ފަތުރުވެރިންނަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދޭންޖެހޭ: މައުސޫމް
ފަތުރުވެރިން ގޯހެއް ހެދީމާ އޭގެ ނޭދެވޭ އަސަރު އެންމެނަށް ވެސް ކުރާނެ ކަމަށާއި، އެ މީހުންނަށް ފުރިހަމަ މައުލޫތު ފޯރުކޮށްދޭންޖެހޭ ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އެންމެއެކަށޭނަ ގޮތުގައި ޓޫރިސްޓުންނަށް މައުލޫމާތު ނުލިބޭ ކަމަށް އެމީހުން ބުނާ ކަމަށެވެ. އެހެންވީމާ މައުލޫމާތު ދެވޭނެ ފުރިހަމަ އިންތިޒާމްތައް ހަަމަޖައްސަން ޖެހޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ރަށުތެރޭގައި ބޯޑުތައް ޖެހުމާއި ހޮޓ...