މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (22:30 އިން 04:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
"އިމަގު މަސްވެރިކަމުގެ އެވޯޑްސް 2022 " އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

"އިމަގު މަސްވެރިކަމުގެ އެވޯޑްސް 2022 " އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާގެ ފަރާތުން އިހަވަންދޫގެ މަސްވެރިންގެ އަގުވަޒަން ކުރުމުގެ ގޮތުންދޭ “އިމަގު މަސްވެރިކަމުގެ އެވޯޑްސް 2022” އަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އިމަގު މަސްވެރިކަމުގެ އެވޯޑްތަކަކީ އިހަވަންދޫއަށް މަސްވެރިކަމުގެ ދާއިރާގައި ޝަރަފުވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، މަސްވެރިކަމުގެ ދާއިރާއިން އަގުހުރި އެކިއެކި ޚިދުމަތްތައް އިހަވަންދޫއަށް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، މަސްވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައާއި ޤައުމީ ފެ...

އިބްރާހިމް ޚަލީލް
ލަންކާގެ 3 މަސް ބޯޓެއް ރާއްޖެ ސަރަހައްދުން އަތުލައިގެންފި

ލަންކާގެ 3 މަސް ބޯޓެއް ރާއްޖެ ސަރަހައްދުން އަތުލައިގެންފި

ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ ތިން މަސްބޯޓެއް ސިފައިން މިއަދު އަތުލައިގެންފި އެވެ. އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، ގަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދިޔަ އަވަށްޓެރި ސްރީލަންކާގެ ތިން މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެދަށަށް ވަނީ ގެންގޮސްފައެވެ. މިކަމާގުޅޭ، އިތުރު މައުލޫމާތެއް އެ އިދާރާއިން އަދި ހާމައެއް ނުކުރަށްވައެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ބޭރުގެ ބައެއް ޤައުމުތަކުގެ މަސ...

ޔުމްނާ ޢަލީ
ހއ. އޭއީސީ އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްކޮށްފި

ހއ. އޭއީސީ އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްކޮށްފި

ހއ. އަތޮޅު ތަޢުލީމީ މަރުކަޒަށް ދިމާވެފައިވާ ކަރަންޓް ވިއުގައިގެ މައްސަލަ ޙައްލުކުރުމަށް ބެހެއްޓި ޕެނަލް ބޯޑްގެ މަސައްކަތް ނިންމާލައިފިއެވެ. ހއ. އަތޮޅު ތައުލީމީ މަރުކަޒުން ވިދާޅުވީ، އެ މަރުކަޒަށް ދިމާވެފައިވާ ކަރަންޓް ވިއުގައިގެ މައްސަލަ ޙައްލުކުރުމަށް ބެހެއްޓި ޕެނަލް ބޯޑްގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. މި މަސައްކަތަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން، 1.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނިންމާލެވުނު މަސައްކަތެއްކަން އެ މަރުކަޒުން ފާހަގަ ކުރައްވާފައިވެއެވެ. މި ޕެނަލްބޯޑް ބެހެއްޓުމުގެ...

ޔުމްނާ ޢަލީ
ސްވިޒަލޭންޑާއި ބްރެޒިލް ދެވަނަ ބުރަށް

ސްވިޒަލޭންޑާއި ބްރެޒިލް ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޖީގައި ރޭ ބްރެޒިލާއި ކެމަރޫން ބައްދަލުކުރި މެޗު ކެމަރޫނުން ކާމިޔާބު ކުރި ނަމަވެސް، ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ބްރެޒިލް އަދި ދެވަނަ ޓީމްގެ ގޮތުގައި ސްވިޒަލޭންޑް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ރޭ ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ކެމަރޫނުން ބްރެޒިލްގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި ގްރޫޕްގައި ސްވިޒަލޭންޑާއި ސާބިއާ ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބު […]

އިބްރާހިމް ޚަލީލް
ކުޑަގިރިއަށް ފެރީގެ ހިދުމަތާއި އާއްމު ވިޔަފާރިތައް ހިންގާނެ ބަޔަކު ހޯދަނީ

ކުޑަގިރިއަށް ފެރީގެ ހިދުމަތާއި އާއްމު ވިޔަފާރިތައް ހިންގާނެ ބަޔަކު ހޯދަނީ

މާލެ ސަރަހައްދުގައި ދިރުއުޅޭ މީހުން ޕިކްނިކް ދިއުމަށް ސަރުކާރުން ތަރައްގީކުރާ ރަށް ކަމަށްވާ ކުޑަގިރިއަށް ފެރީގެ ހިދުމަތާއި އާއްމު ވިޔަފާރިތައް ހިންގާނެ ބަޔަކު ހޯދުމަށް އިއުލާން ކޮށްފި އެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ކޮށްފައިވާ އިިއުލާނެއްގައި ވަނީ އެރަށުގައި ކެފޭއެއް ހިންގުމާއި، ސްވެނިއަރ ފިހާރައަކާއި އާއްމު ތަކެތި ވިއްކާނެ ފިހާރައެއް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. އަދި މޫދު ކުޅިވަރުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ވެ...

މުޙައްމަދު އަފްރާޙް
ބޮޑު ތިލަދުންމަތިން ފެށިގެން ފާދިއްޕޮޅަށް ހުދު ސަމާލު

ބޮޑު ތިލަދުންމަތިން ފެށިގެން ފާދިއްޕޮޅަށް ހުދު ސަމާލު

ބޮޑު ތިލަދުންމަތިން ފެށިގެން ފާދިއްޕޮޅަށް ހުދު ސަމާލު ނެރެފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ މިއަދު މެންދުރުފަހު 2 ޖެހުމާއި ހަމައަށް އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.  އެ އިދާރާއިން އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވާއިރު، އިއްޔެއިން ފެށިގެން ރާއްޖޭގެ އެކު ހިސާބުތަކަށް ވަނީ މޫސުން ގޯސްވެފަ އެވެ. އަދި ބައެއް ސަރަހައްދުތަކަށް ވާރޭ ވެސް ވެހެމުން ދެ އެވެ. މިއަދާއި މާދަމާ ވެސް […]

މުޙައްމަދު އަފްރާޙް
ވެރިކަމުގައި ތިބެންޖެހޭ އެންމެ މުހިންމު ސަބަބަކީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރުން: ނަޝީދު

ވެރިކަމުގައި ތިބެންޖެހޭ އެންމެ މުހިންމު ސަބަބަކީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރުން: ނަޝީދު

ވެރިކަމުގައި ތިބެންޖެހޭ އެންމެ މުހިންމު ސަބަބަކީ ޕާޓީގެ ސިޔާސަތުތައް ތަންފީޒުކޮށް ރައްޔިތުންގެ އާންމު ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތްކުރުން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ގދ. ތިނަދޫ ގައި ހުންނަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ. އެމްޑީޕީ އިން އެތައް ޒަމާންތަކެއް ވެރިކަމުގައި ތިބޭނެކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ ވެރިކަ...

މުޙައްމަދު އަފްރާޙް
ފަހުވަގުތު ޕޯޗުގަލް ބަލިކޮށް ކޮރެއާ ދެވަނަ ބުރަށް

ފަހުވަގުތު ޕޯޗުގަލް ބަލިކޮށް ކޮރެއާ ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި ޕޯޗުގަލްއާއި ދެކުނު ކޮރެއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ކޮރެއާ ޖާގަ ހޯދައިފިއެވެ. މިރޭގެ މެޗަށް ޕޯޗުގަލް ނުކުތްއިރު، ގްރޫޕް ސްޓޭޖުގައި އެ ޓީމް ކުޅުނު ފުރަތަމަ ދެ މެޗުން ހޯދި ހަ ޕޮއިންޓާއިއެކު މި ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ޕޯޗުގަލް އޮތީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. ވުމާއެކު އެ ޓީމުން މިރޭގެ މެޗަށް ނުކުމެފައި ވަނީ ފުރަތަމަ އެގާރައަށް ބަދަލުތަކެއް […]

އިބްރާހިމް ޚަލީލް
ވަައި ނުސާފު މިންވަރަށް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދިއްޖެ

ވަައި ނުސާފު މިންވަރަށް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދިއްޖެ

ވަައި ނުސާފު މިންވަރަށް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް  ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން މި އިލްތިމާސް ކޮށްފައި މިވަނީ، ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުންދާ މި ދުވަސް ވަރު ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާ އެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއަށް ފޯރަމުން އަންނަ ކަމަށް، ރާއްޖޭގެ މޫސުމާބެހޭ މައި އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ. އެ އިދާރާއިން އިއްޔެ ވަނީ، ހުޅަނގުން [...

ޔުމްނާ ޢަލީ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ ކޭމްޕް ފަށައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ ކޭމްޕް ފަށައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދާ “އައިޑީޕީޑީ ހެލްތު އެންޑް ވެލްނަސް” ކޭމްޕް ފަށައިފިއެވެ. މި މެޑިކަލް ކޭމްޕަކީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަރސަންސް ވިތް ޑިސޭބިލިޓީސް (އެމްއޭޕީޑީ) އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއެޗްއާރް) ގުޅިގެން، ދިރާގުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ކޭމްޕެކެވެ. މި ކޭމްޕް ފެށުމަށް މިއަދު ކުޅުދުއްފުށީގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި މި ކޭމްޕް އިފްތިތާހުކޮށްދެއްވާފައި ވަނީ...

ޔުމްނާ ޢަލީ
ފަތުރުވެރިއެއްގެ ދީލަތި އެހީއާއެކު ބ. އަތޮޅު ހޮސްޕިޓަލުން ލޮލުގެ ފަރުވާގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ފަތުރުވެރިއެއްގެ ދީލަތި އެހީއާއެކު ބ. އަތޮޅު ހޮސްޕިޓަލުން ލޮލުގެ ފަރުވާގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ބ. އަތޮޅު ހޮސްޕިޓަލުގައި ލޮލުގެ ފަރުވާދޭ ޔުނިޓެއް ގާއިމްކޮށް އެ ހިދުމަތް ރަސްމީކޮށް ދޭން ފަށައިފި އެވެ. އެ ހޮސްޕިޓަލުގެ މެނޭޖަރ ހެލްތް ސަރވިސް މުހައްމަދު ރަޝީދު “ތިލަދުން” އަށް ވިދާޅުވީ މިއީ އެރަށާއި ދާދި ގާތުގައި އޮންނަ ސޮނެވާފުށި ރިސޯޓަށް އައި ފަތުރުވެރިއަކު ކުރި ހަދިޔާއެއް ކަމަށާއި މިއީ އެ ހޮސްޕިޓަލުގެ ނަރުހުންގެ އޯގާތެރިކަމުގެ ހަދިޔާއެއް ކަމަށެވެ. “އެ ރިސޯޓުގައި ހުރި ފަތުރުވެރިއަކު ބަލިވެގެން މިތަނަށް ގެނައިމަ، މިތަނުގެ މުވައްޒަފުން އޭނާއާ މެދު ކަންތައްކުރި ގޮތުން، […]

މުޙައްމަދު އަފްރާޙް
އަލަށް އަޅާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ވެސް ކުރިއަށް ގެދާނީ ރައްޔިތުންގެ އަޑުއަހައިގެން: އާތިފް

އަލަށް އަޅާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ވެސް ކުރިއަށް ގެދާނީ ރައްޔިތުންގެ އަޑުއަހައިގެން: އާތިފް

ކުޅުދުއްފުށި ސިޓީގައި އަލަށް އަޅާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްތިޔުންގެ އަޑުއެހުމާއެކުގައި ކަމަށް އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. އެ ސިޓީގައި ސަރުކާރުން ތަރައްގީކުރި 165 ހައުސިން ޔުނިޓް ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދަައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ ފަހުން ތަރައްގީކުރި ރޯހައުސްތަކަކީ ވެސް ރައްޔިތުންނަށް ފަހި ތަންތަނުގެ ގޮތުގައި ހެދުމަށް ސަރުކާރާއި ވާހަކަދައްކާފައިވާ ކަމަށެވެ. އަދި ގިނަ ބަދަލުތަކެއް އެރޯހައުސްތަކަށް ގެނެސްފައިވ...

މުޙައްމަދު އަފްރާޙް
އުރީދޫ ފުޓްބޯޅަ ފޯރި: މިއަދު ކުޑަކުދިންގެ ހަވީރެއް

އުރީދޫ ފުޓްބޯޅަ ފޯރި: މިއަދު ކުޑަކުދިންގެ ހަވީރެއް

ވޯލްޑް ކަޕުގެ ފޯރި އިތުރު ކުރުމަށް އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދާ “ފުޓުބޯޅަ ފޯރީގެ” ހަރަކާތްތަކުގެ ތެރެއިން މިއަދު ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ. އުރީދޫގެ މި ހަވީރުގައި އެ ކުންފުނީގެ އެމްބެސެޑަރުން ކަމަށްވާ މާޒިޔާ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ބައިވެރިވާނެއެވެ. މި ހަރަކާތް ކުރިއަށްދާނީ މިއަދު ހަވީރު 4:00 އިން ފެށިގެން އާޓިފިޝަލް ބީޗުގައި ހުންނަ އުރީދޫ ފޭން ޒޯނުގައެވެ. މި ހަރަކާތުގައު ކުޑަކުދިންނަށް ހާއްސަކޮށް ތަފާތު ކުޅިވަރުތައް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި މިނީ ގޯލު […]

އަޙްމަދު ވަހީދު
އިސްލާމްދީން ވަނީ ހުރިހައި މާނައެއްގައި ވެސް އަނިޔާވެރިކަން ހަރާމް ކުރައްވާފައި: ހުތުބާ

އިސްލާމްދީން ވަނީ ހުރިހައި މާނައެއްގައި ވެސް އަނިޔާވެރިކަން ހަރާމް ކުރައްވާފައި: ހުތުބާ

އިސްލާމް ދީން ވަނީ ހުރިހައި މާނައެއްގައި ވެސް އަނިޔާވެރިކަން ހަރާމް ކުރައްވާފައިކަމަށް ހުކުރު ހުތުބާގައި ހަނދާންކޮށްދީފި އެވެ. “އަނިޔާވެރިންނަށް މާތްﷲ މުހުލަތު ދެއްވަ އެވެ.” މި މައުޟޫއަށް މއިަދު ކުރިއަށް ގެންދިޔަ ހުތުބާގައި ވަނީ އެއީ އޭގެ ނަތީޖާ ނުބައިވެގެންވާ އަހުލާގީ ގޮތުން ހުތުރު ސިފައެއް ކަމަށާއި އިންސާނާގެ ނަފްސު އަބާއްޖަވެރިކަމާއި ނަރަކައިގެ ގަދަފަދަ އަޛާބަށް ހުށަހެޅޭ ކަމެއް ކަމަށެވެ. އަދި އުއްމަތްތައް ހަލާކުވުމުގެ ސަބަބެއް ކަމަށެވެ. ކަންމިހެން އޮތްނަމަވެސް އަނިޔާވެރިންނާއި ފާސިގު، ނުބައި...

މުޙައްމަދު އަފްރާޙް
ސްޕެއިން ބަލިކޮށް ޖަޕާން ދެވަނަ ބުރަށް، ޖަރުމަނު ކަޓައިފި

ސްޕެއިން ބަލިކޮށް ޖަޕާން ދެވަނަ ބުރަށް، ޖަރުމަނު ކަޓައިފި

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ޖަޕާނާއި ސްޕެއިން ބައްދަލުކުރި މެޗު ޖަޕާނުން ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދިއިރު ކޮސްޓަރިކާ އަތުން މޮޅުވި ނަމަވެސް ޖަރުމަނު ކަޓައިފިއެވެ. ރޭ ގަތަރުގެ އައް ރައްޔާން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޖަޕާނުން ސްޕެއިންގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި ގްރޫޕުގައި ޖަރުމަނާއި ކޮސްޓަރިކާ ބައްދަލުކުރި މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޖަރުމަނެވެ. މި ގްރޫޕްގެ […]

އިބްރާހިމް ޚަލީލް