ތިލަދުންމަތީ ޚަބަރު ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއިއެކު އިހަވަންދޫގެ ކަރަންޓީން ވެފައިވާ ގޭ ތަކަށް ހަދިޔާ ބަހައިފި ހއ. އިހަވަންދޫ ގެ ހެޔޮ އެދޭ ފަރާތެއްގެ އެހީތެރިކަމާއިއެކު އެރަށު ކައުންސިލުން، ކޯވިޑްގެ ސަބަބުން އެ ރަށުގައި މިވަގުތު ކަރަންޓީން ވެފައިވާ ގޭތަކަށް ހަދިޔާގެ ގޮތުގައި ތަކެތި ފޯރުކޮށްދީފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ އެ ރަށުގައި މިވަގުތު ކަރަންޓީން ވެފައިވާ 29 ގެއަށް މިއަދު ހަދިޔާ ދީފައިވާނެ ކަމަށެވެ. ހަދިޔާގެ ތެރޭގައި ސައިބޯނި، ހަނޑޫ ފަދަ ތަކެތި ހިމެނެއެވެ. މީގެ އިތުރުން ރަށުގެ ބައެއް މުއައްސަސާތަކަށް ވެސް […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ރާއްޖެ ބަންދުގައި ހުންނެވި މުއްދަތަށް ޔާމީނަށް 2.4 މިލިއަން ރުފިޔާ ޖަމާކޮށްދީފި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރުމަށް ހޭދަވި ދެ އަހަރުގެ މުއްދަތަށް، ދައުލަތުގެ ބަޖެޓުން ކުރީގެ ރައީސުންނަށް ދޭން ޖެހޭ އިނާޔަތުގެ ގޮތުގައި 2.4 މިލިއަން ރުފިޔާ އެމަނިކުފާނަށް ޖަމާކޮށްދީފި އެވެ. ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި، މަނީލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަކްކޯޓުން ނިންމައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި 5 […] އަލީ އާދިލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހޯރަފުށީ މަގުހެދުމުގެ މަސައްކަތް ފަށައިފި ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މިއަދު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފުތިތާހު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. އެ ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ހޯރަފުށީގެ 11 މަގެއްގައި ތާރު އަޅަން އެމްޓީސީސީއާ ހަވާލުކުރީ އޭޕްރިލް 2021ގައެވެ. މި މަސައްކަތް އިފުތިތާހު ކ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބިލެތްފަހި ކައުންސިލްގެ "އިންޓަރ އޮފީސް ޗެލެންޖް ކަޕް 2022" ނިންމާލައިފި “އިންޓަރ އޮފީސް ޗެލެންޖް ކަޕް 2022 ” ގެ ނަމުގައި ށ. ބިލެތްފަހީ ކައުންސިލުން އިންތިޒާމްކޮށް އެރަށުގައި ކުރިއަށް ގެންދިޔަ ހޭންޑްބޯލް އަދި ފުޓްސެލް މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ބިލެތްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވީ މި މުބާރާތަކީ ރަށުގެ މުއައްސަސާތަކަށް އަމާޒުކޮށް މިމަހު 11 އިން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ މުބާރާތެއް ކަމަށެވެ. މި މުބާރާތުގައި ބިލެތްފަހީ ކައުންސިލް އިދާރާ، ބިލެތްފަހީ ސިއްޙީ […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަރޮށި ބަނދަރުގެ މަސައްކަތް އިފްތިތާހު ކޮށްފި ށ. މަރޮށި ބަނދަރު އަޕްގްރޭޑިންގެ މަސައްކަތް އިފްތިތާހު ކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. މަރޮށި ބަނދަރުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާއެެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމާއި ގްރޮއިން ޖެހުމާއި ބޭރު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 43.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެ އދ. މަންދޫ ކައިރި ފަރެއްގައި ޑައިވްކުރަނިކޮށް ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ކަނޑު އަޑިން ނަގައިފިއެވެ. އެ މީހާ ގެއްލުނީ 15 ޖަނަވަރީ 2022 ވަނަ ދުވަހު އެވެ. އެމްއެންޑީއެފުން ވިދާޅުވީ މިއަދު 15:10 ގައި އެމް.އެން.ޑީ.އެފް ކޯސްޓްގާޑްގެ ޑައިވަރުން ވަނީ ކަނޑުގެ 15 މީޓަރު އަޑިން އެމީހާގެ ހަށިގަނޑު ހޯދުމަށްފަހު ނަގާފަކަމަށެވެ. އެ މީހާއަކީ އދ. މަންދޫ ކައިރި ފަރަކަށް ޑައިވުކުރަންދިޔަ “ގޮމަ” ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން ފަތުރުވެރިއެކެވެ. އެއީ އުމުރުން 69 […] ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯއިން އެދެނީ އޮންލައިންކޮށް ވިޔަފާރި ކުރަން އޮންލައިންކޮށް ވިޔަފާރި ކުރަން އެސްޓީއޯއިން އެދިއްޖެއެވެ. އެސްޓީއޯއިން މިހެން އެދުނީ ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް އަނެއްކާވެސް އިތުރުވަމުންދާތީއެވެ. އޮންލައިންކޮށް ވިޔަފާރި ކުރުމުން ގޭގައި ތިބެގެން އެއްވެސް ބަޔަކާ ބައްދަލު ނުވެ ވިޔަފާރި ކުރެވޭނެއެވެ. އެސްޓީއޯއިން ވަނީ 2020 ވަނަ އަހަރު ކޯވިޑާ ގުޅިގެން ރައްކާތެރިކަމާއެކު ވިަޔފާރި ކުރުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް އޮންލައިން ފިހާރައެއް ހުޅުވާފައެވެ. އެސްޓީއޯ އީ ސްޓޯރުން އެ ކުންފުނީގެ ސުޕަމާޓުންނާއި ހޯމް އިމްޕްރޫވްމަންޓުން ލިބެން ހުންނަ ސާމާނާއ... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫ އަންހެނުންގެ ކޮމެޓީގެ "އުފަލުން" ޕްރޮގްރާމްގެ ފުރަތަމަ ހަދިޔާ ށ. އަމާންވެއްޓަށް “އުފަލުން” ނަމުގައި ށ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތުގެ ދަށުން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ފެމިލީ ސޯޝަލް ސަރވިސްގެ ފަރާތުން އެރަށުގައި ގާއިމުކޮށްފައިވާ ށ. އަމާންވެއްޓަށް ތަކެތި ހަދިޔާ ކޮށްފިއެވެ. ފުނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް، “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފަހަރުގެ ހަރަކާތުގައި އެކުދިންނަށް ހަދިޔާ ކޮށްފައިވަނީ އަންނައުނު ކަމަށެވެ. އެގޮތުން އަންނައުނ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ކުޅިވަރު ލެވަންޑޯސްކީ ޖަރުމަނު ލީގުގައި 300 ލަނޑު ހަމަކުރި މެޗުގައި ބަޔާނަށް ފަސޭހަ މޮޅެއް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިޔުނިކަށް ކުޅެމުން އަންނަ ޕޮލެންޑްގެ ތަޖުރިބާކާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެ ލީގުގައި 300 ލަނޑު ޖަހައިފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ބަޔާން މިޔުނިކާއި ކޮލޯން ބައްދަލުކުރި މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ލެވަންޑޯސްކީ ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މިއީ މި ސީޒަންގައި ޖަރުމަނު ލީގުގައި ލެވަންޑޯސްކީ ހެދި ދެވަނަ ހެޓްރިކެވެ. މި މެޗުގެ 9 ވަނަ މިނެޓުގައި […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މުރައިދޫ ބަނދަރުގެ މަސައްކަތް ފަށައިފި ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކު މަސައްކަތް ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުالله އެވެ. މި ރަސްމިއްޔާތުގައި، މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއުގެ ދަށުން، 212 މީޓަރު އެއްގަމުތޮށި ލުމާއި، 407 މީޓަރު ބޭރުތޮށި ލުމާއި، 107މީޓަރު ބޭރުތޮށި މަރާމާތުކުރުމާއި، 105 މީޓަރު... އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ރާއްޖެ އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ހުސްވެފައިވާ 5 މަގާމަށް މެމްބަރުންގެ ގޮތުގައި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތަށް މުއްދަތު އިތުރު ކޮށްފިއެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ކުރިން ހުޅުވާލާފައި ވަނީ މާދަމާގެ ނިޔަލަށެވެ. ނަމަވެސް ރައީސް އޮފީހުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މުއްދަތު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ރާއްޖެ ރައީސް ޞާލިޙް، ޔޫ.އޭ.އީ އަށް ފުރާވަޑައިގެންފި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ)ގެ ދުބާއީ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސް ޞާލިޙްގެ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަޙުދު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި، އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ހުޅުވުމުގެ ރަސްމިއްޔާތު އަދި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދެއްވުމުގެ ރަސްމިއްޔ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ކުޅިވަރު އެސްޓަން ވިލާއިން ޔުނައިޓެޑް މޮޅުވިޔަ ނުދީ ހިފަހައްޓައިފި އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އެސްޓަން ވިލާއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއަކުނނެވެ. ޔުނައިޓެޑުން މި މެޗަށް ނުކުމެފައި ވަނީ އަނިޔާގެ ސަބަބުން އެ ޓީމްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ރަޝްފޯޑް ޓީމްގައި ނުހިމަނައެވެ. މި މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖަހާފައި ވަނީ ޔުނައިޓެޑުންނެވެ. މިގޮތުން މެޗުގެ 6 ވަނަ މިނެޓުގައި […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ރާއްޖެ ލޯއެންފޯސްމަންޓް ޔުނީފޯމް ބޮޑީޒް ތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް އިމިގްރޭޝަނުން ކައުންޓަރެއް ލޯއެންފޯސްމަންޓް ޔުނީފޯމް ބޮޑީޒް ތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ޕާސްޕޯޓް ދޫކުރުމަށްޓަކައި ހާއްސަ ކައުންޓަރެއް މޯލްޑިވްސް އިމިގްރޭޝަންއިން ހަމަޖައްސަވައިފިއެވެ. އިމިގްރޭޝަން އިން މިއަދު ވިދާޅުވީ، ލޯއެންފޯސްމެންޓް ޔުނިފޯމް ބޮޑީޒްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ޕާސްޕޯޓްގެ ޚިދުމަތް ދިނުމުގައި ލުއި ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެ ދާއިރާތަކުގެ ޚިދުމަތްތެރިންނަކީ، ޑިއުޓީ ގަޑީގައި ރައްޔިތުންނާއި ގުޅުންހުރި ނާޒުކު މުހިންމު މަސައްކަތްތަކެއް ކުރެއްވުމުގައި އަވަދިނެތި އުޅުއް... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފިނޭ އަންހެނުން ކޮމެޓީން ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި ހދ. ފިނޭ ކަނބަލުންނަށް ހާއްސަކޮށް އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ ނައިބު ރައީސް ޝަކީބާ އަލީ ވިދާޅުވީ މި ޕްރޮގްރާމަކީ “ހަށިހެޔޮ ދުޅަހެޔޮ” ހަރަކާތުގެ ތެރެއިން 30 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެއް ކަމަށެވެ. ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ. ގާތްގަނޑަކަށް 60 ބައިވެރިންނާއި އެކު ފަށާފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން