ކުޅިވަރު އަގުއެރޯ ތިންމަހަށް ކުޅުމާ ދުރަށް ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް އަގުއެރޯ ތިންމަހަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ. ސްޕެނިޝް ލަލީގާގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބާސެލޯނާއާއި ޑިޕޯޓިވޯ އަލަވޭސް ބައްދަލުކޮށް 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވި މެޗުގެ 39 ވަނަ މިނެޓުގައި އަގުއެރޯގެ މެއަށް އުނދަގުލެއް ވެގެން ދަނޑުމަތީ ހަތަރުވަރަކަށް މިނެޓު ފަރުވާ ދިނުމަށް ފަހު އޭނާ ވަނީ ބަދަލުކޮށްފައެވެ. އެއަށްފަހު އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްފައެވެ. މިކަމާއި ގުޅިގެން ބާސެލޯނާއިން ނެރެފައިވާ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަކުނުދޫގެ ކުޑަކުދިންގެ ޕާކްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ ހދ.މަކުނުދޫގައި ހެދުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މަކުނުދޫ ކައުންސިލުން 31 އޮކްޓޯބަރ 2021 ގައި ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ އެ ރަށުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާކަމަށެވެ. މިގޮތުން މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 10 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:0... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓޮންގާއިން ފުރަތަމަ ކޮވިޑް ކޭސްއެއް، އެއްގޮތަކަށްވެސް އަސަރު ނުކޮށް އޮތީ ދެގައުމެއް! ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ޓޯންގާއިން ފުރަތަމަ ފަހަރަށް ކޯވިޑް19 އަށް މީހަކު ޕޮޒިޓިވްވެ ވެއްޖެ އެވެ. 160 ރަށުގެ މައްޗަށް އެކުލެވޭ މި ޖަޒީރާ ގައުމުން ޕޮޒިޓިވްވެފައިވަނީ ނިއުޒީލެންޑް އިން އެގައުމަށް ދަތުރުކުރި އެގައުމުގެ ފާދިރީ އެކެވެ. އެމީހާ ދަތުރު ކުރި ބޯޓުން 200 މީހުން ވަނީ އެގައުމަށް ދަތުރުކޮށްފަ އެވެ. އެމީހާއަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހެކެވެ. މިހާރު އެމީހާ ހުރީ ޓޮންގާގެ ހޮޓަލެއްގައި ކަރަންޓީންކުރެވިފަ އެވެ. މިކޭސް ފެނުމާއިއެކު އެގައުމުގެ 70% މީހުން ދިރިއުޅެމުން އަންނަ ވެރި... އަލީ އާދިލް · 5 އަހަރު ކުރިން
ވިޔަފާރި ގުޅީފަޅު ބިން ހިއްކައި ނިމިއްޖެ ކ. ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ނިމިފައި ވަނީ 13 ސެޕްޓެމްބަރ 2021 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން 1.8 ހެކްޓަރުގެ ސަރަޙައްދެއްގެ ބިންހިއްކާފައިވާއިރު ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 183 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއެވެ. މިއީ 8.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ސްކޫލެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުޙުމަތުގައި 63 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފި މާލޭގެ ސްކޫލެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުޙުމަތުގައި 63 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފި އެވެ. މީޑިޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެމީހާ ހައްޔަރުކޮށްފައިވަނީ މިރޭކަމަށެވެ. އެމީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. މާލޭ ޕްރީ ސުކޫލެއްގައި ދަރިވަރަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުޖުމަތު ކުރަނީ އެސުކޫލުގައި މަސައްކަތް ކުރަމުން އަންނަ މަސައްކަތު މީހަކަށެވެ. މިމައްސަލަ ފެންމަތިވިއިރު ކުލާސް ޓީޗަރަށް ކުއްޖާ ހަވާލުކުރެވުނު، މަސައްކަތު މީހާ ނޭނގުމުގެ ސ... އަލީ އާދިލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބަޖެޓް 2022: ހދ. އަތޮޅު 12 ރަށުގައި އަލަށްފަށާ 29 މަޝްރޫޢުއެއް އަންނަ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި، ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ހދ. އަތޮޅުގެ 12 ރަށުގައި އަލަށް 29 މަޝްރޫޢުއެއް ހިންގަން ހިމަނައިފިއެވެ. މިގޮތުން ފިނޭންސް މިނިސްޓްރީން އާންމު ކުރަށްވާފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފޮތުގައި ހދ. އަތޮޅުގެ 12 ރަށުގައި އަންނަ އަހަރު ފެށުމަށް އަލަށް ހިމެނި މަޝްރޫޢުތަތަކީ، ހދ. ހަނިމާދޫ ހަނިމާދޫ ހޮސްޕިޓަލްގެ އައު އިމާރާތް (އަލަށްފަށާ)، 6،592،584 ރުފިޔާ ހަނިމާދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިން […] ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީގައި ތަމްރީން ކުރާ މުވައްޒަފުންނާ އާޒިމް ބައްދަލު ކުރައްވައިފި ހދ. ކުޅުދުއްފުށީގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތަންރީން ކުރަމުން އަންނަ މުވައްޒަފުންނާ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްދަލު ކުރައްވައިފިއެވެ. އާޒިމް މި މުވައްޒަފުންނާ ބައްދަލު ކުރެއްވީ މިއަދު އެރަށަށް ޒިޔާރަތް ކުރައްވައެވެ. މި މުވައްޒަފުންނަކީ އެމްޓީސީސީގެ “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ގައި މަސައްކަތް ކުރުމަށް ތަމްރީން ވަމުން އަންނަ މުވައްޒަފުންނެވެ. މުޅި ރާއްޖެ އެއް ފެރީ ނެޓްވޯކަކުން ގުޅާލުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ތ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އާ އެންބިއުލާންސެއް ލިބުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް: ފޯކައިދޫ ސިއްހީ މަރުކަޒު ސަރުކާރުން ށ. ފޯކައިދޫއަށް ފޮނުވި އާ އެންބިއުލާންސެއް މިއަދު އެރަށަށް ލިބިއްޖެއެވެ. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އާއި ހަވާލުކޮށްގެން ގެނައި މި އެމްބިއުލާންސްތައް ރަށްތަކަށް ފުރުވާލީ ނިމުނު އޮކްޓޯބަރުގެ 30 ވަނަ ދުވަހުއެވެ. 20 ރަށަކަށް ފޮނުވި މި އެމްބިއުލާންސްތައް ރަށްތަކަށް މިހާރު ފޯރަމުންދާއިރު، މީގެތެރޭގައި ފޯކައިދޫ ހިމެނޭހެން ބޮޑު ތިލަދުންމަތީގެ 6 ރަށެއް ހިމެނެއެވެ. ފޯކައިދޫއަށް ފޮނުވި އެމްބިއުލާންސް ލިބުމާގުޅިގެން ފޯކައިދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، ރައްޔިތުން... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ވިޔަފާރި އެމްފައިސާ މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިންނަށް އެހީވެވޭނެ އުރީދޫގެ ޑިޖިޓަލް ވޮލެޓް، އެމްފައިސާ މެދުވެެރިކޮށް ބިދޭސީ މަސައްލަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދެވޭ ގޮތް ހަދައިފިއެވެ. މި އެހީތެރިކަން ފޯރުކޮށްދެވޭނީ ބިދޭސީ މަސައްލަތްތެރިންގެ ހައްގުގައި މަސައްކަތް ކުރާ މައިގްރެންޑް ވޯކާސް މޯލްޑިވްސް (އެމްޑަބްލިއުޑަބްލިއު) ޖަމިއްޔާއާ އުރީދޫ މޯލްޑިވްސްއާ ދެމެދު ވެވުނު ޕާޓްނާޝިޕްގެ ދަށުންނެވެ. މި ޕާޓްނާޝިޕްގެ ދަށުން އެމްފައިސާ ކަސްޓަމަރުންނަށް މިހާރު އެ ޖަމިއްޔާއަށް ޑޮނޭޓް ކުރެވޭނެއެވެ. މި ޖަމިއްޔާގެ އިތުރުންވެސް ރާއްޖޭގެ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަނެގަތުމަށް ހަދާ ދިރާސާއާއި ގުޅޭގޮތުން މަޝްވަރާކޮށްފި މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެކުލަވައިލައްވާފައިވާ ރީސަރޗް ގުރޫޕުގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްދަލުކުރައްވާ، މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި މަޝްވަރާގައި މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދެނެގަތުމަށް ހަދާ ދިރާސާއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވ... ޝިއުނާ އާދަމް · 5 އަހަރު ކުރިން
ރާއްޖެ އެމްއެންޕީގެ މެންބަރުންނަށް މަޖިލީހުގެ 7 ކޮމެޓީއަކުން ޖާގަ ހަމަޖައްސައިފި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ މަޖިލިސް މެންބަރުންނަށް މަޖިލީހުގެ ކޮމެޓީތަކުން ފުރުސަތުދީފިއެވެ. މިގޮތުން މަޖިލީހުގެ 7 ކޮމެޓީއަކުން ވަނީ މަޖިލީހުގައި ހިމެނޭ އެމްއެންޕީގެ 3 މެންބަރުންނަށް ފުރުސަތު ދީފައެވެ. އެ ޕާޓީގެ މެމްބަރުންގެ ނަންތައް މަޖިލީހުގެ ރިޔާސަތުން، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދު ﷲ މި އަދުގެ ޖަލްސާގައި ވަނީ އިއުލާންކުރައްވާފަ އެވެ. އެ ނަންތައް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 34 މެމްބަރުންގެ ވޯޓާ އެކުއެވެ. އެމްއެންޕީގެ މެންބަރުންނަށް ޖާގަދިން ކޮމެޓީތައް ދަނގެތީ ދާއިރ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބަޖެޓް 2022: ކުޅުދުއްފުށީ ސިޓީގައި އަލަށްފަށާ 8 މަޝްރޫޢުއެއް އަންނަ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި، ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ކުޅުދުއްފުށީ ސިޓީގައި އަލަށް 8 މަޝްރޫޢުއެއް ހިންގަން ހިމަނައިފިއެވެ. މިގޮތުން ފިނޭންސް މިނިސްޓްރީން އާންމު ކުރަށްވާފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފޮތުގައިވާ ގޮތުން އަންނަ އަހަރު އެ ސިޓީގައި ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ޖުމްލަ 98،056،367 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ކުޅުދުއްފުށީ ސިޓިގައި އަލަށް ފަށަން ހިމަނާފައިވާ 8... ޙުސައިން ޝަހުދީ · 5 އަހަރު ކުރިން
ރާއްޖެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އިލްތިމާސްއެއް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑުންް އިލްތިމާސް ކޮށްފި އެވެ. އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ، މޫސުމާއި ބެހޭ ގައުމީ އިދާރާ އިން، ކުރިއަށް އޮތް 3 ދުވަހު ވިއްސާރަވެ، ވަޔާއި ކަނޑުގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އިލްތިމާސް ކުރާކަމަށެވެ. މިގޮތުން ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށާއި، ދަތ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ބަނދަރުތެރެއަށް ދޯނިއަޅަން ބޭނުންކުރާ ވައު ދޫކޮށްފައި ނުދިއުމަށް އެދިއްޖެ ހދ. ކުޅުދުއްފުށީ ލޯކަލް ބަނދަރުން އޮޑިދޯނިފަހަރު ފުރާއިރު ދޯނި އަޅަން ބޭނުންކުރި ވައު ބަނދަރު ތެރެއަށް ދޫކޮށް ފުރައިގެން ނުދިޔުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއިން އިލްތިމާސް ކޮށްފިއެވެ. މިކަމާއި ގުޅިގެން މިދިޔަ މަހު 28 ވަނަ ދުވަހު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ކުޅުދުއްފުށި ލޯކަލް ބަނދަރުގެ ޖެޓީގައި އުޅަނދުފަހަރު އެޅުމަށް ބޭނުންކުރާ ވައު، އުޅަނދުފަހަރު ދުރުކުރުމަށްފަހު މޫޓުތަކަށް އައްސާ ފަޅުތެރެއަށް ދޫކޮށް ފުރައިންދާ ކަން ވަނީ އެ އިދާރާއަށް ފާހަގަ ކުރެވިފައިވާ ކ... އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ބައިނަލްއަގުވާމީ މިދިޔަ މަހު ދުބާއީއަށް 2 މިލިއަނަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފި މިދިޔަ މަހު 185 ގައުމަކުން 2 މިލިއަނަށްވުރެ ގިނަ މީހުން ދުބާއީ އަށް ޒިޔާރަތްކޮށްފި އެވެ. މިހާގިނަ އަދަދެއްގެ ބަޔަކު މިދިޔަ މަހު ދުބާއީއަށް ޒިޔާރަތްކުރީ ދުބާއީ އެކްސްޕޯ 2020 އަށެވެ. އޮކްޓޫބަރު މަހުން ފެށިގެން ދުބާއީގައި ކުރިއަށްދާ ދުބާއީ އެކްސްޕޯ 2020 އަށް ބޮޑު ތަރުހީބެއް ލިބި، މިހާތަނަށް އެކްސްޕޯއަށް ޒިޔާރަތްކޮށްފައިވާ މީހުންގެ އަދަދު 2،350،868 އަށް އަރާފައިވާކަމަށް ދުބާއީ އެކްސްޕޯ 2020ގެ ކޮމިއުނިކޭޝަންސްގެ އިސްވެރިޔާ އަދި ނައިބު ރައީސް ސްކޮނައިޑް މެކް ގީޗިން ވަނީ […] އަޒްފާ ރަޝީދު · 5 އަހަރު ކުރިން