މިއަހަރު ބާއްވާ ގައުމީ ސާފިން ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައިފިއެވެ.

މި މުބާރާތް ބާއްވާ މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން އިއްޔެ ވަނީ އުރީދޫއައެކު މި އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. އެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ.

Ad
rt

“ރަންނަމާރި ޗެލެންޖް 1443 “ ގެ ނަމުގައި ކުރިއަށްގެންދާ މި މުބާރާތް އޮންނާނީ މި މަހުގެ 22ން 30 އަށް ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައެވެ.

މިއީ ސާފިން އެސޯސިއޭޝަނާއި، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި 25 ރަށަކުން 102 އެތުލީޓުން ބައިވެރިވާނެއެވެ.

މި މުބާރާތުގައި ޖަޖުންގެ ގޮތުގައި ތިބޭނީ އައިއެސްއޭ ސެޓިފައިޑް ދިވެހިންނެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޖިޓަލް ސްކޯރިން ސިސްޓަމެއް ބޭނުން ކުރާ ފުރަތަމަ މުބާރާތެވެ.