މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ބޮޑުވަޒީރު ޝައިޚް ޙަސީނާގެ މި ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރަށްވާ ދަތުރުފުޅެކެވެ. ބަންގުލަދޭޝްގެ ބޮޑު ވަޒީރު ރާއްޖެއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅަކީ ރައީސް ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެކަމަނާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ބޮޑުވަޒީރު ޝައިޚް ޙަސީނާ އަދި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން...

ޔުމްނާ ޢަލީ
އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް 38 މިލިއަން ރުފިޔާ ދީފި

އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް 38 މިލިއަން ރުފިޔާ ދީފި

މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ދޭން ޖެހޭ 38 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަވާލުކޮށްފިއެވެ. މިއަދު ހަވާލު ކުރި މި ފައިސާ އަކީ އަތޮޅު ފިހާރަތަކުން ދޭން ޖެހޭ ދެ އަހަރު ދުވަހުގެ ފައިސާއެވެ. އެއީ 2016 ވަނަ އަހަރު ދޭން ޖެހޭ 17.8 މިލިއަން ރުފިޔާ އަދި 2017 ވަނަ އަހަރު ދޭން ޖެހޭ 20.5 މިލިއަން ރުފިޔާއެވެ. މި ފައިސާ ދީފައިވަނީ 20 އަތޮޅަކަށެވެ. އަތޮޅު ފިހާރަތަކުގެ ފައިސާ ނުލިބޭތީ ކައުންސިލްތަކުން […]

އަޙްމަދު ވަހީދު
"ޤައުމެއް ތަރައްގީވެ ކުރިއަށްދަނީ، ދަރިންނަށް ދެވޭ ތަޢުލީމާއެކު ދެވޭ ތަރުބިއްޔަތާއި، ތަމްރީނުތަކެއްގެ މައްޗަށް"

"ޤައުމެއް ތަރައްގީވެ ކުރިއަށްދަނީ، ދަރިންނަށް ދެވޭ ތަޢުލީމާއެކު ދެވޭ ތަރުބިއްޔަތާއި، ތަމްރީނުތަކެއްގެ މައްޗަށް"

ޤައުމެއް ތަރައްޤީވެ ކުރިއަށްދަނީ، އެ ޤައުމެއްގެ ދަރިންނަށްދޭ ހަމައެކަނި ތަޢުލީމެއްގެ ސަބަބަކުންނެއް ނޫންކަމަށާއި، އެކަން ހާސިލްވެގެން ދަނީ ދަރިންނަށްދެވޭ ތަޢުލީމަކާ އެކީގައި، ދެވޭ ތަރުބިއްޔަތަކާއި، ތަމްރީނުތަކެއްގެ މައްޗަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ، މިހެން ވިދާޅުވީ އީ.ޕީ.އެސް. ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ރޭ ބޭއްވި “ޚިދުމަތުގެ ހަވީރު 2021” ޙަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފްލާގައި ދެއްކެވި ވާހ...

ތިލަދުން
ކަގްލިއާރީ ބަލިކޮށް ޕޮއިންޓް ތާވަލުގެ ފަސްވަނައަށް ޔުވެންޓަސް ޖެހިލައިފި

ކަގްލިއާރީ ބަލިކޮށް ޕޮއިންޓް ތާވަލުގެ ފަސްވަނައަށް ޔުވެންޓަސް ޖެހިލައިފި

އިޓާލިއަން ސީރިއާ އޭގައި އަންގާރަ ދުވަހުގެ ރޭ ޔުވެންޓަސްއާއި ކަގްލިއާރީ ބައްދަލުކުރި މެޗު ޔުވެންޓަސް ކާމިޔާބު ކޮށްފިއެވެ. ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި ސީޒަން ފަށައިގެން ޔުވެންޓަސްއިން ދަށް ނަތީޖާތަކެއް ނެރުނު ނަމަވެސް މިހާރު އެ ޓީމްގެ ފޯމް ވަނީ ރަނގަޅުވެފައެވެ. މިގޮތުން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު ވަނީ ކާމިޔާބު ކޮށްފައެވެ. މެޗުގެ ކުރީކޮޅު […]

އިބްރާހިމް ޚަލީލް
ބޯޑާ މައިލްސްއަަށް އެއްލައްކަ މެމްބަރުން

ބޯޑާ މައިލްސްއަަށް އެއްލައްކަ މެމްބަރުން

މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމުގައި އެއްލައްކަ މީހުން ބައިވެރިވެއްޖެއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މިހާތަނަށް އެއްލައްކަ ހަމަވެފައިވާއިރު މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މި ޕްރޮގްރާމަށް އެއްް ލައްކަ މީހުން ހަމަވެފައިވަނީ ޕްރޮގްރާމް އިފްތިތާހު ކުރިތާ އަހަރެއް ވެސް ނުވަނީސް އެވެ. ބޯޑާ މައިލްސް ޕްރޮގްރާމް އިފްތިތާހު ކުރީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. މިއީ ފަތުރުވެރިންނަށް ހާއްސަކޮށްގެން ހިންގާ ދުނިޔޭގެ މިފަދަ ފުރަތަމަ ލޯޔަލްޓީ ޕްރޮގްރާމެވެ. މި ޕްރޮގްރާމަކީ ކޯވިޑް...

އަޙްމަދު ވަހީދު
މިސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ވީހާވެސް ގިނަ ގައުމުތަކާ ގުޅުން ބަދަހިކުރުން: އަލީ ޒާހިރު

މިސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ވީހާވެސް ގިނަ ގައުމުތަކާ ގުޅުން ބަދަހިކުރުން: އަލީ ޒާހިރު

މިސަރުކާރާއި، ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ހާޒިޖީ ސިޔާސަތަކީ ވީހާވެސް ގިނަ ގައުމުތަކާއި ގުޅުން އުފައްދައި، ގުޅުން ބަދަހިކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާގެ ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ، ރާއްޖެއަކީ ފެށުނީއްސުރެ ބެލެންސް ހާޒިރިޖީ ސިޔާސަތެއް ގެންގުޅެމުންއައި ގައުމެއްކަމަށެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ރައީސުލްޖުމްހޫރިއްޔާކަ...

ޙުސައިން ޝަހުދީ
ސެވިއްޔާ އަތުން ވެސް ބާސާއަށް ޕޮއިންޓެއް

ސެވިއްޔާ އަތުން ވެސް ބާސާއަށް ޕޮއިންޓެއް

ސްޕެނިޝް ލަލީގާގައި އަންގާރަ ދުވަހުގެ ރޭ ބާސެލޯނާއާއި ސެވިއްޔާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ސެވިއްޔާއިންނެވެ. މި ލަނޑު 32 ވަނަ މިނެޓުގައި ރަކިޓިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޕާޕޫ ގޮމޭޒްއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު […]

އިބްރާހިމް ޚަލީލް
މަހުގެ އުފެއްދުންތައް ތައްޔާރު ކުރަން މިފްކޯއިން ފަންނީ އެހީތެރިކަން ދެނީ

މަހުގެ އުފެއްދުންތައް ތައްޔާރު ކުރަން މިފްކޯއިން ފަންނީ އެހީތެރިކަން ދެނީ

މަހުގެ ބާވަތްތައް ތައްޔާރު ކުރަން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިފްކޯ އާއި ދިވެހި މަސްވެރިންގެ ޖަމިއްޔާ އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން، މަހުން އެކި ބާވަތްތަކުގެ އުފެއްދުންތައް ތައްޔާރުކުރަން ދަސްކޮށްދިނުމަށް ދިވެހި މަސްވެރިން ޖަމިއްޔާ އިން ގއ. ގެމަނަފުށީގައި ކުރިއަށް ގެންދާ ތަމްރީނުތަކުގައި ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެގޮތުން މިހާރު ވެސް ގޭގޭގައި އުފައްދައި، ވިއްކަމުންދާ އެކި ބާވަތްތަކުގެ ކާނާ ބަންދުކޮށް، ގިނަ ދުވަހު ގެންގުޅުމަ...

އަޙްމަދު ވަހީދު
އެމްޑަބްލިއުއެސްސީގެ ސްޓާފް އެވޯޑް، 87 މުވައްޒަފަކަށް

އެމްޑަބްލިއުއެސްސީގެ ސްޓާފް އެވޯޑް، 87 މުވައްޒަފަކަށް

ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ކޮންމެ އަހަރަކު އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން އެންމެ ހިދުމަތްތެރި މުވައްޒަފުންނަށް ދޭ ދްޓާފް އެވޯޑު 87 މުވައްޒަފަލު ކާމިޔާބު ކޮށްފިއެވެ. ރޭ ބޭއްވި ހަފްލާގައި މި އެވޯޑުތައް ހަވާލު ކޮށްދެއްވީ ހަފުލާގެ ޝަރަފުވެރި މެހުމާން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމް އާއި ބޯޑު ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުގެ އިތުރުން، ސީނިއާ މެނޭޖުމަންޓް ޓީމުގެ މެންބަރުންނެވެ. ފާއިތުވި ދެ އަހަރު ދުވަސް، (2019 އަދި 2020) ވަނަ އަހަރު ތަފާތު […]

އަޙްމަދު ވަހީދު
ޖާބިރު ހައްޔަރުކޮށް، ކޯޓަށް ގެންދިއުމަށްފަހު ދޫކޮށްލައިފި

ޖާބިރު ހައްޔަރުކޮށް، ކޯޓަށް ގެންދިއުމަށްފަހު ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކޯޓަށް ހާޒިރުކުރުމަށް ހައްޔަރު ކުރުމަށްފަހު، ދޫކޮށްލައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރު ހައްޔަރު ކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ޖާބިރު ހައްޔަރު ކޮށްފައި މިވަނީ ސިވިލް ކޯޓަށް ހާޟިރުކުރުމަށް ނެރެފައިވާ އަމުރެއްގެ ދަށުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް ފުލުހުންގެ ރަސްމީ ބަހެއް އަދި މިކަމަށް ލިބިފައެއް ނުވެއެވެ. ސިވިލް ކޯޓަށް ހާޒިރުކުރުމަށްފަހު މިހާރު ޖާބިރު ދޫކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ...

އައިޝަތު ނަސާޔާ
އިންޑިއާ އައުޓް ގޮވޭނެ، ގޮވާނަން، ނުވެސް ޖެހޭނެ: ޝުޖާޢު

އިންޑިއާ އައުޓް ގޮވޭނެ، ގޮވާނަން، ނުވެސް ޖެހޭނެ: ޝުޖާޢު

އިންޑިއާ އައުޓް ގޮވޭނެކަމަށާއި، އަދި އެހެން ގޮވަންވެސް ގޮވާނެ ކަމަށާއި، އެހެން ގޮވުމުން “ނުވެސް ޖެހޭނެ” ކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ޝުޖާޢު މިހެން ވިދާޅުވީ، މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެންބަރު އިބްރާޙީމް ފަލާޙް ވާހަކަ ދައްކަވާ ވީޑިއޯ ޓްވީޓާގައި ހިއްސާ ކުރަށްވާ ޓްވީޓެއްގައެވެ. އެ […]

އަލީ އާދިލް
ގައްދޫ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ގައްދޫ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި

ގދ. ގައްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދެވެ. މި މަޝްރޫއުގެ ދަށުން އެރަށު ބަނދަރު ފުންކުރުމާއި، 232 މީޓަރުގެ ބޭރުތޮށިލުމާ 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 320 މީޓަރުގެ އެއްގަމުތޮ...

އަޙްމަދު ވަހީދު
ކުނިކޮށީގައި އަލިފާން ރޯކުރުމަކީ މަނާކަމެއް: ކުޅުދުއްފުށީ ސިޓީ ކައުންސިލް

ކުނިކޮށީގައި އަލިފާން ރޯކުރުމަކީ މަނާކަމެއް: ކުޅުދުއްފުށީ ސިޓީ ކައުންސިލް

ހދ. ކުޅުދުއްފުށި ސިޓީގެ ކުނިކޮށީގައި އާއްމު ފަރާތްތަކުން އަލިފާން ރޯ ކުރަމުންދާތީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެކަން މަނާކޮށްފިއެވެ. އެކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި ދުވަސްވަރަކީ އިރުވައި މޫސުންކަމުން މިގޮތަށް އަމަލު ކުރުމުގެ ސަބަބުން ކުނިކޮށިން އަރާ ދުންތައް ރަށުތެރެއަށް ފެތުރި ސަރަހައްދުގެ ގެތަކަށާއި، މުއައްސަސާތަކަށް އަންނަނީ ނުހަނު ދަތި އުނދަގޫތަކާއި ކުރިމަތިވަމުންކަމަށެވެ. ކުނިއުކާލުން ފިޔަވައި އިތުރު އެއްވެސް ބޭނުމަކަށް ކުނިކޮށްޓަށް ނުވަނުމަށް ކައުންސިލުނ...

އައިޝަތު ނަސާޔާ
100 ކިލޯގެ ޑްރަގް މައްސަލައިގައި ހިމެނޭ 14 މީހުންނަށް ދައުވާކޮށްފި

100 ކިލޯގެ ޑްރަގް މައްސަލައިގައި ހިމެނޭ 14 މީހުންނަށް ދައުވާކޮށްފި

މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ޓްރެފިކް ކުރުމުގެ ތުހުމަތުގައި 14 މީހަކަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލް އިން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ. ޕީޖީ އިން މިއަދު ބުނެފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ބަރުދަނުގައި ގާތްގަނޑަކަށް 100 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ދަޢުވާތައް ކުރުމަށް 20 ޑިސެންބަރު 2021 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެގޮތުން ޑައިމޯފިން ޓްރެފިކްކުރު...

އައިޝަތު ނަސާޔާ
ނިދާފައި އޮންނަ އިރު އާދަޔާ ޚިލާފަށް ދާހިތްލުން، އޮމިކްރޯންގެ އަލާމާތެއް!

ނިދާފައި އޮންނަ އިރު އާދަޔާ ޚިލާފަށް ދާހިތްލުން، އޮމިކްރޯންގެ އަލާމާތެއް!

ކޮވިޑް19 ގެ އައު ވޭރިއަންޓްކަމުގައިވާ އޮމިކްރޯން ވޭރިއަންޓް ޖެހޭ މީހުން ނިދާފައި އޮންނަ އިރު އާދަޔާ ޚިލާފަށް ދާހިތްލާކަމަށް މި ވޭރިއަންޓް ދިރަސާ ކުރަމުން އަންނަ ސައުތު އެފްރިކާގެ ޑޮކްޓަރެއް ހާމަކޮށްފިއެވެ. އޮމިކްރޯން ވޭރިއަންޓް ޖެހޭ މީހުންނަށް ދިމާވަމުން އަންނަ ކަންތައްތަކާއި ބެހޭ ގޮތުން ޓީވީ ޕްރޮގްރާމްއެއްގައި ސައުތު އެފްރިކާގެ ޑރ. އާމިރް ޚާން ވިދާޅުވެފައިވާ ގޮތުގައި ކޮވިޑް 19ގެ އެހެން ވޭރިއަންޓްތަކާއި ޚިލާފަށް އޮމިކްރޯން ޖެހޭ މީހުންނަށް ނިދާފައި އޮންނަ ވަގުތުގައި އާދަޔާ ޚިލާފަށް ދާހިތްލާކަމަށް...

އަޒްފާ ރަޝީދު