ރާއްޖެ ޔާމީނަކީ އަބަދުވެސް ޤައުމީ ޓީމަށް ހިތްވަރު ދެއްވާ ފުޓުބޯޅައަށް ލޯބިކުރައްވާ ލީޑަރެއް: ޝުޖާއު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަކީ އަބަދުވެސް ޤައުމީ ޓީމަށް ހިތްވަރު ދެއްވާ ފުޓުބޯޅައަށް ލޯބިކުރައްވާ ލީޑަރެއް ކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފް ސެކިއުރިޓީގައި ބޮޑުތަކުރުފާނު މަގުން ގައުމީ ޓީމުގެ ބަހުގައި މިއަދު ދިޔަ ވަގުތު ރައީސް ޔާމީން ވަނީ، އެމަނިކުފާނުގެ ގެކޮޅުގެ ކުޑަދޮރުން ބޯދިއްކުރައްވައިގެން ހުންނަވާ ޓީމަށް ހިތްވަރު ދެއްވައިފައެވެ. ރައީސް ޔާމީން ކުޅު... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފިއްލަދޫ އަންހެނުންގެ ކޮމެޓީން އިންތިޒާމްކުރި ފަހާ ކޯސް ފަށައިފި ހއ. ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކުރި ފަހާ ކޯސް ފަށައިފިއެވެ. 26 ބައިވެރިންނާއިއެކު ފިއްލަދޫގައި ކުރިއަށްގެންދާ މި ކޯހަކީ، ފިއްލަދޫގެ އަންހެންވެރިން ގޭގައި ތިބެގެން އާމްދަނީ ހޯދުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ތަފާތު އެކި ޑިޒައިންތަކަށް ހެދުމުގެ މޭމައްޗާއި ފަސްބައި ތައްޔާރުކުރާނެ ގޮތާއި އަދި އަބާޔާ ހެދުން ފަހަން ދަސްކޮށްދެވޭނެއެވެ. މީގެއިތުރުން އާދައިގ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯއިން ދިވެހި ސަޕޯޓަރުންނަށް ރަތް ޓީޝާޓު ބަހައިފި ގައުމީ ޓީމަށް ސަޕޯޓު ކުރާ ދިވެހި ސަޕޯޓަރުންނަށް އެސްޓީއޯއިން ރަތް ޓީޝާޓު ބަހައިފިއެވެ. އެ ކުންފުނިން މި ޓީޝާޓުތައް ބެހީ މިއަދު ހަވީރުއެވެ. މި ޓީޝާޓުތަކުގައި ޖަހާފައިވަނީ 12ވަނަ ކުޅުންތެރިޔާއެވެ. އެއީ ސަޕޯޓަރުންނަށް ހާއްސަކޮށް ބޭނުން ކުރާ ނަންބަރެކެވެ. މާދަމާ އޮންނަ މެޗުގައި ރާއްޖެއަށް ސަޕޯޓު ކުރަން އެސްޓީއޯއިން ވަނީ ތަފާތު ކަމެއްވެސް ކޮށްފައެވެ. އެގޮތުން ގައުމީ ޓީމާއެކު އެ ކުންފުނި އޮތްކަން ހާމަ ކުރީ ކަނޑު އަޑިންނެވެ. އެސްޓީއޯއިން އަންނަނީ ގައުމީ ޓީމަށް ސަޕޯޓު ކުރުނަށާއި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި އެމްޓީސީސީގެ ފްލީޓަށް އިތުރު ވެހިކަލް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ފްލީޓަށް ވެހިކަލްތަކެއް އިތުރުކޮށްފިއެވެ. އެކުންފުނިން ފްލީޓު ބޮޑު ކޮށްފައިވަނީ ކުންފުނީގެ ކެޕޭސިޓީ އިތުރުކޮށް ވަރުގަދަ ކުރުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ފްލީޓަށް އިތުރުކުރި ވެހިކަލްތަކުގެ ތެރޭގައި 30 ޓަނުގެ 10 ހައިމާކާއި، 25 ޓަނުގެ 15 ލޮރީ އަދި 6 ލޯޑަރު ހިމެނެއެވެ. އެމްޓީސީސީއަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގާ ކުންފުންޏަކަށްވުމުން ގިނަ ވެހިކަލްތަކެއް އެއްފަހަރާ ްެކި މަޝްރޫއު... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ބޯޑް އެކުލަވާލައިފި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ލ.ގަން ރީޖަނަލް ހޮސްޕިޓަލްގެ ބޯޑް އެކުލަވައިލައްވައިފިއެވެ. އެ ބޯޑު އެކުލަވައިލައްވާފައި ވަނީ މިއަދުއެވެ. މި ބޯޑަކީ ލ.ގަން ރީޖަނަލް ހޮސްޕިޓަލުގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓެވުމަށްޓަކައި އުފައްދަވާފައިވާ ބޯޑެކެވެ. ލ.ގަން ރީޖަނަލް ހޮސްޕިޓަލްގެ ބޯޑަށް އައްޔަނު ކުރެއްވި ބޭފުޅުން: އިބްރާހީމް ޝަރީފް، މުކުރިމަގު، ސޯސަންވިލާ، ލ.ގަން (ސަރަޙައްދުގެ މާލީ ދާއިރާގެ މެންބަރެއް) ޑޮކްޓަރ މުޙައްމަދު އިސްމާޢީލް، ދަފްތަރު. ނަންބަރު ރސ 9558 (ހ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފީވައް މޮނީޓަރިން ހާލަތަށް ގެނެސްފި އަނެއްކާ ވެސް ކޯވިޑްގެ ހާލަތު ގޯސްވަމުން އަންނަ ށ. ފީވަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން އެރަށް މޮނިޓަރިންނަށް ގެނެސްފައި ވަނީ މިއަދު އެވެ. ފީވަކު މޮނިޓަރިންނަށްލީއިރު، އެރަށުން އިއްޔެ ވަނީ 5 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ކުރިން މި މަހުގެ 8 އަދި 10 ވަނަ ދުވަހުވެސް ވަނީ ދެ މީހަކު ޕޮޒިޓިވް ވެފައެވެ. އަލަށް ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފީވަކު ހެލްތް ސެންޓަރުން މިހާރު އަންނަނީ ކުރަމުންނެވެ. އަނެއްކާވެސް […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ ޝާހިދު އޮފީހަށް ނުކުތުން މަނާކޮށްފި ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އިބްރާހީމް ޝާހިދު 14 ދުވަހުގެ މުއްދަތަށް ވަޒީފާގެ މަސައްކަތަށް ނިކުތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މަނާކޮށްފިއެވެ. ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދުއާ ޙަވާލު ކުރެވޭ ޖިނާއީ މައްސަލަތައް އެއްވެސް ވަރަކަށް ކުރިޔަށް ގެންގޮސްފައި ނުވާކަމަށް ކުރެވުނު ތުހުމަތާ ގުޅިގެން ކުރިޔަށް ގެންދިޔަ ތަޙުޤީޤަށް ލިބުނު މަޢުލޫމާތުގެ އަލީގައި މެޖިސްޓްރޭޓް ޝާހިދު، ކްރިމިނަލް މައްސަލަތައް ކުރިޔަ... އަލީ އާދިލް · 5 އަހަރު ކުރިން
ރާއްޖެ އަހުސަންގެ މަރު: ޝަހުމަށް މަރުގެ ހުކުމެއް މީގެ އަހަރުތަކެއް ކުރިން މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރު މަރާލި މައްސަލާގައި އޭނާއަށް ހަމަލާދިން ޝަހުމް އާދަމް މެރުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މީގެއިތުރުން ހައި ކޯޓުން ވަނީ އަހްސަން މަރާލުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެ، ހަސަން ޝިމާޒް މުހައްމަދު ސުވާދު 15 އަހަރަށް ލުމަށް ހުކުމް ކޮށްފައެވެ. މިމައްސަލާގައި، ހައި ކޯޓުން މިގޮތައް ހުކުމްކުރިއިރު، މި ދެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ […] އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ށ. އަތޮޅު ހޮސްޕިޓަލުން އަނެއްކާވެސް ކަރުގެ ސާޖަރީއެއް ކާމިޔާބުކަމާއެކު ނިންމާލައިފި ށ. އަތޮޅު ހޮސްޕިޓަލުން އަނެއްކާވެސް ކަރުގެ ސާޖަރީއެއް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ. “ޓޯޓަލް ސަބްމެންޑިބިއުލާރ ސިއަލޮޑެނެކްޓޮމީ” ނަމަކަށް ކިޔާ މި ސާޖަރީ ކާމިޔާބު ކަމާއެކު ނިންމާލި މީ ތިންވަނަ ފަހަރެވެ. މި ސާޖަރީ އަކީ ކަރާ އަދި ބޮލުގައި އުފެދޭ ޓިއުމަރ އަދި އެ ސަރަހައްދުން ހިސާބެއް އިންފްލެމޭޓް ވެގެން ކުރާ ސަޖަރީ އެކެވެ. އެ ހޮސްޕިޓަލުން ކުރި ސާޖަރީ އަކީ ‘ސަބްމެންޑިބިއުލާރ ގްލޭންޑް’ ނަމަކަށް ކިޔާ އަނގައިގާ ކުޅު އުފައްދާ މައިގަނޑު 3 ގްލޭންޑްގެ […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރުއްގަނޑުތައް ކުއްޔަށް ދޫކުރަނީ ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަނުގައިވާ ރުއްގަސްތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް ހަތަރު ތަނެއްގައިވާ ރުއްގަނޑުތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ނެގުމަށް ޝަޢުގުވެރިވާ ފަރާތްތަކުން 17 އޮކްޓޯބަރ 2021 (އާދީއްތަ) ދުވަހުގެ 14:00 ގެ ކުރިން އެ އިދާރާއަށް ވަޑައިގެން ނުވަތަ އެ އިދާރާގެ ނަމްބަރު 6527177 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް https://forms.office.co... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ވިޔަފާރި މާދަމާގެ މެޗުގެ ދެ ޓިކެޓް ހޯދުމުގެ ފުރުސަތު އުރީދޫ އިން މާދަމާ ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗުގެ ދެ ޓިކެޓު ހޯދުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ. މި ފުރުސަތުގެ ދަށުން އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީގެ މެސްކޮޓް ލައްވައި ގޯލެއް ޖަހައިގެން ދެ ޓިކެޓު ލިބިދާނެއެވެ. އުރީދޫން ވަނީ އެ ކުންފުނީގެ މޫލީ ފޭސްބުކް ޕޭޖުގައި މިކަމަށް ހާއްސަ ޕޯސްޓެއް ޝެއާކޮށްފައެވެ. މި ޕޯސްޓުގައި ފެންނަ ވީޑިއޯގައި މޫލީ ގޯލު ޖަހާތަން ސްކްރީންޝޮޓް ނެގުމަށް ފަހު އެ ސްކްރީންޝޮޓް ކޮމެންޓު ކުރުމުން ޕްރޮމޯޝަނުގައި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ އެޗް.އީ.އޯ.ސީން ވޮލަންޓިއަރުންގެ ދަފުތަރެއް އެކުލަވާލަނީ ކޯވިޑް19 ގެ މަސައްކަތްތައް ކުރުމަށް އުފައްދާފައިވާ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗް.އީ.އޯ.ސީ)އިން ވޮލަންޓިއަރުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ. އެޗް.އީ.އޯ.ސީއިން ބުނީ އެ އިދާރާގައި އަދި އެޗް.އީ.އޯ.ސީގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުގައި ކުރެވޭ މަސައްކަތުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމަށް އެ ސެންޓަރުން ނިންމާފައިވާ ކަމަށެވެ. މިގޮތުން އެކުލަވާލެވޭ ދަފުތަރުގައިވާ ފަރާތްތަކަށް އެ ސެންޓަރުން ތަމްރީ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފީވަކުން އިތުރު 5 މީހަކު ޕޮޒިޓިވް ވެއްޖެ ށ. ފީވަކުން އިތުރު 5 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 8 ވަނަ ދުވަހު އެރަށުން ޕޮޒިޓިވްވި މީހާ އާއި ޑައިރެކްޓް ކޮންޓެކްޓްވި 4 މީހަކާއި ބަލީގެ އަލާމާތް ފެނިގެން ޓެސްޓު ކުރެވުނު ކުޑަ ކުއްޖެކެވެ. އަލަށް ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފީވަކު ހެލްތް ސެންޓަރުން މިހާރު އަންނަނީ ކުރަމުންނެވެ. އަނެއްކާ ވެސް އިތުރު ބަޔަކު ރަށުން ޕޮޒިޓިވް ވުމާއި ގުޅިގެން ރަށުތެރޭގައި އުޅޭއުޅުމުގައި […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ކުޅިވަރު ޖަރުމަނު ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ އަންނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ޖަރުމަނު ކޮލިފައިވެއްޖެއެވެ. އެ ޓީމް ކޮލިފައިވެފައި މިވަނީ ޔޫރަޕުގެ ކޮލިފައިން ބުރުގައި ގްރޫޕް ޖޭގައި ހޯމަ ދުވަހުގެ ރޭ ނޯތު މެސެޑޯނިއާއާއި ބައްދަލުކުރި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކުއެވެ. އެ މެޗު ޖަރުމަނުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މުބާރާތް ބާއްވާ ޤައުމުގެ ހައިސިއްޔަތުން ވޯލްޑް ކަޕުން ޤަތަރަށް ޖާގަ ލިބިފައިވާއިރު، ކޮލިފައިން ބުރުން ޖާގަ ލިބިގެން ފުރަތަމަ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ އީޔޫއިން ޕޮލެންޑް ބޭރުކުރުމަށް ނިންމުމާއި ގުޅިގެން ޕޮލެންޑްގައި ކުރިއަށްދާ މުޒާހަރާތައް ހޫނުވެއްޖެ ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ)ގެ ޤައުމުތަކުގެ ލިސްޓުން ޕޮލެންޑް ބޭރުކުރުމަށް އެ ގައުމުގެ ސްޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން ޕޮލެންޑްގެ 100،000 އަށް ވުރެ ގިނަ މީހުން މަގުތަކަށް ނިކުމެ ކުރަމުން އަންނަ މުޒާހަރާތައް ހޫނުވެއްޖެއެވެ. ޕޮލެންޑްގައި ކުރިއަށްދާ މުޒާހަރާތައް ފަށާފައި ވަނީ، ޕޮލެންޑްގެ ވެރިކަން ކުރާ ޕާޓީގެ ސިޔާސަތުތަކާއި އީ.ޔޫއިން ހަދާފައިވާ ޤަވައިދުތަކާއި ފުށުއަރާކަމަށް ބުނެ، 27 ޤައުމު ހިމެނޭ އީޔޫގެ ޤައުމުތަކުގެ ލިސްޓުން ޕޮލެންޑް ބޭރުކުރުމަށް އެ ގައުމުގެ ސްޕްރީމް ކޯޓުން ނިންމި ނިންމުމާއި ގުޅި... އަޒްފާ ރަޝީދު · 5 އަހަރު ކުރިން