ވިޔަފާރި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން، އެސްޓީއޯއިން ތެޔޮ ވިއްކާ އަގަށް ބަދަލެއް ސްޓޭޓް ޓްރޭޑިން ކޮމްޕެނީ (އެސްޓީއޯ) އިން ތެޔޮ ވިއްކާ އަގުތައް ތިންވަނަ ފަހަރަށް ބޮޑުކޮށްފިއެވެ. އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 11.16ރ. އަށް ކަމަށެވެ. އަދި ޑީސަލް ލީޓަރެއް ލިބޭނީ 11.84ރ. އަށް ކަމަށެވެ. މިދިޔަ ޖުލައި މަހު ގެނައި ބަދަލާއެކު މިހާތަނަށް ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 10.72 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން އައީ 10.95 ރުފިޔާއަށެވެ. އެ ކުންފުނިން ބުނި ގޮތުގައި މި […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބޮޑު ތިލަދުންމަތީގެ މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެން މަހާސިންތާއެއް ބޮޑު ތިލަދުންމަތީގެ 3 އަތޮޅު، ހއ ، ހދ އަދި ށ އަތޮޅު ގެ މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެން މަހާސިންތާއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ. މި މަހާސިންތާ އަކީ މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ ފަރާތުން ހިންގާ މަހާސިންތާއެކެވެ. ” މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ”ގެ ނަމުގައި މި މަހާސިންތާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިން ކޮށެވެ. އަދި މި މަހާސިންތާގައި ބައިވެރިވާން ބޭނުންވާ މަދަނީ ޖަމިއްޔާތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ހެލްޕް ޝިޔާމް ފޯ ކިޑްނީ ޓްރާންސްޕްލާންޓް" ހަރަކާތުން 2 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި ހއ.ދިއްދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޕޮލިސް ގުޅިގެން އެ ރަށު ހިމާލިޔާ، މުޙައްމަދު ޝިޔާމްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ފައިސާ ހޯދުމަށް ހިންގި ހަރަކާތްތަކުން ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. ޝިޔާމްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް “ހެލްޕް ޝިޔާމް ފޯ ކިޑްނީ ޓްރާންސްޕްލާންޓް” ނަމުގައި ފަންޑްރައިޒިންގެ ޙަރަކާތްތަކެއް ދިއްދޫގައި މި މަހުގެ 7،8،9 (ބުރާސްފަތި، ހުކުރު، ހޮނިހިރު) ތިން ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. މ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ވިޔަފާރި ކިނޮޅަހު ބަނދަރުގެ މަސައްކަތް އަވަސްވާނެ: އެމްޓީސީސީ ރ. ކިނޮޅަސް ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އަވަސް ކުރާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ވަނީ މި މަސައްކަތް ފެށުމަށް އިއްޔެ ސައިޓު މޮބިލައިޒް ކުރުމަށްފަހު މަސައްކަތްތައް ފަށާފައެވެ. މި މަސައްކަތުގެ ދަށުން އެ ރަށުގެ ހާބަރުގެ ބަންދުވެފައިވާ ސަރަހައްދުގައި ހުރި ވެލި ނަގާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. ކިނޮޅަހުގެ ބަނދަރު ބެދުމުގެ ސަބަބުން އެ ރަށަށް އުޅަނދުފަހަރަށް ވަދެ ނުކުމެ ހަދަން […] އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުރިއަށް އޮތް 4 ދުވަހު، އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ސަމާލުވާން އެދެފި ކުރިއަށް އޮތް 4 ދުވަހު، އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ސަމާލުވާން އެދެފި އެވެ. ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ނެރުނު ސަމާލު މެސެޖުގައި ބުނެފައިވަނީ، ޚާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި މިމަހުގެ 12އިން ފެށިގެން 16ގެ ނިޔަލަށް އާންމުވައި ގަދަވުމާއިއެކު ކަނޑުތައް ގަދަވާނެކަމަށް ލަފާ ކުރެވޭކަމަށެވެ. މިފަދައިން މެޓް އޮފީހުން ލަފާކޮށްފައިވަނީީ ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފަކާއި ގުޅިގެން ކަމ... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ކެލާގައި ގަސްއިންދުމުގެ ހަރަކާތަކާއި، ފުޓްބޯޅަ މުބާރާތެއް މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ހއ. ކެލާގައި ޒުވާނުންގެ ގަސް އިންދުމުގެ ހަރަކާތަކާއި، ފުޓު ބޯޅަ މުބާރާތެއް ބާއްވަން އެރަށު ކައުންސިލުން ނިންމައިފި އެވެ. މިގޮތުން ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ކެލާގައި ފުރަތަމަ އޮންނާނީ އެރަށުގައި އަލަށް ހެދި ބަނދަރު ސަރަހައްދު ހޭޅިފައް ފެހި ކުރުމުގެ ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން އެ ސަރަހައްދުގައި ހޭޅީގައި ހެދޭ ޒާތު ބޯށި، މަގޫ ފަދަ ގަސްތައް އިންދަން ނިންމާފައިވާ ކަމަށް ކެލާ ކައުންސިލުން ވިދާޅުވިއެވެ. ކެލާ ކައުންސިލްގެ ރައީސް […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ރާއްޖެ "ހަކަތައިގެ ބިލު" ތަސްދީޤުކޮށްފި ހަކަތަ އުފެއްދުމާއި، ހަކަތަ ބޭނުންކުރުމާއި، ހަކަތަ ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤު ކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނަކީ ދިވެހިރާއްޖޭގައި ހަކަތަ އުފެއްދުމާއި، ހަކަތަ ބޭނުންކުރުމާއި، ހަކަތަ ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައަޅާފައިވާ ޤާނޫނެކެވެ. މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާގެ ކަންކަން ސަލާމަތާއި ރައްކާތެރިކަމާއެކު ހަރުދަނާ ނިޒާމެއް... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ އަތް ދަބަހެއް ފޭރިގަތް 2 މީހަކު ހޯދަނީ ސައިކަލެއްގައި އިން މީހެއްގެ އަތް ދަބަސް ފޭރިގަތް 2 މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ. އެ ދެ މީހުން ފޭރިގަނެފައި ވަނީ މިއަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ވަގުތެއްގައި މާލެ، ލިލީމަގުން ހުޅަނގުން އިރަށް ދުއްވާފައިދިޔަ ސައިކަލެއްގައި އިން މީހެއްގެ އަތް ދަބެހެވެ. ފުލުހުން މިއަދު ވަނީ ދަބަސް ފޭރިގަންނަ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖެއް އާންމުކޮށްފައެވެ. މި ވީޑިއޯގައި އަތް ދަބަހުގެ ވެރިފަރާތް ދުއްވާފައި ދިޔަ ސައިކަލުގެ ފަހަތުން އެ 2 […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ކުޅުދުއްފުށީގައި ބީޗް ގޭމްސް ފެސްޓިވަލެއް މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ކުޅުދުއްފުށި ސިޓީގައި ބީޗް ގޭމް ފެސްޓިވަލްއެއް ފަށަން އެ ސިޓީގެ ކައުންސިލުން ތައްޔާރުވެއްޖެ އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކުރެއްވި ގޮތުގައި މި ފެސްޓިވަލްގައި ބީޗްގެ ތަފާތު ކުޅިވަރު މުބާރާތްތައް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި، ބީޗް ވޮލީ އާއި ބީޗް ސޮކަރ ގެ އިތުރުން ބީޗް ހޭންޑް ބޯލް ހިމެނެއެވެ. އަދި މި މުބާރާތް ހިނގަމުންދާނީ ކޮންމެ ކުޅިވަަރަކުން ވެސް އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަން ހިމެނޭގޮތަށް ކަމަށް އެ ކައުންސިލުން ވިދާޅުވި […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ވިޔަފާރި އެމްޓީސީސީން "ހިނިތުންވުމާއެކު" ކެމްޕޭން ފަށައިފި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން “ހިނިތުންވުމާއެކު”ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ފަށައިފިއެވެ. މިއީ މި މަހުގެ 4 އިން 8 އަކަށް ފާހަގަ ކުރި ”ދުނިޔޭގެ ކަސްޓަމަރ ސަރވިސް“ ހަފުތާއާއި ގުޅުވައިގެން ފެށި ކެމްޕޭނެކެވެ. މި ކެމްޕެއިންގެ އެންމެ ބޮޑު މަގުސަދަކީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ކަސްޓަމަރ ސާރވިސްގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި ކުންފުނިން ހިދުމަތް ހޯދާ ކަސްޓަމަރުންގެ ކަސްޓަމަރ އެކްސްޕީރިއެންސް މިހާރަށްވުރެ ރަނގަޅު ކުރުން ކަމަށް އެމްޓީ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
މަޖިލިސް ގައިދީއަކަށް އަނިޔާ ކޮށްފިނަމަ އެކަންކުރި އޮފިސަރަކު މަގާމުގައި ނުހުންނާނެ: އިމްރާން ޖަލުގެ ތެރޭގައި ގައިދީއަކަށް އަނިޔާއެއްކޮށްފިކަމަށްވާނަމަ އެ އޮފިސަރަކު ދެން އޮފިސަރެއްގެ ގޮތުގައި ނުހުންނާނެކަން ހުރިހާ އޮފިސަރުންނަށް ވަރަށް ސާފުކޮށް އެނގޭނެކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދާ މަޖިލިސް ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި، މަޖިލިސް ތަޅުމަށް ވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ތެރެއިން ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނ... އަލީ އާދިލް · 5 އަހަރު ކުރިން
ވިޔަފާރި ލަންދޫ ބަނދަރުގެ ބޮޑު ބައި ނިމިއްޖެ ނ. ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެގޮތުން ހާބަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން 25,000 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 256 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމާއި 401 މީޓަރުގ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ޕާކިސްތާނުގެ "ނިއުކްލިއާ ބޮމުގެ ބައްޕަ" ކޯވިޑް ބަލީގައި ނިޔާވެއްޖެ ޕާކިސްތާނުގެ “ނިއުކްލިއާ ބޮމުގެ ބައްޕަ” ގޮތުގައި އެ ޤައުމުން ބަލަމުން އަންނަ އަބްދުލް ޤަދީރު ޚާން ކޯވިޑް-19 ބަލީގައި ނިޔާވެއްޖެއެވެ. އުމުރުފުޅުން 85 އަހަރުގައި އަބްދުލް ޤަދީރު ނިޔާވެފައި މިވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ކޯވިޑް 19 އަށް ފަރުވާދެމުން ދަނިކޮށްކަމަށް ބައިނައްލަޤްވާމީ ނޫސްތަކުގައި ހާމަކޮށްފައިވެއެވެ. އަބްދުލް ޤަދީރު ފާހަގަކޮށްލެވެނީ އިސްލާމީ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ނުރައްކާތެރި ހަތިޔާރު އުފެއްދި އެކަކުގެ ގޮތުގައެވެ. އަދި އޭނާ ވަނީ ޕާކިސްތާނުގައި ނުރައްކާތެރި ހަތިޔާރު އ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންގެ އަދަދު 13 އަށް ކުޅުދުއްފުށީ ސިޓީން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 13 އަށް އަރައިފިއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި، ހުމާއި ރޯގާގެ އަލާމާތްތައް ފެނިގެން ނެގުނު ސާމްޕަލްއެއް ޕޮޒިޓިވްވުމާއި ގުޅިގެން ނެގުނު ގުޅުން ހުރި ސާމްޕަލްތަކުގެ ތެރެއިން 10 ފަރާތެއް ވަނީ ޕޮޒިޓިވްވެފައެވެ. އެހެންކަމުން ކުޅުދުއްފުށީ ސިޓީގައި މި ވަގުތު ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 13 އަށް އަރާފައި ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. ކޭއާރުއެޗްއިން ވިދާޅުވި ގޮތުގައި އިތުރު ޕޮޒިޓިވް ކޭސް... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމްގެ މަސައްކަތް ފަށައިފި ހއ. ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ޤާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ހޮނިހިރު ދުވަހު ކެލާގައި މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމްގެ މަސައްކަތް އަމަލީކޮށް ފައްޓަވައި ދެއްވީ ކެލާ ދާއިރާއިގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) އާއި، ކެލާ ކައުންސިލްގެ މެންބަރުންނެވެ. މި މަސައްކަތް 4 މަސް ދުވަހުން ނިންމާގޮތައް ހަވާލުކޮށްފައި ވަނީ ރަފް ކޮންސްޓްރަކްޝަންއާއެވެ. ކެލާ ކައުންސިލްގެ ރައީސް އަބުދުﷲ އިންފާޒް “ތިލަދުން”އަށް ވިދާޅުވީ، ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމ... ޝިއުނާ އާދަމް · 5 އަހަރު ކުރިން