ރާއްޖެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ވައިޓް އެލާޓް ނެރެފި މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ފ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިރޭ 22:00 އާއި ހަމައަށެވެ. މެޓް އޮފީހުގެ ސަމާލުގެ […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކޯވިޑްގެ ހާލަތު ގޯސްވުމުން، ޓެކާސް ފުޓްސަލް މުބާރާތުގެ ހދ އަތޮޅު މެޗުތައް ފެށުން ލަސްކޮށްފި ކޯވިޑް ހާލަތު ގޯސްވުމުގެ ސަބަބުން ޓެކާސްއިން ބާއްވާ ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕްގެ ހދ އަތޮޅުގެ މެޗުތައް ފެށުން ލަސްކޮށްފިއެވެ. ޓެކާސް އިން ބުނެފައިވާ ގޮތުގައި ކުޅުދުއްފުށި ސިޓީގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި މެޗުތައް ލަސްކޮށްލާފައި މިވަނީ އެ އަތޮޅުގައި ކޯވިޑް ކޭސްތައް އިތުރުވެ އެ ސަރަހައްދުގެ ރަށްތަކުގެ ހާލަތު އިތުރަށް ގޯސްވަމުން ދާތީއެވެ. މިމެޗްތައް ފެށޭނެ ކަމަށް ޓެކާސްއިން ލަފާކޮށްފައި ވަނީ އަންނަ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. ޓެކާސްގެ މިމުބާރާތަކީ […] އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ރާއްޖެ ރައީސް ޞާލިޙް، ދުބާއީ އެކްސްޕޯއަށް ޒިޔާރަތް ކުރައްވައިފި ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދުބާއީ އެކްސްޕޯ 2020އަށް ޒިޔާރަތް ކުރައްވައިފިއެވެ. ރައީސް ޞާލިޙް ވަނީ ދުބާއީ އެކްސްޕޯއަށް ޒިޔާރަތް ކުރައްވައި، އެ އެކްސްޕޯ ބައެއް ޕެވިލިއަންތައް ބައްލަވާ ލައްވާފައެވެ. މިގޮތުން ދިވެހިރާއްޖޭގެ ޕެވިލިއަން، ސިންގަޕޫރުގެ ޕެވިލިއަން، އިޓަލީގެ ޕެވިލިއަން އަދި ވިޝަން ޕެވިލިއަންއަށް ރައީސް ވަނީ ޒިޔާކުރަށްވާ ބައްލަވާ ލަށްވާފައެވެ. އެކްސްޕޯގެ ދިވެހިރާއްޖޭގެ ޕެވިލިއަން އިން ދައްކުވައިދެނީ މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމުގައި ދެމެހެއްޓެނިވި ގޮތ... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ރާއްޖެ ޝަރަފުވެރިކަމާއެކު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުން ނާޝިދު ރިޓެއާ ކުރައްވައިފި ވިހި އަހަރުގެ ޚިދުމަތަށްފަހު އެސިސްޓެންޓް ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުން، އިސްމާއިލް ނާޝިދު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ. ނާޝިދު، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ކަސްޓަމްސްއިން ފާހަގަކުރައްވާފައި ގޮތުގައި ޝަރަފްވެރިކަމާއެކު ނާޝިދު ކަސްޓަމްސްއިން ރިޓަޔަރ ކުރެއްވީ އަގު ނުކުރެވޭފަދަ ނަމޫނާ އަދި ނަޒާހަތްތެރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހުގައެވެ. ނާޝިދު އަކީ މަސައްކަތައް ވަފާތެރި އަދި ކަސްޓަމްސްގެ މުވައްޒަފުންގެ އިޙްތިރާމް ހޯދާފައިވާ ގާބި... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަރޮށީގައި ޕޭސްޓްރީ ކޯހެއް ފަށަނީ ށ. މަރޮށި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިން އިންތިޒާމުކޮށްގެން އެރަށުގައި ޕޭސްޓްރީ ކޯހެއް ފެށުމަށް ނިންމައިފިއެވެ. މަރޮށި ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި މި ކޯސް ފެށުމަށް ހަމަޖެހިގައި ވަނީ މި ފެށޭ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އެގޮތުން މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންހެނުންގެ ކޮމިޓީގެ ރައީސާ މާޖިދާ ޙުސައިން 9674633 ނުވަތަ ކައުންސިލަރ ނުހާ ޒާހިރު 9674633 އަށް ތަފްސީލް (ނަން، ދާއިމީ... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން
ރާއްޖެ ޕްލޭނިން މިނިސްޓްރީއަށް އިތުރު ނައިބަކު އައްޔަނު ކުރަށްވައިފި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބުގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ. އެ މަގާމަށް އައްޔަނު ކުރެއްވީ، ފުވައްމުލައް ސިޓީ، ފުނާޑު، މާނެލް، ޢަދުބު ﷲ ފަލާޙް ޝަރީފް އެވެ. އޭނާ މީގެ ކުރިން ވަނީ ޏ. އަތޮޅުކައުންސިލުގެ ރައީސްކަމާއި ފުވައްމުލައް ސިޓީގެ މޭޔަރުކަމުގެ މަޤާމު ފުރުއްވާފައެވެ. ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގައި މިހާރު ވެސް 6 ނައިބަކު ތިއްބަވައެވެ. ޝިއުނާ އާދަމް · 4 އަހަރު ކުރިން
ވާހަކަ ވާހަކަ: ހަންޑި ހުސޭނު ކައިރީގައިހުރި ރަށްރަށަށް ބިލެތާ ދިޔަ ދޯނިތައް އައިސް ފަޅަށް ވަންނަނީއެވެ. ހުސޭނު އިނީ އަތިރިމަތީގައި ހުރި ކާނިގަހެއްގެ ދަށުގައި އޮތް ރުއް ބުޑެއް މަތީގައެވެ. ގަދަޔަށް އަވި ދިއްލާފައި އޮތް ދުވަހެކެވެ. އެހެންނާ ނުފެންނަ ބައެއް ރަށްރަށުގެ މަލަތައްވެސް ތިރިތިރިކޮށް ފެންނަން އޮތެވެ. މާލޫދަށް ދައުވަތު ދިނުމަށް ބިލެތާއި ފަންޏާ ހިފައިގެން ދިޔަ ތިން ދޯނިވެސް އޮތީ ދިދަ ދަމާ ޒީނަތްތެރިކޮށްފައެވެ. ޖެހެމުންދިޔަ ރީތި ނަލަ ވައިގެ ތެރޭގައި އެ ދޯނިތައް ދުއްވާފައި އައިސް ރިޔާތައް ދޫކޮށްލީ […] ޢަބްދުﷲ ސަޢީދު · 4 އަހަރު ކުރިން
ރާއްޖެ ސެޓެލައިޓް ސްކޫލް ރަސްމީގޮތުން އިފްތިތާޙްކޮށްފި ރާއްޖޭގައި ރަސްމީގޮތުން ސެޓެލައިޓް ސްކޫލް އިފްތިތާޙް ކޮށްފިއެވެ. މިއަދު ހެނދުނު ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ސެޓެލައިޓް ސްކޫލް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިކަމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތުކަމުގައިވާ ޖަޒީރާ ތަރައްޤީއަށް އައު ފެށުމެއްކަމުގައެވެ. ސަރުކާރުން މިއަދު ސެޓެލައިޓް ސްކޫލްގެ މަފްހޫމަށް ކިޔަވައިދިނުން އިފްތިތާޙްކޮށްދެއްވި 3 ރަށުގެ ދަރިވަރުންނަށް އެކުދިން... ޔުމްނާ ޢަލީ · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫ ކައުންސިލްގެ ޖޭޕީ މެންބަރު ޒުލްފާ އަދި ޑަބްލިއުޑީސީ ޖޭޕީ މެންބަރު ނަސްރީނާ ޕީޕީއެމްއަށް ށ. ފުނަދޫ ކައުންސިލް މެންބަރު ޒުލްފާ ހާމިދު އަދި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރު އައިޝަތު ނަސްރީނާ ޕީޕީއެމްއަށް ސޮއިކޮށްފިއެވެ. އެ ދެ ބޭފުޅުންނަކީ ވެސް ވެރިކަންކުރާ ކޯލިޝަންގެ ޖޭޕީގެ ޓިކެޓްގައި އިންތިޚާބު ކާމިޔާބު ކުރި ދެ ބޭފުޅުންނެވެ. ޖޭޕީގެ މެންބަރުން ކަމަށްވާ ޒުލްފާއާއި، ނަސްރީނާގެ އިތުރުން އެ ޕާޓީގެ މެންބަރުން ގޮތުގައި ތިއްބެވި ފުނަދޫ ކައުންސިލްގެ ކުރީގެ މެންބަރު އަބުދުއްރަޙްމާން އަޙްމަދު އަދި ށ. އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރު އަހްމަދު ފާއިޒު […] އަލީ އާދިލް · 4 އަހަރު ކުރިން
ވިޔަފާރި ހިޔާ ފްލެޓުތަކުން ފެނާއި ކަރަންޓު ކެނޑިއްޖެ ހިޔާ ފްލެޓުތަކުން ފެނާއި ކަރަންޓު ކެނޑިއްޖެއެވެ. އެތަނުގައި ދިރިއުޅޭ މީހުން ބުނާ ގޮތުގައި ދެ ހިދުމަތް ވެސް ކެނޑުނީ މިއަދު ހެނދުނު 9:30 ހާއިރުއެވެ. މިކަމާ ގުޅޭ ގޮތުން ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ބަޔަކު ކޮންނަނިކޮށް ކަރަންޓު ކޭބަލަކަށް ގެއްލުން ވުމުން ކަމަަށެވެ. އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް އެކުންފުނިން ބުންޏެވެ. ސްޓެލްކޯއިން ވަނީ ކަރަންޓު ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ފަރާތުން މައާފަށަ […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތަޖުރިބާ ދަތުރުގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ނޭކުރެންދޫއަށް އޭސިއާ ފައުންޑޭޝަން މޯލްޑިވްސްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ހިންގުން ހަރުދަނާ ކުރުމުގެ ޕްރޮޖެކްޓްގައި ހިމެނޭ ތަޖުރިބާގެ ދަތުރުގައި އެ ޖަމިއްޔާގެ މެމްބަރުން އެ އަތޮޅު ނޭކުރެންދޫއަށް ޒިޔާރަތް ކޮށްފިއެވެ. އެ ޖަމިއްޔާއިން 15 ޖަނަވަރީ 2022 ވީ ހޮނިހިރު ދުވަހު ނޭކުރެންދޫއަށް ކުރި ދަތުރުގައި ޖުމްލަ ނުވަ މެމްބަރުން ވަނީ ބައިވެރި ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ހަ މެމްބަރުންނާއި އަންހެން ތިން މެމްބަރުންނެވެ. ނޭކުރެންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަނ... އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ކުޅިވަރު ލިވަޕޫލް ދެވަނައަށް އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ލިވަޕޫލުން ޖެހިލައިފިއެވެ. އާދީއްތަ ދުވަހުގެ ރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލްގެ ފޯވާޑް ލައިންގައި ހިމެނޭ އެންމެ މުހިންމު ދެ ކުޅުންތެން ކަމަށްވާ މިސްރުގެ މުޙައްމަދު ސަލާހާއި ސެނަގަލްގެ ސަޑިއޯ މަނޭ މިވަގުތު އެފްރިކަން ކަޕް އޮފް ނޭޝަންގައި ވާދަކުރުމަށް ޤައުމީ ޓީމާއި ގުޅިފައި ވުމުން މި މެޗަށް […] އިބްރާހިމް ޚަލީލް · 4 އަހަރު ކުރިން
ވިޔަފާރި ގާފަރު ފެނަށް ޖެހުމުން ސްޓެލްކޯ ފެން ޕްލާންޓުން ފެން ދޭން ފަށައިފި ކ. ގާފަރު ފެނަށް ޖެހުމުން އާއްމުންނަށް ފެނުގެ ހިދުމަތް ދޭން ސްޓެލްކޯގެ ފެން ޕްލާންޓުތަކުން ފެން ދޫކުރަން ފަށައިފިއެވެ. ސްޓެލްކޯއިން އެ ރަށުގައި ބަހައްޓާފައިވަނީ ވަނީ 15 ޓަނުގެ ދެ ފެން ޕްލާންޓެވެ. މި ފެން ޕްލާންޓުތަކުން އާއްމު ބޭނުންތަކަށް މިއަދުން ފެށިގެން ފެން ލިބޭނެއެވެ. ކޮންމެ އަހަރަކުވެސް ހޫނު މޫސުމުގައި ގާފަރު ފެނަށް ޖެހެއެވެ. އަދި ސަރުކާރުން ކޮންމެ އަހަރަކުވެސް އެ ރަށަށް ފެން ފޯރުކޮށްދެއެވެ. ނަމަވެސް ދެން މާލެއިން އެ ރަށަށް ފެން ފޯރުކޮށްދޭން […] އަޙްމަދު ވަހީދު · 4 އަހަރު ކުރިން
ބައިނަލްއަގުވާމީ ކޮވިޑާއި އެކު ޑރ. ފައުޗީގެ މުއްސަނދިކަންވީ އިތުރު ކޮވިޑް 19ގެ ހާލަތުގައިވެސް 2020 ވަނަ އަހަރު އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އިންފެކްޝަސް ޑިޒީސެސްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީގެ މުއްސަނދިކަން އިތުރުވެ 1.7 މިލިއަން އެމެރިކާ ޑޮލަރު ގެ ފައިދާ ވެފައިވާކަމަށް 2020 ވަނަ އަހަރުގެ މާލީ ރިޕޯޓުން ދައްކައިފިއެވެ. ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތްގެ ރައީސް އަދި ޗީފް އެޑްވައިޒަރު ޑރ. ފައުޗީގެ މާލީ ބަޔާން ހާމަކޮށްފައި މިވަނީ އެމެރިކާގެ ސެނެޓްގެ މެމްބަރެއްކަމަށްވާ ރޮޖާ މާޝަލް، ފައުޗީގެ މާލީ ބަޔާން ހާމަކުރުމުގައި އޮޅުވާލުންތަކެއް […] އަޒްފާ ރަޝީދު · 4 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށު ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ފަހާކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ މި ހަރާކާތަކީ ޓޮޕްސީ އާއި ފުނަދޫ ކައުންސިލާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެއް ކަމަށެވެ. އެގޮތުން މި ކޯސް ފަށާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުއެވެ.... އައިޝަތު ނަސާޔާ · 4 އަހަރު ކުރިން