މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (22:30 އިން 04:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ވައިކަރަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

ވައިކަރަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ވައިކަރަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި، ކުލަބް ޖަމިއްޔާތަކަސް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބާއެކު އެ ފަރާތްތަކުގެ ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލުކުރުމުގައި ބެލުމަށް ހަމަޖެ...

އިބްރާހިމް ޚަލީލް
ވޯލްޑް ކަޕަށް ފަހު ޖަރުމަނު ލީގު ކުޅުން ފެށި މެޗުގައި ބަޔާންއާއި ލެއިޕްޒިގް އެއްވަރު

ވޯލްޑް ކަޕަށް ފަހު ޖަރުމަނު ލީގު ކުޅުން ފެށި މެޗުގައި ބަޔާންއާއި ލެއިޕްޒިގް އެއްވަރު

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ޖަރުމަނު ލީގުގެ ކުޅުން މެދު ކަނޑާލުމަށް ފަހު ރޭ އަލުން ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބަޔާން މިއުނިކާއި އާރުބީ ލެއިޕްޒިގް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ރޭ ލެއިޕްޒިގްގެ ދަނޑުގައި ކުޅުނު މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. އަނިޔާގެ ސަބަބުން ބަޔާންގެ އެއް ނަމްބަރު ކީޕަރު، މެނުއަލް ނޯޔާއަށް ލީގުގެ ބާކީ އޮތްބައިގައި ނުކުޅެވޭނެކަން ޔަގީންވުމުން އެތަން ފޫ ބެއްދުމަށް ދާދިފަހުން […]

އިބްރާހިމް ޚަލީލް
އެތެރޭގެ އުދުހުންތަކުގެ އަގު ހެވެއްނުވި: ޝިޔާންޓޭ

އެތެރޭގެ އުދުހުންތަކުގެ އަގު ހެވެއްނުވި: ޝިޔާންޓޭ

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރާނެކަމަށް ސަރުކާރުން ވައުދުވެފައިވީ ނަމަވެސް އެކަމެއް ނުވިކަމަށް ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ވިދާޅުވެއްޖެއެވެ. ޝިޔާންޓޭ ވެސް ނިސްބަތްވާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ވަރަށް ފޯރީގައި ކުރިއަށްދާއިރު، އޭނާ ހުންނެވީ އެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދުގެ ފަޅީގައެވެ. މި ކެމްޕެއިން ކުރިއަށްދާއިރު، މީސްމީޑިއާގައި ޚިޔާލު ފާޅުކުރ...

ޔުމްނާ ޢަލީ
ޖެނުއަރީ 28 ގައި ލާ ވޯޓަކީ ތަރައްގީގެ މަގުގައި ކުރިއަށްދާނީތޯ ނޫނީ މަގުމަތިވާނީތޯ ނިންމާ ވޯޓު: ރައީސް

ޖެނުއަރީ 28 ގައި ލާ ވޯޓަކީ ތަރައްގީގެ މަގުގައި ކުރިއަށްދާނީތޯ ނޫނީ މަގުމަތިވާނީތޯ ނިންމާ ވޯޓު: ރައީސް

މިހިނގާ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ މެންބަރުން ލާ ވޯޓަކީ ތަރައްގީގެ މަގުގައި ކުރިއަށްދާނީތޯ ނޫނީ މަގުމަތިވާނީތޯ، އެކަމަށް ގޮތެއް ނިންމާ ވޯޓު ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި މިރޭ މާލޭ އާޓިފިޝަލް ބީޗުގައި ކުރިއަށް ދިޔަ އެމަނކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި މި މަހުގެ 28 ވާ ހޮނިހިރު ދުވަހުއެވެ. އެދުވަހަކީ އަންނަ ރި...

ޔުމްނާ ޢަލީ
ތިލަދުންމަތިން ތިން ރަށެއް ފަތުރުވެރިކަމަށް ހުޅުވާލަނީ

ތިލަދުންމަތިން ތިން ރަށެއް ފަތުރުވެރިކަމަށް ހުޅުވާލަނީ

ތިލަދުންމަތީގެ އަތޮޅުތަކުން ތިން ރަށެއް އަންނަ ހަފްތާގައި ފަތުރުވެރިކަމަށް ހުޅުވާލާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެފައި ވަނީ ތިލަދުންމަތިން ތިން ރަށެއް އަންނަ ހަފްތާގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ބީލަމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. މި މަހުގެ 18 ވަނަ ދުވަހު ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެން ގޮސްފައިވާކަން ފާހަގަ ކުރައްވަމުން އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، އެ...

ޔުމްނާ ޢަލީ
ކެލައާއި ނައިވާދޫގައި އައުޓްޑޯ ވޮލީ ކޯޓް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ކެލައާއި ނައިވާދޫގައި އައުޓްޑޯ ވޮލީ ކޯޓް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. ކެލައާއި ހދ. ނައިވާދޫގައި އައުޓްޑޯ ވޮލީ ކޯޓް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. ކެލާގައި އައުޓްޑޯ ވޮލީ ކޯޓް އެޅުމުގެ މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި، ކުލަބް ޖަމިއްޔާތަކަސް ހުޅުވާލާފައިވާއިރު، އަންދާސީ ހިސާބާއެކު އެ ފަރާތްތަކުގެ ޕްރޮފައިލް ހުށަހަޅަން ޖެހެއެވެ. ކޮންމެ ފަރާތަކަށް ވެސް އެއް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނ...

އިބްރާހިމް ޚަލީލް
ދިއްދޫ އަލިގަދަ ތަރި ޤުރްއާން މުބާރާތުގެ ޓައިޓަލް ސްޕޮންސަރއަކަށް ކޭޑީ އެންޓަރޕްރައިސަސް

ދިއްދޫ އަލިގަދަ ތަރި ޤުރްއާން މުބާރާތުގެ ޓައިޓަލް ސްޕޮންސަރއަކަށް ކޭޑީ އެންޓަރޕްރައިސަސް

ހއ. ދިއްދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މިޑްލް ސްޕޯޓްސް ކްލަބުން އިންތިޒާމު ކޮށްގެން ބާއްވާ ”ދިއްދޫ އަލިގަދަ ތަރި ޤުރްއާން މުބާރާތް 1444” ގެ ޓައިޓަލް ސްޕޮންސަރއަކަށް ކޭޑީ އެންޓަރޕްރައިސެސް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައި، އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. މިއީ މިޑްލް ސްޕޯޓްސް ކްލަބުން މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ. ކިއީ އެ ކްލަބުން މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ. މިއަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރގެ އެއްބަސްވުމުގައި ކޭޑީ އެންޓަރޕްރައިސެސް...

މުޙައްމަދު އަފްރާޙް
ޤާސިމްގެ އެހީތެރިކަމާއެކު ނަރުދޫ ރައްޔިތުންނަށް ލޯން ސްކީމެއް

ޤާސިމްގެ އެހީތެރިކަމާއެކު ނަރުދޫ ރައްޔިތުންނަށް ލޯން ސްކީމެއް

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ދީލަތި އެހީގައި ނަރުދޫ ރައްޔިތުންނަށް ލޯން ސްކީމެއް ދޫކުރުމަށް ތައްޔާރު ވެއްޖެއެވެ. ނަރުދޫ ކައުންސިލުގެ ރައީސް މުހައްމަދު މުސްތަރުސިދު ވަނީ މި ސްކީމާއި ގުޅޭ މައުލޫމާތު ”ތިލަދުން” އަށް ހިއްސާ ކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ޖޭޕީގެ މެޖޯރިޓީ އޮންނަ އެރަށުގެ ކައުންސިލުގެ ވައުދު ފުއްދުމަށް ގާސިމް ވެދެއްވި އެހީތެރިކަމެއް ކަމަށެވެ. އެގޮތުން މި ލޯން ސްކީމިގެ ދަށުން ފައިސާ ދޫކުރުމަށް އެ ކައުންސިލުގެ […]

މުޙައްމަދު އަފްރާޙް
ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވަން ތައްޔާރުވެއްޖެ

ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވަން ތައްޔާރުވެއްޖެ

މާލޭގައި ދިރިއުޅޭ ފަރާތްތައް ޕިކްނިކް ދިއުމަށް ތަރައްގީ ކުރި ޕިކްނިކް އައިލެންޑް، ކުޑަގިރި ހުޅުވުމަށް ތައްޔާރުވެއްޖެއެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތަކުގެ ދަށުން ދުޅަހެޔޮ، ހިތްފަސޭހަ އަދި އިޖްތިމާޢީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމާއި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ހިންގާ މަޝްރޫއެކެވެ. އެގޮތުން، މީގެ ކުރިން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ހިތް އުފާކޮށްލުމަށް ޙާއްސަވެފައި އޮތް ކުޑަބަނޑޮސް ސަރުކާރަށް ނެގުމުން އެޗްޑީސީން ވަނީ ކުޑަ...

އަޙްމަދު ވަހީދު
ޝިއާއުގެ މަރުގެ ޝަރީއަތް ސިއްރުކޮށްގެން ބާއްވަނީ

ޝިއާއުގެ މަރުގެ ޝަރީއަތް ސިއްރުކޮށްގެން ބާއްވަނީ

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ މައްސަލާގެ ޝަރީއަތް ސިއްރުކޮށްގެން އަންނަ އާދިއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ޝިއާއު މަރާލުމަށްފަހު ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ދައުވާކުރަނީ ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލް އަލީގެ މައްޗަށެވެ. އޭނާގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ. އެ މައްސަލައިގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހު ހެނދުނު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސާފައިވާއިރު، އެ […]

ހުސައިން ހަބީބް
ވިލިމާލޭގެ ބަހުގެ ހިދުމަތް ފަށައިފި

ވިލިމާލޭގެ ބަހުގެ ހިދުމަތް ފަށައިފި

ރާއްޖޭ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އިލެކްޓްރިކް ބަހުގެ ހިދުމަތް ވިލިމާލޭގައި މިއަދު ފަށައިފިއެވެ. އެމްޓީސީސީން ވިލިމާލޭގައި ބޭނުންކުރާނީ ތިމާވެށްޓާއި ރައްޓެހި ހަ އީވީ ބަހެވެ. މި ބަސްތަކުގައި 11 މީހުންނަށް އިށީނދެ ތިބެވޭނެހެން ސީޓު ހަރުކުރެވިފައި ހުންނާނެއެވެ. އަދި، މީގެ އިތުރުން 4 މީހުންނަށް ކޮޅަށްތިބެވޭނެ ޖާގަވެސް ހުންނާނެއެވެ. އެހެންކަމުން، ޖުމްލަ 15 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެއެވެ. މި ހިދުމަތުގެ ރޫޓާއި ޝެޑިއުލް އެކުލަވާލާފައިވަނީ އާއްމު ރައްޔިތުންގެ ދަތުރުފަތުރުގެ ބޭނުންތަކަށް ވ...

އަޙްމަދު ވަހީދު
ކޭއާރުއެޗު ގެ އައު އޯޕީޑީ ނިންމައި، ހަވާލުކޮށްފި

ކޭއާރުއެޗު ގެ އައު އޯޕީޑީ ނިންމައި، ހަވާލުކޮށްފި

ކުޅުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލްގެ އައު އޯޕީޑީ އިމާރާތުގެ މަސައްކަތް ނިންމައި އެ ހޮސްޕިޓަލުގެ ގަވަނިން ބޯޑާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމައި، ރަމްޒީ ތަޅުދަނޑި ކުޅުދުއްފުށި ހޮސްޕިޓަލްގެ ގަވަނިން ބޯޑާ ހަވާލުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. ތަޅުދަނޑިއާ ހަވާލުވީ ކުޅުދުއްފުށި ހޮސްޕިޓަލްގެ ސީއީއޯ އަހުމަދު ދާވޫދެވެ. މި މަޝްރޫއުގެ ދަށުން ބަލިމީހުން ބަލާ 23 ކޮޓަރި އާއި ޓްރީޓްމެންޓް ރޫމަކާއި ޕްރޮސީޖާ ރޫމަކާއި އިކޯ ރޫމަކާއި އީސީޖީ ރޫމެއް ވަނީ ހަދައިފައެވެ. ކުޅުދުއްފުށީ...

އަޙްމަދު ވަހީދު
އެމްއެންޕީ ވެރިކަމެއްގައި ވަޒީފާ ނުލިބޭ ޒުވާނަކު ނުބަހައްޓާނަން: ނާޒިމް

އެމްއެންޕީ ވެރިކަމެއްގައި ވަޒީފާ ނުލިބޭ ޒުވާނަކު ނުބަހައްޓާނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ވަޒީފާ ނުލިބޭނެ އެއްވެސް ޒުވާނެއް ނުބަހައްޓާނެ ކަމަށް އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމްއެންޕީގެ ހެންވޭރު ދެކުނު ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، މި ސަރުކާރުން ޒުވާނުންނަށް އަޅާނުލާ ކަމަށެވެ. ނާޒިމް ވިދާޅުވީ މި ސަރުކާރުން ކުރާހާ ކަމަަކީ ވެސް ސަރުކާރުގެ ތެރޭގައި ތަޅާފޮޅައި ވެރިކަން ލިބޭނީ ކާކަށްތޯ ބެލުން ކަމަށެވެ. ’’ކާކަށްތޯ […...

ޔުމްނާ ޢަލީ
''މުސްކުޅި މައިންބަފައިން ސަލާން ޖަހައިގެން ކައިބޮއެ ހަދާއިރު، ދަރިން އުޅެނީ އުފަލާ އަރާމުގައި، ހިތާމަހުރި ކަމެއް''

''މުސްކުޅި މައިންބަފައިން ސަލާން ޖަހައިގެން ކައިބޮއެ ހަދާއިރު، ދަރިން އުޅެނީ އުފަލާ އަރާމުގައި، ހިތާމަހުރި ކަމެއް''

މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ދަރިންގެ މައްޗަށް ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ހަނދާން ކޮށްދީފި އެވެ. ހުތުބާގައި ބުނީ އިންސާނީ ނަސްލު ދެމިއޮތުމަށްޓަކައި މާތްﷲ މެދުވެރިކުރައްވާފައިވަނީ މައިންބަފައިން ކަމަށާއި އެހެންކަމުން މާތްﷲ އަށް އަޅުކަން ކުރުމަށް ގޮވައިލެއްވި އަމުރުފުޅާއި ވިދިގެން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި އަމުރު ކުރައްވާފައިވާ ކަމަށެވެ. “މުސްލިމް އަޚުންނޭވެ. ކީރިތިވަންތަ ﷲއަށް ފަހު، ތިބާގެ މައިންބަފައިންނަށްވުރެ، ތިބާއަށް ވަ...

މުޙައްމަދު އަފްރާޙް
ފޯކައިދޫގައި ގާއިމުކުރި އިޖުތިމާއީ މަރުކަޒު ހުޅުވައިފި

ފޯކައިދޫގައި ގާއިމުކުރި އިޖުތިމާއީ މަރުކަޒު ހުޅުވައިފި

އިންޑިއާ ސަރުކާރުގެ އެހީގައި ށ. ފޯކައިދޫގައި ގާއިމުކުރި އިޖުތިމާއީ މަރުކަޒު ހުޅުވައިފިއެވެ. މި މަރުކަޒު ހުޅުވައިދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ޑރ. އެސް. ޖައިޝަންކަރެވެ. އިންޑިއާ ސަރުކާރުގެ 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ގާއިމްކުރި މި މަރުކަޒަކީ ދެ ފަންގިފިލާގެ އިމާރާތެކެވެ. މި އިމާރާތުގައި ކްލަބް އޮފީސް، މީޓިން ރޫމް، ލައިބްރަރީ، ކޮންފަރެންސް ހޯލް އަދި ސެކްރެޓޭރިއަޓްގެ އޮފީސް ވަނީ […]

މުޙައްމަދު އަފްރާޙް