މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (22:30 އިން 04:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ނޭމާއަށް ކުރިއަށް އޮތް ދެ މެޗުގައި ނުކުޅެވޭނެ

ނޭމާއަށް ކުރިއަށް އޮތް ދެ މެޗުގައި ނުކުޅެވޭނެ

ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގައި ރޭ ބްރެޒިލްއާއި ސާބިއާ ބައްދަލުކުރި މެޗުގައި ބްރެޒިލްގެ އިތުބާރު ފޯވާޑް ނޭމާގެ ކަނާތުފައިގެ ކުޑަހުޅަށް އަނިޔާވުމާއި ގުޅިގެން މިއަދު ހެދި ޓެސްޓުތަކަށް ފަހު، ނޭމާއަށް ބްރެޒިލް މުބާރާތުގައި ދެން ކުޅޭ ދެމެޗުގައި ވެސް ނުކުޅެވޭނެކަން ޔަގީން ވެއްޖެއެވެ. ރޭ ސާބިއާއަތުން ބްރެޒިލް 2-0 ގެ ނަތީޖާއިން މޮޅުވި މެޗުގައި، އުމުރުން 30 އަހަރުގެ ނޭމާއަށް އަނިޔާވެފައި ވަނީ 79 ވަނަ މިނެޓުގައި ނޭމާއަތުން ބޯޅަ […]

އިބްރާހިމް ޚަލީލް
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ރައީސް ޞާލިޙް ނޫން ޗޮއިސްއެއް ނެތް: ޝަރީފް

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ރައީސް ޞާލިޙް ނޫން ޗޮއިސްއެއް ނެތް: ޝަރީފް

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ބޭނުންނަމަ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ނޫން އެހެން ޗޮއިސްއެއް ނެތް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަދި ވެރިކަންކުރާ އިއްތިހާދުގެ މައި ޕާޓީ، އެމްޑީޕީން އަދި ރިޔާސީ ކެންޑިޑޭޓެއް ކަނޑައެެއް ނާޅައެވެ. އަދިކޮޅު ކޯލިޝަނުން އެ ކޯލިޝަންގެ […]

އަލީ އާދިލް
އާޓިފިޝަލް ބީޗު "އުރީދޫ ފޭން ޒޯން" ގައި ބުރެޒިލް ސަޕޯޓަރުން ފޯރި ނަގައިފި

އާޓިފިޝަލް ބީޗު "އުރީދޫ ފޭން ޒޯން" ގައި ބުރެޒިލް ސަޕޯޓަރުން ފޯރި ނަގައިފި

އާޓިފިޝަލް ބީޗު “އުރީދޫ ފޭން ޒޯން” ގައި ބުރެޒިލް ސަޕޯޓަރުން ރޭ، ވަރަށް ފޯރި ނަގައިފި އެވެ. އުރީދޫ މޯލްޑިވްސް އާއި މާލޭ ސިޓީ ކައުންސިލް، މޯލްޑިވްސް އިސްލާމިކް ބޭންކު، މީޑިއާނެޓް، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ، ޕްރިންޓް ލެބް އަދި އިވެންޓް މޯލްޑިވްސް ގުޅިގެން އާޓިފިޝަލް ބީޗު ގައި ހަދާފައިވާ “އުރީދޫ ފޭން ޒޯން” 11:30 ފެށިގެން ސަޕޯޓަރުން ދިޔައީ ޖަމާ ވަމުންނެވެ. ރާއްޖެ ގަޑިން 00:00 ގައި ފެށި މިމެޗަށް ވަރަށް ގިނަ އަދަދެއްގެ މީހުން […]

އިބްރާހިމް އަސްވާޤް
ރައީސް ޞާލިޙް، މެލޭޝިޔާގެ އާ ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވެއްޖެ

ރައީސް ޞާލިޙް، މެލޭޝިޔާގެ އާ ބޮޑުވަޒީރަށް މަރުޙަބާ ވިދާޅުވެއްޖެ

މެލޭޝިޔާގެ ރަސްގެފާނު އަބްދުﷲ، އެ ޤައުމުގެ އާ ބޮޑުވަޒީރުގެ މަގާމަށް، އިއްޔެ އަައްޔަނު ކުރެއްވި އަންވަރު އިބްރާހީމަށް ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެއެވެ. ރަސްގެފާނު އަބްދުﷲ، ދަތޯ ސެރީ އަންވަރު އިބްރާހީމް މެލޭޝިޔާގެ ބޮޑުވަޒީރުކަމަށް އައްޔަނުކުރެއްވީ، މިދިޔަ ހޮނިހިރު ދުވަހު މެލޭޝިޔާގައި ބޭއްވި އާންމު އިންތިޚާބުގައި، އެ ގައުމުގެ އެއްވެސް ޕާޓީއަކަށް ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ނުލިބުމުންނެވެ. އަންވަރަށް މަރުޙަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔ...

ޔުމްނާ ޢަލީ
ދިއްދޫ އެންމެ އަލިގަދަތަރި ޤްރުއާން މުބާރާތުގައި ބައިރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ދިއްދޫ އެންމެ އަލިގަދަތަރި ޤްރުއާން މުބާރާތުގައި ބައިރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން، އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ހއ.ދިއްދޫ އެންމެ އަލިގަދަތަރި ޤުރްއާން މުބާރާތް 1444” ގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިޑްލް ސްޕޯޓްސް ކުލަބުން ވަނީ “ހއ.ދިއްދޫ އެންމެ އަލިގަދަތަރި ޤްރުއާން މުބާރާތް 1443” ފާއިތުވި އަހަރުގެ ރަމަޟާން މަހުގެ ތެރޭ ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސްފައެވެ. މިއީ މި މުބާރާތް އެ ކުލަބުގެ ފަރާތުން ބާއްވާ ދެވަނަ ފަހަރެވެ. […]

އިބްރާހިމް ޚަލީލް
އިންސާނާގެ ކަރާމާތަށް އުނިކަން ލިބިދާނެ ކަންކަމުން ނަފްސު ރައްކާތެރިކުރުމަށް އިސްލާމް ދީން ބާރުއަޅާ: ހުތުބާ

އިންސާނާގެ ކަރާމާތަށް އުނިކަން ލިބިދާނެ ކަންކަމުން ނަފްސު ރައްކާތެރިކުރުމަށް އިސްލާމް ދީން ބާރުއަޅާ: ހުތުބާ

އިސްލާމް ދީނަކީ އިންސާނާ މާތްކުރައްވާ އޭނާގެ ނަފުސު ރައްކާތެރި ކުރެއްވި ދީން ކަމަށާއި އިންސާނާގެ ކަރާމާތަށް އުނިކަން ލިބިދާނެ ކަންކަމުން އޭނާގެ ނަފުސު ސަލާމަތްކޮށް ރައްކާތެރިކުރުމަށް އިސްލާމް ދީން ވަނީ ބާރު އަޅުއްވާފައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެ އެވެ. “އަމިއްލަ ނަފުސު އިސްލާހުކުރަން އިސްކަން ދޭށެވެ.” މި މައުޟޫއަށް ކުރިއަށް ގެންދިޔަ ހުތުބާ ގައި ވަނީ ހާއްސަކޮށް އެއްވެސް ހައްގަކާއި ނުލާ ތިމާގެ މުސްލިމު އަޚާގެ ނަފުސުގެ ކަރާމާތާއި އިއްޒަތް ނަގައިނުލުމަށް އިސްލާމް ދީން […]

މުޙައްމަދު އަފްރާޙް
ނޭމާއަށް އަނިޔާވެއްޖެ

ނޭމާއަށް އަނިޔާވެއްޖެ

ގަތަރުގައި މިހާރު ކުރިއަސްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގައި ރޭ ބްރެޒިލްއާއި ސާބިއާ ބައްދަލުކުރި މެޗުގައި ބްރެޒިލްގެ އިތުބާރު ފޯވާޑް ނޭމާއަށް އަނިޔާ ވެއްޖެއެވެ. ރޭ ސާބިއާއަތުން ބްރެޒިލް 2-0 ގެ ނަތީޖާއިން މޮޅުވި މެޗުގައި، އުމުރުން 30 އަހަރުގެ ނޭމާއަށް އަނިޔާވެފައި ވަނީ މެޗުގެ 79 ވަނަ މިނެޓުގައި ނޭމާއަތުން ބޯޅަ ހޯދުމަށް ސާބިއާގެ މިލެންކޮވިޗް ކުރި ޓެކުލްއާއި ގުޅިގެންނެވެ. އޭގެ އެއް މިނެޓް ފަހުން ނޭމާ ވަނީ ބަދަލު ކޮށްފައެވެ. ނޭމާ […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީގައި ''ޔޫތް ލީޑާޝިޕް ޓްރެއިނިން 2022'' ފަށައިގެން ކުރިއަށް

ކުޅުދުއްފުށީގައި ''ޔޫތް ލީޑާޝިޕް ޓްރެއިނިން 2022'' ފަށައިގެން ކުރިއަށް

ކުޅުދުއްފުށީ ސިޓީގައި، ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން ކުރިއަށްގެންދާ “ޔޫތް ލީޑަރޝިޕް ޓްރެއިނިންގ 2022″ ފަށައިގެން ކުރިއަށް އެބަދެއެވެ. ބުދަ ދުވަހު ކުޅުދުއްފުށީ ސިޓީގައި ފެށި މި ތަމްރީނު ހޮނިހިރު (މާދަމާ) ގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި ތަމްރީނު ފައްޓަވައިދެއްވާފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރު މުޙައްމަދު ދާއޫދެވެ. މި ތަމްރީނުގެ ތެރެއިން އީޖާދީ ވިސްނުމާއި، ޕްރޮޖެކްޓް މެނޭޖްމަންޓް ފަދަ މުހިންމު ހުނަރުތައް ތަރައްޤީކޮށް އެކި ދަނޑިވަޅުތަކުގައި ބޭނުންކުރާނެގޮތްތައް ކިޔައިދީފައިވާ ކ...

ޔުމްނާ ޢަލީ
ނިރުފެހިގޭ އަލިފާނުގެ ހާދިސާ: ވަގުތީ ބޯހިޔާވަހިކަމުގައި އެއްވެސް އާއިލާއެއް މިހާރަކު ނެތް

ނިރުފެހިގޭ އަލިފާނުގެ ހާދިސާ: ވަގުތީ ބޯހިޔާވަހިކަމުގައި އެއްވެސް އާއިލާއެއް މިހާރަކު ނެތް

މި މަހު 9 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާނުގެ ސަބަބުން ވަގުތީ ހިޔާ ތަކަށް ގެންދިޔަ މީހުންގ ެތެރެއިން އެއްވެސް މީހަކު މިހާރު ވަގުތީ ހިޔަލުގައި ނުތިބޭނެ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވިދާޅުވެއްޖެ އެވެ. އެ އޮތޯރިޓީން ވިދާޅުވީ ވަގުތީ ބޯހިޔާވަހިކަމަށް 29 މީހަކު ގެންދިޔަ ކަމަށާއި މީގެތެރޭގައި އެ ސަރަޙައްދުގެ 6 ގޭބިސީއަކަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށެވެ. އެއީ އަލިފާނުގެ ހާދިސާ ހިނގި މ. […]

މުޙައްމަދު އަފްރާޙް
ޓެކްސް ބޮޑުކުރުމަކުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެ: މިޢުވާން

ޓެކްސް ބޮޑުކުރުމަކުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެ: މިޢުވާން

ޓެކްސް ބޮޑުކުރުމަކުން ރާއްޖޭގެ އިގްތިސޯދަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. ކޮންމެ ހަފުތާއެއްގެ ބްރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރީ ސަރުކާރުން މި ހިންގަމުން ދާ މަޝްރޫއުތަކާއި ރައްޔިތުންނަށްދޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އިގްތިސޯދު މެނޭޖުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން މި ނ...

މުޙައްމަދު އަފްރާޙް
މާއްދިއްޔަތުގެ ބަލިމަޑުކަމުން އަރައިގަތުމަށް، އުޚުރަވީ ޙަޔާތަށް ނަޒަރު އަމާޒުކުރަންޖެހޭ!

މާއްދިއްޔަތުގެ ބަލިމަޑުކަމުން އަރައިގަތުމަށް، އުޚުރަވީ ޙަޔާތަށް ނަޒަރު އަމާޒުކުރަންޖެހޭ!

މުސްލިމެއްގެ ނަޒަރު އަބަދުވެސް ހުންނަން ވާނީ އާޚިރަތަށެވެ. ކަންކަމުގައި ވިސްނާ ފިކުރު ކުރާނީ އަބަދުވެސް އާޚިރަތް ހިތްމައްޗަށް ގެނެސްގެންނެވެ. ތިމާ މިކުރާ ކަމުން އުޚުރަވީ ޙަޔާތަށް އޮތީ ކޮން ފައިދާއެއްތޯ ވިސްނާ ޙާލުގައެވެ. މުސްލިމު އަޅާގެ މުޅި ޙަޔާތަކީ އަޅުކަމެއް ކަމުގައި ވެގެން ދާ ސަބަބަކީ ވެސް މިއީ ކަމުގައި ބުނެވިދާނެއެވެ. ​ކާފަރުންނާއި މާއްދިއްޔަތަށް ޣަރަޤުވެފައި ތިބި މާއްދިއްޔަތުގެ އަޅުންނާ ޚިލާފަށް ޙަޔާތުގެ މައިދާނުގައި އުޅޭ އުޅުމުގައި މާއްދީ ވިސްނުމެއް އިސްކުރުމުގެ ބަދަލުގައި އަބަދުވެސް މުސް...

ޝެއިޚް ޝަފީއު އަބްދުﷲ
ރިޗާލިސަންގެ ނަލަ ދެ ގޯލުން ބްރެޒިލް މޮޅުކޮށްދީފި

ރިޗާލިސަންގެ ނަލަ ދެ ގޯލުން ބްރެޒިލް މޮޅުކޮށްދީފި

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި މިރޭ ކުޅުނުމެޗުން ބްރެޒިލް މޮޅުވެއްޖެ އެވެ. ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސާބިޔާގެ މައްޗަށް ބްރެޒިލް އަށް ކުރި ހޯދީ ދެވަނަ ހާފުގައި ރިޗާލިސަން ޖަހައިދިން ގޯލަކުންކުންވެ. މިރޭގެ މެޗުގައި ބޯޅަހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތައް އުފެއްދީ ބްރެޒިލުންނެވެ. އެ ޓީމަށް ލިބުނު ގިނަ ފުރުސަތުތައް ބޭކާރުކޮށްލީ ސާބިއާގެ ވަރުގަދަ ޑިފެންސް އާއި ގޯލްކީޕަރެވެ. މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ނޭމާ ތަނަވަސްކުރި […]

އަލީ އާދިލް
ގާނާ އަތުން ޕޯޗުގީޒުން މޮޅުވިއިރު، ފަސް ވޯލްޑް ކަޕްގައި ލަނޑު ޖެހުމުގެ ރެކޯޑް ރޮނާލްޑޯއަށް

ގާނާ އަތުން ޕޯޗުގީޒުން މޮޅުވިއިރު، ފަސް ވޯލްޑް ކަޕްގައި ލަނޑު ޖެހުމުގެ ރެކޯޑް ރޮނާލްޑޯއަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި މިރޭ ގާނާއާއި ޕޯޗުގީޒުން ބައްދަލުކުރި މެޗު ޕޯޗުގަލުން ކާމިޔާބު ކޮށްފިއެވެ. މިރޭ ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މެޗު ޕޯޗުގަލުން ގާނާގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ދެ ފުރުޞަތެއް ރޮނާލްޑޯއަށް ވަނީ […]

އިބްރާހިމް ޚަލީލް
އުރުގުއޭއާއި ކޮރެއާ މެޗަށް ހަމަހަމަ ނިމުމެއް

އުރުގުއޭއާއި ކޮރެއާ މެޗަށް ހަމަހަމަ ނިމުމެއް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި މިރޭ ކޮރެއާ ރިޕަބްލިކާއި އުރުގުއޭ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މިރޭ ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މެޗު އެއްވަރު ވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިފައިވާ މި މެޗުގައި ފުރަތަމަ ނުރައްކާތެރި ހަމަލާއެއް އުފެއްދީ އުރުގުއޭއިންނެވެ. ކޮރެއާގެ އޭރިއާ މައްޗަށް ކުޅުނު ދިގު ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު އެ އުރުގުއޭގެ ވަލްވަޑޭ ފޮނުވާލި […]

އިބްރާހިމް ޚަލީލް
މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ސިފައިން އެހީތެރިވެއްޖެ

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ސިފައިން އެހީތެރިވެއްޖެ

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެހީތެރިކަން ފޯރުކޮށްދިނީ ހއ. އިހަވަންދޫގެ އިރުން 18 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަމަށް ނުކުމެ އުޅުނު “ހަނދުވަރީ” ނަމަކަށް ކިޔާ މަސް ދޯންޏެއްގައި ހުރި 43 އަހަރުގެ މަސްވެރިއަކަށް ކަމަށެވެ. އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް ހިނގި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބިފައި ވަނީ މިއަ...

ޔުމްނާ ޢަލީ