ރާއްޖެ "އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" އުފެއްދުމުގެ ހުއްދަ ދީފި “އިޚްލާސްތެރި ޕާޓީ މޯލްޑިވްސް” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދޭން ނިންމައިފިއެވެ. އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނީ “އިޚްލާސްތެރި ޕާޓީ މޯލްޑިވްސް” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދޭން މިއަދު އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ދީފައި ވަނީ މ.ކެލަން, މުޙައްމަދު އިސްމާއިލަށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ. މި ޕާޓީ ރަޖިސްޓަރީ ކުރުމަށް ފުރަތަމަ ހުށަހެޅީ “ކަރިޝްމާ ޕާޓީ”ގެ ނަމުގައެވެ. […] އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ވަށަފަރު ފަޅުތެރޭ މުރަކަ އިންދާ އާލާކުރުމުގެ ހަރަކާތެއް ހއ. ވަށަފަރު ފަޅުތެރޭ މުރަކަ އިންދާ، އާލާ ކުރުމުގެ ހަރަކާތަކާއި، އެރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ވަށަފަރު ކައުންސިލުން ވިދާޅުވާ ގޮތުގައި މިހަރަކާތަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން އެ ކައުންސިލާއި، ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން އިންތިޒާމް ކުރި ހަރަކާތެކެވެ. އިއްޔެ ވަށަފަރުގައި ކުރިއަށްދިޔަ މި ހަރަކާތުގައި ރަށުގެ ގެސްޓް ހައުސްހިންގާ ފަރާތްތަކާއި، ރަށުގެ ރައްޔިތުންނާއި، މުއައްސަސާތަކުގެ އިތުރުން ސްކޫލް ދަރިވަރުން ވެސް ވަނީ ބައިވެރިވެ އެއްބާރު... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ އައްޑޫ ސިޓީއާއި 1278 ކިލޯމީޓަރު ދުރުން 5.5 މެގްނިޓިއުޑްގެ ބިންހެލުމެއް އައްޑޫ ސިޓީއާއި 1278 ކިލޯމީޓަރު ދުރުން 5.5 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެއެވެ. ދިވެހިރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސްއިން ވިދާޅުވި ގޮތުގައި، އައްޑޫ ސިޓީއާއި 1278 ކިލޯމީޓަރު ދުރުން 5.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައިސްފައިވާ މި ބިން ހެލުން ރެކޯޑް ކުރެވިފައި ވަނީ މިރޭ މެންދަމު 01:43 ހާއިރުއެވެ. މި ބިންހެލުން އައިސްފައި ވަނީ މިޑް އިންޑިއަން ރިޖު ސަރަހައްދަށް، 10 ކިލޯ މީޓަރު ފުނުންނެވެ. މި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ކުރާނެ […] ތިލަދުން · 5 އަހަރު ކުރިން
ރާއްޖެ ފްރަންޓްލައިން އެލަވަންސް ގޮތުގައި 177 މިލިއަން ރުފިޔާދީފި ކޯވިޑް-19ގެ ހާލަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ދެވޭ ފްރަންޓްލައިން އެލަވަންސް 177 މިލއިަން ރުފިޔާ ދޫކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާގޮތުން މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 13،052 މީހަކަށް ފްރޮންޓްލައިން އެލަވަންސް ދޫކޮށްފަ ވެއެވެ. އެ ފަރާތްތަކަށް ޖުމްލަ 177.3 މިލިއަން ރުފިޔާ ދޫކޮށްފަވެއެވެ. ފްރޮންޓްލައިން އެލަވަންސް ދެނީ ހައި ރިސްކް މީހުންނަށް ދުވާލަކަށް 500 ރުފިޔާއެވެ. އެ ކެޓަގަރީގައި ހިމެނެނީ ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތުން ބައްދަލުވެ، ފަ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ ބޫސްޓާ ޑޯޒް ޖަހަން އެޕޮއިންޓްމަންޓަށް ހުޅުވާލައިފި ކޯވިޑް-19އިން ރައްކާތެރިވުމަށް ދެވޭ ވެކްސިންގެ ބޫސްޓާ ޑޯޒެއް ހާއްސަ ކެޓަގަރީތަކެއްގެ މީހުންނަށް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ނިންމާފައިވާ ނިންމުމުގެ ދަށުން ބޫސްޓާ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް މިރޭ ހުޅުވާލައިފި އެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ކޯވިޑް ބަލިން ދިފާޢުވުމަށްޓަކައި 2 ޑޯޒް ހަމަކޮށްފައިވާ މީހުންގެ ތެރެއިން ހާއްސަ ކެޓަގަރީތަކެއްގެ މީހުންނަށް ބޫސްޓާ ޑޯޒްއެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހާނީ ފައިޒާ ވެކްސިން ކަމަށް... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނައިވާދޫ ޓްރެއިނާސް ކްލަބް އެކަޑަމީ އިފްތިތާހުކޮށްފި ހދ. ނައިވާދޫ ޓްރެއިނާސް ކްލަބް އެކަޑަމީ އިފްތިތާހުކޮށްފި އެވެ. ނައިވާދޫގައި ދިރިއުޅޭ ސްކޫލް ކުދިންްނަށް ހާއްސަކޮށް ފަށާފައިވާ މި އެކަޑަމީ އަލަށް އިފްތިތާހުކުރުމާއި އެކު އެކަޑަމީގައި ބައިވެރިވި ހުރިހާ ކުދިންނަށް ވަނީ ފުޓްބޯޅަކުޅޭ ޖާޒީ އާއި، ބޫޓު އަދި އިސްޓާކީނު ހަދިޔާކޮށްފައެވެ. ނައިވާދޫގެ ޒުވާނުންތަކެއް އިސްނަގައިގެން އުފެއްދި ޓްރެއިނާސް ކްލަބް ރަޖިސްޓްރީކޮށްފައި ވަނީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. އެކުލަބުގެ މި އެކަޑަމީގައި 6 ކޯޗުން ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައެވެ. ކޯޗުކަން ކޮށްދިނުމަށް... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ އެމްއާރްއެމްގެ އިސް މަގާމުތަކަށް މެންބަރުން އިންތިހާބުކޮށްފި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިސްވެ އުފައްދަވާފައިވާ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އިސް މަގާމުތަކަށް މެންބަރުން އިންތިޚާބުކޮށްފިއެވެ. މިގޮތުން އޮންލައިންކޮށް މިއަދު ކުރިއަށްދިޔަ އެމްއާރުއެމްގެ ނެޝަނަލް ކޮންވެންޝަންގައި އެ ޕާޓީގެ ޒައީމަކަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިންތިޚާބު ކޮށްފައިވާއިރު، ޕާޓީގެ ރައީސަކަށް އިންތިޚާބުކޮށްފައި ވަނީ ރައީސް މައުމޫންގެ ދަރިކަލުން އަދި ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫންނެވެ. އެމްއާރުއެމްގެ ނައިބު ރައީސުންނަށް... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި އޮސްޓްރިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އޮސްޓްރިއާގެ ގައުމީ އެއާލައިން، އޮސްޓްރިއަންގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމައިފިއެވެ. އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ ދަތުރުތައް މި މަހުގެ 21ވަނަ ދުވަހު ފަށާނެ ކަމަށެވެ. އެގޮތުން ހަފުތާއަކުނ 3 ދުވަހު ރާއްޖެއަށް ދަތުރު ކުރާނެ ކަމަށް އެއާލައިނުން ބުންޏެވެ. އޮްސްޓްރިއަން އިން ރާއްޖެއަށް ދަތުރު ފަށަނީ އެ ގައުމުގެ ފިނިމޫސުމާ ދިމާކޮށް ގިނަ ބަޔަކު ޗުއްޓީހޭދަ ކުރަން ބޭނުންވާތީއެވެ. ރާއްޖެއަކީ ހޫނު ގައުމަކަށްވެފައި މި ދުވަސްވަރަކީ ރާއްޖެއަށް ގިނަ ފަތުރުވެރިންވެސް އަންނަ ދުވަސްވަރެކެވެ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ 2 ކެންވަސް ކުރެހުމަށް ދިނީ 84،000 ޑޮލަރު، އެކަމަކު ފޮނުވީ ހުސް ދެ ކެންވަސް! ޑެންމާކުގެ ކުރެހުންތެރިއަކު 2 ކެންވަސް ކުރެހުމުގެ އަގެއްގެ ގޮތުގައި 84،000 އެމެރިކާ ޑޮލަރު ނެގުމަށްފަހު، ކުރެހުމުގެ ބަދަލުގައި ހުސް ދެ ކެންވަސް މިއުޒިއަމްއަށް ފޮނުވައިފިއެވެ. ޑެންމާކުގެ މަޝްޙޫރު ކުރެހުންތެރިޔާ ޖެންސް ހާނިންގ މިއުޒިއަމްއަށް ފޮނުވި ދެ ކެންވަސްއާއި އެކު އޭނާ ވަނީ މިއުޒިއަމްއަށް ނޯޓެއް ފޮނުވާފައެވެ. މި ނޯޓްގައި ބުނަނީ ” ޓޭކް ދަ މަނީ އެންޑް ރަން” އެވެ. ޑެންމާކްގެ އާލްބޯރގްގައި ހުންނަ ކަންސްޓަން މިއުޒިއަމް އޮފް މޮޑާރން އާރޓްސްއިން ޖެންސްއަށް ފައިސާ ދީފައިވަނީ މޮޑާރން […] އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ރާއްޖެ އަނެއްކާވެސް ހިޔާ ފްލެޓަށް ދައްކަންޖެހޭ އަދަދު ކުޑަކޮށްދިނުމަށް އެދިއްޖެ ހުޅުމާލޭ ދެވަނަ ފޭސްގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަށް ސަރުކާރަށް މަހަކު ދައްކަންޖެހޭ އަދަދު ކުޑަކޮށް ދިނުމަށް އެދި އަނެއްކާވެސް ރައީސް އޮފީހަށް ސިޓީ ފޮނުވާފައިވާކަމަށް މާލޭގެ މޭޔަރު ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު ޑރ. މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ ޢަދަދު 5600 ރުފިޔާއަށް ވުރެ ކުޑަކޮށްދެއްވުމަށް އެދި އަނެއްކާވެސް ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމަށެވެ. މިއީ މިގޮތަށް އެދި ސިޓީ ފޮނުއްވި 3 ވަނަ ފަހަރު ކަމަށް […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ކުޅިވަރު އަމިއްލަ ދަނޑުގައި ރާއްޖެއަށް ހިތްދަތި ފެށުމެއް “އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021” ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗު ނޭޕާލުން ކާމިޔާބު ކޮށްފިއެވެ. ހުކުރު ދުވަހުގެ ރޭ ރާއްޖޭގެ ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ނޭޕާލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ބައިނަލް އަޤުވާމީ މުބާރާތެއްގައި ނޭޕާލަށް ރާއްޖެއަތުން މޮޅުވެވުނު ފުރަތަމަ ފަހަރެވެ. ފާއިތުވި 37 އަހަރުގެ ތެރޭގައި ނޭޕާލާއި ރާއްޖެ ޖުމަލް 16 ފަހަރު ބައްދަލު ކޮށްފައިވާއިރު އެ މެޗުތަކުން ނޭޕާލަށް މޮޅެއް ހޯދިފައި ނުވެއެވެ. […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ފަތުރުވެރިއަކު އިތުރު ފަރުވާއަށް ކުރެއްދޫ ރިސޯޓަށް ގެންގޮސްފި ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ފަތުރުވެރިއަކު އިތުރު ފަރުވާއަށް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ކުރެއްދޫ ރިސޯޓަށް ގެންގޮސްފިއެވެ. ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވުމުން ފަރުވާއަށް އެމީހާ ފުރަތަމަ ގެނެވުނީ މާލޭ ސިޓީގެ އޭޑީކޭ ހޮސްޕިޓަލަށެވެ. އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި، ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވެ، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ފަތުރުވެރިޔާއަކީ ސައުތު އެފްރިކާއަށް ނިސްބަތްވާ އަންހެން ފަތުރުވެރިއެކެވެ. މި މީހާ އިތުރު ފަރުވާއަށް އެމްއެންޑީއެފް މާލެ އޭރިއާ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ކޮލަމް ޚަލީލްގެ ކޮލަމް: ޔޫސުފު، ޔޫސުބެވެ. މަރިޔަމް މަރިޔަނބެވެ. އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ބަދަލުވަމުން އަންނަ ގޮތާއިމެދު ވިސްނައި ފިކުރުކޮށްލުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ. މިގޮތުން ދިވެހިން އެ މީހުންގެ ދަރިންނަށް ކިޔަމުން އައިސްފައިވާ ނަންތަކުގެ ތެރެއިން އެއް ނަމެއް، އެކި ދުވަސްވަރު ބޭނުުން ކުރެވެމުން އަންނަ ގޮތުގައި ބޮޑެތި ތަފާތުތަކެއްވެއެވެ. އާއިލާާތެރޭ ބޭނުންކުރެވޭ މަންމަ، ބައްޕަ ފަދަ ނަންތަކުން ވެސް މި ތަފާތު ފާހަގަވެއެވެ. އެއީ ދިވެހި ބަހުގެ ތަނަވަސްކަން ކަމުގައި ވެސް ބުނެވިދާނެއެވެ. ނުވަތަ އެކަންކަން ބަދަލު ކުރުުމަށް މަޖުބޫރު ކުރުވަނީ ޒ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ކުދި ކަންތައްތައް ވެސް އިންސާނިއްޔަތަށްޓަކައި ވަރަށް މުހިންމު ކަންތައްތަކަށް ވެދާނެ: ނައިބު ރައީސް ވަރަށް ކުދި ކަންތައްތައް ވެސް އިންސާނިއްޔަތަށްޓަކައި ވަރަށް މުހިންމު ކަންތައްތަކަށް ވެދާނެ ކަމަށާއި، އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތަށް ހަޖޫޖަހާ އެއްވެސް ބޭފުޅަކު ވާހަކަ ދެއްކުމަކީ އެ ފަރާތްތަކަށް ކުރެވޭ މަލާމާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން ބޭއްވި “އެކުވެރި އެމް.ޑަބްލިއު.އެސް.ސީ” ނެޓްވާރކިން ޑިނަރ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ކުޅިވަރު ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ބަންގްލްދޭޝް ކާމިޔާބުކޮށްފި “އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021” ގެ ފުރަތަމަ މެޗު ބަންގްލަދޭޝް ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ލަންކާއާއި ވާދަކޮށް ބަންގްލަދޭޝް މެޗު ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވިނަމަވެސް ލަނޑުޖަހާނެ ރަނގަޅު ދެ ފުރުޞަތެއް ބަންގްލަދޭޝްގެ ޓީމުން ވަނީ ތަނަވަސް ކޮށްފައެވެ. އެންމެ ފާހަގަކޮށްލެވޭ ހަމަލާއަކީ މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން