މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކޮމަންޑޫ ދާއިރާގެ ޕްރައިމަރީއަށް ޕީޕީއެމް،ޕީއެންސީން ހުޅުވާލައިފި

ކޮމަންޑޫ ދާއިރާގެ ޕްރައިމަރީއަށް ޕީޕީއެމް،ޕީއެންސީން ހުޅުވާލައިފި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކޯލިޝަންގައި ހިމެނޭ 2 ޕާޓީ ކަމަށްވާ (ޕީ.ޕީ.އެމްއާއި ޕީ.އެން.ސީ) ގެ މެމްބަރުންނަށް ހުޅުވާލައިފިއެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 21 ޑިސެމްބަރ 2021 އިން ފެށިގެން 23 ޑިސެމްބަރ 2021 ވަނަ ދުވަހުގެ ހަވީރު 3:00 އާއި ހަމައަށް މިހާރު ވަނީ ހުޅުވާލާފައެވެ. ކޮމަންޑޫ ދާއިރާގެ […]

އިބްރާހިމް ޚަލީލް
ބާރުބޮޑުވާ ވަގުތު ދެވަނަ ފިޔަވައްސަށް ކޮންމެ 15 މިނެޓަކުން ބަސް ދަތުރު ކުރާނެ

ބާރުބޮޑުވާ ވަގުތު ދެވަނަ ފިޔަވައްސަށް ކޮންމެ 15 މިނެޓަކުން ބަސް ދަތުރު ކުރާނެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ބާރު ބޮޑުވާ ވަގުތުތަކުގައު ކޮންމެ 15 މިނެޓަކުން ބަސް ދަތުރުތައް ކުރާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ، ދެވަނަ ފިޔަވަހީގެ ބަސް ދަތުރުތައް އޮންނާނީ ފަތިހު 5:45 ން ދަންވަރު 12:15 އާ ހަމައަށް ކަމަށެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ރޭގަނޑު 8:45 އާ ހަމައަށް ދަތުރުތައް އޮންނާނީ ކޮންމެ 15 […]

އަޙްމަދު ވަހީދު
މަސްވެރިންގެ ދުވަސް ފާހަގަކުރަން އިހަވަންދޫ އިމަގުން ކުރީ ނަމޫނާ މަސައްކަތެއް

މަސްވެރިންގެ ދުވަސް ފާހަގަކުރަން އިހަވަންދޫ އިމަގުން ކުރީ ނަމޫނާ މަސައްކަތެއް

އާދެ! އިހަވަންދޫ މަސްވެރިނެގެ ގުޅުން (އިމަގު) އެވެ. ޖަމްޢިއްޔާގެ ނަން ބުނެލުމުން ވެސް ޖަމްޢިއްޔާއާއި މަސްވެރިކަމާއި އޮތް ގުޅުމާއި މެދު އިތުރު ސުވާލެއް ނުއުފެދޭނެކަން ޔަޤީނެވެ. ވުމާއެކު މަސްވެރިކަމުގެ ދުވަހެއް އަންނަނަމަ، އެ ދުވަހެއް ވެގެންދާނީ އެ ޖަމްޢިއްޔާއަށް ވަރަށް ވެސް ހާއްސަ ދުވަހަކަށެވެ. އެ ހާއްސަކަން އިމަގު ޖަމްޢިއްޔާއިން ވަނީ މި އަހަރުގެ މަސްވެރިންގެ ދުވަހު ވެސް އަމަލާއި ބަހުން ދައްކުވައިދީފައެވެ. ދިވެހިރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ 10 ވަނަ...

އިބްރާހިމް ޚަލީލް
ނޮޅިވަރަމުގައި އޮތް މުބާރާތަކަށް މޮނީޓަރިންއަށް ލާފައިވާ ރަށަކުން ކުޅުންތެރިއަކު ގެންދިޔަ މައްސަލައެއް

ނޮޅިވަރަމުގައި އޮތް މުބާރާތަކަށް މޮނީޓަރިންއަށް ލާފައިވާ ރަށަކުން ކުޅުންތެރިއަކު ގެންދިޔަ މައްސަލައެއް

ހދ. ނޮޅިވަރަމުގައި ކުރިއަށްދިޔަ ވޮލީ މުބާރާތެއްގައި، ކޯވިޑާއި ގުޅިގެން މޮނީޓަރިންއަށް ލާފައިވާ ރަށަކުން ކުޅުންތެރިއަކު ގެންގޮސް ކުޅުވި މައްސަލައެއް ފެންމަތި ވެއްޖެއެވެ. މި މައްސަލަ ކުރިމަތިވެފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހިގެ ނިޔަލަށް އެ ރަށުގައި ކުރިއަށްދިޔަ އިންޓް އޮފީސް ވޮލީބޯޅަ މުބާރާތް 2021 ގައެވެ. މި މައްސަލައާއި ގުޅިގެން 20 ޑިސެމްބަރ 2021 ގައި ނޮޅިވަރަމު ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ އިންޓަރ އޮފީސް […]

އިބްރާހިމް ޚަލީލް
ކެލާ ކައުންސިލާއި ގުޅިގެން ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ކެލާ ކައުންސިލާއި ގުޅިގެން ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ހއ. ކެލާާ ކައުންސިލުންނާއި ގުޅިގެން ވިޔަފާރި ކުރުމުގެ ފުރުސަތު އެކައުންސިލުން ހުޅުވާލައިފިއެވެ. އެ ފުރުސަތު ހުޅުވާލައި، ކެލާ ކައުންސިލުން ވިދާޅުވެފައި ވަނީ، މި ފަދަ ފުރުސަތެއް ހުޅުވާލުމުގެ އެންމެބޮޑު ބޭނުމަކީ، އެ ކައުންސިލަށް ލިބޭ ޢާންމުދަނީ އިތުރުވުމަކީ ކެލާގެ ތަރައްޤީއަށާއި ރައްޔިތުންނަށް އޭގެ ސަބަބުން ނަފާލިބޭނެ ކަމަކަށް ވީނަމަވެސް ކައުންސިލްތަކަށް ކަނޑައެޅިފައިވާ ބަޖެޓްގެ ތެރެއިން ތަރައްޤީގެ މިފަދަ ޕްރޮގްރާމްތައް ހިންގުމަކީ ވަރަށް ދަތި ކަމަކަށްވާތީ، ކެލާގައި ކައުންސިލްގެ ފަރާތުން ތަރައްގީގެ...

އައިޝަތު ނަސާޔާ
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން: ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އެމްއެންޕީއިން ހުޅުވާލައިފި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން: ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު އެމްއެންޕީއިން ހުޅުވާލައިފި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ހުޅުވާލައިފިއެވެ. އެމްއެންޕީން މިއަދު ބުނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް އެފުރުޞަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ. މިގޮތުން މި ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންވާ އެޕާޓީގެ މެމްބަރުން އެކަމަށް އެދޭ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަކާއެކު، 26 ޑިސެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 17:00 ކުރިން...

އަލީ އާދިލް
މަކުނުދޫ އާއި ބިލެތްފަހި ހިމެނޭހެން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓު އަޅާނެ ބަޔަކު ހޯދަނީ

މަކުނުދޫ އާއި ބިލެތްފަހި ހިމެނޭހެން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓު އަޅާނެ ބަޔަކު ހޯދަނީ

ހދ. މަކުނުދޫ އާއި ށ. ބިލެއްފަހި ހިމެނޭހެން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓު އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީން ގެޒެޓު ކޮށްފައިވާ އިއުލާނެއްގައި ބުނީ ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީކުރުމަށް ނުވަތަ ތަރައްގީ ކުރުމަށް ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އާންމުކޮށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެއާޕޯޓް އަޅާ ރަށްތަކާއި ހި...

އަޙްމަދު ވަހީދު
އުމަރު ޒާހިރުގެ ހަށިކޮޅު ފަސްދާނުލައިފި

އުމަރު ޒާހިރުގެ ހަށިކޮޅު ފަސްދާނުލައިފި

ޤައުމީ ޚިދުމަތްތެރިޔާ، ކުރީގެ މިނިސްޓަރު، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި މިރޭ ފަސްދާނުލައިފި އެވެ. އުމަރުޒާހިރު އަވަހާރަވީ ކޯވިޑްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހޮސްޕިޓަލް ދަރުމަވަންތަ ހޮސްޕިޓަލްގައި މިއަދު މެންދުރުފަހު 14:02 ގައެވެ. އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލީ މިރޭ އިޝާ ނަމާދަށް ފަހު ގަލޮޅު ސަހަރާގަ އެވެ. އުމަރުޒާހިރުގެ މައްޗަށް ކުރެވުނު ކަށުނަމާދު އިމާމްވެ ކުރެއްވީ އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ، ކުރީ...

ޔުމްނާ ޢަލީ
ފެނަކައިގެ އެހީ މިލަދޫގެ ސިއްހީ މަރުކަޒަށް

ފެނަކައިގެ އެހީ މިލަދޫގެ ސިއްހީ މަރުކަޒަށް

ފެނަކަ ކޯޕަރޭޝަނުން ނ. މިލަދޫގެ ސިއްހީ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މިލަދޫ ސިއްހީ މަރުކަޒަށް ހަދިޔާ ކުރީ ހަ އޭސީ އާއި ކޮމްޕިއުޓާ ސިސްޓަމެވެ. ފެނަކަ ސީ.އެސް.އާރ ގެ ދަށުން ، ނ. މިލަދޫ ސިއްޚީމަރުކަޒަށް ބޭނުންވާ 6 އެއަރކޮންޑިޝަނަރ އަދި 2 ކޮމްޕިއުޓަރ ސިސްޓަމް މިއަދުވަނީ ހަވާލު ކުރެވިފައި. މިލަދޫ ސިއްޚީމަރުކަޒުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ސީނިއަރ އެޑްމިނިސްޓްރޭޓަރ އަލްފާޟިލް އިލްޔާސް ޢަބްދުއްޞަމަދެވެ. #ޓީމްފެނަކަ pic.twitter.com/SGJ7NPyHU...

އަޙްމަދު ވަހީދު
ގޮއިދޫ ސްކޫލުގައި 8 ކްލާސްރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ގޮއިދޫ ސްކޫލުގައި 8 ކްލާސްރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ގޮއިދޫ ސްކޫލުގައި 08 ކުލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މިކަމަށް ފުރުޞަތު ހުޅުވާލައި، މިނިސްޓްރީ އޮފް ފިނޭންސްއިން ކުރި ޢިއުލާނެއްގައި ބުނީީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ށ. ގޮއިދޫ ސްކޫލްގައި 8 ކްލާސްރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެން ކަމުން މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ  ފުރުޞަތު މިކަމަށް  ޝަރުޠުހަމަވާ  ހުރިހާ  ފަރާތްތަކަށް ފިނޭން މިނިސްޓްރީއިން ވަނ...

ޝިއުނާ އާދަމް
އުމަރު ޒާހިރުގެ ކަށުނަމާދު އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

އުމަރު ޒާހިރުގެ ކަށުނަމާދު އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައި

ޤައުމީ ޚިދުމަތްތެރިޔާ، ކުރީގެ މިނިސްޓަރު، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކުރާގޮތަށް ހަމަޖެހިއްޖެއެވެ. އުމަރުޒާހިރު އަވަހާރަވީ ކޯވިޑްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހޮސްޕިޓަލް ދަރުމަވަންތަ ހޮސްޕިޓަލްގައި މިއަދު މެންދުރުފަހު 14:02 ގައެވެ. ކޯވިޑްގެ އާލާސްކަންފުޅާއި ގުޅިގެން އެމަނިކުފާނު ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި އެޑްމިޓްކޮށް ފަރުވާދޭން ފަށާފައިވަނީ މި މަހުގެ 12 ވަނަ ދ...

ޝިއުނާ އާދަމް
ކުޅުދުއްފުށީގައި ގާއިމުކުރި ކޮމިއުނިޓީ ޖިމް ހުޅުވައިފި

ކުޅުދުއްފުށީގައި ގާއިމުކުރި ކޮމިއުނިޓީ ޖިމް ހުޅުވައިފި

ކުޅުދުއްފުށީ ސިޓީގައި ސަރުކާރުން ގާއިމުކުރި ކޮމިއުނިޓީ ޖިމް މިއަދު ހުޅުވައިފިއެވެ. މި ޖިމަކީ މިނިސްޓްރި އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ކުޅުދުއްފުށީ ސިޓީ ކޮމިއުނިޓީ ސެންޓަރުގައި ޤާއިމްކޮށްދީފައިވާ ޖިމެކެވެ. މި ޖިމް ހުޅުވައިދެއްވައި، މިކަމާގުޅިގެން ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ކުޅުދުއްފުށީ ސިޓީގެ ކުޅިވަރު އަދި އިޖުތިމާއީ ޚިދުމަތްތެރިއެއްކަމަށް އަބޫބަކުރު ހުސެން (ޕެލޭ) އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރަފްވެރި މެހެމާނު ޕެލޭ ވަނ...

ޔުމްނާ ޢަލީ
އުމަރު ޒާހިރު އަވަހާރަވެއްޖެ

އުމަރު ޒާހިރު އަވަހާރަވެއްޖެ

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ކުރީގެ މިނިސްޓަރު، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަވެއްޖެއެވެ. އެމަނިކުފާނު އަވަހާރަވީ ކޯވިޑްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހޮސްޕިޓަލް ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. ކޯވިޑްގެ އާލާސްކަންފުޅާއި ގުޅިގެން އެމަނިކުފާނު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 85 އަހަރެވެ. ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ހުޅުމާ...

ޔުމްނާ ޢަލީ
އަރަބިއްޔާ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ދާއިމީ ހައްލަކަށް ބާޖަމާލުއްދީން ބިން

އަރަބިއްޔާ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ދާއިމީ ހައްލަކަށް ބާޖަމާލުއްދީން ބިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް)ގެ ޕީ.ޓީ.އޭ.ގެ ބޭފުޅުންނާއި ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ވަނީ އެ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައިގެ ދާއިމީ ޙައްލަކަށް ސަރުކާރުން ނިންމަވާފައި ވަނީ މިހާރުގެ ބާޖަމާލުއްދީން ހުރި ގޯތި ތެރޭގައި ޖާގައިގެ ގޮތުން މިހާރަށްވުރެ ތ...

ޝިއުނާ އާދަމް
އެއިރަކު އޮންނަ ސަރުކާރަކުން ވަކި ގައުމަކަށް ބަރޯސާވުމަކީ ސިޔާސީ ލީޑަރުންގެ ބަލިކަށިކަން: ރިޔާޟް

އެއިރަކު އޮންނަ ސަރުކާރަކުން ވަކި ގައުމަކަށް ބަރޯސާވުމަކީ ސިޔާސީ ލީޑަރުންގެ ބަލިކަށިކަން: ރިޔާޟް

އެއިރަކު އޮންނަ ސަރުކާރަކުން ވަކި ގައުމަކަށް ބަރޯސާވުމަކީ ސިޔާސީ ލީޑަރުންގެ ބަލިކަށިކަން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އިންތިޤާލީ އެއް ނައިބު ރައީސް، ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ. އިއްޔެ ކުރިއަށް ދިޔަ އެމްއެންޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރިޔާޟް ވިދާޅުވީ، “އިންޑިއާ އައުޓް” ކެމްޕޭން އެ ޕާޓީން ޤަބޫލު ނުކުރަށްވާކަމަށާއި، އެހެން ދަންނަވާ ބައިވަރު ސަބަބުތައް ވެސް އެބަހުރި ކަމަށެވެ. އެމްއެންޕީ ޤަބޫލުކުރަނީ އިންޑިއާއަކީ ވެސް ޗައި...

އަލީ އާދިލް