ކުޅިވަރު ބާރަށުގައި ހޭންޑްބޯލް ކޯޗިން ކޭމްޕެއް ފަށައިފި ހއ.ބާރަށުގައި ކަނބަލުންނަށް ހާއްސަ ކޮށްގެން ހޭންޑްބޯލް ކޯޗިން ކޭމްޕެއް ފަށައިފިއެވެ. ބާރަށު ސްކޫލާއި ބާރަށު ޕޮލިސްޓޭޝަން ގުޅިގެން ކުރިއަށް ގެންދާ މި ކޭމްޕް، 17 ނޮވެމްބަރ 2021 ވީ ބުދަ ދުވަހު ފަށާފައިވާއިރު މި ކޭމްޕްގައި ޖުމްލަ 78 ފަރާތަކުން ވަނީ ބައިވެރި ވެފައެވެ. ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ކޭމްޕްގައި ބާރަށު ސްކޫލްގެ 36 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. އަދި މީގެ އިތުރުން ބާރަށު ޒުވާނުންގް ތެރެއިން 42 ޒުވާނަކު ވެސް ވަނީ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ފަހީމް ރަހީނުކޮށްފައިވަނީ މާލެއިންކަމަށް ނުބެލެވޭ: ފުލުހުން ޙަސަން ފަހީމް ރަހީނުކޮށްފައިވަނީ މާލެއިންކަމަށް ނުބެލެވޭކަމަށް ފުލުހުން ބުނެފި އެވެ. މީޑީއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މި މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު, ރަހީނުކޮށްފައިވަނީ މާލެއިންކަމަށް ނުބެލެވޭކަމަށާއި އަދި މިކަން ހިނގާފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޒާތީ ކަމެއްގެ ތެރެއިންކަމަށް މިހާތަނާށް ލިބިފައިވާ މައުލޫމާތުން ބެލެވޭކަމަށެވެ. “އެއީ އެމްއެންޑީއެފްގެ މީހަކަށް ވާތީ ކޮށްފައިވާ އަނިޔާއެއްކަމަށް ބެލެވޭނެ އެއްވެސް މައުލޫމާތެއ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނައިބު ރައީސް ތިލަދުންމަތީގެ 4 ރަށަކަށް ޒިޔާރަތްކުރައްވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމު ތިލަދުންމަތީގެ 4 ރަށަކަށް ޒިޔާރަތްކުރައްވަން ނިންމަވައިފި އެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މާދަމާ ފައްޓަވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހއ. އަދި ހދ. އަތޮޅުން ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވަނީ ހއ. ހޯރަފުށި، ހދ. ނެއްލައިދޫ، ހދ. ވައިކަރަދޫ އަދި ކުޅުދުއްފުށި ސިޓީ އެވެ. މިދަތުރު ފުޅުގައި ފާހަގަކޮށްލެވޭކަންކަމުގެ ތެރޭގައި ހޯރަފުށި މަގުހެދުމުގެ މަޝްރޫޢު ފައްޓަވައިދެއްވާނެ އެވެ. އަދި ހޯރަފުށި އެއަރޕޯޓަށް އ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ އާދަޔާއި ހިލާފަށް ބޮޑު، ނުރައްކާތެރި "ފެނަލް ވެބް ސްޕައިޑާ" އެއް އޮސްޓްރޭލިއާއިން ފެނިއްޖެ މީގެ ކުރިން ފެނިފައިނުވާވަރުގެ އާދަޔާއި ހިލާފަށް ބޮޑު، ނުރައްކާތެރި ފައިދިގު މަކުނުގެތެރޭގައި ހިމެނޭ “ފެނަލް ވެބް ސްޕައިޑާ” އެއް އޮސްޓްރޭލިއާއިން ފެނިއްޖެ އެވެ. މި ފައިދިގު މަކުނަކީ އިންސާނުންގެ ނިޔަފަތީގައިވެސް ދަތް އެޅޭހާ ތޫނު ދަތްތަކެއް ހުރި ވިހަދަގަ ބޮޑު ފައިދިގު މަކުނެއްކަމަށް އޮސްޓްރޭލިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ. އާންމު ފައިދިގު މަކުނެކޭ އެއްފަދައިން 8 ފަޔާއި ތޫނު ދަތްތަކެއް ހުރި ނަމަވެސް އެހެން ފައިދިގު މަކުނުތަކާއި ޚިލާފަށް މި މެގަ ސަޕައިޑާއަށް އިންސާނުންގެ ނިޔަފަތި ފޫ އަޅުވާލެވޭ [... އަޒްފާ ރަޝީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފަހީމް ރަހީނުކޮށް، ހިންގާފައިވާ ލާ އިންސާނީ ޢަމަލުތައް މަކުނުދޫ ރައްޔިތުން ކުއްވެރިކޮށްފި ހދ.މަކުނުދޫ / ސޭޑީގްރޯވް، ޙަސަން ފަހީމް ރަހީނުކޮށް، އޭނައާއި ދެކޮޅަށް ހިންގާފައިވާ ލާ އިންސާނީ ޢަމަލުތައް ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫކައުންސިލްގެ އިދާރާއިން ކުއްވެރިކޮށްފި އެވެ. އެކައުންސިލުން ނެރެފައިވާ ނޫސް ބަޔާންނެއްގައި ބުނެފައިވަނީ 17 ނޮވެމްބަރ 2021 ބުދަ ދުވަހުގެ ރޭ އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑްގައި މަސައްކަތްކުރައްވާ ހދ.މަކުނުދޫ / ސޭޑީގްރޯވް، ޙަސަން ފަހީމް ރަހީނުކޮށް، އޭނައާއި ދެކޮޅަށް ހިންގާފައިވާ ލާ އިންސާނީ ޢަމަލުތައް ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލް އިދާރާއާއި މަކުނުދޫ... އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި ކުޅުދުއްފުށި ހޮސްޕިޓަލުގެ އާ އޯޕީޑީގެ މަސައްކަތް އެމްޓީސީސީއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ އާ އޯޕީޑީ އިމާރާތް ހެދުމުގެ މަަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލުއެވެ. މި އެއްބަސްވުމުގެ ދަށުން 21 ކޮންސަލްޓޭޝަން ރޫމާއި އާ ކާޑިއެކް ސެންޓަރަކާއި ރިސެޕްޝަން އަދި ވެއިޓިން... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވާހަކަ ވާހަކަ: އިހަވަންދޫ ތުނޑު ހަސަނާއި ޖެހުނު ގައްލަންދޫ މީދާ ރަށަކީ ދިވެހިރާއްޖޭގެ ހިތްގައިމު ރަށްތަކުގެ ތެރެއިން ހަމަ އެހާމެ ހިތްގައިމު ރަށެކެވެ. ތިލަދުންމަތީ ގައްލަންދުއެވެ. ރަށުގެ ގޮނޑުދޮށާ، މާ ދުރުނޫން ހިސާބެއްގައި ހުރި ބޮޑުގަހެއްގެ ދޮށުގައި ދެ މީދާ ތިއްބެވެ. ހީވާ ގޮތުން އެއީ ދެމައިންނެވެ. އެ ދެމީދާ އެތާ ތިބެގެން ވާހަކައެއްދައްކަނީއެވެ. އެ ތަނުން ކުޑަ މީދާ އޭތީގެ މަންމަ ކުރެން އެއްޗެއް އަހަނީއެވެ. އެކުރި ސުވާލެއްގެ ސަބަބުން ނުވަތަ އެ އެހި ވާހަކައެއްގެ ސަބަބުން އެތަނުން ބޮޑު މީދަލަށް ވަރަށް ފުން އަސަރެއްކޮއްފިއެވެ. އަދި […] ތިލަދުން · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހެޔޮއެދޭ ފަރާތަކުން، ކުމުންދޫ އަންވާރު މިސްކިތަށް 4 އޭސީ ހަދިޔާކޮށްފި ހެޔޮއެދޭ ފަރާތަކުން، ހދ. ކުމުންދޫ އަންވާރު މިސްކިތަށް 4 އޭސީ ހަދިޔާކޮށްފި އެވެ. އެރަށުގެ މަސްޖިދުލް އަންވާރު މިސްކިތައް މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ ހދ. ކުމުންދޫ ވިޔަފާރިވެރިއެއް ކަމަށްވާ އަކަސޭލް އާމިރު މުޙައްމަދު އެވެ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާމިރު ވަނީ 24000 ބީޓީޔޫގެ 4 އޭސީ އެ މިސްކިތަށް ހަދިޔާ ކޮށްފައި ކަމަށެވެ. އަދި ރަށުގެ ވިޔަފާރި ވެރިން އެފަދަ ކަންކަމުގައި އެހީވުމަކީ ކައުންސިލުން އެކަމާއި […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ރާއްޖެ ދޭ ފިނޑި ހަމަލާތަކުން، ސިފައިންގެ މަސައްކަތަށް އެއްވެސް ލޮޅުމެއް އަރުވައި ނުލެވޭނެ: ދިފާޢީ ބާރު ސިފައިންނަށް ދޭ ފިނޑި ހަމަލާތަކުގެ ސަބަބުން ޤައުމީ ޚިދުމަތުގައި ސިފައިން ކުރަމުންދާ މަސައްކަތަށް އެއްވެސް ލޮޅުމެއް އަރުވައި ނުލެވޭނެކަމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ބުނެފި އެވެ. ޤައުމީ ދިފާޢީ ބާރުން މިހެން ބުނެފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި އެމް.އެން.ޑީ.އެފް ގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް ޙަސަން ފަހީމް، ރަހީނުކޮށް އަނިޔާތަކެއް ދީފައިވާތީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ނެރުނު ނޫސްބަޔާނެއްގަ އެވެ. މިނޫސްބަޔާނުގައި ބުނެފައިވަނ... އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި ގައުމީ ސާފިން ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރަކަށް އުރީދޫ މިއަހަރު ބާއްވާ ގައުމީ ސާފިން ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފިއެވެ. މި މުބާރާތް ބާއްވާ މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން އިއްޔެ ވަނީ އުރީދޫއައެކު މި އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. އެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ. “ރަންނަމާރި ޗެލެންޖް 1443 “ ގެ ނަމުގައި ކުރިއަށްގެންދާ މި މުބާރާތް އޮންނާނީ މި މަހުގެ 22ން 30 އަށް ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައެވެ. މިއީ ސާފިން އެސޯސިއޭޝަނާއި، […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ޚަބަރު ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގުގެ ފައިނަލުގައި ސީއެސް ވިމެންސްއާއި ސަންދިޔާ ހދ.ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ކަނބަލުންގެ ފުޓްސަލް ލީގުގެ ފައިނަލުން ޓީމް ސީއެސް ވިމެންސްއާއި ޓީމް ސަންދިޔާ ޖާގަ ހޯދައިފިއެވެ. މި މުބާރާތުގައި ފަސް ޓީމް ވާދަ ކޮށްފައިވާއިރު، މުބާރާތް ރާވާލެވިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލަށް ދާ ގޮތަށެވެ. ލީގުބުރުގައި ކުޅުނު ހަތަރު މެޗު […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މިލަންދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމާލައިފި ށ. މިލަންދޫ ފުލުހުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ކައުންސިލުން ގުޅިގެން އެރަށުގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ. ރޭގައި ބޭއްވުނު މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިލަންދޫ ޕޮލިސް ސްޓޭޝަންގެ ސަބް އިންސްޕެކްޓަރ އަހްމަދު ސަލީމެވެ. “ތިލަދުން”އަށް މައުލޫމާތު ދެއްވަމުން އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ އައިޝަތު ހަނިއްޔާ ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ވިޔަފާރި ލިވިން އެކްސްޕޯގައި އެސްޓީއޯއިން “ކޯނޭ” ލިފްޓުގެ ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯއިން ވިއްކާ “ކޯނޭ” ބްރޭންޑުގެ ލިފްޓުތަކަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން ލިފްޓު ގަތުމުން ހިލޭ އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތް ލިބޭނެއެވެ. މި ޕްރޮމޯޝަން މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިޕްރޮމޯޝަން ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކްގައި މިއަދު ފަށާ “މޯލްޑިވްސް ލިވިންގް އެކްސްޕޯ 2021” ގައެވެ. މި އެކްސްޕޯގައި ބަހައްޓާފައިވާ އެސްޓީއޯގެ ސްޓޯލްއަށް ޒިޔާރަތްކޮށް ލިފްޓް އޯޑަރު ކުރާ ފަރާތްތަކަށް ލިފްޓުގެ އިންސްޓޮލޭޝަން ފީ އުނިކޮށް، އެމ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ގުރޫޕަކުން ސިފައިންގެ މީހަކު ރަހީނުކޮށް، އަނިޔާކޮށް މަގުމައްޗަށް އެއްލާލައިފި 7 މީހުންގެ ގުރޫޕަކުން ކޯސްޓް ގާޑުގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 37 އަހަރުގެ ސިފައިންގެ މީހަކު ރަހީނުކޮށް، އަނިޔާކޮށް ފައިސާ ހޯދަން މަސައްކަތް ކޮށްފި އެވެ. ރޭ މާފަންނުން އޭސް ހާރޑްވެއަރ ހުންނަ ހިސާބުން ހިނގާފައިދަނިކޮން މިސިފައިންގެ މީހާ ރަހީނުކޮށްފައިވަނީ 11:30 ހާއިރު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މޫނު ނިވާކޮށްގެން ތިބި ގުރޫޕަކުން މިމީހާ ގެންގޮސް ރަހީނުކޮށްފައިވަނީ އެސަރަހައްދުގައި ހުރި ކޮޓަރިއަކަށެވެ. އޭނާ ފެނިފައިވަނީ މަގުމައްޗަށް އެއްލާލައިފައި އޮއްވަ އެވެ. އޭނާއަށް ލިބިފައިވާ އ... އަލީ އަހުސަން · 4 އަހަރު ކުރިން
ރާއްޖެ ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލު ތަސްދީޤުކުރައްވައިފި ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ ރާއްޖޭގައި ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާއި ކުއްޔަށްހިފުމާ ގުޅޭގޮތުން ކުއްޔަށްހިފާ ފަރާތާއި، ކުއްޔަށްދޭ ފަރާތުގެ ޙައްޤުތަކާއި އިލްތިޒާމްތައް ބަޔާންކުރާ ބިލެވެ. މީގެއިތުރުން ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި، ކުލީގެ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ ދެބަސްވުންތައް ޙައްލުކުރުމުގައި ޢަ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން