ވިޔަފާރި އިންޑިއާ ކުންފުންޏެއް މެދުވެރިކޮށް މުވައްޒަފުން ހޯދާކަމަށް ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް: އެމްޓީސީސީ އިންޑިއާގެ އަފްރީން އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏެއް މެދުވުރިކޮށް އިންޑިއާއިން ގިނަ އަދަދެއްގެ މުވައްޒަފުން ހޯދާކަމަށް ބުނެ ދެކެވެނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން މިހެން ބުނީ “ދިޔަރެސް” ނޫހުގައި ޝާއިރު ކުރި ހަބަރަކާ ގުޅިގެންނެވެ. މިއީ އެ ކުންފުނި ބަދުނާމު ވާގޮތަށް ލިޔުނު ހަބަރެއް ކަމަށްވެސް އެ ކުންފުނިން ފާހަގަ ކުރިއެވެ. ދިޔަރެސް ނޫހުން އާއްމު ކޮށްފައިވާ ހަބަރުގައި ބުނެފައިވާ ގޮތުގައ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި އިންނަމާދޫ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް އިފްތިތާހު ކޮށްފި ރ. އިންނަމާދޫ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން އިފްތިތާހު ކޮށްފިއެވެ. މިއަދު އިންނަމާދޫގައި ބޭއްވި ރަސްްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހްމަދު މައުސޫމް އާއި، މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު އާއި އިންނަމާދޫ ކައުންސިލްގެ ރައީސް އަހްމަދު އަޒުމީންއެވެ. މި ރަސްމިއްޔާތުގައި ރ. އަތޮޅު ކައުންސިލް ރައީސް ހުސައިން ނާސިފް އާއި އެމްޑަބްލިއުއެސްސީގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޭކުރެންދޫ ދަނޑުވެރިންނަށް މައުލޫމާތުދީފި ފިޝަރީޒް މިނިސްޓްރީގެ ޕްލާންޓް އެންޑް އެނިމަލް ހެލްތް ސާރވެއިލެންސް ޓީމްއާއި ހދ. ނޭކުރެންދޫ ކައުންސިލް ގުޅިގެން އެރަށުގެ ދަނޑުތަކަށް ޒިޔާރަތްކޮށް ދަނޑުވެރިންނަށް މައުލޫމާތުދީފިއެވެ. ނޭކުރެންދޫ ކައުންސިލް މެންބަރު ޢާއިޝަތު ޝަފާ “ތިލަދުން” ވިދާޅުވީ މި ޒިޔާރަތުގެ އެންމެ ބޮޑު މަޤްސަދަކީ ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަންނާނެ ގޮތް ދަނޑުވެރިންނަށް ކިޔާދިނުމާއިއެކު އެކަމަށް ބޭނުން ކުރާނެ ބޭހާއި ބޭސް ބޭނުން ކުރާނެ ގޮތްތައް ދަނޑުވެރިންނަށް އޮޅުންފިލުވައި ދިނުމުގެ އިތުރުން ދަނޑުވެރިންނަށް ދިމާވެފައިވާ ދަތި... އައިޝަތު ނަސާޔާ · 5 އަހަރު ކުރިން
ކުޅިވަރު އޮފީސްތަކުގެ ފުޓްސަލް މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައި ކްލަބް ވެމްކޯ ރާއްޖޭގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އޮފީސްތަކުގެ ފުޓްބޯޅަ މުބާރާތް، ކްލަބް މޯލްޑިވްސް ކަޕާއި ވިމެން ފުޓްސަލް ފިއެސްޓް ކާމިޔާބުކުރުމުގެ ގަދަ އަޒުމުގައި ކްލަބް ވެމްކޯއިން ނިކުމެއްޖެ އެވެ. ރާއްޖޭގައި ހިންގާ ރަސްމީ އޮފީސްތަކަށް އަމާޒުކޮށްގެން ބާއްވަމުންއަންނަ ފުޓްސަލް މުބާރާތް ކުރިއަށް ދަނީ އަންހެން އަދި ފިރިހެން ވަކިން، 2 މުބާރާތަކަށް ބަހާލައިގެންނެވެ. އެގޮތުން، “ކްލަބް މޯލްޑިވްސް 2021” މިނަމުގައި ކުރިއަށްދާނީ ފިރިހެން ޓީމުތައް ވާދަކުރާ މުބާރާތެވެ. އަދި އަންހެން ޓީމުތަކުން ވާދަކުރާނީ “... އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނަރުދޫގައި ތިބި ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަންނަށް ކައުންސިލުން ދޮރުން ދޮރަށް ށ. ނަރުދޫގައި ތިބި ހާއްސަ އެހީތެރިކަމަށާއި، ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަތުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ. މިގޮތުން އެރަށުގައި ތިބި ހާއްސަ އެހީތެރިކަމަށާއި، ހާއްސަ ރައްކާތެރިކަމަށް ބޭނުންވާ މީހުންގެ ހާލަތު ދެނެގަތުމަށް އެފަދަ މީހުންގެ ގާތަށް ނަރުދޫ ކައުންސިލުން ޒިޔާރަތް ކުރުމުގެ ޕްރޮގްރާމެއް މިހާރު ފަށައިގެން ދަނީ ކުރިއަށް ގެންދަމުންނެވެ. ނަރުދޫ ކައުންސިލްގެ ރައީސް މުހައްމަދު މުޝްތަރުޝިދު “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ޕްރޮގްރާމް ކުރ... އައިޝަތު ނަސާޔާ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ. އަތޮޅު ކައުންސިލް، ނޭކުރެންދޫއަށް ބަދަލު ކުރުމަށް ރާޢީ އެދިއްޖެ ހދ. އަތޮޅު ކައުންސިލް، ނޭކުރެންދޫއަށް ބަދަލުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލިސްގައި ނޭކުރެންދޫ ތަމްސީލް ކުރަށްވާ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ އެދިވަޑައިގެންފިއެވެ. ރާޢީ މިހެން ވިދާޅުވީ، ކުމުންދޫ ކައުންސިލް ރައީސް އަދި ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަމީން މުހައްމަދު ކުރެއްވި ޓްވީޓެއް ހިމަނުއްވައި ކުރެއްވި ޓްވީޓެއްގައެވެ. އަމީންގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ، ހދ. އަތޮޅު ކައުންސިލްގެ އިދާރާ އަތޮޅުގައި އަލައް އުފެދިފައިވާ ސިޓީ ގައި ހުރުމުން ބައެއް ސަރުކާރުގެ ވުޒާރާތަކަށް އަތޮޅ... ތިލަދުން · 5 އަހަރު ކުރިން
ވިޔަފާރި ފެނަކަ ދާންދޫ ބްރާންޗްގެ އާ އޮފީހުގެ ބިންގާ އަޅައިފި ގއ. ދާންދޫގައި އަލަށް އިމާރާތްކުރާ ފެނަކަ ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ. މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދާއި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲއެވެ. ފެނަކައިގެ ދާންދޫ ބްރާންޗުގެ މެނޭޖަރު އިބްރާހީމް ދީދީ ވިދާޅުވީ، އެ އޮފީސް އިމާރާތް ކުރަނީ ޒަމާނީ ފެންވަރަށް، މުވައްޒަފުންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ކަމަށެވެ. އަދި މީޓިން ރޫމާއި މެނޭޖަރު ރޫމެއް މި އިމާރާތުގައި ހަދާނެ ކަމަށް... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާގައި ކުރިއަށްދާ ސްވިމިން އިންސްޓްރަކްޓަރުން ތަމްރީނުކުރާ ކޯހުގެ ބައިވެރިންނަށް މެންބަރު އިބްރޭ ގޮގްލްސް ހަދިޔާކޮށްފި ހއ. ކެލާގައި ކުރިއަށްދާ ސުވިމިން އިންސްޓްރަކްޓަރ ތަމްރީނުކުރާ ކޯހުގެ ބައިވެރިންނަށް ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (ކެލާ އިބްރޭ) ގޮގްލްސް ހަދިޔާ ކުރައްވައިފި އެވެ. މި ކަމަށްޓަކާ ކެލާ ކައުންސިލުން ވަނީ މެންބަރު އިބްރާހިމް ޝަރީފް އަށް ޝުކުރު ދަންނަވާފައެވެ. ކެލާ ކައުންސިލާ ސުވިމިން އެސޯސިއޭޝަން ގުޅިގެން އެރަށުގައި ކުރިއަށްގެންދާ މި ކޯހަކީ ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނުކުރާ ކޯހެކެވެ. މި ކޯހުގައި 15 ފިރިހެން ބައިވެރިންނާއި 3 އަންހެން ބައިވެރިންނާއެކު ޖުމްލަ 18 މީހަކު […] އަޙްމަދު އަރުޝަމް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ އެމެރިކާ އަދި ޔޫރަޕުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް، 31 މިލިއަނަށްވުރެ ގިނަ ޑޮލަރު އަތުލައިގަތް އެމެރިކާ އަދި ޔޫރަޕްގައި ހިންގި ޑާކް ވެބް އިލިގަލް ޑްރަގް އޮޕަރޭޝަނެއްގައި 150 މީހުން ހައްޔަރުކޮށް، 31 މިލިއަނަށްވުރެ ގިނަ ޑޮލަރު އަތުލައިގެންފިއެވެ. އެމެރިކާގެ ކައުންޓަރ ޑްރަގްސް އޭޖެންސީއިން ހިންގި ޑާކް ވެބް ނެޓް އިލީގަލް ޑްރަގްގެ ޚާއްސަ އޮޕަރޭޝަންގައި، އެމެރިކާގެ 14 ސްޓޭޓަކާއި ޔޫރަޕުގެ ހަތް ގައުމަކުން ޖުމްލަ 150 މީހުން ހައްޔަރުކޮށްފައިވެއެވެ. މީގެ ތެރޭގައި އެމެރިކާގެ 65 މީހުންނާއި ޔޫރަޕުގެ ގައުމުތަކަށް ނިސްބަތްވާ 85 މީހަކު ވަނީ ހައްޔަރުކުރެވިފައެވެ. މި އޮޕަރޭޝަނުގައި އިލީގަލް ޑްރަގްގެ […] އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ރާއްޖެ އެމްއެންޕީގެ ޕީޖީ ލީޑަރަކަށް ރިޔާޟް، އިދާރީ އިސް މަގާމުތަަކަށް މެންބަރުން އައްޔަން ކޮށްފި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ޕާލިމަންޓްރީ ގުރޫޕުގެ އިސް ދެ މަގާމަށާއި، އެ ޕާޓީގެ އިދާރީ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުކޮށްފިއެވެ. އެމްއެންޕީ އިއްޔެ ވަނީ 3 މެންބަރުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ދަފްތަރުގައި ހިމަނާފައެވެ. އެހެން ކަމުން އެ ޕާޓީގެ ޕީޖީ ގްރޫޕްގައި ތިއްބަވާ 3 މެންބަރުންނަކީ ޕާޓީގެ ރައީސް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި، ޕާޓީގެ ދެ ނައިބު ރައީސުން ކަމަށްވާ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު […] އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފީވަކުގައި ހެޔޮއެދޭ ފަރާތަކުން މިސްކިތެއް ބިނާކޮށްދެނީ ށ. ފީވަކުގައި ހެޔޮއެދޭ ފަރާތަކުން މިސްކިތެއް ބިނާކޮށްދޭން ނިންމައިފިއެވެ. މި މިސްކިތް ޢިމާރާތްކުރުމަށް، ހެޔޮއެދޭ ފަރާތާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި ދެމެދު ސޮއިކޮށްފައި ވަނީ މި އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަބްދުލްއަޒީޒް އިސްމާޢީލް އެވެ. ދެ ޖިންސްގެ މީހުންނަށް ވެސް ނަމާދު ކުރެވޭ ގޮތަށް އިމާރާތްކޮށް ދޭ މި މިސްކިތަކީ، އެރަށުގެ ބަނދަރު ސަރަހައްދުގައި މިސްކިތެއް ނެތުމުން އެ […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަކުނުދޫ ނޫރު މިސްކިތުގެ ސައުންޑް ސިސްޓަމްއަށް ލޮނުއަޅާ ގެއްލުންދީފި ހދ. މަކުނުދޫގެ ނޫރު މިސްކިތުގެ ސައުންޑް ސިސްޓަމްއަށް ލޮނު އަޅާ ގެއްލުން ދީފިއެވެ. މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް “ތިލަދުން”އަށް ވިދާޅުވީ، މި އަމަލު ހިންގި ކަމަށް ބެލެވެނީ އިއްޔެގެ ހެނދުނު 8 އިން ފެށިގެން މެންދުރު 12 އާއި ދޭތެރޭގެ ވަގުތެއްގައި ކަމަށެވެ. މި މައްސަލައަކީ މި މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އަކަށްވާތީ އިތުރު ތަފްސީލް ދެވެން ނެތް އައުޒަމް ވިދާޅުވިއެވެ. އިސްލާމީ މުޖުތަމަޢުއެއްގައި އެފަދަ ބޭއަދަބީ އަމަލެއް ހިންގުމަކީ އެކަމާއި […] އައިޝަތު ނަސާޔާ · 5 އަހަރު ކުރިން
ކުޅިވަރު ސަސުއޯލޯއިން ފަހު ވަގުތު ލަނޑުޖަހައި ޔުވެންޓަސް ބަލިކޮށްފި އިޓާލިއަން ލީގުގައި ޔުވެންޓަސްއާއި ސަސުއޯލޯ ބައްދަލުކުރި މެޗު ސަސުއޯލޯއިން ކާމިޔާބު ކޮށްފިއެވެ. ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ބުދަދުވަހުގެ ރޭ ކުޅުނު މި މެޗު ސަސުއޯލޯއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ސަސުއޯލޯއިންނެވެ. މި ލަނޑު މެޗުގެ ފުރަތަމަ ހާފު ނިމެން އެއްމިނެޓަށް ވެފައި ވަނިކޮށް ޑީފްރެލް ތަނަވަސް ކޮށްދިން ފުރުބަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ފްރަޓޭސީއެވެ. ޔުވެންޓަސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 76 ވަނަ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ހުޅުވާލަން ތައްޔާރުވެފައި ވަނިކޮށް ސިންގަޕޫރުގެ ކޯވިޑް ކޭސްތަކުގެ އަދަދު މަތިވެ، ސަބަބު ދެނެގަންނަނީ ކޯވިޑް-19 އިން އަރައިގަނެވި ސިންގަޕޫރު ހުޅުވުމަށް ތައްޔާރުވެފައި ވަނިކޮށް އަނެއްކާވެސް އެގައުމުގައި ކޯވިޑް ކޭސްތައް އިތުރުވާން ފަށައިފިއެވެ. ސިންގަޕޫރުގެ ހެލްތް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި ކުއްލި އަކަށް ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވެ، ދުވާލެއްގެ މައްޗަށް 5،324 މީހުން ވަނީ އެބަށްޔަށް ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. ކޯވިޑް އެންމެ ކުރިން ފެތުރިގެން އައި އިރާއި އަޅާބަލާއިރު، މިދުވަސްވަރު ޕޮޒިޓިވްވާ މީހުންގެ އަދަދު މާބޮޑުތަން އިތުރުވެފައިވާކަން ސިންގަޕޫރުގެ ހެލްތް މިނިސްޓްރީއިން... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ރާއްޖެ ރައީސް ސޯލިހާއި، ރައީސް މައުމޫން ބައްދަލު ކުރައްވައިފި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއި، ކުރީގެ ރައީސް އަދި އެމްއާރުއެމްގެ ޒަޢީމް މައުމޫން އަބުދުލްޤައްޔޫމް ޑުބާއީގައި ބައްދަލު ކުރައްވައިފިއެވެ. ދެ ރައީސުން ޑުބާއީގައި ބައްދަލުކުރަށްވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވި ނަމަވެސް، އިތުރު ތަފްސީލެއް އަދި ނުދެއްވައެވެ. ރައީސް ޞާލިޙްގެ ދެކަނބަލުން ޔޫއޭއީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ދުބާއީ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގެންނެވުމަށް އެޤައުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ ދެކަނބަލުންގެ އަރިހުގައި ސަރުކާރު... ޔުމްނާ ޢަލީ · 5 އަހަރު ކުރިން