މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (22:30 އިން 04:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ޓީޓީ ހޯލް ހުޅުވައިފި

ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ޓީޓީ ހޯލް ހުޅުވައިފި

”މާލެ ޓީޓީ ހޯލް” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހަވީރު ހުޅުވައިދެއްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި މިއީ ކުޅިވަރުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ދިވެހިރާއްޖޭގައި މިހާތަނަށް ހަދާފައިވާ ޖާގައިގެ ގޮތުން އެންމެ ތަނަވަސް ޓީޓީ ހޯލެވެ. މާލެ ޓީޓީ ހޯލު ރަސްމީގޮތުން ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ބައިވެރ...

ޔުމްނާ ޢަލީ
ދުނިޔޭގެ އެންމެ ބޮޑު ގޯލްޑް ފިޝް ފްރާންސްގެ ކުޅިއެއްގައި، 31 ކިލޯ ހުރި

ދުނިޔޭގެ އެންމެ ބޮޑު ގޯލްޑް ފިޝް ފްރާންސްގެ ކުޅިއެއްގައި، 31 ކިލޯ ހުރި

ގޯލްޑް ފިޝް އޭ ބުނުމުން ކޮންމެ މީހެއްގެއް ހިތަށް އަންނާނީ ގެއެއްގެ ތެރޭގައި ހުންނަ ބޮޑު މަސް ޓޭންކެއް ނުވަތަ ބިއްލޫރި ބޯތައްޓެއްގެ ތެރޭގައި ގެންގުޅޭ މަހެކެވެ. ގޯލްޑްފިޝް އެއް 31 ކިލޯ ހުންނަ ވަރަށް ބޮޑު ވެދާނެ ކަމަކަށް މީހަކު ހިތަށްވެސް ނާރާނެ އެވެ. ނަމަވެސް، މިފަހަރު ފްރާންސްގެ ޝެމްޕެއިން ރީޖަންގެ އައްސޭރި ފަށުގެ ކުޅިއަކުން ފެނިގެން އުޅެނީ އާދަޔާ ހިލާފު ބޮޑު ގޯލްޑް ފިޝްއެކެވެ. “ދި ކެރޮޓް” ނަމުން ނަން ދީފައިވާ އެ ގޯލްޑް […]

މުޙައްމަދު ވަސީމް
ފުޅާ ދާއިރާއެއްގައި ސައްހަނޫން ޑޮލަރުން ވިޔަފާރި ކުރަމުންދިޔަ ދެ މީހަކު ހައްޔަރު ކޮށްފި

ފުޅާ ދާއިރާއެއްގައި ސައްހަނޫން ޑޮލަރުން ވިޔަފާރި ކުރަމުންދިޔަ ދެ މީހަކު ހައްޔަރު ކޮށްފި

ފުޅާ ދާއިރާއެއްގައި ސައްހަނޫން ޑޮލަރުން ވިޔަފާރީގެ މުއާމަލާތް ކުރަމުންދިޔަ ދެ ދިވެހިން ހައްޔަރު ކޮށްފި އެވެ. ފުލުހުން ވިދާޅުވީ އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި މިއީ ފުޅާ ދާއުރާއެއްގައި ވަގު ޑޮލަރުގެ ވިޔަފާރި ކުރަމުން ދިޔަ ދެ މީހުން ކަމަށެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރޭ ގެ ވަގުތެއްގައި ހުޅުމާލެއިން ކަމަށް […]

މުޙައްމަދު އަފްރާޙް
އެމްބޯލޯ ގެ ގޯލާއެކު ސްވިޒަލެންޑަށް ހަނި މޮޅެއް

އެމްބޯލޯ ގެ ގޯލާއެކު ސްވިޒަލެންޑަށް ހަނި މޮޅެއް

ގަތަރުގައި މިހާރުކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅޭ ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ޖީ ގައި މިއަދު ހަވީރު ކުޅުނު މެޗު ސްވިޒަލެންޑުން ކާމިޔާބު ކޮށްފި އެވެ. ކެމަރޫން އާ ބައްދަލުކޮށް އެޓީމުން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިން ނެވެ. މި މެޗުގެ ހަމައެކަނި ލަނޑު 48 ވަނަ މިނިޓުގައި ބްރީލް އެމްބޯލޯ ޖަހައިދިނީ، ޝަގީރީ އޭރިޔާ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން ނެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ސްވިޒަލެންޑުން ރަނގަޅަށް ކުޅެމުން ދިޔަނަމަވެސް ރަނގަޅު ހަމަލާތަކެއް […]

މުޙައްމަދު އަފްރާޙް
ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ބާއްވާ ކްރިކެޓް ކާނިވަލުގައި ބައިވެރިވާން ހުޅުވާލައިފި

ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ބާއްވާ ކްރިކެޓް ކާނިވަލުގައި ބައިވެރިވާން ހުޅުވާލައިފި

އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް ކްރިކެޓް ބޯޑާ ގުޅިގެން މިޝަން ފޯ މައިގްރެންޓް ވޯކާސް (އެމްއެމްޑަބްލިއުއެމް) ކުރިއަށް ގެންދާ ބިދޭސީންނަށް ހާއްސަ އަހަރީ މައިގްރެންޓް ވޯކަރސް ކްރިކެޓް ކާނިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކާނިވަލް ބާއްވާނީ އަންނަ މަހުގެ ދޭއްް ވާ ހުކުރު ދުވަހުއެވެ. މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުއެވެ. މި ކާނިވަލަކީ އަހަރަކު އެއްފަހަރު ބިދޭސީ މަސައްކަތްތެރިން ކުޅިވަރުގައި ބައިވެރިކުރުމާއެކު، މަސައްކަތްތެރިންގެ ބޮޑު އާބާ...

އަޙްމަދު ވަހީދު
ބ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސް ހިދުމަތް ފަށައިފި

ބ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސް ހިދުމަތް ފަށައިފި

ބ. އަތޮޅު ހޮސްޕިޓަލުން ޑައިލިސިސް ހިދުމަތް ދޭން ފަށައިފި އެވެ. ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކޮށް އަތޮޅު ތެރޭގައި މި ހިދުމަތް ފުޅާ ކުރުމަކީ ސަރުކާރުގެ ސިޔާސަތަކަށްވާއިރު، ސަރުކާރުން ގެންދަވަނީ އެ މަސައްކަތް ކުރައްވަމުން ނެވެ. އެގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ބ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް ދިނުމަށް ހާއްސަ އިމާރާތެއް އަޅާފައިވަނީ މިއަހަރު އެވެ. އަދި މިއަހަރުގެ ތެރޭގައި މި ހިދުމަތް ދިނުމަށް ވަމުން އައި ތައްޔާރީތަކަށް ކުޑަލަސްކަމެއް އައީ އެކަމަށް ބޭނުންވާ […]

މުޙައްމަދު އަފްރާޙް
ހަނިމާދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހަނިމާދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ.ހަނިމާދޫ ކައުންސިލް ފުޓްސަލް މުބާރާތް 2022، ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ހަނިމާދޫގައި ހުރި މުއައްސަސަތާކަށް އަމާޒު ކުރެވިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ދެ ކެޓަގަރީ ހިމެނެއެވެ. އެއީ އަންހެން ކެޓަގަރީއާއި ފިރިހެން ކެޓަގަރީއެވެ. ވުމާއެކު މި މުބާރާތުގައި މުއައްސަސާތަކުން އަންހެން ޓީމްތަކަށް ވެސް ބައިވެރި ވެވޭނެއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހަނިމާދޫގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން ބަދަހި...

އިބްރާހިމް ޚަލީލް
އެވަޓަން ސަޕޯޓަރުގެ ފޯނު ހަލާކުކޮށްލި މައްސަލާގައި ރޮނާލްޑޯއަށް އަދަބުދީފި

އެވަޓަން ސަޕޯޓަރުގެ ފޯނު ހަލާކުކޮށްލި މައްސަލާގައި ރޮނާލްޑޯއަށް އަދަބުދީފި

ފާއިތުވި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް 1-0 ގެ ނަތީޖާއިން ބަލިވި މެޗަށް ފަހު، ކްރިސްޓިއާނޯ ރޮނާލްޑޯ އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު ހަލާކުކޮށްލި މައްސަލަ އިނގިރޭސި އެފްއޭއިން ބެލުމަށް ފަހު އޭނާއަށް އަދަބު ދީފިއެވެ. އިނގިރޭސި އެފްއޭއިން ވަނީ ރޮނާލްޑޯ ދެ މެޗަށް ސަސްޕެންޑް ކޮށް 50،000 (ފަންސާސް ހާސް) ޕައުންޑުން ޖޫރިމަނާ ކޮށްފައެވެ. ރޮނާލްޑޯ މީޑިއާގައި ޔުނައިޓެޑްގެ ވެރިންނަށާއި ކޯޗަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑު ކިރުމުން، ޔުނައިޓެޑުން […]

އިބްރާހިމް ޚަލީލް
''މިޔަހެލި'' ކޭމްޕް ނިންމައި، ވަނަތައް ހޮވައިފި

''މިޔަހެލި'' ކޭމްޕް ނިންމައި، ވަނަތައް ހޮވައިފި

އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި އުރީދޫ މޯލްޑިޗްސް އާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދިޔަ “މިޔަހެލި” ކޭމްޕް ނިންމާލައިފިއެވެ. މިއީ މަދަނީ ޖައްމިއްޔާތަކަށް ހުޅުވާލައިގެން، ރާއްޖޭގައި ހުރި އިޖުތިމާއީ މައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދުމަށް ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. މި ފަހަރުގެ ކޭމްޕުގައި މަޝްވަރާކޮށް ހިޔާލު ހުށަހަޅާފައިވަނީ، މީހުންނާއި ވެށީގެ ކުރިއެރުމާއި ތަރައްގީ އަށް ކުރެވިދާނެ ކަންތައްތަކަށެވެ. މިޔަހެލި ޕްރޮގްރާމުގައި، މުޖުތަމައާއި ތިމާވެށީގެ މައްސަލަތަކަށް ސައިންސްގެ އެހީގައި ލިބެނ...

އަޙްމަދު ވަހީދު
ވޯލްޑް ކަޕް 2026 އޮންނާނީ ކޮންތާކު؟

ވޯލްޑް ކަޕް 2026 އޮންނާނީ ކޮންތާކު؟

މިއަހަރުގެ ވޯލްޑް ކަޕް ގަތަރުގައި މިހާރު ފަށާފައިވާއިރު މިއީ އަރަބި ގައުމެއްގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މުބާރާތް ނިމުމާއެކު ދެން ތައްޔާރުވާނީ ކުރިއަށް އޮތް ވޯލްޑް ކަޕަށެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނީ ތިން ގައުމެއްގައެވެ. މިއީ ތިން ގައުމެއްގައި ވޯލްޑްކަޕް ބާއްވާނެ ފުރަތަމަ ފަހަރެވެ. އެ ގައުމުތަކަކީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައެވެ. އެމެރިކާގައި މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ސިއެޓަލް، ސެންފްރެންސިސްކޯ، ލޮސްއެންޖެލަސް، ކެންސަސް ސިޓީ، ޑާލަސް، އެޓްލާންޓާ، ހިޔުސްޓަން...

އަޙްމަދު ވަހީދު
އުއްޗުގެ އުފަން ދުވަސް ފާހަގަ ކުރުމަށް ލަވަ ކިޔުންތެރިޔާ ފާއިޒު ރާއްޖެއަށް އަންނަނީ

އުއްޗުގެ އުފަން ދުވަސް ފާހަގަ ކުރުމަށް ލަވަ ކިޔުންތެރިޔާ ފާއިޒު ރާއްޖެއަށް އަންނަނީ

ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ އުފަން ދުވަސް ފާހަގަ ކުރުމަށް އިންޑިއާގެ ޒުވާން ލަވަ ކިޔުންތެރިޔާ ފާއިޒު ރާއްޖެއަށް އަންނަގޮތަށް ހަމަޖެހިއްޖެ އެވެ. އިންޑިއާގެ ސޮނީ ޓީވީ އިން ގެނެސްދޭ ރިއާލިޓީ ޝޯވ، ސްޕަރ ސްޓާރ ސިންގަރ ސީޒަން 2 ގެ އެއްވަނަ ހޯދި ފާއިޒު ވަނީ ސޯޝަލް މީޑިއާ ގައި އެކަން ހާމަކޮށްފަ އެވެ. ފާއިޒު ބުނެފައިވަނީ މި ފުރުސަތު ދިން ކަމަށްޓަކައި އުއްޗުއަށް ޝުކުރުއަދާކުރާ ކަމަށާއި މިހުރީ […]

މުޙައްމަދު އަފްރާޙް
އުއްމީދު ގެއްލިގެން އުޅެނީ އެންމެ ކަމަކާހުރެ: ރޮޒައިނާ

އުއްމީދު ގެއްލިގެން އުޅެނީ އެންމެ ކަމަކާހުރެ: ރޮޒައިނާ

އުއްމީދު ގެއްލިގެން އުޅެނީ އެންމެ ކަމަކާހުރެ ކަމަށާއި، އެއީ ވެރިކަމާއި ބާރު ނުލިބިގެން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސްގެ ގޮތުގައި ވެސް ހުންނެވި ރޮޒައިނާ މިހެން ވިދާޅުވީ، އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި 2022 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ. ރޮޒައިނާ ވިދާޅުވީ އަ...

އަލީ އާދިލް
އެމްޑަބްލިއުއެސްސީ ޝޯރޫމުގެ އަހަރީ ޕްރޮމޯ ފަށައިފި

އެމްޑަބްލިއުއެސްސީ ޝޯރޫމުގެ އަހަރީ ޕްރޮމޯ ފަށައިފި

އެމްޑަބްލިއުއެސްސީގެ ޝޯރޫމަށް ހަ އަހަރު ފުރުމާ ގުޅިގެން “އަހަރީީ ޕްރޮމޯ”ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަހަރުގެ ޑިސެމްބަރު 15 އާ ހަމައަށެވެ. މި މުއްދަތުގައި ގަންނަ ކޮންމެ ދެ ފެން މީޓަރަކަށް އަދި އޭވީކޭ ބްރޭންޑްގެ ވޭލްވް އަކަށް 10 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން މިމުއްދަތުގައި ފަސް ހޮޅިއަށް ވުރެ ގިނައިން ގަންނަ ނަމަ 10 އިންސައްތަ ޑިސްކައުންޓާއި ފެނުގެ ކޮލިޓީ ޓެސްޓް ކުރުމަށް ހަދާ ޓެސްޓްތަކުން […]

އަޙްމަދު ވަހީދު
ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފަސްކޮށްފައި ވަނީ މި އަހަރުގެ ނޮވެންބަރު 7 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 33 ވަނަ ޖަލްސާގައެވެ. މި ގެނެވުނު އިޞްލާޙުގެ ދަށުން، ކުށުގެ ތުހުމަތުގައިވާ މީހުން ބަންދުން ދޫކުރާއިރު ފުރުން މަނާކުރުމާއި ޕާސްޕޯޓު ހިފެހެއްޓުމާ ގުޅޭ ގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ […]

ޔުމްނާ ޢަލީ
މީދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

މީދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ދ. މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ހާބަ ޕޭވްމެންޓް މަސައްކަތުގެ 77 އިންސައްތަ ވަނީ ފުރިހަމަކުރެވިފައެވެ. އަދި، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 74 އިންސައްތަ ވަނީ މިހާރު ފުރިހަމަކުރެވިފައެވެ. މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ އެއްގަމުތޮށި ލުމާއި، 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި،...

އަޙްމަދު ވަހީދު