ތިލަދުންމަތީ ޚަބަރު ދިއްދޫ "ރަށްސިގަނޑު" ޕާކް ހުޅުވައިފި “ރަށްސިގަނޑު” ގެ ނަމުގައި ހއ. ދިއްދޫގައި ކޮމިއުނިޓީ ޕާކެއް ހުޅުވައިފިއެވެ. އެރަށު އަތިރިމަތީގައި ގާއިމްކުރި މި ޕާކް ހުޅުވާދެއްވީ ދިއްދޫ ފެނަކަ ބްރާންޗްގެ ސްޓޭޝަން އިންޗާރގް މުހައްމަދު ނައީމެވެ. އެގޮތުން މި ޕާކް ތަރައްގީކޮށްފައި ވަނީ ދިއްދޫގައި ގިނަ އިޖްތިމާއީ މަސައްކަތްތަކެއް ކުރަށްވަމުން އަންނަ އެރަށުގެ މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުންނެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑަށް އެ ކްލަބުން ހުށަައެޅި ޕްރޮޕޯސަލް ކާމިޔާބުވެ، އެ ފަންޑްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ... އައިޝަތު ނަސާޔާ · 5 އަހަރު ކުރިން
ރާއްޖެ ބަޖެޓް 2022: 160 ޑޮކްޓަރުންނާއި، 200 އަށްވުރެ ގިނަ ނަރުހުން އިތުރުކުރަން ހިމަނައިފި ސިއްހީ ހިދުމަތްތެރިން މަދުވުމުގެ ސަބަބުން އެންމެ އެކަށީގެންވާ ފަރުވާދިނުމަށް އެޅޭ ހުރަސްތަކަށް ޙައްލު ހޯދުމަށް 160 ޑޮކްޓަރުންނާއި، 200 އަށްވުރެ ގިނަ ނަރުހުން އިތުރުކުރަން އަންނަ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފިއެވެ. މިއަދު ރައްޔިތުންގެ މަޖިލިސްއަށް އަންނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭން މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވީ، ޞިއްޙީ ދާއިރާގައި ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ، ރައްޔިތުންނާ ގާތުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. މި... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ އަންހެނުންގެ ކޮމިޓީން ކުރިއަށް ގެންދިޔަ މޭކަޕް ކޯސް ނިންމާލައިފި ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިޔަ މޭކަޕް ކޯސް ނިންމާލައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ސިޓީގައި ކުރިއަށް ގެންދިޔަ މި ކޯހަކީ ކާމިޔާބު ކަމާއެކު ނިންމާލެވުނު ކޯހެއްކަމަށް އެ ކޮމެޓީން ވަނީ ވިދާޅުވެފައެވެ. މި ކޯސް ފަށާފައިވަނީ މި އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހުއެވެ. މި ކޯހުގައި ކިޔަވާދީފައި ވަނީ ބްލަޝް ސެލޫންގެ ތަޖުރިބާކާރު ދެ ބޭފުޅުންނެވެ. މި ކޯހަކީ […] އައިޝަތު ނަސާޔާ · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ދުނިޔެ ގަބޫލްކުރާ ޓެކްސްގެ އޮނިގަނޑެއް އޮންނަން ޖެހޭކަމަށް "ޖީ 20" ގައުމުތަކުގެ ލީޑަރުން އެއްބަސްވެއްޖެ ދުނިޔެ ގަބޫލްކުރާ ޓެކްސްގެ އޮނިގަނޑެއް އޮންނަން ޖެހޭކަމަށް ޖީ20 ސަމިޓްގައި، “ޖީ 20″ގެ ލީޑަރުން އެއްބަސްވެއްޖެއެވެ. މިހާރު އިޓަލީގެ ރޯމްގައި ކުރިއަށްދާ ޖީ20 ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި 20 ލީޑަރުންގެ އިއްތިފާގުން، ދުނިޔެ ގަބޫލުކުރާ ޓެކްސް އޮނިގަނޑެއް އޮންނަން ޖެހޭ ކަމަށް އެއްބަސްވެ، ބޮޑެތި ވިޔަފާރިތަކުން ޓެކުހުން ރެކެން މަސައްކަތްކުރި ނަމަވެސް އުސޫލީ ގޮތުން އެ ވިޔަފާރިތަކުން އަމަލުކުރަން ޖެހޭ އަމުރެއް އޮތުމަކީ މުހިއްމުކަމެއްކަމަށް ހުރިހާ ލީޑަރުންވެސް ވަނީ ފާހަގަކުރައްވާފައެވެ. ދުނިޔޭގެ ތިމ... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތީމު "ވިންގާސް"އިން އެރަށުގެ ބަނދަރުގައި ރަށުގެ މުހިންމު ތަންތަން އަންގައިދޭ ބޯޑެއް ހަރުކޮށްފި ހއ. އުތީމުގެ މަގުތަކުގައި ނަންބޯޑު ތަކެއްގެ އިތުރުން ޒަމާނީ ފެންވަރަކަށް ހަދާފައިވާ އެރަށުގެ މައުލޫމާތުތައް ހިމެނޭ ބޯޑެއް ބަނދަރު ސަރަހައްދުގައި ހަރުކޮށްފިއެވެ. މި ހަރަކާތަކީ އެރަށުގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ “ވިންގާސް” ޖަމްއިއްޔާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިންގާސް ޖަމްއިއްޔާގެ މެންބަރު، މުޙައްމަދު ބަޝީރު ވިދާޅުވީ މި ޕްރޮޖެކްޓްއަކީ ރަށަށް އަންނަ މެހެމާނުންނަށް ރަށުގެ ހާއްސަ ތަންތަނަށް ޒިޔާރަތް ކުރުމަށް އެހީތެރި ވުމ... އައިޝަތު ނަސާޔާ · 5 އަހަރު ކުރިން
ރާއްޖެ ބަޖެޓް 2022: ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާގެ ހިލޭ އެހީ ލޯކަލް ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދިނުމަށް އަންނަ އަހަރަށް ލާފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ. 2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް މިއަދު ވަނީ ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅާފައެވެ. މި ބަޖެޓް ހުށަހަޅުއްވާ ދެއްވީ ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރެވެ. ލޯކަލް ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓު ހިލޭ އެހީދޭ ގޮތަށް ހަމަޖެއްސީ މިސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހުއެވެ. މިގޮތުން ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދިނުމުގެ އިނ... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ ކެތިއަރާ މަސްރޭހުގެ ޗެމްޕިއަންކަން ޓީމް ހުސްއަނގަ އަދި ޓީމް ސީހޯސްއަށް ހދ. ހަނިމާދޫ ކެތިއަރާ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ބޭއްވި “ކެތިއަރާ މަސްރޭސް 2021” ގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް ހުސްއަނގަ އަދި ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ޓީމް ސީ ހޯސް ހޯދައިފިއެވެ. ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މަސްރޭހުގެ އަންހެން ކެޓަގަރީގެ ރޭސް ބާއްވާފައި ވަނީ 29 އޮކްޓޯބަރ 2021 ވީ ހުކުރު ދުވަހުއެވެ. ފިރިހެން ކެޓަގަރީގެ މަސް ރޭސް ބާއްވާފައި ވަނީ 30 އޮކްޓޯބަރ 2021 ވީ ހޮނިހިރު ދުވަހުއެވެ. ފިރިހެން […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ވިޔަފާރި 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ. މިއަދު މަޖިލީހަށް މި ބަޖެޓު ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ މިއަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 88 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކޮށްފައިވާއިރު 657 މިލިއަން ޑޮލަރަށް ރިޒާވް އިތުރުކުރަން [... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވާހަކަ ރަސްގެފާނާއި ހަކީމު: މައްސަލަ ހައްލުކުރާކަށް ނުވާނެއެވެ. އެއްސަހަރެއްގައި އުޅުއްވި ރަސްކަލެކެވެ. އެ ރަސްގެފާނުގެ ޚާއްޞަ ހަކީމަކު (ޑޮކްޓަރަކު) ހުރެއެވެ. އާލާސްކަންފުޅެއް ޖެހިއްޖެނަމަ މުޅީން ވެސް ބޭސްފަރުވާ ކުރައްވަނީ މި ދެންނެވި ހަކީމެވެ. އެކަމަށް ވަރަށް ބޮޑު އުޖޫރައެއް ދެއްވައެވެ. ރަސްގެފާނުގެ އިސްތަށިފުޅުގައި ރިއްސާތީ މި ދެންނެވި ހަކީމު ބޭސްފަރުވާ ކުރާތާ އެތައް ދުވަހެކެވެ. މުޅީން ފަސޭހަފުޅެއް ނުވެއެވެ. މިހެން މިކަން ދަނިކޮށް އެއް ދުވަހަކު ރަސްގެފާނުގެ އިސްތަށިފުޅުގެ އާލާސްކަންފުޅު މާބޮޑުވެގެން އަނެއްކާ ވެސް ހަކީމު ބަލައި ފޮނުއްވިއެވެ. އެ ދުވަހު ހަކީމ... ޢަބްދުﷲ ސަޢީދު · 5 އަހަރު ކުރިން
ކުޅިވަރު ޗެލްސީ މޮޅުވެ ލިވަޕޫލް އެއްވަރުވެ ސިޓީ ބަލިވެއްޖެ އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ޗެލްސީއާއި ނިއުކާސަލް ބައްދަލުކުރި މެޗުން ޗެލްސީ މޮޅުވިއިރު، ލިވަޕޫލާއި ބްރައިޓަން ބައްދަލުކުރި މެޗު އެއްވަރުވެ، މެންޗެސްޓާ ސިޓީއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗުން ސިޓީ ބަލިވެއްޖެއެވެ. ނިއުކާސަލްގެ ދަނޑުގައި ކުޅުނު މެޗު ޗެލްސީން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ދެވަނަ ހާފުގައި ޗެލްސީން ވަނީ ތިން ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 65 ވަނަ މިނެޓުގައި ރީސް […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ކުޅިވަރު އެލްޗޭ ބަލިކޮށް ރެއާލް އެއްވަނައަށް ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި އެލްޗޭ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. އެލްޗޭގެ ދަނޑުގައި ހޮނިިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި ނަތާޖާއާއިއެކު ރެއާލަށް ވަނީ ކުޅުނު 11 މެޗުން ލިބުނު 24 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ދެވަނާގައި އޮތް ރެއާލް ސޮސިއެޑާޑްއަށް ވެސް 11 މެޗުން 24 ޕޮއިންޓް ލިބިފައިވީ ނަމަވެސް ރެއާލަށް އެއްވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. މި މެޗުން ބަލިވި […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ބޮޑު ތިލަދުންމައްްޗަށް ވައިޓް އެލާޓް ނެރެފި ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ބޮޑު ތިލަދުންމައްްޗަށް ވައިޓް އެލާޓް ނެރެފި އެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ށ. އަތޮޅުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައިވަނީ މިރޭ 20:30 އިން ދަންވަރު 00:30 އާއި ހަމަ އަށެވެ. Alert white for heavy rain & thunderstorms pic.twitter.com/aLgQqb5k5m — Maldives Meteorology (@MetMaldives) October 30, 2021 މޫސުމާ ގުޅިގެން […] އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނެއްލައިދޫގައި ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ހދ. ނެއްލައިދޫ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ރައްޔިތުންނަށް ހާއްސަ ކޮށްގެން ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮޮގްރާމަކީ، ނެއްލައިދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ނެއްލައިދޫ ސްކޫލް އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ދަރުސް ދެއްވާފައިވަނީ ދީނީ ޢިލްމުވެރިޔާ އައްޝައިހް މުޙައްމަދު ޝާހިދެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ނެއްލައިދޫ ކައުންސިލްގެ ނައިބް... އައިޝަތު ނަސާޔާ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބޮޑު ތިލަދުންމަތީގެ 6 ރަށް ހިމެނޭހެން 20 ރަށަކަށް އެންބިއުލާންސް ފޮނުވައިފި ބޮޑު ތިލަދުންމަތީގެ 6 ރަށް ހިމެނޭހެން 20 ރަށަކަށް އެންބިއުލާންސް ފޮނުވައިފި އެވެ. ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އާއި ހަވާލުކޮށްގެން ގެނައި މި އެމްބިއުލާންސްތައް ފޮނުވާފައިވާ ހއ. އަތޮޅުގެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. އުލިގަމާއި ފިއްލަދޫ އެވެ. ހދ އަތޮޅުން ހިމެނެނީ ހދ. މަކުނުދޫ އާއި ހދ. ނޮޅިވަރަމެވެ. ށ. އަތޮޅުން ފޮނުވީ ފޯކައިދޫއާއި މަރޮއްޓަށެވެ. މީގެ އިތުރުން އެންބިއުލާންސް ފޮނުވާފައި ވަނީ ނ. މިލަދޫއާއި އެއަތޮޅު ހެނބަދޫއަށެވެ. ރ. އިނގުރައިދޫ، ޅ. ކުރެންދޫ، […] އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ. އަތޮޅު ހޮސްޕިޓަލުގައި ދަރިމައިވުމުގެ ހޯމޯން ޓެސްޓު ހެދުމުގެ ހިދުމަތް ފަށައިފި ހއ. އަތޮޅު ހޮސްޕިޓަލުގައި ދަރިމައިވުމުގެ ހޯމޯން ޓެސްޓް ހެދުމުގެ ޙިދުމަތް ދޭން ފަށައިފިއެވެ. އެ ހޮސްޕިޓަލުން “ތިލަދުން” އަށް މައުލޫމާތު ދެއްވިގޮތުގައި މިއަދު ހެނދުނު 8 ޖެހި އިރު މި ޙިދުމަތް ދޭން ފަށާފައި ވާއިރު ހަފްތާ ގެ ކޮންމެ ދުވަހެއްގެ ވެސް ލެބޯޓްރީ ހުޅުވިފައި ހުންނަ ގަޑިތަކުގައި މި ޚިދުމަތް ލިބެމުން ދާނެއެވެ. އެގޮތުން މި ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފާއިތުވި 1 އަހަރު ތެރޭގައި ކުރެވުނު މަސައްކަތުން ހުރިހާ ވަސީލްތަތައް ހަމަވެފައިވަނީ މިދިޔަ ބުދަ […] އައިޝަތު ނަސާޔާ · 5 އަހަރު ކުރިން