ރާއްޖެ ވައްކަމުގެ 2 މައްސަލައެއްގައި ތުހުމަތުވާ 3 މީހަކު ހޯދަނީ ވައްކަމުގެ 2 މައްސަލައަކާއި ގުޅިގެން 3 މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ. މިގޮތުން ފުރަތަމަ މައްސަލައަކީ މަސްވެރިންގެ ޕާކު ތެރޭގައި ހުރި ކޮވިޑް ފެސިލިޓީން ފޯނެއް ވަގަށް ނަގާފައިވާ މައްސަލައެކެވެ. މި މައްސަލައާއި މިދިޔަ ސެޕްޓެމްބަރ މަހުގެ 09 ވަނަ ދުވަހު މަސްވެރިންގެ ޕާކު ތެރޭގައި ހުރި ކޮވިޑް ފެސިލިޓީއިން ފޯނެއް ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތު ކުރެވޭ މީހަކު ހޯދަން ފުލުހުން ވަނީ ޢިއުލާން ކޮށްފައެވެ. ސައިކަލެއް ވަގަށް ނެގި މައްސަލައެއްގައި ދެމީހަކު ހޯދަނީhttps://t.co/RWu6MlB5YJ pic.twitt... އައިޝަތު ނަސާޔާ · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތީމު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ ހއ. އުތީމު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ފެނިއްޖެ އެވެ. އުތީމު ކައުންސިލުން ވިދާޅުވީ، އެރަށު ހުޅަނގު ފަރާތު ތުނޑިން އާސާރީ ވަޅެއް ކަމަށް ބެލެވޭ ވަޅެއް ފެނިފައިވާކަމަށެވެ. ގިރާލާފައިވާ ސަރަހައްދުން އެވަޅު ފެނިފައިވަނީ މިއަދު އެވެ. “މިވަޅު ހިމާތްޔަތް ކުރުމަށްޓަކައި އުތީމު ކައުންސިލާއި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒާއި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ގުޅިގެން މިހާރު ދަނީ މަޝްވަރާތައް ކުރަމުން.” އުތީމު ކައުންސިލުން ވިދާޅުވެފައިވެއެވެ. އުތީމް ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ރައްޔިތުންގެ ބޯހިޔާވެހިކަމަށް، ސަރުކާރުތަކުން ވަނީ ބޮޑުކޮށް އިހުމާލުވެފައި: މޭޔަރު ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ ބޯހިޔާވެހިކަމަށް ސަރުކާރުތަކުން ވަނީ ބޮޑުކޮށް އިހުމާލުވެފައިކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. އާތިފް މިހެން ވިދާޅުވެފައި މިވަނީ މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. މި ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ ޒުވާނުންގެ ދުވަހު ކުޅުދުއްފުށި ސިޓީގެ ޒުވާނުންނަށް ލިބުނު އެންމެ ބޮޑު އުފަލަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ދެއްވި ބޯހިޔާވެހިކަމުގެ އުންމީދީ ޚަބަރު ކަމަށެވެ. 2022 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ކ... އައިޝަތު ނަސާޔާ · 5 އަހަރު ކުރިން
ކުޅިވަރު ޕެނަލްޓީގައި ސައުތެމްޓަން ބަލިކޮށް ޗެލްސީ ކުއާޓާއަށް އިނގިރޭސި ލީގު ކަޕްގެ ރައުންޑް އޮފް ސިކްސްޓީންގައި އަންގާރަ ދުވަހުގެ ރޭ ޗެލްސީއާއި ސައުތެމްޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފިއެވެ. ޗެލްސީ މި މެޗު ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 4-3 ގެ ނަތީޖާއިން ސައުޓެމްޓަންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޗެލްސީން މި މެޗަށް ނުކުމެފައި ވަނީ އެ ޓީމްގެ ފުރަތަމަ އެގާރައިގަ ހިމެނިގެން އާންމުކޮށް ކުޅެމުން އަންނަ މުހިންމު […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ވޯޓު ކައިރިވުމުން ރައްޔިތުންގެ "ލޮލުގައި އަނދުން" އެޅުވުމަށް ތޮށިގަނޑުތައް ޖެހުމުން ރަށްތަކަށް ލިބޭ ގެއްލުން މާބޮޑު: ޝަހީމް ރަނގަޅަށް ދިރާސާ ނުކޮށް، ވޯޓު ކައިރިވުމުން ރައްޔިތުންގެ “ލޮލުގައި އަނދުން” އެޅުވުމަށް ތޮށިގަނޑުތައް ޖެހުމުން ރަށްތަކަށް ލިބޭ ގެއްލުން މާބޮޑުކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެ އެވެ. ވ. ފެލިދޫ ގިރާ ސަރަހައްދު ހިމާޔަތް ކޮށްދިނުމަށް އެދި ގޮވާލާ ގަރާރުގެ ކޮމެޓީ ރިޕޯޓަށް މަޖިލިސް ތަޅުމުގައި މިއަދު ބަހުސް ކުރައްވަމުން ޝަހީމް ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ވާހަކަ ދެއްކުމުން އޭރު އެކަމަށް ފާޑުކިޔައި، ހަޖޫޖަހައި ރާއ... ތިލަދުން · 5 އަހަރު ކުރިން
މަޖިލިސް 3 މެންބަރުންނާއެކު އެމްއެންޕީ މަޖިލީހުގެ ދަފްތަރަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރައްޔިތުންގެ މަޖިލިސްގެ ދަފުތަރުގައި ހިމަނައިފިއެވެ. އެ ޕާޓީ މަޖިލީހުގެ ދަފުތަރުގައި ހިމެނިކަން ޢިއުލާން ކުރެއްވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ފައްޓަވައި ދެއްވަމުން، ރިޔާސަތުން މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އެމްއެންޕީ މަޖިލީހުގެ ދަފްތަރުގައި ހިމެނިއިރު، އެ ޕާޓީ އުފެއްދުމަށް އިސްކޮށް އުޅުއްވި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ކުޅިވަރު ޓޮރީނޯ ބަލިކޮށް މިލާން އެއްވަނައަށް އިޓާލިއަން ލީގުގައި އޭސީ މިލާނާއި ޓޮރީނޯ ބައްދަލުކުރި މެޗު މިލާނުން ކާމިޔާބު ކޮށްފިއެވެ. އަންގާރަ ދުވަހުގެ ރޭ މިލާނުގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން މޮޅުވުމާއެކު މިލާނަށް ވަނީ އެ ޓީމް ލީގުގައި ކުޅުނު 10 މެޗުން 28 ޕޮއިންޓް ލިބިފައެވެ. މިވަގުތު މިލާން އޮތީ ތާވަލުގެ އެއްވަނާގައެވެ. ދެވަނާގައި 9 މެޗުން ލިބުނު 25 ޕޮއިންޓާއިއެކު އޮތީ ނަޕޯލީއެވެ. ލީގުގައި ނަޕޯލީ […] އިބްރާހިމް ޚަލީލް · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ހދ. ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމު ކުރުމަށްޓަކައި އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެގެން އިއުލާނު ކޮށްފިއެވެ. މިއީ ކުމުންދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކުރަން އިމާރާތެއް ހޯދަން ޢިއުލާންކުރި ދެވަނަ ފަހަރެވެ. މިގޮތުން ފުރަތަކުރި ޢިއުލާނަށް އެކަށޭނަ ތަރުހީބެއް ލިބިފައި ނުވާކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ފާހަގަ ކުރައްވާފައެވެ. ކުމުންދޫގައި ދިވެހި ފުލުހުންގެ ޚިދުމަތް ފެށުމަށް، އިމާރާތެއް ހޯދުމަށް އަލުން އިއުލާންކޮށްފައިވާއިރު، މި ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފ... އައިޝަތު ނަސާޔާ · 5 އަހަރު ކުރިން
ރާއްޖެ ރައީސްގެ ދެކަނބަލުން، ޔޫ.އޭ.އީ.ގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައިފި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގައި ދިރިއުޅޭ ދިވެހިންނާއި ދިވެހި ޑިޕްލޮމޭޓުންނާއި އެބޭފުޅުންގެ ޢާއިލާތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ދުބާއީމޯލް ގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ޞާިޙްގެ ދެކަނބަލުން ވަނީ ދިވެހި ޢާއިލާތަކާ ޚިޔާލުބަދަލުކުރައްވައި އެ ބޭފުޅުންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. ރައީސް ޞ... ޔުމްނާ ޢަލީ · 5 އަހަރު ކުރިން
ރާއްޖެ އެމްޑީޕީއިން އެހީއަށް އެދުނު، ގޮތް ނިންމާނީ މަޝްވަރާކޮށް، ރައްޔިތުން ދެކޭގޮތް ސާފްކުރުމަށްފަހު: އެމްއެންޕީ ގާނޫނުއަސާސީ އިސްލާހްކުރުމަށް އެމްޑީޕީއިން އެހީއަށް އެދުނު ކަމަށާއި، ގޮތެއް ނިންމާނީ ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގައި މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، ޕާޓީގެ އާންމު މެންބަރުންނާއި ދިވެހި ރައްޔިތުން މިކަންކަމާ ގުޅޭގޮތުން ދެކޭގޮތް ސާފުކުރުމަށްފަހުގައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ބުނެފިއެވެ. އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް، ރައީސް މުޙަންމަދު ނަޝީދުގެ ދައުވަތަކަށް އެމްޑީޕީގެ އިސްވެރިންނާއެކު އެމްއ... އަލީ އާދިލް · 5 އަހަރު ކުރިން
ވިޔަފާރި މަޑަވެލި - ހޯނޑެއްދޫ ގުޅުވާލަން އެމްޓީސީސީއާ ހަވާލުކޮށްފި ގދ. އަތޮޅުގެ މަޑެލި-ހޯނޑެއްދޫ ކޯޒްވޭއަކުން ގުޅުވާލަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫއު ހަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަލްފާލިލާ ޒީނިޔާ ހަމީދެވެ. މި މަޝްރޫއުގެ ދަށުން، 260 މީޓަރުގެ ސަރަހައްދެއ... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ވިޔަފާރި އައްޑޫ ހުޅުމީދޫ ބަހާއުއްދީން މަގު ހަދައި ނިމިއްޖެ ސ. ހުޅުމީދޫ ބަހާއުއްދީން މަގު ހެދައި ނިމިއްޖެ ކަމަށް މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އޭޕްރީލް 2019 ގައެވެ. މަޝްރޫއުގެ މަސައްކަތް ނިމުނީ މި މަހުގެ 15ގައެވެ. މި މަޝްރޫއުގެ ދަށުން 2.2 ކިލޯމީޓަރުގެ ދިގު 8.8 މީޓަރު ފުޅާ މިމަގުގައި ތާރުއެޅުމުގެ މަސައްކަތް ކޮށްފައި ވާއިރު، 6060 އަކަމީޓަރުގެ ހިނގާ ސަރަޙައްދެއް ގާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، ކޭބަލް ޖަންކްޝަން ވަޅުލުމުގެ މަސައްކަތް […... އަޙްމަދު ވަހީދު · 5 އަހަރު ކުރިން
ރާއްޖެ ދީލަތި "އެހީ" ވަގުންގެ އެކައުންޓަށް، މަމްސް އިން އެދެނީ ސަމާލުވުމަށް ސޯޝަލް މީޑިއާގައި، އެހީ އަށް ބޭނުންވެ ކުރެވިފައި ހުންނަ ޕޯސްޓްތައް ނަގައިގެން، އެކައުންޓް ނަންބަރ ބަދަލުކޮށް މީހުންނަށް އޮޅުވާލައިގެން ނުހައްޤުން ފައިސާ ހޯދަމުންދާ ފަރާތްތަކާއިމެދު ސަމާލުވުމަށް މަމްސް އެންޖީއޯއިން އެދެފި އެވެ. މަމްސް އެންޖީއޯއިން ބުނެފައިވަނީ މި ފަހަކަށް އައިސް މިފަދަ ދަށުދަރަޖައިގެ އަމަލުތައް ސޯޝަލް މީޑިއާގައި ހިންގަމުންދާ ފަރާތްތައް އިތުރުވެފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެންމެ އެދެވިގެންވާ އެހީތެރިކަން ނުލިބި ގެއްލުންތައް ލިބ... އައިޝަތު ނަސާޔާ · 5 އަހަރު ކުރިން
ޚަބަރު އިންޑިއާއަށް ދަތުރުކުރާ ދެ ފްލައިޓަކުން، ޑައިރެކްޓް ފްލައިޓްއަށް ފައިސާނަގައިގެން ޓްރާންސިޓް ކުރާތީ ޝަކުވާ ޑައިރެކްޓް ފްލައިޓްއަށްވާ ފައިސާ ނެގުމަށް ފަހު އިންޑިއާއަށް ދަތުރުކުރާ ދެ ފްލައިޓަކުން ޓްރާސިޓްކޮށް ދަތުރުކޮށްފައިވާތީ ޝަކުވާ ބޮޑުވެއްޖެ އެވެ. ޑައިރެކްޓް ފްލައިޓްއެއްކަމަށް ބުނެ ކަސްޓަމަރުންނަށް ޓިކެޓު ވިއްކާ، ޓްރާންސިޓްކޮށް ރާއްޖެއާއި އިންޑިއާ އާއި ދެމެދު ދަތުރުކޮށްފައިވަނީ އިންޑިގޯ ފްލައިޓް އަދި އިންޑިއަން އެއާލައިންސްއިން ނެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްއިން ސީދާ ބެންގަލޫރުގެ ކެމްޕެގޯޑާ އިންޓާނޭޝަނަލް އެއާޕޯޓަށް ޖައްސަންޖެހޭ މި ދެ ފްލައިޓްވެސް ވަނީ އިންޑިއާގެ ޓްރެވިންޑްރަމްއަށް... އަޒްފާ ރަޝީދު · 5 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުރިން ނުވިކުނު ތިލަދުންމަތީގެ ރަށްތަކާއި އެކު 18 ރަށެއް ބީލަމަށް 2019 އަހަރު ޑިސެމްބަރ މަހު ސަރުކާރުން ފަތުރުވެރިކަން ތަރައްޤީކުރުމަށް އަލަށް އިޢުލާންކުރި ރަށްތައް ދުބާއީ އެކްސްޕޯ 2020ގައި ކުރިއަށްދާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގައި ބީލަމަށް ހުޅުވާލައިފި އެވެ. މިގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމްއިން މިއަދު ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ބިންބިމުގެ މަޢުލޫމާތުތައް އިޢުލާންކޮށް ގެޒެޓްކޮށްފައިވާއިރު، މިރަށްތަކުގެ ތެރޭގައި ގިނައީ އެންމެ ފަހުން ބީލަން ހުޅުވާލައިގެން ނުވިކުނު ރަށްތެކެވެ. އެއިޢުލާނުގައި ހއ. އަތޮޅުން މިފަހަރު އަ... އިބްރާހިމް އަސްވާޤް · 5 އަހަރު ކުރިން