ތިލަދުންމަތީ ޚަބަރު ހޯރަފުށީގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ހަތް ބިމެއް ދޫކޮށްފި ހއ. ހޯރަފުށީގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ހަތް ބިމެއް ދޫކޮށް، ބިންތައް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ހޯރަފުށީގައި ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ، މި ނޮވެމްބަރ މަހުގެ 18 ސޮއިކޮށްފައިވާ މި އެގްރީމަންޓްގެ ދަށުން ޖުމްލަ 7 ބިން ދޫކޮށްފައިވާ ކަމަށެވެ. އެއީ 3000 އަކަފޫޓާއި، 4000 އަކަފޫޓްގެ ބިންތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހޯރަފުށިން ގެސްޓްހައުސް ތަރައްގީކޮށް ހިންގަން އަލަށް ދޫކުރުވުނު މި ބިންތަކުގައި ގެސްޓްހައުސް ތަރައ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ރާއްޖެ މާލޭ ސިޓީގެ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ މާލޭ ސިޓީގެ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ، ނިޔާވެފައި އޮއްވާ ފެނުނީ ހެންވޭރުގައި ހުރި ގެއަކުންނެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެމީހާގެ ހަށިގަނޑު މިހާރު ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ގެންގޮސްފައެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރުފަހު 14:30ކަށް ހާއިރުއެވެ. މި މައްސަލަ ތަހުގީގުކުރަށްވަމުން ގެންދަވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ވިޔަފާރި ބިދޭސީންނަށް ބާއްވާ ކްރިކެޓް މުބާރާތުގެ ޕާޓްނަރަކަށް އުރީދޫ މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް އާއި ކްރިކެޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ގުޅިގެން ބާއްވާ ބިދޭސީންގެ ކްރިކެޓް މުބާރާތުގެ ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައިފިއެވެ. މިޝަން ފޯ މައިގްރެންޓް ވޯކާސް އަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ މުބާރާތަކީ ބިދޭސީން ރާއްޖެއަށް ކުރާ ހިދުމަތުގެ އަގުވަޒަންކޮށް ޝުކުރު އަދާ ކުރުމަށަ ބާއްވާ މުބާރާތެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. މި މުބާރާތް އޮންނާނީ މި މަހުގެ 26 ވަނަ ދުވަހު އެކުވެނި ސްޓޭޑިއަމުގައެވެ. […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ކުޅިވަރު ނަޕޯލީ ބަލިކޮށް އިންޓައިން ފަރަގު ކުޑަކޮށްފި އިޓާލިއަން ސީރިއާ އޭގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނާއި ނަޕޯލީ ބައްދަލުކުރި މެޗު އިންޓައިން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ އިންޓަގެ ދަނޑުގައި ކުޅުނު މި މެޗު އިންޓައިން ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުނެނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ނަޕޯލީންނެވެ. މި ލަނޑު 17 ވަނަ މިނެޓުގައި އިންސީނޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުރީ ސަރުކާރުން 59 ބިލިއަން ރުފިޔާގެ ދަރަނި ނެގި، ރަށަކުން އެ ދަރަނީގެ ކުލައެއް ވެސް ނުފެނޭ: ޝިފާޢު ކުރީ ސަރުކާރުން 59 ބިލިއަން ރުފިޔާގެ ދަރަނި ނެގިކަމަށާއި، އެހެން ނަމަވެސް ރަށަކުން އެ ދަރަނީގެ ކުލައެއް ވެސް ފެނިވަޑައިނުގަންނަވާކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ، މިއަދުގެ މަޖިލިސް ޖަލްސާގައި އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ މުއްދަތު ދަންމާލުމާގުޅޭ މައްސަލައިގެ ކޮމެޓީ ރިޕޯޓް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ކޯވިޑްގެ ނުރައްކާތެރި ހާލަތުގައި ރާއްޖޭގެ އަމިއްލަ ވިޔަފާރިތައް ހުއްޓި، އާންމު ރައްޔިތުންގެ އާމްދަނީ... އަލީ އާދިލް · 4 އަހަރު ކުރިން
ކުޅިވަރު ގްރަނާޑާ ބަލިކޮށް ޕޮއިންޓް ތާވަލުގެ އެއްވައަށް ރެއާލް މެޑްރިޑް ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ގްރަނާޑާ ބައްދަލުކުރި މެޗު ފަސޭހަކަމާއި އެކު ރެއާލުން ކާމިޔާބު ކޮށްފިއެވެ. އާދީއްތަ ދުވަހުގެ ރޭ ގްރަނާޑާގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ރެއާލުންވަނީ މި ސީޒަންގެ ލީގުގައި އެ ޓީމުން ދައްކަމުން އަންނަ މޮޅު ކުޅުނު މި މެޗުގައި ވެސް ތަކުރާރު ކޮށްފައެވެ. ރެއާލުން މެޗުގައި ލީޑު ނަގާފައި ވަނީ 19 ވަނަ މިނެޓުގައި ޓޯނީ ކުރޫސް ތަނަވަސް […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި ހދ. ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް އިއްޔެ އިފްތިތާޙް ކޮށްފިއެވެ. އިއްޔެ ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒު ގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި ޚިދުމަތް އިފްތިތާޙް ކޮށްދެއްވީ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލްއެވެ. ހދ. އަތޮޅުގެ ސިއްހީ ޚިދުމަތްދޭ ތަންތައް ހިންގަމުން އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޓަލް (ކޭއާރުއެޗް)ގެ ބަލަދުވެރިކަމުގެ ދަށުންނެވެ. މި ޚިދުމަތް ފެށިގެން ދިޔުމާއި ގުޅިގެން ކޭއާރުއެޗްއިން ވިދާޅުވީ، ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގައި ފެށިގެން ދި... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
މަޖިލިސް ފައިސާ ޗާފްކުރާ މެޝިނެއް ރައީސް އޮފީހުގެ ފުރާޅުމަތީގައި ބެހެއްޓީމަ ޤައުމު ހިނގާނެ: ޝިޔާމް ފައިސާ ޗާޕުކުރާ މެޝިނެއް ރައީސް އޮފީހުގެ ފުރާޅުމަތީގައި ބެހެއްޓީމައި ޤައުމު ހިނގާނެކަމަށް ނައިފަރު ދާއިރާގެ މެންބަރު، ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ފައިސާ ޗާޕްކުރުމަށް ދީފައިވާ މުއްދަތު ދަންމާލުމާބެހޭ މައްސަލަ މާލިއްޔަތު ކޮމެޓީން ދިރާސާކޮށް ނިންމު ގޮތުގެ ރިޕޯޓަށް ބަހުސް ކުރަށްވަމުންނެވެ. އޭނާ ވިދާޅުވީ، ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު މަޖީލީހަށް ބަޖެޓް ފޮނުއްވިއިރު، ބަޖެޓާއެކު ސަޕްލިމެންޓަރީ ބަޖ... އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފޭދޫގައި ހޭލުންތެރިކުރުމުގެ ހަރަކާތެއް ށ. ފޭދޫގައި، އެރަށުގެ ރައްޔިތުންނާއި، ސްކޫލްގެ ދަރިވަރުންނަށާއި، އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހެލުންތެރިކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮއްފިއެވެ. މި ހަރަކާތަކީ ފޭދޫ ޕޮލިސް ޕޯސްޓާއި ށ. މިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާ ގޮތުގައި މި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ފޭދޫގެ ވަކިވަކި ގޭބިސީތަކަށް ޒިޔާރާތްކޮށް، އާއްމުކޮށް ރަށުތެރޭގައި ހިނގާ ކުށްތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ދ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ ހައްލު ނުހޯދިއްޖެނަމަ އަންނަ މާޗްމަހާއި ހަމައަށް ޔޫރަޕުން ކޯވިޑް ބަލީގައި އިތުރު ބައި މިލިއަން މީހުން މަރުވެދާނެ! ޔޫރަޕްގެ ގައުމުތަކުގައި ކޯވިޑް-19 ފެތުރެމުންދާ ދިއުމަށް ހައްލެއް ނުހޯދިއްޖެނަމަ އަންނަ 2022 ވަނަ އަހަރުގެ މާޗް މަހާއި ހަމައަށް އެ ބަލީގައި އިތުރު ބައި މިލިއަން މީހުން މަރުވާނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔު.އެޗް.އޯއިން ބުނެފިއެވެ. ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)އިން ހާމަކޮށްފައިވާ ގޮތުގައި ހުޅަނގުގެ ގައުމުތަކުގައި ކޯވިޑް ފެތުރެމުންދާ ދިއުމަށް ހައްލެއް ނުގެނެވިއްޖެ ނަމަ، 500،000 އަށްވުރެ ގިނަ މީހުން 2022 ވަނަ އަހަރުގެ މާޗް މަހާއި ހަމައަށް މަރުވާނެކަމަށް ވަނީ ލަފާކޮށްފަ... އަޒްފާ ރަޝީދު · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ ތާލިބާނުން އަފްޣާނިސްތާނުގެ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދޭން ފަށައިފި ތާލިބާނުން އަފްޣާނިސްތާނުގެ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދޭން ފަށައިފިއެވެ. ތާލިބާނުން ހާމަކޮށްފައިވާ ގޮތުގައި އެމީހުން އެގައުމުގައި ވެރިކަން ކުރަން ފެށި އިރުވެސް ސަރުކާރުގެ މުވައްޒަފުންނާއި އެހެނިހެން ސަރުކާރާއި ގުޅުންހުރި ސޯޝަލް ވޯކަރުންގެ މުސާރަތައް ނުދެވި ހުރިކަން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މިހާރު ސަރުކާރު މުވައްޒަފުންނަށް މުސާރަ ދޭން ފަށާފައިވާކަމަށާއި، މުވައްޒަފުންނަށް މުސާރަ ނުދެވި އެތައް މަހެއް ފާއިތުވެގެން ގޮސްފައިވަނީ އެގައުމުގެ އިޤްތިޞާދަށް ދިމާވެފައިވާ ހީނަރުކަމުގެ ސަބަބުންކ... އަޒްފާ ރަޝީދު · 4 އަހަރު ކުރިން
ކުޅިވަރު "ފިއްލަދޫ ކައުންސިލް ކަޕް 2021" ގެ ނަމުގައި ފުޓްބޯޅަ މުބާރާތަކާއި ނެޓްބޯޅަ މުބާރާތެއް ބާއްވަނީ ހއ. ފިއްލަދޫ ކައުންސިލާއި އެ ރަށު އިޖުތިމާޢީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މުބާރާތާއި ނެޓްބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. ފިއްލަދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަޤްޞަދުގައި ފިރިހެނުންނަށް ފުޓްބޯޅަ އަދި ކަނބަލުންނަށް ނެޓްބޯޅަ މުބާރާތެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މި ދެ މުބާރާތް ވެސް ފެށުމަށް މިހާރު ތާވަލު ކޮށްފައު ވަނީ އަންނަ ޑިސ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި ސީޕްލޭންތައް ހުޅުމާލެ މަތިން ނުދާގޮތަށް ހަދައިފި ސީޕްލޭން ޓާމިނަލަށް ޖައްސާ ސީޕްލޭންތައް ހުޅުމާލެ މަތިން ދަތުރު ނުކުރާ ގޮތަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ރޫޓް ބަދަލުކޮށްފިއެވެ. އެމްއޭސީއެލް އިން ބުނެފައިވާގޮތުގައި މިއީ އެ ކުންފުނީގެ މާސްޓަޕްލޭނާ އެއްގޮތަށް ގެނައި ބަދަލެކެވެ. އެގޮތުން، ދެން ސީޕްލޭންތައް ޖައްސާނީ ހުޅުމާލެ އިރުމަތީ ފަޅާ ދިމާލުން އޮންނަ ރޫޓް ބޭނުން ކޮށްގެން ކަމަށް އެ ކުންފުނިން ބުނެއެވެ. ފާއިތުވި އަހަރުތަކުގައި ހުޅުމާލެ މަތިން ސީޕއލޭން ދަތުރު ކުރާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ އެކްސަސައިޒް ދޯސްތީ ފަށައިފި ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑާއި އަވަށްޓެރި އިންޑިއާ ކޯސްޓްގާޑާއި، ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ކުރިއަށްގެންދާ، “ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް – ދޯސްތީ” މިއަދު ފަށައިފިއެވެ. މި އެކްސަސައިޒް ބާއްވަން ފެށިތާ 30 އަހަރު މިއަހަރު ފުރޭއިރު، އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފެށި އެކްސަސައިޒެކެވެ. މި އެކްސަސައިޒުގައި ސްރީލަންކާ ބައިވެރިވާން ފަށާފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ.... އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި ސްޓެލްކޯގެ ސްޓެވޯ ޖަނަރޭޓަރާއެކު ވ. ތިނަދޫ އިންޖީނުގޭގެ ހިދުމަތް ފަށައިފި ސްޓެލްކޯގެ ވޯކްޝޮޕް، ސްޓެވޯގެ އިންޖީނާއެކު ވ. ތިނަދޫގެ އާ އިންޖީނުގެއިން ހިދުމަތް ދޭން ފަށައިފިއެވެ. މިއީ ސްޓެވޯ ވޯކްޝޮޕުން އެސެމްބަލް ކުރި، ޖަނަރޭޓަރުތަކުގެ ތެރެއިން STW500 މޮޑެލްގެ މުޅިން އާ ޖަނަރޭޓަރެކެވެ. މި ޖަނަރޭޓަރަކީ ސްޓެވޯއިން މިހާތަނަށް އެސެމްބަލްކުރި ޖަނަރޭޓަރު ތަކުގެ ތެރެއިން، ކޮމިޝަންކޮށް ބޭނުން ކުރަން ފެށި ފުރަތަމަ ޖަނަރޭޓަރެވެ. ސްޓެލްކޯ އިން ބުނީ އާ ޖަނަރޭޓަރާއެކު ތިނަދޫގެ ޖުމްލަ ކެޕޭސިޓީ 1136 ކިލޯވޮޓް އިތުރުވެފައިވާ ކަމަށެވެ. މީގެ ކުރިން ތިނަދޫގެ ކެޕޭސިޓީއަކީ 656 ކިލޮވޮޓެވެ. […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން