ތިލަދުންމަތީ ޚަބަރު އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: ބާރަށު ދާއިރާގެ ރައީސްކަމަށް ނައުޝާދު އިއްޔެ ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ހއ. ބާރަށު ދާއިރާގެ ރައީސްކަން ނަޢުޝާދު އިބްރާހިމް ކާމިޔާބު ކުރައްވައިފި އެވެ. ފަސް އަހަރަށް އިންތިހާބުކުރާ އެމްޑީޕީގެ ގައުމީ މަޖިލީސް އިންތިހާބުގައި ބާރަށު ދާއިރާގެ ރައީސްކަމަށް ނަޢުޝާދު އިބްރާހިމްގެ އިތުރުން 3 ކެނޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އެއީ ޝިހާމް އަބްދުލްއަޒީޒް އާދަމް އާއި މުހައްމަދު އަބްދުލް ސަލާމް އަދި ދާޢޫދު އިބްރާހިމް އެވެ. ނަޢުޝާދު އިބްރާހިމް އަށް ލިބިފައިވަނީ 273 ވޯޓްއެވެ. ޝިހާމް […] އަލީ އާދިލް · 5 އަހަރު ކުރިން
ވިޔަފާރި ސިޑިމައްޗަށް ކުޑަކަމުދިޔައީ ހާއްސަ އެހީއަށް ބޭނުންވާ މީހެއް: ވެމްކޯ އިއްޔެ ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ގެއެއްގެ ސިޑިމައްޗަށަ ކުޑަކަމުދިޔައީ ހާއްސަ އެހީއަށް ބޭނުންވާ ވެމްކޯ މުވައްޒަފެއް ކަމަށްބުނެ އެ ކުންފުނިން މައާފަށް އެދިއްޖެއެވެ. ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެ ވީޑިއޯއާ ގުޅިގެން މައްސަލަ ރައްދުވާ ކަސްޓަމަރާއި، މައްސަލަ ދިމާވި ގޭބިސީއަށް އެ ކޯޕަރޭޝަނުގެ މުވައްޒަފުން ޒިޔާރާތްކޮށް މައާފަށް އެދިފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށަ ހިދުމަތްތައް ބައްޓަން ކުރުމަށް ކުރަން ޖެހޭ ކަންކަން ކުދަމުން އަންނަ ކަމަށްވެސް އެ ކުންފ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ސުލްތާންގެ މަރު ތަހުގީގު ކުރަނީ އިންޑިއާ ޕޫނޭގައި ހުންނަ ނެޝެނަލް ޑިފެންސް އެކެޑަމީގައި އޮފިސަރ ކެޑޭޓް ތަމްރީން ހަދަމުންދަނިކޮށް އިއްޔެ ކުއްލި ގޮތަކަށް ނިޔާވި ޕްރައިވެޓް މުހައްމަދު ސުލްތާން އިބްރާހިމްގެ މަރު ތަހުގީގުކުރުމަށް ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ. އުމުރުން 22 އަހަރުގެ ޕްރައިވެޓް މުހައްމަދު ސުލްތާން އިބްރާހިމަކީ އއ. ހިމަންދޫއަށް ނިސްބަތްވާ އޮފިސަރެކެވެ. 2018 އޭޕްރީލް 8 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިލެއްވި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން ފުރިހަމަ ކުރަމުންދިޔައީ 2021 މާރިޗް 1 އިން 2004 މާރިޗް 15 […] އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސެއް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ، މޫސުމާއި ބެހޭ ގައުމީ އިދާރާއިން އޮރެންޖް އެލާޓް ނެރެފައި ވާތީ އާއި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އެދޭކަމަށެވެ. މިގޮތުން ކުރިއަށްއޮތްތަނުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކު... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ އިތުރަށް މޫސުން ގޯސްވެ، ނ. އަތޮޅުން ފެށިގެން ދ. އަތޮޅަށް އޮރެންޖް އިންޒާރު ރާއްޖޭގެ ސަރަހައްދަށް މިހާރު ކުރަމުންދާ ވިއްސާރާގައި އިތުރަށް މޫސުން ގޯސްވެ، ނ. އަތޮޅުން ފެށިގެން ދ. އަތޮޅަށް އޮރެންޖް އިންޒާރު ދީފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ނ. އަތޮޅުން ފެށިގެން ދ. އަޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް އޮރެންޖް އިންޒާރު ނެރެފައި ވަނީ މިއަދު މެންދުރުފަހު 10:00 […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ކުޅިވަރު އެތުލެޓިކޯ ލީގުގައި ފުރަތަމަ ފަހަރަށް ބަލިވިއިރު، ރެއާލް މެޑްރިޑާއި ވިޔަރެއާލް މެޗު އެއްވަރު ސްޕެނިޝް ލަލީގާގައި ފުރަތަމަ ފަހަރަށް އެތުލެޓިކޯ މެޑްރިޑް ބަލިވިއިރު، ރެއާލް މެޑްރިޑާއި ވިޔަރެއާލް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ހޮނިހިރު ދުވަހުގެ ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ވިޔަރެއާލްއާއި ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ. މި ސީޒަންގައި ސްޕެނިޝް ލީގުގައި މިހާތަނަށް ރެއާލް ބަލިވެފައި ނުވާއިރު އެ ޓީމުން ވަނީ ލީގުގައި ފުރަތަމަ ކުޅުނު ހަ މެޗުގައި ވެސް ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. މިގޮތުން ހަ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު 50 މޭލަށް ވައިގަދަވެ އުދައަރާނެކަމަށް ލަފާކޮށް، ތިލަދުންމަތިން ހައްދުންމައްޗަށް ޔެލޯ އެލާޓް 50 މޭލަށް ވައިގަދަވެ އުދައަރާނެކަމަށް ލަފާކޮށް، ތިލަދުންމަތިން ހައްދުންމައްޗަށް ޔެލޯ އެލާޓް ނެރެފި އެވެ. މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވީ މެދުރާއްޖެތެރޭގެ އަތޮޅުތަކާއި އުތުރުގެ އަތޮޅުތަކުގެ އެކިހިސާބަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެކަމަށާއި މެންދުރު ފަހުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ޔެލޯ އެލާޓް ނެރެފައިވަނީ 7:20 އިން 11:30 އާއި ދެމެދުގެ ވަގުތު ތަކަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: މަތިއުތުރު ޕްރޮވިންސްގެ ރައީސްކަން އިބްރާޙީމް ވަހީދު ކާމިޔާބު ކުރައްވައިފި މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަތިއުތުރު ޕްރޮވިންސްގެ ރައީސްކަން ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާޙީމް ވަހީދު ކާމިޔާބު ކުރައްވައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާޙީމް ވަހީދު އިންތިޚާބު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. މަތިއުތުރު ޕްރޮވިންސްގެ ރައީސްކަން އިބްރާޙީމް ވަހީދު ކާމިޔާބު ކުރެއްވިއިރު، ކުޅުދުއްފުށީ ސިޓީގެ ރައީސްކަން ކާމިޔާބު ކުރަށްވާފައި ވަނީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފްއެވެ. މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު: އެމްޑީޕީ ކުޅުދުއްފުށީ ސިޓީގެ ރައީސަކަށް މޭޔަރު އާތިފް މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެމްޑީޕީ ކުޅުދުއްފުށީ ސިޓީގެ ރައީސްކަން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ކާމިޔާބު ކުރައްވައިފިއެވެ. މިއަދު ކުރިއަށް ދިޔަ އިންތިޚާބުގައި އެމްޑީޕީ ކުޅުދުއްފުށީ ސިޓީގެ ރައީސްކަމަށް މޭޔަރު އާތިފްއާއި ވާދަކުރެއްވީ ހުސައިން މުހައްމަދެވެ. އެމްޑީޕީ ކުޅުދުއްފުށީ ސިޓީގެ ރައީސްކަން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ކާމިޔާބު ކުރެއްވިއިރު މާލޭ ސިޓީގެ ރައީސްކަން ކާމިޔާބު ކުރެއްވީ މާލޭ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދެވެ. އެމްޑީޕ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ސަމާލުވާން އަންގައިފި ކުރިއަށް އޮތް 36 ގަޑިއިރު، ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން އިލްތިމާސްކޮށްފިއެވެ. ރާއްޖޭގެ މޫސާމާބެހޭ މައި އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނީ ކުރިއަށް އޮތް 36 ގަޑިއިރު، ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. މިގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ޢާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭކަމަށް އެ އިދާ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފަރުވާ ދެމުންދިޔަ ކޯވިޑް ބަލީގެ މީހެއް ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވިގޮތުގައި ނިޔާވެފައި ވަނީ އުމުރުން 80 އަހަރުގެ ދިވެއްސެކެވެ. އޭނާ ނިޔާވީ މިއަދު މެންދުރުފަހު 2:30 ގައެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 231 ވަނަ މީހާއެވެ. ކޯވިޑް ބަލީގައި އިއްޔެވެސް ވަނީ ރާއްޖެއިން މީހަކު ނިޔާވެފައެވެ. އެއީ 46 އަހަރުގެ ދިވެހި އަންހެނެކެވެ. އެއީ […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ އައިޖީއެމްއެޗްގައި ހުމާއި ރޯގާ އަށް ހާއްސަ ފްލޫ ކްލިނިކެއް ހުންއައިސް، ރޯގާ ޖެހިގެން ފަރުވާ ހޯދަން އަންނަ މީހުން ޑޮކްޓަރަށް ދައްކަން ހާއްސަކޮށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ. އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ އެ ފްލޫ ކްލިނިކުން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:30 އިން ރޭގަނޑު 10:00އަށް ހިދުމަތް ދޭނެ ކަމަށެވެ. އެތަން ހުޅުވާފައި ހުރީ އެފްއޭއެމްގެ ކުރީގެ އިމާރާތުގައެވެ. އެ ހޮސްޕިޓަލުން ބުނީ ކޯވިޑް-19ގެ އަލާމާތްތައް ކަމުގައިވާ ހުމާއި ރޯގާ އަދި ކެއްސުމުގެ އަލާމާތެއް ހުރި މީހަކު ހޮސްޕިޓަލަށް [... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ރާއްޖެއިން ބޭރުގައި ތަމްރީނަށް ގޮސްހުރި ސިފައިންގެ އޮފިސަރަކު ނިޔާވެއްޖެ ސިފައިންގެ ތަމްރީނަށް ރާއްޖެއިން ބޭރުގައި ހުރި އެމްއެންޑީއެފް އޮފިސަރަކު ނިޔާވެއްޖެއެވެ. އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި ނިޔާވީ އިންޑިއާ ޕޫނޭގައި ހުންނަ ނެޝެނަލް ޑިފެންސް އެކެޑަމީގައި އޮފިސަރ ކެޑޭޓް ތަމްރީން ހަދަމުންދިޔަ އޮފިސަރެކެވެ. ނިޔާވެފައި ވަނީ އުމުރުން 22 އަހަރުގެ ޕްރައިވެޓް މުހައްމަދު ސުލްތާން އިބްރާހިމްއެވެ. އެއީ އއ. ހިމަންދޫއަށް ނިސްބަތްވާ އޮފިސަރެކެވެ. ސުލްތާން ނިޔާވީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސަރ ކެޑޭޓް ތަމްރީނު ހަރަކާތުގައި އުޅެނިކޮށް މިއަދު މެންދުރުފަހުއެވެ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ ބޮން ގޮއްވާލި އަދުހަމްގެ ޝަރީއަތް ސިއްރުކޮށްފި މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ބޮން ގޮއްވާލި އަދުހަމް އަހުމަދުގެ މައްޗަށް ކުރާ މުޅި ޝަރީއަތުގެ އަޑުއެހުން ސިއްރުކޮށްފިއެވެ. ޕީޖީ އޮފީހުން ބުނީ އޭނާގެ ޝަރީއަތް ސިއްރުކުރަން ކޯޓުން ނިންމީ އެ މައްސަލާގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތު ބޭރުވެދާނެ ކަމުގެ ފުރުސަތު އޮތުމާއި އެކު ޝަރީއަތް ސިއްރުކޮށްދިނުމަށް އަދުހަމް އެދިގެން ކަމަށެވެ. އަދުހަމްގެ ޝަރީއަތް ސިއްރުކުރަން ނިންމި ނަމަވެސް އޭނާއަށް […] ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ އިސްދޫއިން ގްރެނޭޑެއް ހޮވި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި ލ. އިސްދޫ އިން ހޭންޑް ގްރެނޭޑެއް ހޮވި ކަމަށް ބުނާ ވާހަކަތައް އެމްއެންޑީއެފް އިން ދޮގުކޮށްފިއެވެ. ލ. އިސްދޫއިން ކުޑަކުއްޖަކު މަގުމަތިން ހޭންޑް ގްރެނޭޑެއް ހޮވާފައިވާ ކަމަށާއި، އޭތި އެމްއެންޑީއެފް އިން ނަގާފައިވާ ކަމަށް ބުނެ އަޑު ފެތުރިފައިވެއެވެ. އެމްއެންޑީއެފް އިން ބުނީ އެއީ އަތުބޮމެއް ނޫން ކަމަށެވެ. އަދި އެއީ ހޭންޑް ގްރެނޭޑެއް ގޮތަށް ފަރުމާކޮށްފައި އޮތް ގޭސް ލައިޓަރެއް ކަމަށެވެ. އެއީ އެއްވެސް ނުރައްކަލެއް ނެތް އެއްޗެއް ކަމަށް ވެސް ބުންޏެވެ. އެމްއެންޑީއެފް އިން […] ޝިއުނާ އާދަމް · 5 އަހަރު ކުރިން