ޖަލުތަކަށް ގަވާއިދާ ހިލާފަށް އެއްޗެހި ވައްދާ އޮފިސަރުން ދެނެގަތުމަށް ހާއްސަ އޮޕަރޭޝަނެއް
ރާއްޖޭގެ ޖަލުތަކަށް ގަވާއިދާ ހިލާފަށް އެއްޗެހި ވައްދާ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ދެނެގަތުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށްގެންދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ “ޕީއެސްއެމް ނިއުސް” ގައި ވާހަކަ ދައްކަވަމުން ނެެވެ. އޭނާ ވިދާޅުވީ މިއީ ވަރަށް ކުރިއްސުރެ، ކުރަމުން އަންނަކަމެއް ކަމަށާއި ފެށުނީއްސުރެއް މޫ ލާފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެކަމުގައި ޖަލު އޮފިސަރުންގެ އަތެއް ވެސް [...