ތިލަދުންމަތީ ޚަބަރު މިލަންދޫ ފަޅުން ވެލިނެގުމުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރަން މަސައްކަތް ކުރަނީ ށ. މިލަންދޫ ފަޅުން ވެލިނެގުމުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެރަށު ކައުންސިލުން މަސައްކަތް ފަށައިފި އެވެ. މިގޮތުން މިލަންދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 16 ވަނަ ޖަލްސާގެ ވަނީ މިކަމާގުޅޭ ދެ ނިންމުމެއް ނިންމާފައެވެ. މިގޮތުން މި މައްސަލައިގެ ވަގުތީ ހައްލެއްގެ ގޮތުގައި ގޮނޑުދޮށުން ފެށިގެން 30 ފޫޓު ބޭރުގައި ކޮއި ޖަހައި، އެއަށްވުރެ އަތްދޮށުން ވެލިނެގުން މަނާކޮށް، ރަށުގައި ތިބި ވެލިނަގާ ފަރާތްތަކާއި ބައްދަލުކޮށް އެ މަޢުލޫމާތު ޙިއްސާ ކުރުމަށް ވަނީ ނިންމާފައެވެ. […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ކުޅިވަރު ފަހު ވަގުތު ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ނޭޕާލް ފުރަތަމަ ފަހަރަށް ފައިނަލަށް އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މިއަދު ހަވީރު ބަންގްލަދޭޝްއާ، ނޭޕާލް ބައްދަލުކުރި މެޗްގައި މެޗް ނިމެނިކޮށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ފުރަތަމަ ނޭޕާލް ޖާގަ ހޯދައިފި އެވެ. މިއީ ސާފް ޗެމްޕިއަންޝިޕު މުބާރާތުގެ ފައިނަލަށް ނޭޕާލް ދިޔަ ފުރަތަމަ ފަހަރެވެ. އެ ޓީމު މިއަދު ވަނީ 1-1 އިން ބަންގްލަދޭޝްއާއި އެއްވަރު ކޮށްފައެވެ. ބަންގްލަދޭޝްގެ ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބަންގްލަދޭޝް ލަނޑުޖެހީ މެޗުގެ 9 ވަނަ މިނިޓުގައި ސުމޮން ރެޒާ ޖެހި […] ހުސައިން ހަބީބް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހާއްޞަ ހަވީރެއް ހަނިމާދޫގައި ބާއްވަނީ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަނިމާދޫ ކައުންސިލާއި އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ހަނިމާދޫ ޔޫތު ސެންޓަރ ގުޅިގެން “އުފެއްދުން ތެރިންގެ ހުނަރު ދައްކާލުމުގެ” ހާއްސަ ހަވީރެއް ބޭއްވުމަށް ހަނިމާދޫ ކައުންސިލުން ނިންމައިފިއެވެ. ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަ ކުރަމުން އަންނަ ޤައުމީ ޒުވާނުންގެ ދުވަހެވެ. މި ދުވަސް ސަރުކާރުން މިފަހަރު ރަސްމީކޮށް ފާހަގަ ކުރުމަށް ނިންމާފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ. 22 އޮކްޓޯބަރ 2021 ވާ ހުކުރު […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ނޫމަރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ނައިބު ރައީސްގެ ސަމާލުކަމަށް ގެނެސްފި ށ. ނޫމަރާ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ބައްދަލުކުރައްވައި ނޫމަރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ނައިބު ރައީސްގެ ސަމާލުކަމަށް ގެނެސްފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ނޫމަރާ ކައުންސިލަރުން ދެއްކެވި ވާހަކައިގައި، ނޫމަރާއަކީ އާބާދީގެ ގޮތުންވެސް ކުޑަ ރަށަކަށްވެފައި، ރަށުގެ ތަރައްޤީއަށް މީގެ ކުރީގެ ސަރުކާރުތަކުން ދިން ސަމާލުކަން ކުޑަކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ކައުންސިލަރުން ވަނީ މި ސަރުކާރުން އެރ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ވިޔަފާރި މީރާއިން ބަލައިގަތް އާމްދަނީ އިތުރުވެއްޖެ ދައުލަތުގެ ޓެކްސް އިދާރާ، މީރާ މެދުވެރިކޮށް މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީގެ 1.98 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 133.5 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ 8.6 އިންސައްތައިގެ އިތުރުވުމެކެވެ. މީރާއިން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީ ދަށްވީ ޓޫރިޒަމް ލޭންޑް ރެންޓުގެ ސުންގަޑި އިތުރުން ކުރުން ކަމަށެވެ. ނަމަވެސް […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މުޅި ބޮޑު ތިލަދުންމަތިވެސް ޤައުމީ ޓީމާއެކު! އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ ދިވެހި ރާއްޖެ ސަރަހައްދުގެ ގަދަ ބާރު އިންޑިއާއާއި ދެކޮޅަށް ނުކުންނައިރު މުޅި ޤައުމުވެސް މިހާރު އޮތީ ޤައުމީ ކުލަތަކުން ޖަރީވެފައެވެ. ކުރިން ރާއްޖެ ކުޅުނު މެޗްތަކުގައި ވެސް 12 ވަނަ ކުޅުންތެރިޔާ ގޮތުގައި ދިވެހި ސަޕޯޓަރުން އަންނަނީ އެ ސަޕޯޓަރުންގެ ހިތުގައި ޤައުމަށް އޮތްލޯބި ބަންޑުންކޮށްލައި، ޓީމަށް ހިތްވަރު ދިނުމުގައި ނަމޫނާ ދައްކަމުންނެވެ. މުޅިރާއްޖެ ޤައުމީވެފައި އޮތް މި ތަންވަޅުގައި ރާއްޖޭގެ އެހެން ރަށްތެކެކޭ އެއްބީދައަކުން ރާއްޖޭގެ އެންމެ އުތުރުން ބޮޑުތިލަދުންމ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ވިޔަފާރި އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު އިތުރުވެއްޖެއެވެ. ކަސްޓަމްސް އިން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނީ 119 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ މަހު ލިބުނީ 281 މިލިއަން ރުފިޔާއެވެ. މިއީ 137 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ މަހު ރާއްޖެއިން ބޭރު ކުރީ 328 ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި އަލުން ދައްޕަރު ހިމަނައިފި ކުރިންވެސް އޮތްގޮތަށް ހއ. ފިއްލަދޫ ކައުންސިލްގެ އިހްތިޞާޞްގައި ހއ. ދައްޕަރު އަލުން ހިމަނައިފިއެވެ. ފިއްލަދޫ ކައުންސިލްގެ އިހްތިސާސް ތެރޭގައި އަލުން ދައްޕަރު ހިމަނުއްވައި، އެކަން އަންގާ ޤަރާރު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ނެރުއްވީ މިއަދު އެވެ. މިގޮތުން ރައީސުލް ޖުމްހޫރިއްޔާ މިއަދު ނެރުއްވާފައިވާ ގަރާރުގައި ވިދާޅުވެފައިވަނީ، އިދާރީ ދާއިރާތައް ހިމެނޭ ސިޓީ ކައުންސިލްއާއި، ރަށު ކައުންސިލްތަކުގެ އިހްތިޞާޞް ކަނޑައެޅައި ކޮށްފައިވާ އިޢުލާނުން ފިއްލަދޫގެ އިދާރީ ދާއިރާގެ އިހްތިޞާޞް އަލ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ދެ ޖިންސަށް އަމާޒުކޮށްގެން ޖަނާޒާ ވޯކްޝޮޕެއް ބާއްވަނީ ހދ.ނޮޅިވަރަންފަރު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށުގެ ދެ ޖިންސުގެ ބޭފުޅުންނަށް އަމާޒުކޮށްގެން ޖަނާޒާ ވޯކްޝޮޕެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. ނޮޅިވަރަންފަރު ޑަބުލިއު.ޑީ.ސީ އާއި ދާރުލް ޤުރުއާން ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 16 އޮކްޓޯބަރ 2021 ވާ ހޮނިހިރު ދުވަހުއެވެ. މި ވޯކްޝޮޕްގައި ކިޔަވައި ދެއްވުމަށް ހަމަޖެހިފައިވަނީ އަލްއުސްތާޛް ޢަބްދުލް ލަތީފް އަޙްމަދެވެ. މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ރާއްޖެ ސުލޫކީ މިންގަނޑާ ހިލާފުވުމުން ޕެންޝަން އޮފީހުގެ ސީއީއޯ ވަކިކޮށްފި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މަޤާމުން މަވިކޮށްފިއެވެ. އެ އޮފީހުގެ ސީއީއޯގެ މަގާމުގައި ހުރި ޖޯން ގްރިންޑަލް މަގާމުން ވަކިކޮށްފައި ވަނީ ޕެންޝަން އޮފީހުގެ ސްލޫކީ މިންގަނޑުން ބޭރުވުމުންނެވެ. އޭނާ މަޤާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި ސްލޫކީ މިންގަނޑުން ބޭރުވުމުން ވަޒީފާއިން ވަކިކުރީ އިއްޔެއެވެ. އޭނާއަކީ އިނގިރޭސިވިލާތާއި މޯލްޓާގައި މީގެ ކުރިން މަސައްކަތްކުރައްވައި، ޕެންޝަނާއި އިންޝުއަރަންސް ދާއިރާގައި 25 އަހަރ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ މާލޭ ސިޓީ ކައުންސިލުން ބާއްވާ އެއްވެސް މިއުޒިކް ޝޯއެއް ނޯންނާނެ: މޭޔަރު މާލޭ ސިޓީ ކައުންސިލުން ބާއްވާ އެއްވެސް މިއުޒިކް ޝޯއެއް ނޯންނާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އިއްޔެ ކުރެއްވި ޓްވީޓެއްގައި މެޗާ ގުޅިގެން ފޯރި ނަގައި، ގިނަ ބަޔަކަށް ބައިވެރި ވުމުގެ ފުރުސަތު ދިނުމަށް އުރީދޫއާއި ސިޓީކައުންސިލާއި އެފްއޭއެމް ގުޅިގެން މިއަދު ހަވީރުން ފެށިގެން ކާނިވަލުގަ މެޗު ބެލުން އަދި މިޔުޒިކް ޝޯވް ގެންދަން ވަނީރޭވިފަވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖެ މޮޅުވެއްޖެނަމަ ފައިނަލް މެޗާ […] ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި ދެ ޖިންސަށް ހުޅުވާލައިގެން ރޯޑް ކިންގް ޗެމްޕިއަންޝިޕެއް ބާއްވަނީ މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ކުޅުދުއްފުށީ ސިޓީގައި ރޯޑް ކިންގް ޗެމްޕިއަންޝިޕެއް ބާއްވަން ހަމަޖައްސައި އެ މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފިއެވެ. ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރަން ނިންމާފައިވާ ޒުވާނުންގެ ދުވަސް މިފަހަރު ރަސްމީކޮށް ފާހަގަކުރަނީ ކުޅުދުއްފުށި ސިޓީގައެވެ. އެގޮތުން ކުރިއަށް ގެންދެވޭ ތަފާތު އެކިއެކި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މި ޑްރެގް ރޭހަކީ މިހާތަނަށް ރާއްޖޭގައި އަންހެނުންނަށް އަމާޒުކޮށްގެން ބޭއްވޭ އެންމެ ފުރަތަ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ އެމެރިކާގެ ނިއުކުލިއަރ ސަބްމެރިންގެ ސިއްރުތަކެއް ވިއްކި ދެމަފިރިން ހައްޔަރަށް، ގަތީ އެފްބީއައި އެޖެންޓެއް އެމެރިކާގެ އަސްކަރީ ސަބްމެރިންގެ ސިއްރުތަކެއް ވިއްކި އެމެރިކާ ނޭވީގެ އިންޖީނިއަރާއި އޭނާގެ އަންހެނުން އެފް.ބީ.އައި އަދި ނޭވަލް ކްރިމިނަލް އިންވެސްޓިގޭޓިވް ސާވިސްއިން ހައްޔަރުކޮށްފިއެވެ. އެމެރިކާ ނޭވީގައި މަސައްކަތްކުރަމުން އަންނަ އިންޖީނިއަރު ޖޮނަތަން ޓޮއެބް އަދި އޭނާގެ އަންހެނުން ޑަޔާނާ ޓޮއެބް ހައްޔަރުކޮށްފައިވަނީ ނުރައްކާތެރި ކުށްވެރިންގެ ގޮތުގައި ތުހުމަތުކޮށެވެ. ޖޮނަތަންގެ އަންހެނުންނަކީ ޓީޗަރެކެވެ. އެފްބީއައި އަންޑަރ ކަވަރ އެޖެންޓާއި މުޢާމަލާތްކޮށް ސިއްރު މަޢުލޫމާތުތައް ހިއްސާކުރަމުން ދިޔައ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފީވަކަށް އިތުރު ހާސްކަން، އިތުރު 6 މީހުން ޕޮޒިޓިވްވެއްޖެ ށ. ފީވަކުން އިތުރު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. ކަޯވިޑްގެ ޢަލާމާތްތައް ފެނިގެން ވޭތުވެދިޔަ ހަފްތާގައި ފީވަކުން ނެގުނު ސާމްޕަލްތަކެއް ވަނީ ޕޮޒިޓިވްވެފައެވެ. އަލަށް ޕޮޒިޓިވްވި 6 މީހުންނަކީ ވެސް ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން ކުރިއަށްދާ ކޮންޓެކްޓް ޓްރޭސިންގެ ތެެެރެއިން 11 އޮކްޓޯބަރުގައި އިތުރަށް ނެގުނު 26 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި ބައެކެވެ. އަލަށް ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފީވަކު ހެލްތް ސެންޓަރުން މިހާރު އަންނަނީ ކުރަމުންނެވެ. ފީވަކުން އިތުރު ބަޔަކ... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި ނެއިބަރހުޑް ޕޮލިސް ތަޢާރަފް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި ކުޅުދުއްފުށީ ސިޓީގައި ނެއިބަރހުޑް ޕޮލިސް ތަޢާރަފް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ކުރެވިފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސަސްއާއިއެކު މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވީ މި ބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީގައި ނެއިބަރހުޑް ޕޮލިސް ތަޢާރަފް ކުރުމާއި ގުޅޭގޮތުން ވާހަކަ ދެކެވިފާވާކަމަށެވެ. މީގެ އިތުރުން، ކުޅުދުއްފުށީގައި މަސްތުވާތަކެތި އާންމުވެފައި ވާތީ އެކަމުގެ ކަންބޮޑުވުން ފާހަގަކޮށް އެ މައްސަލަ ހައް... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން