މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (22:30 އިން 04:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފި

ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފި

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިލުމުން 10 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވީ މި މަހުގެ 24 ވަނަ ދުވަހުއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނެއްގައި ވަނީ އެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް ހާމަކޮށްފައެވެ. އެ ފަރާތްތަކަކީ: 1. މުޙައްމަދު އިޙްސާން / ނޫރުވާދީ, ކ.ތުލުސްދޫ 2. މުޙައްމަދު ސަމީރު / ހިތްވަރު, ރ.އިނގުރައިދޫ 3. އަޙްމަދު ރިފްޝާން / ކަޝްމީރުގެ, […]

މުޙައްމަދު އަފްރާޙް
ސަޓާ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

ސަޓާ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

ދެކުނު އޭޝިޔާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ، ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސަޓާ) އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. މިއަހަރުގެ ސަޓާ އެވޯޑަށް ނަން ހުށައެޅުމުގެ ސުންގަޑިއަކީ އޭޕްރިލް މަހުގެ 10ވަނަ ދުވަހެވެ. އެވޯޑްއަށް އޮންލައިންކޮށް ސަޓާ އެވޯޑް ވެބްސައިޓް http://www.southasiantravelawards.com މެދުވެރިކޮށް ހުށައެޅޭނެއެވެ. 2016 ވަނަ އަހަރު ތައާރަފްކޮށްފައިވާ މި އެވޯޑް ދިނުމުގެ މަގުސަދަކީ ދެކުނު އޭޝިއާގެ އެންމެ މޮޅު މެހެމާންދާރީގެ އަގު...

މުޙައްމަދު އަފްރާޙް
ކުނި ނަގަން ވަދެ ގެއަކަށް ބޮޑުކަމުދިޔަ ވެމްކޯގެ މުވައްޒަފު ސަސްޕެންޑް

ކުނި ނަގަން ވަދެ ގެއަކަށް ބޮޑުކަމުދިޔަ ވެމްކޯގެ މުވައްޒަފު ސަސްޕެންޑް

ކުނި ނަގަން ވަދެ، ގެއަކަށް ބޮޑުކަމުދިޔަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފު ސަސްޕެންޑް ކޮށްފިއެވެ. ވެމްކޯ އިން ނެރުނު ބަޔާނެއްގައި ވަނީ މާލޭގެ ގޭގެއަށް ކުނި ނަގަން ދާ އެ ކޯޕަރޭޝަން ގެ މުވައްޒަފަކު ގެއެއްގެ ތެރެއަށް ބޮޑުކަމު ދިޔަ މައްސަލައިގައި އެ މުވައްޒަފު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެ ކުންފުނިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން މިކަމުގައި އެ ކުންފުނީގެ ފަރާތުން މައާފަށް އެދޭ ކަމަށާއި ކުރިއަށް އޮތް […]

މުޙައްމަދު އަފްރާޙް
ނޮޅިވަރަމުގައި ނިއުގެ ފުޓްބޯޅަ އެކަޑަމީއެއް، ބައިވެރިވާން ހުޅުވާލައިފި

ނޮޅިވަރަމުގައި ނިއުގެ ފުޓްބޯޅަ އެކަޑަމީއެއް، ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ފުޓްބޯޅަ އެކަޑަމީ އެއް ހިންގަން ނިންމައި، ބައިވެރިވުމަށް ހުޅުވާލައިފިއެވެ. ނޮޅިވަރަމު ކައުންސިލް އިދާރާ އިން ވިދާޅުވެފައިވަނީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބްގެ ފަރާތުން އެ ރަށުގައި ފުޓްބޯޅަ އެކަޑަމީއެއް ހިންގުމުގެ މައިގަނޑު މަޤުޞަދަކީ އެ ކުލަބުން ދިވެހި ފުޓްބޯޅަ ކުރިއަރުވައި ތަރައްގީ ކުރުމުގެ ދުރުރާސްތާ ޕްލޭނެއްގެ ދަށުން، ފުޓްބޯޅައަށް މޮޅު، ކުޅަދާނަ ދަރިންތަކެއް އުފެއްދުން ކަމަށެވެ. އެ ކުލަބްގެ ފަރާތުން ރާއްޖޭގެ އެކި ސަރަހައ...

އިބްރާހިމް ޚަލީލް
އެހެން ބަޔަކަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ ޕްރައިމަރީ ގަޑުބަޑުކޮށްގެން، އެކަމަށް ސަމާލުވާންޖެހޭ: ރައީސް

އެހެން ބަޔަކަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ ޕްރައިމަރީ ގަޑުބަޑުކޮށްގެން، އެކަމަށް ސަމާލުވާންޖެހޭ: ރައީސް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެހެން ޕާޓީއަކަށް ވެރިކަމަށް އައުމުގެ ފުރުސަތެއް ކިރިޔާ ވެސް އޮތީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގަޑުބަޑުކޮށްގެން ކަމަށާއި، އެކަމުގެ މަސައްކަތްތައް ބަޔަކު ކުރާތަން ފެނިވަޑައިގަންނަވާ ކަމަށާއި އެހެންވެ އެކަމަށް އެމްޑީޕީ މެންބަރުން ސަމާލުވުމަށް އެ ޕްރައިމަރީގައި ވާދަ ކުރަށްވާ އެމްޑީޕީގެ އެންމެ އިސްލީޑަރު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި މިއަދު އއ. މާޅޮހަށް ވަޑައިގެން ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ދެއްކ...

ޔުމްނާ ޢަލީ
ޓޮޓެންހަމްގެ ލަނޑު ލިސްޓްގެ އެންމެ ކުރިއަށް ކޭން

ޓޮޓެންހަމްގެ ލަނޑު ލިސްޓްގެ އެންމެ ކުރިއަށް ކޭން

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމާއި ފުލަމް ރޭ ބައްދަލުކުރި މެޗުގައި ހެރީ ކޭން ޖެހި ލަނޑާއިއެކު، ޓޮޓެންހަމަށް އެންމެ ގިނަ ލަނޑު ޖަހައިދީގެން އެ ޓީމްގެ ކުރީގެ ފޯވާޑް ޖިމީ ރީވްސް ހަދާފައިވާ ރެކޯޑާއި ކޭން އަރާ ހަމަކޮށްފިއެވެ. ރޭ ފުލަމްގެ ދަނޑުގައި ކުޅުނު މެޗު ޓޮޓެންހަމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ރޭގެ މެޗަކީ އުމުރުން 29 އަހަރުގެ ފޯވާޑް ހެރީ ކޭން ޓޮޓެންހަމްގެ ޖޯޒީގައި ޕްރިމިއާ ލީގުގައި ކުޅުނު 300 ވަނަ […]

އިބްރާހިމް ޚަލީލް
ޑީއާރުޕީ އުވާލަން ނިންމި މައްސަލަ ހައި ކޯޓަށް

ޑީއާރުޕީ އުވާލަން ނިންމި މައްސަލަ ހައި ކޯޓަށް

ޑީއާރުޕީ އުވާލަން ނިންމި މައްސަލަ އެ ޕާޓީން ހައި ކޯޓަށް ހުށަހަޅައިފި އެވެ. ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައީސްކަން ކުރައްވާ ޑީއާރުޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނުގައި ބުނާ އަދަދަށް އެ ޕާޓީގައި މެމްބަރުން ހަމަނުވާތީ އެވެ. ގާނޫނު އޮންނަ ގޮތުން 3،000 މެމްބަރުން ހަމަނުވާ ޕާޓީތައް ކޮމިޝަނުން އުވާލަން ޖެހެ އެވެ. ޑީއާރުޕީ އުވާލަން ނިންމި މައްސަލަ އެ ޕާޓީން ހައި ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު […]

ހުސައިން ހަބީބް
މިފަހަރުގެ ޕްރައިމަރީ ވެގެންދާނީ ރާއްޖެއަށް ނަމޫނާއަކަށް: ރައީސް

މިފަހަރުގެ ޕްރައިމަރީ ވެގެންދާނީ ރާއްޖެއަށް ނަމޫނާއަކަށް: ރައީސް

މި ފަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ވެގެންދާނީ ރާއްޖެއަށް ނަމޫނާއަކަށް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އއ. މާޅޮހަށް މިއަދު ވަޑައިގެން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީން އަމަލުކުރާނީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ކަމަށާއި އެމްޑީޕީގެ އެތެރޭގައި ހިންގާ ޕްރައިމަރީތައް ވާދަވެރިވާނެ ކަމަށް ވެސް ރަ...

މުޙައްމަދު އަފްރާޙް
މަކުނުދޫ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފި

މަކުނުދޫ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލައިފިއެވެ. މިކަމަށް ފުރުޞަތު ހުޅުވާލައި އެެރަށު ކައުންސިލު އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ، ރަމަޟާން މަހަށް އެރަށު މިސްކިތްތައް އާބާތުރަ ފިލުވުމަށް އެކި ފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަމަށެވެ. އެގޮތުން އެރަށު މަސްޖިދުއް ތަގުވާއާއި މަސްޖިދުއް ސިއްދީގު އަދި މަސްޖިދުއް ނޫރު ގެ އާބާތުރަ ފިލުވުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފ...

މުޙައްމަދު އަފްރާޙް
އެއް މެޗުގައި ފަސް ލަނޑު ޖެހުމުގެ ރެކޯޑް އެމްބާޕޭއަށް

އެއް މެޗުގައި ފަސް ލަނޑު ޖެހުމުގެ ރެކޯޑް އެމްބާޕޭއަށް

ފްރެންޗް ކަޕްގައި ރޭ ޕީއެސްޖީއާއި ފްރާންސްގެ ހަ ވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ޕޭސް ޑެ ކަސެލް ބައްދަލުކޮށް، 7-0 ގެ ނަތީޖާއިން ޕީއެސްޖީ މޮޅުވި މެޗުގައި އެ ޓީމްގެ ތަރި އެމްބާޕޭ ފަސް ލަނޑުޖަހައި، ޕީއެސްޖީއަށް އެއް މެޗުގައި ފަސްލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ހަދައިފިއެވެ. ޕީއެސްޖީ އުފެދުނުތާ ބައި ގަރުނަށްވުރެ ގިނަވެފައިވާއިރު އެ ޓީމަށް މީގެ ކުރިން އެއް މެޗުގައި އެއްވެސް ކުޅުންތެރިއަކަށް ފަސް ލަނޑު ޖެހިފައި ނުވެއެވެ. ޕީއެސްޖީއަށް އެންމެ ގިނަ […]

އިބްރާހިމް ޚަލީލް
އައްޑޫގައި ފަތުރުވެރިކަން ތަރައްގީނުވެ އޮތުމަކީ ރާއްޖޭގެ އެންމެ ބޮޑު ފެއިލިއާ: ނަޝީދު

އައްޑޫގައި ފަތުރުވެރިކަން ތަރައްގީނުވެ އޮތުމަކީ ރާއްޖޭގެ އެންމެ ބޮޑު ފެއިލިއާ: ނަޝީދު

އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްގީނުވެ އޮތުމަކީ ރާއްޖޭގެ އެންމެ ބޮޑު ފެއިލިއާ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް  އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންނަށް ނަޝީދު އިއްޔެ ވަނީ އައްޑޫ ސިޓީ އަށް ވަޑައިގަންނަވާފައެވެ. އެ ސިޓީގެ ހިތަދޫގައި ސަޕޯޓަރުންނާ މުޚާތަބު ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވަނީ އެއާޕޯޓަށް ފަތުރުވެރިއަކު އައިސް ރިސޯޓަކަށް ގޮސް ދ...

ޔުމްނާ ޢަލީ
ހެއްކާއިބެހޭ ގާނޫނާއެކު ޝަރުއީ މަރުހަލާގައި މައްސަލަތައް އަވަސްވެ، ނަތީޖާ ނެރެވޭނެ: ޝަމީމް

ހެއްކާއިބެހޭ ގާނޫނާއެކު ޝަރުއީ މަރުހަލާގައި މައްސަލަތައް އަވަސްވެ، ނަތީޖާ ނެރެވޭނެ: ޝަމީމް

ހެއްކާއިބެހޭ ގާނޫނާއެކު ޝަރުއީ މަރުހަލާގައި މައްސަލަތައް އަވަސްވެ، ނަތީޖާ ނެރެވޭނެ ކަމަށް  ޝަމީމް ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާގެ ‘ރާއްޖެ މިއަދު’ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ހެއްކާބެހޭ ގާނޫނާއެކު ޝަރީޢަތްކުރުމުގެ ނިޒާމް ފުރިހަމަވެ، ޝަރުއީ މަރުހަލާގައި މައްސަލަތައް އަވަހަށް ކުރިއަށްގެންގޮސް ނަތީޖާ ނެރެވޭނެ ކަމަށެވެ. އަދި މި ގާނޫނު ލިޔެވިފައިއޮތީ އެމަގަށް ބާރުއަޅާގޮތަށް، މުޅި ނިޒާމު މަސައްކަތްކުރާގޮތަށްވެސް މުހިއްމު ބަދަލުތަކެއް އ...

މުޙައްމަދު އަފްރާޙް
ރަނިންމޭޓުކަން ދެއްވާނެ ކަމަށް ވިދާޅުވެ ނަޝީދު ކުރިން ވެސް ދޯކާ ދެއްވި: ޝަރީފް

ރަނިންމޭޓުކަން ދެއްވާނެ ކަމަށް ވިދާޅުވެ ނަޝީދު ކުރިން ވެސް ދޯކާ ދެއްވި: ޝަރީފް

ރަނިންމޭޓުކަން ދެއްވާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު، ކުރިން ވެސް ބައެއް ބޭފުޅުންނަށް ދޯކާ ދެއްވި ކަމަށާއި، މިފަހަރު ވެސް އެހެން ހެއްދެވުން ގާތް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އިއްޔެ ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންއިރު އަރިހުގައި އައްޑޫއަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި،...

ޔުމްނާ ޢަލީ
ސަފާރީއެއް ފަރަށް އަރައިފި

ސަފާރީއެއް ފަރަށް އަރައިފި

ސަފާރީއެއް ފަރަށް އަރަށް އެރުމުގެ ހާދިސާއެއް ރޭ ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ސަފާރީއެއް ތ. މަޑިފުށީގެ ހުޅަނގު ފަރާތު ފަރަށް އަރައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. “ރެޑްމޫން” ނަމަކަށްކިޔާ މި ސަފާރީ ފަރަށް އަރައިގެން އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބިފައި ވަނީ ރޭގެ 19:40 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެމްއެ...

ޔުމްނާ ޢަލީ
މުޅި ރާއްޖެއަށް ހުދު ސަމާލު، ބޯކޮށް ވާރޭ ވެހި، ގުގުރާނެ

މުޅި ރާއްޖެއަށް ހުދު ސަމާލު، ބޯކޮށް ވާރޭ ވެހި، ގުގުރާނެ

ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާގެ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 6:30 އިން މިރޭ މެންދުރު 12:30 އާއި ހަމައަށެވެ. މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ބުނީ، މިއަދު ހެނދުނު 6:30 އިން މެންދުރު 12:30 އާއި ދެމެދު ރާއްޖޭގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު، ގުގުރައި، ވިލާގަނޑު ގައި […]

ޔުމްނާ ޢަލީ