ކޮލަމް ސަޖިދައިގައި އޮންނައިރު ދެއަތް ބާއްވަންޖެހޭ ގޮތަކީ ކޮބާ؟ ނަމާދުގެ އެންމެ މުހިންމު އެއް މަޙައްލު ކަމަށްވާ ސަޖިދައިގައި މީހުން ވާހިނދު ބައެއްމީހުން އެމީހުންގެ ދެއަތްވަރަށް ކައިރީގައި ގަޔާ ވިއްދައިފައި ބަހައްޓައެވެ. އަނެއްބަޔަކު ކުޑަކޮށް ގަޔާ ދުރުގައި އަތް ބަހައްޓާއިރު، ބައެއްމީހުން ވަރަށް ބޮޑަށް ފޭކޮށްފައިވެސް ބަހައްޓައެވެ. މިގޮތްތަކުގެ ތެރެއިން އެފަރާތެއްގެ ނަމާދާ އެއްގޮތަށް ނަމާދުކުރަން އަހަރެމެންނަށް އަމުރު ކުރެވިފައިވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ނަމާދާ އެންމެ ގާތީ ކޮން ގޮތެއްތޯއެވެ؟ މިއީ ބައެއްމީހުންގެ ހިތުގައި އުފެދޭ ސުވާލެކެވެ. ޢިލްމެއް... ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު · 5 އަހަރު ކުރިން
ވިޔަފާރި ކްރޮސް ރޯޑްސް ރިސޯޓުތަކުގައި ކްރިޕްޓޯ ކަރަންސީ ބޭނުން ކުރަން ފަށައިފި އެނބޫދޫ ފަޅުގައި ތަރައްގީ ކޮށްފައިވާ ކްރޮސް ރޯޑްސް ރިސޯޓުތަކުގައި ކްރިޕްޓޯ ކަރަންސީ ކަރަންސީ ބޭނުން ކުރަން ފަށައިފިއެވެ. މިއީ ރާއްޖޭގައި ކްރިޕްޓޯ ކަރަންސީން މުއާމަލާތް ކުރަން ފެށި ފުރަތަމަ ފަހަރެވެ. ޑިޖިޓަލް ފައިސާ ކަމަށްވާ ކްރިޕްޓޯ ކަރަންސީ ބޭނުން ކުރަން ފެށީ އެސް ހޮޓެލްސް އިންނެވެ. މިއާއެކު މިއަދުން ފެށިގެން ކްރޮސްރޯޑްސްގެ ދެ ރިސޯޓު ކަމަށްވާ ހާޑްރޮކް މޯލްޑިވްސް އާއި ސާއި ލެގޫން އިން ކްރިޕްޓޯ ކަރަންސީ ބޭނުން ކޮށްގެން ހިދުމަތް ހޯދޭނެއެވެ. އެސް ހޮޓެލްސް އަކީ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ދިރިއުޅުމުގެ ކަންކަމުގައި އިސްރާފު ކުޑަކުރުމަށް އިލްތިމާސް ކުރައްވައިފި ދިރިއުޅުމުގެ ކަންކަމުގައި އިސްރާފު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް، ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފި އެވެ. ނައިބު ރައީސް މިފަދައިން އިލްތިމާސްކުރެއްވީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން ބޭއްވި “އެކުވެރި އެމް.ޑަބްލިއު.އެސް.ސީ” ނެޓްވާރކިން ޑިނަރ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. ނައިބު ރައީސް ފައިސަލްގެ ވާހަކަފުޅުގައި ވަނީ، ރާއްޖެފަދަ ކުޑަޖަޒީރާ ޤައުމެއްގައި ދިރިއުޅޭއިރު މޫސުމަށް އަންނަ ބަދަލުތަކަށް ވިސްނުންހިންގަންޖެހޭން ކަ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ރާއްޖެ އިރުއުތުރު އަރަބި ކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ އިރުއުތުރު އަރަބި ކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެއެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ދެންމެ ވިދާޅުވީ، އިރުއުތުރު އަރަބި ކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށެވެ. މި ތޫފާނަށް ދީފައިވާ ނަމަކީ “ޝަހީން” އެވެ. ތޫފާން “ޝަހީން” ބާރުގަދަ ދަ ތޫފާނަކަށް ބަދަލުވެ، ކުރިއަށް އޮތް 36 ގަޑިއިރު ތެރޭ ހުޅަނގުހުޅަނގުއުތުރަށް އަދި އޭގެފަހުން ހުޅަނގުހުޅަނގުދެކުނަށް، ގަލްފް އޮމާން އަށް ދަތުރުކޮށް ބާރުދަށް... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި ފަޔަރ އެވެއާނަސް ޕްރޮގްރާމެއް ކުޅުދުއްފުށި ސިޓީގައި ފަޔަރ އެވެއާނަސް ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ އެމްއެންޑީއެފްގެ ނޮދަރން އޭރިއާގެ ފަޔަރ އެންޑް ރެސްކިއު ޓިމުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެމްއެންޑީއެފްއިން ވިދާޅުވެފައިވާ ގޮތުގައި ކުޅުދުއްފުށީ ސިޓީގެ 13 މުއައްސަސާއެއްގެ 227 ފަރާތެއް މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން ތަމްރީން ހޯދާފައި ވެއެވެ. މީގެ އިތުރުން، މި ޕްރޮގްރާމުގައި ބައިވެރިވި 13 މުއައްސަސާއަށް ފަޔަރ އެންޑް ރެސްކިއުގެ އޮފިސަރުން ޒިޔާރަތްކުރައްވާ އެތަންތަނުގެ ފަޔަރ އިންސްޕެކްޝަނެއްވެސް ކުރިއަށްގެންދެވިފައިވާކަ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ރާއްޖެ އިންޑިއާގެ ކަނޑު އުޅަނދު ޓްރެކިން ނިޒާމު ރާއްޖެއިން ބޭނުން ކުރުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އަވަށްޓެރި އިންޑިއާއިން ކަނޑު އުޅަނދު ޓްރެކިން ކުރުމަށް ބޭނުން ކުރަމުން އަންނަ ނިޒާމު (އެލް.އާރް.އައި.ޓީ) ރާއްޖެއިން ބޭނުން ކުރުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުން އޮތީ އިއްޔެ ރާއްޖޭގެ ޓްރާންސްޕޯޓު މިނިސްޓްރީގައި ބޭއްވި ރަސްމީއްޔާތެއްގައި އެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ޓްރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަހުލާ ސޮއިކުރެއްވިއިރު، އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ. މި އެއްބަސްވުމުގެ ދ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ އިންޑިއާ ސިފައިން ބާލަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި ގާނޫނާ ހިލާފަށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް ބުނެ، އެ ސިފައިން ރާއްޖެއިން ބާލަން ގޮވާލާ ޕެޓިޝަނެއްގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އިސްވެ އޮވެ ސޮއިކުރަން ފަށައިފި އެވެ. “މިނިވަންކަމުގެ ދިފާއުގައި ދިވެހިން” ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ސިޔާސީ ހަރަކާތް ލޯންޗުކުރުމަށް ރޭ މާލޭ ސިޓީގެ ކާނިވަލުގައި ބޭއްވި ޖަލްސާގައި ވަނީ މި ޕެޓިޝަނުގައި ސޮއިކުރަން ހުޅުވާލާފައެވެ. އެ ހަރަކާތުގެ ތެރެއިން މި ޕެޓިޝަންގައި ސޮއިކުރަންފަށާފައިވާއިރު، އިދިކޮޅު ކޯލިޝަންގެ ބައެއް އިސްވެރިން ވަނީ މި ޕެޓިޝަ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ ކޯވިޑް ބަލީގެ ނުރައްކާ ބޮޑު މީހުންނަށް ވެކްސިންގެ 3 ވަނަ ޑޯޒެއް ދެނީ ރާއްޖޭގައި ކޮވިޑް-19 ބަލީގެ ނުރައްކާތެރިކަން ބޮޑު މީހުންނަށް ކޮވިޑް އިން ރައްކާތެރިވުމަށްޓަކައި ޖަހާ ވެކްސިންގެ 3 ވަނަ ޑޯޒެއް ދޭން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ. އެޗްޕީއޭ އިން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ މި ޑޯޒަކީ ބޫސްޓާ ޑޯޒެއްގެ ގޮތުގައި ދެވޭ ޑޯޒެއްކަމަށެވެ. އަދި މި ގޮތަށް މިކަންކުރުމަށް ނިންމާފައިވަނީ މިކަމާ ބެހޭގޮތުން ކޮށްފައި ހުރި ދިރާސާތަކަށް ބެލުމަށްފަހު މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒާރީ ގްރޫޕް އޮން އިމުނައިޒޭޝަނުން އެ އޭޖެންސީއަށް ލަފާދެއްވާފައިވާތީއާވ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ އެއާޕޯޓަށް ހަފުތާގެ ކޮންމެ ދުވަހަކު ފްލައިޓް ބާއްވައިދިނުމަށް އެދިއްޖެ ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ހަފުތާގެ ހުރިހާ ދުވަހެއްގައި ފްލައިޓް ބާއްވައިދިނުމަށް އެދިއްޖެއެވެ. މިގޮތަށް އެދިފައި ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް، ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު އާއިއެކު މިއަދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ. މި ބައްދަލުވުމަށްފަހު މެންބަރު ޔާސިރު ވިދާޅުވީ، އެމްޑީ މިހާދުއާއި ބައްދަލުކޮށް ކުޅުދުއްފުށި ސިޓީއާއި، އަވައްޓެރި ގިނަ ރަށްރަށުގެ ރައްޔިތުން ދަތުރު... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ވިޔަފާރި މުޅިން އާ ޕްލޭތަކެއް ތައާރަފްކުރުމާ އެކު އުރީދޫ މޮބައިލް ޑޭޓާގެ އަގަށް ބޮޑެތި ބަދަލުތަކެއް ސަރުކާރުގެ ނެޓުހެޔޮ މަޝްރޫއުގެ ދަށުން އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންތަކުގެ ޑޭޓާ އެލަވަންސްތައް އިތުރުކޮށް، މުޅިން އާ ޕްލޭތަކެއް ތައާރަފްކުރުމާ އެކު އުރީދޫ ޑޭޓާގެ އަގަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލާއެކު އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް 60 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ ލިބޭ އިރު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްތަކާއެކު ހެޔޮ އަގުގައި މުޅިން އާ ޕެކޭޖްތަކެއް ވެސް ލިބޭނެއެވެ. އަދި ފަސޭހަ ހޯމް ބްރޯޑްބޭންޑް ޕްލޭންތަކަށް […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ކާށިދޫ ކައުންސިލުން ޖާބިރު ހައްޔަރުކުރަން ގޮވާލައި، އޭނާއަށް ނަސޭހަތްތެރިވެއްޖެ ކ. ކާށިދޫ ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ޖާބިރު ހައްޔަރުކުރުމަށް ގޮވާލައި، ދާއިރާގެ ރައްޔިތުންގެ އިހްސާސްތަކާއެއްގޮތަށް ވަކާލާތުކޮށް ދިނުމަށް އެދި އޭނާއަށް ނަސޭހަތްތެރިވެއްޖެއެވެ. ކާށިދޫ ކައުންސިލްގެ 5 މެންބަރުން ސޮއިކޮށް މިއަދު ނެރުނު ޤަރާރެއްގައި ބުނެފައި ވަނީ، ކީރިތި ވަންތަ މާތް ﷲ ގެ ޙަޟުރަތުގައި ގަބޫލުވެވިގެންވާ ދީނަކީ ހަމައެކަނި އިސްލާމްދީން ކަމަށް، ޞަރީޙަ ޢިބާރާތުން ބަޔާންކޮށްދެއްވާފައި ވާކަމަށެވެ. އަދި ދިވެހި ރާއްޖޭގެ އެންމެހައި ރައްޔިތުންނަކީ މުސްލި... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކިޑްނީ ފެއިލްވެފައިވާ 9 އަހަރުގެ އަޒާން އަށް އެހީހޯދުމަށް، ނޭކުރެންދޫގައި މަސައްކަތު ދެވަހެއް ބާއްވަނީ ކިޑްނީ ފެއިލްވެފައިވާ އުމުރުން 9 އަހަރުގެ އަޒާން މުޙައްމަދު ވަހީދު އަށް އެހީތެރިވުމުގެ ގޮތުން ހދ. ނޭކުރަންދޫގައި 2 އޮކްޓޯބަރ 2021 ވާ ހޮނިހިރު ދުވަހު މަސައްކަތު ދުވަހެއް ބާއްވަން ނިންމައިފި އެވެ. މި ހަރަކާތަކީ ނޭކުރަންދޫ ކައުންސިލާ އެރަށު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އަދި ކްލަބު ޖަމިއްޔާތައް ގުޅިގެން އިންތިޒާމް ކޮށް ކުރިއަށް ގެންދެވޭ ހަރަކާތެކެވެ. ނޭކުރަންދޫ ފަރިވިލާގެ، މުޙައްމަދު ވަހީދު އަދި ހދ. ކުރިނބީ ޖަވާހިރުމާގެ، ފަޒުނާ އަބްދުއްރަޙްމާނަށްް ލިބިފައިވާ […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ވިޔަފާރި މާދަމާއިން ފެށިގެން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަސް ދަތުރު ފަށާނެ މާދަމާ އިން ފެށިގެން، ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަސް ދަތުރުތައް ފަށާަނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. ދެވަނަ ފިޔަވަހީގައި މިހާރު މީހުން ދިރިއުޅެން ފަށާފައިވާއިރު ދަތުރުފަތުރުގެ ދަތިކަމުގެ ޝަކުވާތައް ފާއިތުވި މަހުގެ ތެރޭގައި ވަނީ ވަރަށް ބޮޑުވެފައެވެ. އެގޮތުން، ޓެކްސީ ކުލި ބޮޑުވުމުގެ ސަބަބުން ދަރިން ސްކޫލަށް ގެންދަނީ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވަހީގެ ފްލެޓުތަކާ ހިސާބަށް ހިނގާފައެވެ. އެމްޓީސީސީން ބުނި ގޮތުގައި ދެވަނަ ފިޔަވައްސަށް... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ސާފް ޗެމްޕިއަންޝިޕް މުބާރާތަށް ބޭނުންވާ ސަލާމަތީ ކަންކަމަށް ކޮމާންޑަރުން ކަނޑައަޅައިފި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ ސެންޓްރަލް ޕޮލިސިން ކޮމާންޑުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އޮޕަރޭޝަންގެ ކޮމާންޑަރުން ކަނޑައަޅައިފިއެވެ. އެގޮތުން ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ސެކިއުރިޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒްހާންއެވެ. ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުލް މަތީން އަބްދުލް ކަރީމްއެވެ. އޭގެ އިތުރުން ފީލްޑް ކޮމާންޑަރުންގެ ގޮތުގައި ޗީފް އިންސް... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ވިޔަފާރި މާދަމާއިން ފެށިގެން ކުނި ނަގާ އުސޫލު އަނެއްކާވެސް ބަދަލުވާނެ މާދަމާއިން ފެށިގެން ވެމްކޯއިން ކުނި ނަގަމުން އަންނަ އުސޫލަށް ބަދަލު އަންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މާދަމާއިން ފެށިގެން ކުނި ނަގާނީ ވަކި އެޕާޓްމަންޓުތަކުންނެވެ. މިއީ މި މަހުގެ 15ވަނަ ދުވަހުވެސް ގެނައި ބަދަލެކެވެ. ނަމަވެސް ރަޖިސްޓްރީވުމުގެ އިތުރު ފުރުސަތު ދީ މި މަސް ނިމެންދެން ގޭގެ ބޭރުގައި ބަހައްޓާ ކުނި ނަގާ ގޮތަށް ވެމްކޯއިން ހެދިއެވެ. މި ބަދަލާއެކު މާދަމާއިން ފެށިގެން ކުނި ނަގާނީ ރަޖިސްޓްރީ ކޮށްފައިވާ ގެތަކުން އެކަންޏެވެ. […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން