މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މިފަހަރު ވެސް ޔުނައިޓެޑް ސަލާމަތް ކޮށްދިނީ ރޮނާލްޑޯ

މިފަހަރު ވެސް ޔުނައިޓެޑް ސަލާމަތް ކޮށްދިނީ ރޮނާލްޑޯ

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ގްރޫޕް އެފްގައި މެންޗެސްޓާ ޔުނައިޓެޑާއި އެޓަލާންޓާ ބައްދަލުކުރި މެޗުން، ޔުނައިޓެޑް ބަލިވާން ދަނިކޮށް މެޗުގެ ފަހުވަގުތުގައި ރޮނާލްޑޯ ޖެހި ލަނޑުން އެ ޓީމް ބަލިނުވެ ސަލާމަތް ވެއްޖެއެވެ. މި މެޗު ނިމިގެން ގޮސްފައިވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. އެޓަލާންޓާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗުގައި ފުރަތަމަ ލަނޑު ޖަހައި […]

އިބްރާހިމް ޚަލީލް
ބިލެއްފަހި ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް ނިމިއްޖެ

ބިލެއްފަހި ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް ނިމިއްޖެ

ށ. ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށިލުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަސައްކަތް ނިމިފައި ވަނި މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. މިއާއެކު އެ މަޝްރޫއުގެ 53 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ހާބަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ […]

އަޙްމަދު ވަހީދު
ދިވެހިން 'ކްލައިމެޓް ރެފިއުޖީން' ނަށް ވުމުގެ ބިރު އެބައޮތް

ދިވެހިން 'ކްލައިމެޓް ރެފިއުޖީން' ނަށް ވުމުގެ ބިރު އެބައޮތް

ދިވެހިން ‘ކްލައިމެޓް ރެފިއުޖީން’ ނަށް ވުމުގެ ބިރު އެބައޮތް ކަމަށާއި، ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކެކޭ އެއްފަދައިން، ދިވެހިންނަށްވެސް ދިރިއުޅުމަށް ރައްކާތެރި މާހައުލެއް ލިބުން ޙައްޤުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ރޭ “ކޮޕް26″ގެ ހަވާސާގައި ކުރިއަށްދިޔަ ކޮމަންވެލްތް ލީޑަރސް އެޓް ދަ ވޯރލްޑް ލީޑަރސް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ ނޭދެވޭ އަ...

ޔުމްނާ ޢަލީ
ކޯވިޑް ބަލީގައި ދުނިޔެއިން މަރުވި މީހުންގެ އަދަދު 5 މިލިއަން ފަހަނައަޅައިފި

ކޯވިޑް ބަލީގައި ދުނިޔެއިން މަރުވި މީހުންގެ އަދަދު 5 މިލިއަން ފަހަނައަޅައިފި

މުޅި ދުނިޔޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކޯވިޑް-19 ބަލީގައި މަރުވި މީހުންގެ އަދަދު 5 މިލިއަނަށް ފަހަނަ އަޅައިފިއެވެ. މިއީ ދެ އަހަރަށް ވުރެ ކުރު މުއްދަތެއްގައި ކޯވިޑްގައި މަރުވެފައިވާ މީހުންގެ އަދަދު ކަމަށް ރެކޯޑުތަކުން ދައްކައެވެ. މި ވައިރަސް ފެތުރެން ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކޮށްފައިވާއިރު، މިހާތަނަށް މުޅި ދުނިޔޭގެ 248 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ މި ވައިރަސް ޖެހިފައެވެ. އަދި 5,025,815 މީހުން ވަނީ […]

އަޒްފާ ރަޝީދު
އިތިއޯޕިއާގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފި

އިތިއޯޕިއާގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފި

އިތިއޯޕިއާގައި ގައުމީ ފެންވަރުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފިއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވަނީ، ޓިގްރަޔަންގެ ހަނގުރާމަވެރިން އެގައުމުގެ ވެރިކަންކުރާ އަޑިސް އަބާބާއާއި ދިމާއަށް މިސްރާބު ޖަހާފައިވާކަމަށާއި އެގައުމުގެ އަމްހާރާ ރީޖަންގެ ދެ ޓައުންއެއް ހިސޯރުކޮށްފައިވާކަމަށްބުނެ އިޢުލާންކުރުމާއި ގުޅިގެންނެވެ. އިތިއޯޕިއާގެ ގައުމީ މީޑިއާ އާއި ހަވާލާދީ ބައިނައްލަޤްވާމީ މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި އެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާކަމަށް ސަރ...

އަޒްފާ ރަޝީދު
ހދ. އަތޮޅު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އިބްރާޙީމް ޢުމަރު

ހދ. އަތޮޅު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އިބްރާޙީމް ޢުމަރު

ހދ. އަތޮޅު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް، ކުޅުދުއްފުށި ސިޓީ އަލްފާ، އިބްރާޙީމް ޢުމަރު އައްޔަނުކޮށްފިއެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ލޯކަލް ކައުންސިލްގެ އިދާރާތަކުގެ ސިވިލް ސަރވިސް އެންމެ އިސްވެރިޔާގެ ގޮތުގައި އައްޔަންކުރުމަށް ޤާނޫނުގައި ބަޔާންކުރާ ލޯކަލް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުތަކަށް 34 ފަރާތެއް އިއްޔެ އައްޔަނުކޮށްފައެވެ. ހދ. އަތޮޅު ކައުންސިލުގެ ސެކ...

ޔުމްނާ ޢަލީ
އެމްއެންޕީ ތިލަދުންމަތީގެ 3 ރަށަކަށް

އެމްއެންޕީ ތިލަދުންމަތީގެ 3 ރަށަކަށް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ތިލަދުންމަތީގެ 3 ރަށަކަށް ކުރާ ދަތުރެއް މިއަދު ފަށައިފިއެވެ. އެމްއެންޕީގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމާއި، އެ ޕާޓީ ބައެއް ނަައިބު ރައީސުންނާއި، ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން މި ދަތުރުކުރުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. މި ދަތުރުގެ ފުރަތަމަ މަންޒިލެއް ގޮތުން ހަނިމާދޫއަށް ގޮސްފައިވާއިރު، އެ ރަށުން އެ ޕާޓީއާއި އަލަށް ގުޅުނު މެންބަރުންގެ ފޯމްތައް ޕާޓީގެ ރައީސް ނާޒިމާއި ވަނީ ހަވާލުކޮށްފައެވެ. މި ދަތުރުގެ ދެވަނަ މަންޒިލެއްގެ […]

އަލީ އާދިލް
ކާބުލްގެ މިލިޓަރީ ހޮސްޕިޓަލަކަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާތަކެއްގައި 19 މީހަކު މަރުވެއްޖެ

ކާބުލްގެ މިލިޓަރީ ހޮސްޕިޓަލަކަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާތަކެއްގައި 19 މީހަކު މަރުވެއްޖެ

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އެންމެ ބޮޑު މިލިޓަރީ ހޮސްޕިޓަލަކަށް އަމާޒުކޮށްދީފައިވާ ބޮމުގެ 2 ހަމަލައެއްގައި 19 މިހަކު މަރުވެއްޖެއެވެ. ބޮމުގެ ހަމަލާއާއި ގުޅިގެން 19 މީހުން މަރުވެ 43 މީހަކަށް އެކި ވަރުގެ އަނިޔާތައްވެފައިވާކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓަރު ހާމަކޮށްފައިވެއެވެ. ސަރުކާރުގެ ތަރުޖަމާނުގެ އިތުރުން މަންޒަރުދުށް ފަރާތްތަކާއި ހަވާލާދީ ބައިނައްލަޤްވާމީ ޚަބަރުތައް ބުނާ ގޮތުންނަމަ، 2 ފަހަރަކަށް ބޮން ގޮވި އަޑު އިވިފައިވާކަމަށް ބުނެފައިވެއެވެ. ބޮން ގޮއްވާލާފައިވަނީ 400 އެނދު...

އަޒްފާ ރަޝީދު
ހިޔާ ފްލެޓުތަކުގައި ގޭސް ހޮޅި އަޅަން މޯލްޑިވްސް ގޭސްއާ ހަވާލުކޮށްފި

ހިޔާ ފްލެޓުތަކުގައި ގޭސް ހޮޅި އަޅަން މޯލްޑިވްސް ގޭސްއާ ހަވާލުކޮށްފި

ހިޔާ ފްލެޓުތަކުގައި ގޭސް ހޮޅި އަޅަން މޯލްޑިވް ގޭސް އާ ހަވާލުކޮށްފިއެވެ. މިއަދު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މޯލްޑިވް ގޭސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. އަދި އެޗްޑީސީން ބޫނީ މި ހޮޅިތައް ގުޅާނީ ކޮންމެ ޓަވަރެއްގެ ތިރީގައި ސްޓޯރެޖް ޔުނިޓެއް ބަހައްޓައިގެން ކަމަށެވެ. މިއީ ފްލެޓުތަކަށް ގޭސްފުޅި އަރުވާ ބޭލުމަކީ […]

އަޙްމަދު ވަހީދު
ނޮޅިވަރަމާއި މަރޮށްޓަށް ވެސް އާ އެންބިއުލާންސް ލިބިއްޖެ

ނޮޅިވަރަމާއި މަރޮށްޓަށް ވެސް އާ އެންބިއުލާންސް ލިބިއްޖެ

ހދ. ނޮޅިވަރަމަށާއި، ށ. މަރޮށްޓަށް ވެސް އާ އެމްބިއުލާންސް ލިބިއްޖެއެވެ. ސަރުކާރުން މަރޮށްޓަށް ފޮނުވި އެމްބިއުލާންސް އެރަށަށް ފޯރީ އިއްޔެއެވެ. ނޮޅިވަރަމަށް އެމްބިއުލާންސް ލިބުނީ މިއަދުއެވެ. ކޯވިޑްގެ ހިތްދަތިކަމުގައި ނޮޅިވަރަމް ބަންދުވެފައި އޮތް ދުވަސްވަރު އެރަށުގައި ކުރިން އޮތް އެމްބިއުލާންސް ހަލާކުވެފައި އޮތުމުން ވަނީ ހިތްދަތި ތަޖުރިބާއެއް ކުރަން ޖެހިފައެވެ. މިގޮތުން ބަލިމީހުން އުފުލަން އެދުވަސްވަރު ޕިކަޕް ބޭނުންކޮށްފައިވާއިރު، ސިއްހީ ޚިދުމަތްތެރިން ވެސް ސާމްޕަލް ނެގުމަށާއި، މިނޫންވެސް ރަސްމީކަން...

ޙުސައިން ޝަހުދީ
ދިއްދޫ ރައީސް ބާއްވާ ހޭންޑް ބޯލް މުބާރާތުގެ ގުރު ނަގައިފި

ދިއްދޫ ރައީސް ބާއްވާ ހޭންޑް ބޯލް މުބާރާތުގެ ގުރު ނަގައިފި

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު. އެރަށުގައި ބާއްވާ ހޭންޑް ބޯލް މުބާރާތުގެ ގުރު ނެގުން ކުރިއަށް ގެންގޮސްފިއެވެ. އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގައި 6 ޓީމަކުން ވވަނީ ބައިވެރިވެފައެވެ. އެއީ 3 އޮފީހަކުން ބައިވެރިވި 3 ޓީމަކާއި،، 3 ކްލަބް،ޖަމިއްޔާއިން ބައިވެރިވި 3 ޓީމެކެވެ. ރޭ މި މުބާރާތުގެ ގުރުނެގުން ކުރިއަށް ގެންގޮސްފައިވާއިރު މި މުބާރާތުގައި ވާދަކުރާ އޮފީސް ތަކަކީ ދިއްދޫގައި ހުންނަ ޖެންޑާ މިނިސްޓްރީގެ ހއ. އަމާންވެށީގެ ޓީމަކާއި، ދިއްދޫ ކައުންސިލް އަދި […]

އަޒްފާ ރަޝީދު
ހައިހޫނުކަން ނައްތާލަން ބޭނުންވަނީ 6 ބިލިއަން ޑޮލަރުނަމަ، ޓެސްލާގެ ސްޓޮކް ވިއްކައިގެންވެސް އެހީވާން ތައްޔާރު: އިލޮން މަސްކް

ހައިހޫނުކަން ނައްތާލަން ބޭނުންވަނީ 6 ބިލިއަން ޑޮލަރުނަމަ، ޓެސްލާގެ ސްޓޮކް ވިއްކައިގެންވެސް އެހީވާން ތައްޔާރު: އިލޮން މަސްކް

ދުނިޔޭގެ ހައިހޫނުކަން ނައްތާލުމަށް ބޭނުންވަނީ ފައިސާ ނަމަ، ޔޫ.އެންއަށް އެހީވާން ތައްޔާރަށް ހުރިކަމަށް ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި މިވަގުތު ހުރި، ޓެސްލާ ކުންފުންޏާއި އާއި ސްޕޭސް އެކްސްގެ ވެރިޔާ އިލޮން މަސްކް ބުނެފިއެވެ. އިލޮން މަސްކް މިހެން ބުނެފައިވަނީ، ޔުނައިޓެޑް ނޭޝަންސް (ޔޫ.އެން)އިން ދުނިޔޭގެ ހައިހޫނުކަން ނައްތާލުމަށް އެހީވުމަށް ދުނިޔޭގެ މުއްސަނދިންނަށް ގޮވާލާފައި ވަނިކޮށެވެ. ޔޫ.އެންގެ ވޯލްޑް ފުޑް ޕްރޮގްރާމް ހިންގުމަށް ބޭނުންވަނީ މަސްކް ފަދަ ބޮޑެތި މަހުޖަނުންގެ އެހީކަމަށް ޔޫ.އެނ...

އަޒްފާ ރަޝީދު
ކުޅުދުއްފުށީގައި އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތްތައް އާޒިމް ބައްލަވައިފި

ކުޅުދުއްފުށީގައި އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތްތައް އާޒިމް ބައްލަވައިފި

ހދ. ކުޅުދުއްފުށީގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރަމުން އަންނަ މަސައްކަތްތައް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްލަވައިލައްވައިފިއެވެ. އާޒިމް މި މަސައްކަތްތައް ބެއްލެވީ އިއްޔެ ކުޅުދުއްފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ. އެގޮތުން ރީޖަނަލް ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ފެރީ ޓާމިނަލުގެ މަސައްކަތް ކުރިއަށްދާ ގޮތް އޭނާ ބެއްލެވިއެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި އާޒިމްވަނީ އެ ކުންފުނީގެ “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ގައި މަސައްކަތް ކުރުމަށ...

އަޙްމަދު ވަހީދު
ކޭލަކުނު ކަނޑޫފާ މަރުވަމުން ދާ ދިިއުމަށް އަދިވެސް ހައްލެއް ނުލިބޭ

ކޭލަކުނު ކަނޑޫފާ މަރުވަމުން ދާ ދިިއުމަށް އަދިވެސް ހައްލެއް ނުލިބޭ

ތިލަދުންމަތީގެ ގިނަރަށްތަކަށް ދިމާވަމުންދާ ކަނޑޫފާ މަރުވުމުގެ މައްސަލަ ބޮޑުވެ ގިނަބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، އަދިވެސް މިކަމަށް އެދެވޭ ހައްލެއް ލިބިފައި ނުވާކަމަށް ބްލޫ ޕީސްއިން ބުނެފިއެވެ. ރާއްޖޭގެ ތިމާވެއްޓަށް ކުރަމުން އަންނަ ނޭދެވޭ އަސަރުތައް ދިރާސާކޮށް ރައްކާތެރިކުރުމުގެ މަސައްކަތްތައް ކުރުމަށް އުފައްދާފައިވާ ބްލޫޕީސް އިން މިގޮތަށް ހާމަކޮށް ކުރި ޓްވީޓެއްގައި ވާގޮތުގައި ކޭލަކުނުގެ ކަނޑޫފާތައް މަރުވަމުންދާ ދިއުމަށް އަދިވެސް ހައްލެއް ލިބިފައިނުވާކަމަށް ބުނެފައިވެއެވެ. އަދި 201...

އަޒްފާ ރަޝީދު
ފެނަކައިން ލ. ގަމުގެ ފަސް މިސްކިތެއްގައި ސޯލާ ޕީވީ ހަރު ކުރަނީ

ފެނަކައިން ލ. ގަމުގެ ފަސް މިސްކިތެއްގައި ސޯލާ ޕީވީ ހަރު ކުރަނީ

ލ. ގަމުގެ ފަސް މިސްކިތަކާއި އިޖުތިމާއީ މަރުކަޒުގައި ސޯލާ ޕީވީ ނިޒާމު ގާއިމު ކުރަން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ. އެ ކުންފުނިން ބުނީ، އެ މަސައްކަތް ކުރަނީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިޔާދަކުރުވަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން ނެޓްމީޓަރުގެ އުސޫލުން ކަމަށެވެ. މި ޕްރޮޖެކްޓުގެ ދަށުން ގަމުގެ ފަސް މިސްކިތަކާއި އެރަށު އިޖުތިމާއީ މަރުކަޒުގައި ޖުމްލަ 60 ކިލޯވޮޓް ޕީކްޕަވާގެ ސޯލާ ޕީވީ ހަރުކުރާނެއެވެ. މީގެ ސަބަބުން […]

އަޙްމަދު ވަހީދު