަކުގައި އެންމެ ބޮޑު ބަދަލެއް ފެންނާނީ ކެމެރާއިންނެވެ. އެގޮތުން އެހެން އައިފޯނުތަކާ އަޅާބަލާއިރު އާ އައިފޯނުތަކުގެ ވީޑިއޯ ކޮލިޓީ ވަރަށް ބޮޑަށަ ރަނގަޅުވާނެއެވެ. އައިފޯން […]

އަޙްމަދު ވަހީދު
ނޮޅިވަރަމް އާންމު ހާލަތަށް ގެނެސްފި

ނޮޅިވަރަމް އާންމު ހާލަތަށް ގެނެސްފި

ކޯވިޑްގެ ސަބަބުން ބަންދުކޮށްފައި އޮތް ހދ. ނޮޅިވަރަމް އާންމު ހާލަތަށް ގެނެސްފިއެވެ. ނޮޅިވަރަމް މޮނިޓަރިން ހާލަތުން އާންމު ހާލަތަށް ގެނެސްފައި މިވަނީ އެރަށް އެ ހާލަތުގައި އޮންނަތާ 28 ދުވަސްފަހުންނެވެ. ނޮޅިވަރަމް އާންމު ހާލަތަށް ގެނެސްފައިވާކަން އެރަށަށް އަންގާފައިވާކަމަށް ނޮޅިވަރަމް ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު އަދި ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން” ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. މުސްތަފާ ވިދާޅުވިގޮތުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް އާންމު ހާލަތަށް ގެނެސް...

ޙުސައިން ޝަހުދީ
ވަޒީފާގައި ގިނަ ދުވަހު އުޅެފައިވާ މީހުންނަށް ތައުލީމީ ޕްރޮގްރާމަކާ ނުލާ ސެޓްފިކެޓު

ވަޒީފާގައި ގިނަ ދުވަހު އުޅެފައިވާ މީހުންނަށް ތައުލީމީ ޕްރޮގްރާމަކާ ނުލާ ސެޓްފިކެޓު

ވަކި ވަޒީފާއެއް އަދާކުރަން މީހެއްގެ ގައިގަ ހުންނަން ޖެހޭނީ ކޮން ހުނަރުތަކެއް ކަން ބަލާ ، ވަޒީފާގައި ވަކި މުއްދަތަކަށް ދެމިތިބޭ މީހުންނަށް ރަސްމީ ތައުލީމީ ޕްރޮގްރާމެއްގައި ބައިވެރިނުވެ، އެމީހުންގެ ކިބައިގައި އެ ހުނަރުތައް ހުރިކަން ސާބިތުކޮށްދިނުމުން އެކަމަށް ސެޓިފިކެޓެއް ލިބޭނެ އުސޫލެއް ގާއިމްކޮށްފިއެވެ. ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މީހުން ބިނާކުރުމުގެ ކަންކަން ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއ...

ޝިއުނާ އާދަމް
ހއ އަތޮޅުން ލ އަތޮޅަށް ވައިޓް އެލާޓް ނެރެފި

ހއ އަތޮޅުން ލ އަތޮޅަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ، ހއ އަތޮޅުން ފެށިގެން ލ އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ. މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވީ މެދުރާއްޖެތެރޭގެ އަތޮޅުތަކާއި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ މިރޭ މެންދަމު 03:30 އާ ހަމައަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެ ކަމަށް މެޓް […]

އަލީ އާދިލް
އިދިކޮޅު ކޯލިޝަނުން މިރޭ ބާއްވަން އުޅުނު ޖަލްސާ ފަސްކޮށްފި

އިދިކޮޅު ކޯލިޝަނުން މިރޭ ބާއްވަން އުޅުނު ޖަލްސާ ފަސްކޮށްފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ އޮވެ އާ ސިޔާސީ ހަރަކާތެއް ފަށަން ނިންމައި އެކަން އިއުލާންކުރަން މިރޭ ބާއްވަން ހަމަޖެއްސި ޖަލްސާ ފަސްކޮށްފިއެވެ. އެ ހަރަކާތް ޕްރޮމޯޓްކުރާ ޓްވީޓާ އެކައުންޓް “ޑިފެންޑް މޯލްޑިވްސް”އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މޫސުން ތަން ނުދިނުމުގެ ސަބަބުން މިރޭ ބާއްވަން އުޅުނު ޖަލްސާ ފަސްކޮށްފައިވާ ކަމެކެވެ. މިރޭ އިދިކޮޅު ކޯލިޝަނުން ބާއްވަން އުޅުނު ޖަލްސާއަކީ އެ ކޯލިޝަނުން އިސްވެ އުފައްދާފައިވާ “މިނިވަންކަމުގެ ދިފާއުގައި ދިވެހިން” ކޮމިޓީން ކުރިއަށްގެންދަން ނިންމާފައިވ...

އަލީ އާދިލް
ފޯނުތަކުގައި ސީޕޮޓު ޗާޖަރު ބޭނުން ކުރެވޭގޮތް ހަދަން މަޖުބޫރު ކުރަން ހުށަހަޅަނީ

ފޯނުތަކުގައި ސީޕޮޓު ޗާޖަރު ބޭނުން ކުރެވޭގޮތް ހަދަން މަޖުބޫރު ކުރަން ހުށަހަޅަނީ

ހުރިހާ ފޯނުތަކާއި އެހެން އިލެކްޓްރޯނިކްތަކުގައި ސީޕޮޓުގެ ޗާޖަރު ބޭނުން ކުރެވޭ ގޮތް މަޖުބޫރު ކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ބޮޑީއެއް ކަމަށްވާ ޔޫރަޕިއަން ކޮމިޝަނުން ނިންމައިފިއެވެ. އެ ޖަމިއްޔާ ހުށަހަޅާ މި ބަދަލާއެކު އެޕަލް ބްރޭންޑުތަކުގެ އުފެއްދުންތަކުގެ ޗާޖަރުތައް ވެސް ސީޕޮޓަށް ބަދަލު ކުރަން ޖެހޭނެއެވެ. މިހާރު އެޕަލް ނޫން އެހެން ހުރިހާ ބްރޭންޑުތަކުގެ ބައެއް އުފެއްދުންތަކުގައި ސީޕޮޓު ޗާޖަރު ބޭނުން ކުރެއެވެ. ޔޫރަޕިއަން ކޮމިޝަނުން ބުނިގޮތުގައި މިއީ އިސްރާފު ކުރުން މަދު ކުރުމަށް ގެންނަ ބަދަލެއް...

އަޙްމަދު ވަހީދު
އެމްއާރުއެމްގެ އިސްމަގާމުތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް އާންމުކޮށްފި

އެމްއާރުއެމްގެ އިސްމަގާމުތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް އާންމުކޮށްފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ އިސް މަގާމުތަކަށް ކުރިމަތިލި ބޭފުޅުންގެ ލިސްޓު އާންމުކޮށްފިއެވެ. އެ ޕާޓީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަންނަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުއެވެ. ޕާޓިގެ އެތެރޭގެ އިންތިހާބަށް ވާދަކުރާ މެމްބަރުންގެ ލިސްޓު އެ ޕާޓީން އާންމުކޮށްފައިވާއިރު، އޭގެ ތެރެއިން ޕާޓީގެ ޒައީމް ކަމާއި، ރައީސް އަދި ނައިބުރައީސްގެ އިތުރުން ޒުވާނުންގެ ކައުންސިލްގެ ރައީސް، ނައިބުރައީސް އަދި އަންހެނުންގެ ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް ކަމަށް ކުރިމަތިލައްވ...

ޝިއުނާ އާދަމް
ދުނިޔެއަކީ އެއް އާއިލާއެއްކަން ހަނދާންކޮށް ތަފާތުކުރުން ހުއްޓާލައި އެއްބައިވޭ: އުރުދުޣާން

ދުނިޔެއަކީ އެއް އާއިލާއެއްކަން ހަނދާންކޮށް ތަފާތުކުރުން ހުއްޓާލައި އެއްބައިވޭ: އުރުދުޣާން

ދުނިޔެ ތަޖުރިބާކުރަމުންދާ ކޯވިޑް ބަލިމަޑުކަމުގެ އާލަމީ ވަބާއިން ހަނދާންކޮށްދެނީ މުޅި ދުނިޔެއަކީ އެއް އާއިލާއެއް ކަމަށާއި، އިންސާނީ ތަފާތުކުރުން ނައްތާލައި އެއްބައިވުމަށް  ތުރުކީގެ ރައީސް، ރަޖަބް ތައްޔިބު އުރުދުޣާން ގޮވާލައްވައިފިއެވެ. އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުން ވެގެން ގޮސްފައި ވަނީ މިއީ ކޯވިޑް-19 އަށް ފަހު ދުނިޔޭގެ ވެރިން އެއްތަނަކުން ބައްދަލުވި ފުރަތަމަ ފަހަރަށެވެ. މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް ގައުމުތަކުގެ ރައީސުންގެ ވާހަކަތަކުން އާންމު މަޖިލީހުގެ މާހައުލު ހަލަބޮ...

އަޒްފާ ރަޝީދު