މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށް ބުނި މީހާއަށް ދަޢުވާކޮށްފި

އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށް ބުނި މީހާއަށް ދަޢުވާކޮށްފި

އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރުދިން މީހާއަށް ދަޢުވާކޮށްފިއެވެ. ޕްރޮސެކިއުޓަރ ޖެނެރަލް (ޕީ.ޖީ) އޮފީހުން ބުނެފައިވަނީ މއ.ރެސްޓިންގ ހައުސް މުޙައްމަދު އިނާދު، 30 ޖޫން 2021 ވަނަ ދުވަހު ޓްވިޓަރގައި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެކަމަށްބުނެ އިންޒާރުދިން މައްސަލައިގައި ދަޢުވާކޮށްފައިވާކަމަށެވެ. އެގޮތުން އިނާދުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ)އާއި، 4 ވަނަ މާއްދާގެ (ށ) ގެ 2 ނަންބަރާއި، 4 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާއި ޙަވާލާދ...

އަޒްފާ ރަޝީދު
ގައުމީ ޓީމު މޮޅުވާ ކޮންމެ މެޗަކަށް، ބޯނަސް ހަދިޔާއެއް ދެނީ

ގައުމީ ޓީމު މޮޅުވާ ކޮންމެ މެޗަކަށް، ބޯނަސް ހަދިޔާއެއް ދެނީ

ސާފް ޗެމްޕިއަންޝިޕް 2021 ގައި ޤައުމީ ފުޓްބޯޅަ މޮޅުވާ ކޮންމެ މެޗަކަށް، ބޯނަސް ހަދިޔާއެއް ދިނުމަށް ނިންމަވާފައިވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅިވެފައިވަނީ ސާފް ޗެމްޕިއަންޝިޕް 2021 ގެ ކުރިން ޤައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކުރެއްވުމަށް މިއަދު މެންދުރުފަހު ހޮޓެލް ޖެންގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ޤައުމީ ޓީމާ މުޚާތަބްކުރައްވައި ރައީސް ވަނީ ކުޅުންތެރިންނަށް ހިތްވަރުދެއްވުމުގެ ގޮތުން މުބާރާތް ކާމިޔާބުކުރުމުން ސަރުކާރުން ކުޅުންތެރިންނަށް ދެމ...

އިބްރާހިމް އަސްވާޤް
"އެންމެން އެކުގައި އާ މާރަންދޫއަކަށް" މި ނަމުގައި ހާއްސަ ޕްރޮގްރާމެއް

"އެންމެން އެކުގައި އާ މާރަންދޫއަކަށް" މި ނަމުގައި ހާއްސަ ޕްރޮގްރާމެއް

ހއ. މާރަންދޫ ކައުންސިލާއި، މާރަންދޫ ސްކޫލް ގުޅިގެން “އެންމެން އެކުގައި އާ މާރަންދޫއަކަށް” ނަމުގައި ހޭލުންތެރިކުރުވުމާއި، ހުނަރުވެރިކުރުވުން އަދި މަޢުލޫމާތު ތާޒާކޮށް ދިނުމުގެ ޕްރޮގްރާމް މިރޭ ފެށުމަށް ތައްޔާރުވެއްޖެ އެވެ. މި ޕްރޮގްރާމަކީ ހޭލުންތެރިކަން އިތުރުކޮށް، ހުނަރު ލިއްބައިދީ އަދި މައުލޫމާތު ތާޒާ ކުރުމުގެ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ދާނީ މިރެއިން ފެށިގެން މިފެށޭ އޮކްޓޯބަރުމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް މާރަންދޫ ސްކޫލްގައެވެ. މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން “ތި...

ޙުސައިން ޝަހުދީ
މިނިސްޓަރު ނަހުލާގެ ޝުކުރު ބޯޓު ދަތުރުކުރާ ފަރާތްތަކާއި ޕޯޓުތަކުގެ ހިދުމަތްތެރިންނަށް 

މިނިސްޓަރު ނަހުލާގެ ޝުކުރު ބޯޓު ދަތުރުކުރާ ފަރާތްތަކާއި ޕޯޓުތަކުގެ ހިދުމަތްތެރިންނަށް 

ބޯޓު ދަތުރުކުރާ ފަރާތްތަކާއި ޕޯޓުތަކުގެ ޙިދުމަތްތެރިން ކޯވިޑްގެ ބަލިމަޑުކަމުގައި ކުރި ދަތި އުނދަގޫ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ޚާއްސަ ޝުކުރެއް ދަންނަވައިފިއެވެ. މިނިސްޓަރު ނަހުލާ ކަނޑު ދަތުރުފަތުރުގެ ސިނާޢަތުގައި ޝާމިލްވާ އެންމެހައި ފާރާތްތަކަށް ޝުކުރު އަދާކުރައްވާފައި ވަނީ ދުނިޔޭގެ ކަނޑު ދަތުރުފަތުރު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ. މިނިސްޓަރުގެ ހިތާބުގައި ބައިނައްލަޤްވާމީ ކަނޑުދަތުރުފަތުރާބެހޭ ޖ...

އަޒްފާ ރަޝީދު
ދައްޕަރުގެ މައްސަލަ: ހއ. އަތޮޅުން އިލްތިމާސްގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް

ދައްޕަރުގެ މައްސަލަ: ހއ. އަތޮޅުން އިލްތިމާސްގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް

ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ހއ. ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި އެ ނިންމުން މުރާޖައާކޮށް ދެއްވުން އެދި އިލްތިމާސްކޮށް ހއ. އަތޮޅު ކައުންސިލްގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙަށް ފޮނުވައިފިއެވެ. ހއ. އަތޮޅު ކައުންސިލުން ވިދާޅުވީ، ފިއްލަދޫ ކައުންސިލްގެ އިޙުތިސާސްގެ ތެރޭގައި ޤާނޫނީގޮތުން ހިމެނިފައިވާ ހއ. ދައްޕަރު، ފިއްލަދޫ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވަކިކުރުމާ ގުޅިގެން އެރަށު ރައްތިތުންގެ ތެރޭގައި ހުރި ކަންބޮޑުވުންތަކާއި ފިއްލަދޫ ކައުންސިލްގެ ކަންބޮޑުވުން...

ޙުސައިން ޝަހުދީ
ހިންމަފުށީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް

ހިންމަފުށީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް

ކ. ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލައިފައެވެ. އަދި މިހާރު ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫޢުގެ ދަށުން، 28,760 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 38 މީޓަރުގެ ބޭރުތޮށ...

އަޙްމަދު ވަހީދު
ނޮޅިވަރަންފަރު ފަޅުން ވެލިނެގުން މަނާކޮށްފި

ނޮޅިވަރަންފަރު ފަޅުން ވެލިނެގުން މަނާކޮށްފި

ހދ. ނޮޅިވަރަންފަރު ފަޅުން ވެލި ނެގުން އެރަށު ކައުންސިލުން މަނާކޮށްފިއެވެ. މިގޮތުން ވެލިނެގުން މަނާކޮށްފައި ވަނީ މިފެށޭ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތުގެ ތެރޭގައި ނޮޅިވަރަންފަރު ފަޅުގެ އެއްވެސް ހިސާބަކުން ވެލި ނުނެގުމަށް ނޮޅިވަރަންފަރު ކައުންސިލުން ވަނީ އަންގާފައެވެ. ނޮޅިވަރަންފަރު ކައުންސިލުން ވިދާޅުވި ގޮތުގައި މި ނިންމުން ނިންމާފައި ވަނީ އެރަށުގެ ފަޅުތެރޭގައި އުފެދިފައިވާ ފިނޮޅު ވަރަށް ބޮޑަށް ގިރައިގެން ގޮސްފައިވުމާއެކު، ފަޅުން ވެލިނެގުން މ...

ޔުމްނާ ޢަލީ
ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ ހަމީދެވެ. އަދު އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރ ޝާހިދު ހުސެއިން މޫސާއެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި 170 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި 57 މީޓަރުގެ އެއްގަމު ތޮށިލުމާއި ރޭމްޕެއް ހެދުމުގެ މަސ...

އަޙްމަދު ވަހީދު
ހިތުގެ ބަލިތަކުގައި އަހަރު 17 މިލިއަނަށްވުރެ ގިނަ މީހުން މަރުވޭ: ޑަބްލިއުއެޗްއޯ

ހިތުގެ ބަލިތަކުގައި އަހަރު 17 މިލިއަނަށްވުރެ ގިނަ މީހުން މަރުވޭ: ޑަބްލިއުއެޗްއޯ

ކާޑިއޯ ވެސްކިއުލަރ ނުވަތަ ހިތުގެ ބަލިތަކުގައި މުޅި ދުނިޔެއިން އަހަރަކު 17 މިލިއަނަށްވުރެ ގިނަ މީހުން މަރުވާކަމަށް ވޯރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އިން ބުނެފިއެވެ. އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ހިތުގެ ބަލިތަކުގައި އަހަރު 17 މިލިއަން މީހުން މަރުވާއިރު، ދުނިޔޭގައި މަރުވާ މީހުންގެ 30 އިންސައްތަ މީހުންނަކީ ހިތުގެ ބަލިތަކުގައި މަރުވާ މީހުންނެވެ. އަދި ފަސް ބައި ކުޅަ ހަތަރުބައި ހިތުގެ މައްސަލަތަކުގައި މަރުވާ މީހުން، މަރުވެފައިވަނީ ހާރޓް އެޓޭކް އާއި ސްޓްރޯކް ޖެހިގެންކަމަށާއި، މީގެ ތެ...

އަޒްފާ ރަޝީދު
ސިއްހީ ގޮތުން އެންމެ ރައްކާތެރި ސިޓީތަކުގެ ލިސްޓުގައި މަދީނާ ހިމަނައިފި

ސިއްހީ ގޮތުން އެންމެ ރައްކާތެރި ސިޓީތަކުގެ ލިސްޓުގައި މަދީނާ ހިމަނައިފި

ޖިއްދާ (ސެޕްޓެމްބަރު 29): ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އިން ކަނޑައަޅާ ޞިއްޙީ ގޮތުން އެންމެ ރައްކާތެރި ސިޓީތަކުގެ ލިސްޓުގައި ސައުދީ އަރަބިއްޔާގެ މަދީނާ ހިމަނައިފިއެވެ. ޑަބްލިޔު.އެޗް.އޯއިން ޞީއްޙީ ގޮތުން އެންމެ ރައްކާތެރި ސިޓީތަކުގެ ތެރޭގައި މަދީނާ ހިމަނާފައިމިވަނީ، އެ އިދާރާގެ ޓީމަކުން މަދީނާއަށް ގޮސް ކޮށްފައިވާ ދިރާސާތަކަށް ފަހުގައިކަމަށް ބުނެފައިވެއެވެ. މަދީނާގެ އާބާދީ 2 މިލިއަނަށްވުރެ ބޮޑު އިރު، މިއީ މިހާތަނަށް އެންމެ އާބާދީ ބޮޑު ސިޓީއެއް މި ލިސްޓުގައި ހިމެނުނު ފުރަތަމަ ފަހަރުކ...

އަޒްފާ ރަޝީދު
އުންގެނުމުގެ ބޭނުމަކީ ހަމައެކަނި ސަނަދެއް ހޯދުން ކަމުގައި ވެގެންނުވާނެ

އުންގެނުމުގެ ބޭނުމަކީ ހަމައެކަނި ސަނަދެއް ހޯދުން ކަމުގައި ވެގެންނުވާނެ

އުނގެނުމުގެ ބޭނުމަކީ ހަމައެކަނި ސަނަދެއް ހޯދުން ކަމުގައި ވެގެންނުވާނެ ކަމަށް މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޑރ. ހަސަން މިހެން ވިދާޅުވީ، މިއަދުގެ މަޖިލިސް ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުލްލަތީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޔާސިރު ވަނީ، މަތީތައުލީމުގެ ކޯސްތައް ފުރިހަމަކޮށްފައި ނުކުންނައިރު ޙަޤީޤަތުގައި ލިބެންޖެހޭ ތަމްރީނާއި ތަރުބިއްޔަތު ނުލިބޭކަމަށާއި، އެސަބަބާހުރެ ސ...

އަލީ އާދިލް
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ބާއްވާ ފުޓްބޯޅަ މުބާރާތް އަންނަ ނޮވެމްބަރަށް ތާވަލުކޮށްފި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ބާއްވާ ފުޓްބޯޅަ މުބާރާތް އަންނަ ނޮވެމްބަރަށް ތާވަލުކޮށްފި

ހދ. ހަނިމާދޫގައި ރަށުފެންވަރުގައި ބާއްވަމުން އަންނަ އެންމެ ގިނަދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމުގައިވާ އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތުގެ މި އަހަރުގެ މުބާރާތް 27 ނޮވެމްބަރ 2021 ގައި ފެށުމަށް ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ތާވަލު ކޮށްފިއެވެ. މި މުބާރާތުގައި ޓީމްތައް ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައި އެ ޖަމްޢިއްޔާއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ މި މުބާރާތަކީ ހަނިމާދޫއިން ފުޓްބޯޅައިގައި ފާހަގަކޮށްލެވުނު ކުޅުންތެރިއެއް ކަމުގައިވާ، އެ ޖަމްޢިއްޔާގެ މެމްބަރ އަލްމަރްޙޫމް އާދަމް ސަލީމް...

އިބްރާހިމް ޚަލީލް
2 މީހަކު ޕޮޒިޓިވްވެ، މާއުނގޫދޫ މޮނިޓަރިންއަށް

2 މީހަކު ޕޮޒިޓިވްވެ، މާއުނގޫދޫ މޮނިޓަރިންއަށް

ށ. މާއުނގޫދޫ އިން 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ. މާއުނގޫދޫ ކައުންސިލްގެ ރައީސް އާދަމް ސަލީމް ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހުންނަކީ މިދިޔަ ހޯމަ ދުވަހުގެ ރޭ އެރަށު ސިއްޙީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ދެ މީހުން ކަމަށެވެ. އެ ދެމީހުން ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށް ސަލީމް ވިދާޅުވިއެވެ. މިމަހު 24 ވަނަ […]

އަޙްމަދު އަރުޝަމް
ށ. އަތޮޅު ތައުލީމީ މަރުކަޒަށް، އެމްޑީޕީން ކޮމަންޑޫ ދާއިރާއަށް އިންތިހާބުވި ރައީސްގެ ދީލަތި އެހީއެއް

ށ. އަތޮޅު ތައުލީމީ މަރުކަޒަށް، އެމްޑީޕީން ކޮމަންޑޫ ދާއިރާއަށް އިންތިހާބުވި ރައީސްގެ ދީލަތި އެހީއެއް

ށ. އަތޮޅު ތައުލީމީ މަރުކަޒަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ށ. ކޮމަންޑޫ ދާއިރާއަށް އިންތިހާބުވި ރައީސްގެ ދީލަތި އެހީއެއް ފޯރުކޮށްދީފި އެވެ. ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 10 ގެ ދަރިވަރުން އޯލެވެލް އިމްތިހާނަށް ތައްޔާރުވުމަށްޓަކައި ސްޓަޑީ ކޭމްޕްތެކެއް ހިންގުމަށް -/62860 ވަނީ ހަދިޔާކޮށްފަ އެވެ. މި އެހީ މިހާރުވަނީ އެދަރިވަރުންގެ ބެލެނިވެރިންނާއި ހަވާލުކޮށްފަ އެވެ. މިނޫހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މި ފައިސާ ހަަރަދުކުރުމަށް ހަމަޖެހިފައިވަނީ ދަރިވަރުންގެ ރަސްމީ ތަޢ...

އަލީ އާދިލް
ސޮއި ކުރި ފްލެޓުތަކަށް އޮންލައިންކޮށް ކަރަންޓަށް އެދެވޭ ގޮތް ހަދައިފި

ސޮއި ކުރި ފްލެޓުތަކަށް އޮންލައިންކޮށް ކަރަންޓަށް އެދެވޭ ގޮތް ހަދައިފި

ސްޓެލްކޯއާއެކު އެއްބަސްވުމުގައި ސޮއި ކޮށްފައިވާ މީހުންގެ ތެރެއިން މިހާތަނަށް ކަރަންޓު ނުލިބޭ ފްލެޓުތަކަށް އޮންލައިންކޮށް އެ ހިދުމަތަށް އެދެވޭ ގޮތް ހަދައިފިއެވެ. އެ ކުންފުނިން ބުނީ ހިޔާގެ 6720 ފްލެޓްގެ ތެރެއިން މިހާތަނަށް ހިދުމަތަށް އެދި އެގްރީމަންޓް ހަދާފައިވަނީ 6106 ފަރާތަކުން ކަމަށެވެ. މީގެ ތެރެއިން ސޮއި ކުރީ 5828 ފަރާތަކުން ކަމަށް ސްޓެލްކޯއިން ބުންޏެވެ. ސްޓެލްކޯގެ ހިދުމަތް ހޯދަން އެއްބަސްވުންތަކުގައި ސޮއި ކުރި ފަރާތްތަކުގެ ތެރެއިން 95 އިންސައްތަ ފަރާތަކަށް ކަރަންޓުގެ ހިދުމަތް މިހާރު ވަނީ […]

އަޙްމަދު ވަހީދު