ވިޔަފާރި ފާއިތުވި ތިން އަހަރު އެމްޑަބްލިއުއެސްސީން ރެކޯޑު އަދަދަކަށް ޕްރޮޖެކްޓުތައް ހިންގި ފާއިތުވި ތިން އަހަރު، މާލެ ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ރެކޯޑް އަދަދަކަށް ފެނާއި ނަރުދަމާގެ މަޝްރޫއު ހިންގާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމް ގާއިމްކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވައުދެކެވެ. މި ވައުދުތައް ފުއްދުމަށް ފާއިތުވި ތިން އަހަރު ގިނަ ރަށްތަކެއްގެ ޕްރޮޖެކްޓުތައް އެ ކުންފުންޏާ ހަވާލުކޮށްގެން އަންނަނީ ކުރަމުންނެވެ. އެމްޑަބްލިޔުއެސްސީ އިން ބުނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އެކު... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ވިޔަފާރި ދިވެހިންގެ ބޭންކުގެ އެކައުންޓުތައް ސުމަކަށް! އާންމުންނަށް ބޮޑު ތަކުލީފެއް، ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދިވެހިންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުރި ކަސްޓަމަރުންގެ އެކައުންޓް ބެލެންސް ސުމަކަށް ބަދަލުވުމާއި އެކު އާންމުންގެ އާންމު ދިރިއުޅުމުގައި ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވެ ވިޔަފާރިތަކަށް ބޮޑޫ ގެއްލުމެއް ވެއްޖެ އެވެ. ރޭ 12:00 އީން ފެށިގެން ބޭންކުގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކަމަށްބުނެ ބީއެމްއެލްގެ ގިނަ ޚިދުމަތްތަކެއްވަނީ މެދުކަނޑާލާފަ އެވެ. ފަތިހު 5 ޖެހުމާއި ހަމައަށް ކުރިއަށްދިޔަ މިމެއިންޓަރނެންސް އަށްފަހުވެސް ބީއެމްއެލްގެ ޚ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޮމަންޑޫއިން ނެގި ދެ ރެންޑަމް ސާމްޕަލް ޕޮޒިޓިވްވެއްޖެ ށ. ކޮމަންޑޫއިން 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ކޮމަންޑޫ ސިއްޙީ މަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި މި ދެމީހުން ކޮވިޑްއަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ އިއްޔެ އެރަށުގައި މުޖުތަމަޢުގެ ތެރެއިން ނެގި ރޭންޑަމް 2 ސާމްޕަލް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެގޮތުން މިކޭސް އާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި ކޮންޓްރެކްޓް ރޭސިންގްގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް އެ މަރުކަޒުން ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ހުރިހާ ރައްޔިތުން ވެސް އެޗްޕީއޭ […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ވިޔަފާރި ފޭދޫ ބަނދަރުގެ ހާބަރ ބޭސިން ފުން ކުރުމުގެ މަސައްކަތް ނިމެން ކައިރިވެއްޖެ ށ. ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމެން ކައިރިވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ 98 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން، 27,500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ކުޅިވަރު ޒަވީގެ އިރުޝާދުގެ ދަށުން ބާސާ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި ބާސެލޯނާގެ ކޯޗުކަމުގައި ހުރި ރޮނާލްޑް ކޫމަން ދުރުކުރުމަށް ފަހު އެ ޓީމްގެ ކޯޗުގެ މަޤާމަށް ހަމަޖެއްސި ޒަވީ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ބާސެލޯނާގެ ދަނޑުގައި އެސްޕަނިޔޯލްއާއި ދެކޮޅަށް ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައި ނުވިނަމަވެސް ބާސާގެ އިލީއާސް އަށް […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި ޔޫއެސް-ބަންގްލާ އިން ރާއްޖެއަށް ދަތުރުތައް ފަށައިފި ބަންގްލަދޭޝްގެ އެއާލައިން، ޔޫއެސް-ބަންގްލާ އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ މި މަހުގެ 19ވަނަ ދުވަހުއެވެ. އެ އެއާލައިނުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ރާއްޖެއަށް ހަފުތާއަކު ތިން ދަތުރު ކުރާނެއެވެ. އެއީ ހުކުރު، އާދީއްތަ އަދި އަންގާރަ ދުވަހުއެވެ. މި ދަތުރުތައް ފެށީ އެ ގައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމުން ކަމަށް ޔޫއެސް-ބަންގްލާއިން ބުންޏެވެ. މީގެ އިތުރުން ރާއްޖެއަކީ ބަންގްލަދޭޝްގެ މަސައްކަތްތެރިން ގިނަ ގައުމަކަށްވެފައި އ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރިޕޯޓް ޒާންގެ ސްޓެމް ސެލް ތެރަޕީއަށް މަދުވަނީ، 200 ރުފިޔާގެ މަގުން 462 މީހުންގެ ދީލަތި އެހީއެއް! އުމުރުން 12 އަހަރުގެ ޒާން ޒަބީރުއަކީ އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑާ (އޭއެސްޑީ) ތަހަންމަލް ކުރަމުންދާ ކުއްޖެކެވެ. މިއީ ކުއްޖާގެ ހެދިބޮޑުވުމުގައި ހުންނަ ނުކުޅެދުންތެރިކަމެކެވެ. މިއީ ނިއުރޮލޮޖިކަލް ޑިސްއޯޑާއެއް ކަމަށްވާތީ ކުއްޖާގެ ސިކުނޑިއަށް އަސަރުކުރެއެވެ. ވުމާއެކު ކުއްޖާގެ ވާހަކަ ދެއްކުމުގެ ބާރަށާއި އެހެން މީހުންނާއި އޮންނަ ގުޅުމުގެ ބާރަށް ހުރަސްއެޅެއެވެ ޒާންގެ މަންމަ އައިމިނަތު އިހުސާނާ ބުނެފައިވާ ގޮތުގައި ޒާން ކުޑައިރު ވެސް އެހެން ކުދިންނާއި ތަފާތުތަކެއް ފާހަގަ ކުރެވުނެވެ. ނަމަވެސް އޭރު އެއީ އ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މުހިންމު މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ އެންމެ މުހިންމު މަޝްރޫޢު ތަކާއި ގުޅޭގޮތުން ސިޓީ ކައުންސިލާއި އެ ސިޓީގެ މުއައްސަސާތަކުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާ ކުރިއަށް ގެންގޮސްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިއްޔެ ކުޅުދުއްފުށި ސީޓީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ސިޓީ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. އިއްޔެ މެންދުރުފަހު ކުޅުދުއްފުށި ސިޓީކައުންސިލުގައި ކުރިއަށް... ޝިއުނާ އާދަމް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އަތޮޅުތެރޭގައި ގާއިމުކުރި ފުރަތަމަ ދަރިމައިވުމުގެ ޞިއްޙަތާއިގުޅޭ މަރުކަޒު ކުޅުދުއްފުށީގައި އިފްތިތާޙްކޮށްފި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ޤާއިމުކުރި ދަރިމައިވުމުގެ ޞިއްޙަތާއި ގުޅޭ މަރުކަޒު “އުފަންވެނި ޞިއްޙަތު” ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރަސްމީގޮތުން އިއްޔެ އިފްތިތާޙްކޮށްދެއްވައިފިއެވެ. މިއީ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް(ޔޫ.އެން.އެފް.ޕީ.އޭ) ގެ އެހީގައި ގާއިމުކުރި މަރުކަޒެކެވެ. ކޭއާރުއެޗްގައި އިއްޔެ އިފްތިތާޙްކުރި “އުފަންވެނި ޞިއްޙަތު” މަރުކަޒަކީ މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދެއްގައި ޤާއިމުކުރި މިފަދަ ފުރަތަމަ މަރުކަޒެވެ. މި މަރުކަޒުގެ ސަބަބުނ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ކުޅިވަރު ވޮޓްފޯޑުން ޔުނައިޓެޑް ލަދުގަންނަވާލައިފި އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ވޮޓްފޯޑް ބައްދަލުކުރި މެޗު ވޮޓްފޯޑުން ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ވޮޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާފައި ވަނޯ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗު ފަށައިގެން ވޮޓްފޯޑުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ހަވަނަ މިނެޓުގައި ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒްއަށް ހެދުނު ގޯހެއް ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ޔުނައިޓެޑްގެ އޭރިއާގެ ތެރެއިން އެ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކެލާގައި ކުލަ ގަދަކޮށް ސަގާފީ ދުވަސް ފާހަގަ ކޮށްފި ހއ. ކެލާ ޝެއިޚް އިބްރާހިމް ސްކޫލްގައި މިއަަހަރުގެ ސަޤާފީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފިއެވެ. އެގޮތުން ސަގާފީ އެކި ކުޅިވަރުތައް ހިމަނައިގެން “މަތާރަން ފިލާ ސަގާފީ ހަވީރު”ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަވީރު، މިއަދު ހަވީރު 16:00 އިން ފެށިގެން 17:40 އާ ހަމައަށް އެރަށު ސްކޫލްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން މިވަގުތު ކެލާ ސްކޫލާއި ހަވާލުވެ ހުންނެވި މުޙައްމަދު ޝިފާއު ވިދާޅުވީ މި ހަރަކާތްތަކުގައި އެލްކޭޖީ ދަރިވަރުން އިން […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ކުޅިވަރު ކުމުންދޫ ކަނބަލުންގެ ފުޓްސަލް ލީގުގެ ޗެމްޕިއަންކަން ސީއެސް ވިމެންސް ހދ.ކުމުންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުމުންދޫ ޔޫތު ސްޕޯޓްސް (ކޭވައިއެސް) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ކަނބަލުންގެ ފުޓްސަލް ލީގުގެ ޗެމްޕިއަންކަން ސީއެސް ވިމެންސްއިން ހޯދައިފިއެވެ. 19 ނޮވެމްބަރ 2021 ވީ ހުކުރު ދުވަހުގެ ރޭ ކުމުންދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މުބާރާތުގެ ފައިނަލް މެޗު ސަންދިޔާއާއި ވާދަކޮށް ސީއެސް ވިމެންސްއިން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީއެސް […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޖަޒީރާ ތަރައްޤީ އާއިއެކު މާލެއަށް ހިޖުރަކުރަން ނުޖެހި، އުފަން ރަށުގައި ފަރުވާލިބި ދެމައިންނަށް އުފާވެރިކަން! އަތޮޅު ތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ވެސް އެންމެ ބޮޑު ޝަކުވާއަކަށް ވަނީ ބޭސް ފަރުވާއަށް މާލެ ދާން ޖެހުމެވެ. ދާއިމީކޮން ފައުވާއެއް ކުރަން ޖެހިފައިވާނަމަ މާލެ ހިޖުރަ ކުރާށެވެ. ބޭސް ފަރުވާއަށް މާލެ ގޮސް ތަނެއް ކުއްޔަށް ހިފައިގެން ތިބެން ޖެހޭއިރު، ކައުމާއި ދަތުރުފަތުރުގެ ޚަރަދުކުރަން ޖެހޭ އިރު، ބޭސްފަރުވާއަށް އާސަންދަ ލިބުނަސް އޮންނަނީ ދެކޮޅު ނުޖެހިފައެވެ. ކަން މިހެން އޮތް އިރު ފާއިތުވެދިޔަ 3 އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ އަތޮޅުތަކުގެ ޞީއްޙީ ފަރުވާދޭ […] އަޒްފާ ރަޝީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ވައިކަރަދޫ އައުޓްޑޯ ޖިމް ރަސްމީކޮށް ހުޅުވައިފި ހދ. ވައިކަރަދޫގައި ސަރުކާރުން ތަރައްޤީކުރި އައުޓްޑޯ ޖިމް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި ޖިމް ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ. ނައިބު ރައީސް ބޮޑުތިލަދުންމަތީގެ 4 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ތިންވަނަ މަންޒިލެއްގެ ގޮތުގައި މިއަދު ވައިކަރަދޫއަށް ޒިޔާރަތްކުރަށްވާފައިވާއިރު، ވައިކަރަދޫ އައުޓްޑޯ ޖިމް ހުޅުއްވައި ދެއްވުމުގެ އިތުރުން އެރަށުގެ ބައެއް މުއައްސަސާތަކަށް ވެސް ވަނީ ޒިޔާރަތް ކުރަށްވާފައެވެ. މިގޮތުން ވައިކަރަދޫ ސިއްހީ މަރުކަޒަށާއި، ވައިކަރަދޫގައި ހުންނަ ހ... ޖަލްވާން ޖާދުﷲ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުއްދުއްފުށީގައި ކުރިއަށް ގެންދިޔަ "ހިޔަލަ އެކްސްޕޯ" ވަރަށް ކާމިޔާބު ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިޔަ “ހިޔަލަ އެކްސްޕޯ 2021″އަކީ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބުނެފިއެވެ. “ހިޔަލަ އެކްސްޕޯ 2021” އަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލްއާއި، އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން އިންތިޒާމް ކޮށްފައިވާ ހަރަކާތެކެވެ. އެގޮތުން އިއްޔެ މި އެކްސްޕޯ ރަސްމީކޮށް ހުޅުވާދެއްވީ ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރު އަލީ އަހްމަދެވެ. މި އެކްސްޕޯގައި އަންހެނުން ވަނީ ގިނަ އަދަދެއްގެ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން