މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ރަމަޟާން މަހުގެ ރޭތަކަކީ ހަމައެކަނި ކެއިން ބުއިމާއި މަޖާކުރުމުގެ ރޭތަކަކަށް ނުހެދުމަށް ނަސޭހަތެއް

ރަމަޟާން މަހުގެ ރޭތަކަކީ ހަމައެކަނި ކެއިން ބުއިމާއި މަޖާކުރުމުގެ ރޭތަކަކަށް ނުހެދުމަށް ނަސޭހަތެއް

ރަމަޟާން މަހުގެ ރޭތަކަކީ ހަމައެކަނި ކެއިން ބުއިމާއި މަޖާކުރުމުގެ ރޭތަކަކަށް ނުހެދުމަށް ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ. “ރަމަޟާން މަހަށް ތައްޔާރުވުން” މައުޟޫއަށް ކުރިއަށް ގެންދިޔަ ޚުތުބާގައި ވަނީ ރަމަޟާން މަހުގެ ރޭތަކަކީ ދުނިޔަވީ ގޮތުންނާއި އުޚްރަވީ ގޮތުން ފައިދާހުރި، ބޭނުންތެރި ރޭތަކަކަށް ހެދުމަށް އަޒުމް ކަނޑައެޅުމަށް ވެސް ގޮވައިލާފައެވެ. ހާއްސަކޮށް ފަހުދިހައިގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ އަޒުމުގައި މި މައްސަރާ ބައްދަލުކުރުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ކޮންމެ އަހަރެއްގެ ވެސް ރަ...

މުޙައްމަދު އަފްރާޙް
މިއަދު ހުޅުމާލޭގައި އާއިލީ ހަވީރެއް

މިއަދު ހުޅުމާލޭގައި އާއިލީ ހަވީރެއް

މިއަހަރުގެ ރަމަޟާންމަހާ ގުޅުވައިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރެޝަން (އެޗްޑީސީ) އިން ހުޅުމާލޭ ރައްޔިތުންނަށް ޚާއްސަ އާއިލީ ހަވީރެއް ބާއްވަން ނިންމައިިފިއެވެ. އެ ކުންފުނިން ބުނީ ރަމަޟާން މަސް ފެށެން ގާތްވެފައިވާއިރު އެ ކުންފުނީގެ ފަރާތުން ބާއްވާ ޢާއިލީ ހަވީރަކީ ހުޅުމާލޭގެ ރައްޔިތުންނަށް ކުންފުނީގެ ފަރާތުން ދޭ މާހެފުމެއްގެ ގޮތުގައި ބާއްވާ ހަވީރެއް ކަމަށެވެ. ކުދިބޮޑު ހުރިހާ ރައްޔިތުންނަށް ވެސް ބައިވެރިވެވޭ ގޮތަށް މިއަދު ހަވީރު 4:00 އިން 6:00 އަށް ބާއްވާ މި ޢާއިލީ ހަވީރު ކުރިއަށް […]

އަޙްމަދު ވަހީދު
ބެޓިސް ބަލިކޮށް ޔުނައިޓެޑް ކުއާޓާއަށް

ބެޓިސް ބަލިކޮށް ޔުނައިޓެޑް ކުއާޓާއަށް

ޔޫރޮޕާ ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ. މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ޔުނައިޓެޑްގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޔުނައިޓެޑުންނެވެ. ރޭ ދެވަނަ ލެގުގެ މެޗު ބެޓިސްގެ ދަނޑުގައި ކުޅުނުއިރު ރޭ މެޗުން ވެސް ޔުނައިޓެޑް ވަނީ މޮޅުވެފައެވެ. ރޭ ޔުނައިޓެޑުން […]

އިބްރާހިމް ޚަލީލް
އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިސް އިތުރަށް އަގު ހެޔޮކޮށްފި

އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިސް އިތުރަށް އަގު ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ހޯލްސޭލްކޮށް ފިޔާ، އަލުވި އަދި ބިސް ވިއްކާ އަގު އިތުރަށް ހެޔޮކޮށްފިއެވެ. އެ ކުންފުނިން ބުނީ އިއްޔެއިން ފެށިގެން ފިޔާ، އަލުވި އަދި ބިސް ކޭހުގެ އަގުން ފަސް އިންސައްތަ ހެޔޮ ކޮށްފައިވާ ކަމަށެވެ. އެ ބަދަލާއެކު މިހާރު ފިޔާ ބަސްތާއެއް 160 ރުފިޔާއަށް، އަލުވި ބަސްތާއެއް 240 ރުފިޔާއަށް އަދި ބިސް ކޭހެއް 280 ރުފިޔާއަށް ލިބޭނެއެވެ. ކުރިން އެސްޓީއޯއިން ފިޔާ ބަސްތާއެއް ވިއްކީ 170 ރުފިޔާއަށެވެ. އަދި […]

އަޙްމަދު ވަހީދު
ޔޫރޮޕާ ލީގުން އާސެނަލް ކަޓައިފި

ޔޫރޮޕާ ލީގުން އާސެނަލް ކަޓައިފި

ޔޫރޮޕާ ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގައި ރޭ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އަތުން ބަލިވެ އާސެނަލް ކަޓައިފިއެވެ. ގަދަ ސޯޅައިގެ ބުރުގައި މި ދެ ޓީމް ވާދަކުރި ފުރަތަމަ ލެގުގެ މެޗު ކުޅެފައި ވަނީ ސްޕޯޓިންގެ ދަނޑުގައެވެ. އެ މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ދެވަނަ ލެގުގެ މެޗު ރޭ އާސެނަލްގެ ދަނޑުގައި ކުޅެފައިވާއިރު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ […]

އިބްރާހިމް ޚަލީލް
އުރީދޫއިން ރާއްޖޭގެ ވިޔަފާރިތަކަށް މައިކްރޮސޮފްޓްގެ ޑިޖިޓަލް ހައްލު ފޯރުކޮށްދެނީ

އުރީދޫއިން ރާއްޖޭގެ ވިޔަފާރިތަކަށް މައިކްރޮސޮފްޓްގެ ޑިޖިޓަލް ހައްލު ފޯރުކޮށްދެނީ

ރާއްޖޭގެ ވިޔަފާރިތަކަށް އީޖާދީ ޑިޖިޓަލް ހިދުމަތްތަކާއި ހައްލުތައް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން މައިކްރޮސޮފްޓާއެކު ޕާޓްނަޝިޕްއެއް ގާއިމްކޮށްފިއެވެ. މި ޕާޓްނަޝިޕް ގާއިމް ކޮށްފައިވަނީ އުރީދޫ ގްރޫޕުން ވިޔަފާރިތަކަށް ކްލައުޑް ބޭސްޑް ހައްލުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. މި ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް އުރީދޫގެ ގެ ޚިދުމަތާއެކު ބަންޑަލްކޮށްގެން ނުވަތަ ވަކިން މައިކްރޮސޮފްޓްގެ ޒަމާނީ ޓެކްނޮލޮޖީ އާއި ސޮފްޓްވެއާ ސޮލިއުޝަންތަކުގެ ބޭނުން ހިފ...

އަޙްމަދު ވަހީދު
ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި އަސްކަރިއްޔާގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޑިފެންސް އިން އިއްޔެ ހުޅުވާލައިފިއެވެ. ސިފައިންގެ ވަޒީފާއަށް ފުރުސަތު ހުޅުވާލައި، މިނިސްޓްރީ އޮފް ޑިފެންސް އިން ކޮށްފައިވާ ޢިއުލާންގައި، ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން ހިމެނެއެވެ. މީގެ އިތުރުން އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު...

ޙުސައިން ޝަހުދީ
ފިނޭންސް މިނިސްޓްރީގެ ކުރީގެ ފައިނޭންސް ކޮންޓްރޯލާ ނާޒިމްގެ ފައިނޭންސް އެޑްވައިޒަރަކަށް

ފިނޭންސް މިނިސްޓްރީގެ ކުރީގެ ފައިނޭންސް ކޮންޓްރޯލާ ނާޒިމްގެ ފައިނޭންސް އެޑްވައިޒަރަކަށް

ފިނޭންސް މިނިސްޓްރީގެ ކުރީގެ ފައިނޭންސް ކޮންޓްރޯލަރ މުހައްމަދު އަހްމަދު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމްގެ ފައިނޭންސް އެޑްވައިޒަރަކަށް ހަމަޖައްސައިފިއެވެ. މި މަގާމަަށް، މުހައްމަދު އަހްމަދު ހަމަޖައްސާފައިވާއިރު، އޭނާ އެމްއެންޕީ އަށް ސޮއި ކުރައްވައި، ޕާޓީގެ މެންބަރޝިޕް ފޯމު ވަނީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމަށް ހަވާލު ކޮށްފައެވެ. މުހައްމަދު އަހުމަދަކީ ވިޔަފާރީގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދިސަރުކާރާއި އެކި ކ...

މުޙައްމަދު އަފްރާޙް
އަތޮޅާއި ޒޯންގެ ތަށި ކާމިޔާބުކުރި ނައިވާދޫ ޓީމަށް އެ ރަށުން ހޫނު މަރުހަބާއެއް

އަތޮޅާއި ޒޯންގެ ތަށި ކާމިޔާބުކުރި ނައިވާދޫ ޓީމަށް އެ ރަށުން ހޫނު މަރުހަބާއެއް

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023″ ގެ ހދ އަތޮޅުގެ ޗެމްޕިއަންކަމާއި، ޒޯން 1 ގެ ޗެމްޕިއަންކަން ހޯދި ހދ ނައިވާދޫ ފުޓްސަލް ޓީމް މިއަދު އެ ރަށަށް ދިޔުމެން ރައްޔިތުން ނުކުމެ ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ނައިވާދޫ ފުޓްސަލް ޓީމް މިއަދު ހަވީރު އެ ރަށަށް ގޮސްފައިވާއިރު ޓީމަށް މަރުހަބާ ކިޔުމަށްޓަކައި އެ ރަށުގެ ކުދިބޮޑު އެންމެން ވަނީ ބަނދަރައް ނުކުމެފައެވެ. ނައިވާދޫ ޓީމް ރަށަށް ބާލާފައި ވަނީ ވެސް ރަތް ދޫލަމަތީގައެވެ. މީގެ […]

އިބްރާހިމް ޚަލީލް
ރައީސަށް މުހިއްމީ ޚިދުމަތްކުރުން، އެކަމަށް އެއްބާރުލުން ދޭ ބޭފުޅުންނާއެކު ކުރިއަށްވަޑައިގަންނަވާނެ: މިޢުވާން

ރައީސަށް މުހިއްމީ ޚިދުމަތްކުރުން، އެކަމަށް އެއްބާރުލުން ދޭ ބޭފުޅުންނާއެކު ކުރިއަށްވަޑައިގަންނަވާނެ: މިޢުވާން

ރައީސަށް މުހިއްމީ ރައްޔިތުންނަށް ހިދުމަތްކުރުން ކަމަށާއި އެކަމަށް އެއްބާރުލުން ދޭ ބޭފުޅުންނާއެކު ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. ކޮންމެ ހަފުތާއެއްގެވެސް ބްރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވަނީ ސަރުކާރުގައި ތިބެގެން ރައީސްއާ ދެކޮޅަށް މަސައްކަތްކުރާ ނުވަތަ ވާދަވެރި ކެންޑިޑޭޓަކާ އެއްކޮށް ކުރިއަށް ދިއުމަށް ގޮންޖެހުންތަކެއް ހުންނާނެކަން ފާހަގަ ކުރައްވާފައެވެ. “ސަރުކާރުގެ ސިޔާސަތުތަކާއި ދެކޮޅު ހައްދަވާ ބޭފުޅުންނާއި ސަރުކ...

މުޙައްމަދު އަފްރާޙް
އެމްއެމްޕީއާރްސީ ޚިޔާނާތް: މޫސާ އަލީ ޖަލީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިއްޖެ

އެމްއެމްޕީއާރްސީ ޚިޔާނާތް: މޫސާ އަލީ ޖަލީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިއްޖެ

އެމްއެމްޕީއާރުސީގެ މައްސަލައިގައި ކުރީގެ ޑިފެންސް މިނިސްޓަރ މޭޖަރ ޖެނަރަލް ރިޓަޔަރޑް މޫސާ އަލީ ޖަލީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ މި މައްސަލައިގަ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ޤާނޫނު ނަންބަރު 2014/10 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަނީ ލޯންޑްރިންގގެ ކުށުގެ ދައުވާ ކޮށްދިނުމަށް ކަމ...

މުޙައްމަދު އަފްރާޙް
އޮޅުވާލައިގެން ބިމެއް ނުވިއްކާ، މުވައްޒަފު ވަނީ ސަސްޕެންޑް ކޮށްފައި: އެޗްޑީސީ

އޮޅުވާލައިގެން ބިމެއް ނުވިއްކާ، މުވައްޒަފު ވަނީ ސަސްޕެންޑް ކޮށްފައި: އެޗްޑީސީ

އެޗްޑީސީން އޮޅުވާލައިގެން ބިމެއް ނުވިއް ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މުވައްޒަފުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާ ކަމަށާއި، އެހެންމަވެސް ބިން ވިއްކުމުގެ ފުރުސަތު ލިބިފައި ނުވާކަމަށެވެ. އަދި ހިޔާނާތްތެރިވި މުވައްޒަފު ހިންގާފައިވަނީ ރިޝްވަތުގެ މުޢާމަލާތެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެޗްޑީސީން ބުނީ އެ ކުންފުނީގެ މުވައްޒަފަކު ހެދިފައިވާ އުސޫލުތަކާއި ހިލާފަށް އޮޅުވާލައިގެން އަމިއްލަ ފަރާތަކަށް ބިމެއް ދޭނެކަމަށްބުނެ މަންފާއެއް ހޯދުމަށް މަސައ...

އަޙްމަދު ވަހީދު
ޒުވާނުން ބާރުވެރި ކުރެވި، ރައްޔިތުންނަށް ފޯރުންތެރި ފަހި ދިރިއުޅުމެއް ގާއިމު ކޮށްދެވިއްޖެ: ނަހުލާ

ޒުވާނުން ބާރުވެރި ކުރެވި، ރައްޔިތުންނަށް ފޯރުންތެރި ފަހި ދިރިއުޅުމެއް ގާއިމު ކޮށްދެވިއްޖެ: ނަހުލާ

މިހާރު ޒުވާނުން ބާރުވެރި ކުރެވިއްޖެ ކަމަށާއި ރައްޔިތުންނަށް ފޯރުންތެރި، ފަހި ދިރިއުޅުމެއް ގާއިމް ކުރެވިއްޖެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ނަހުލާ ވިދާޅުވީ އަމިއްލަ ރަށުގައި ތިބެގެން ފައިދާ ހޯދޭނެ މަގު ތަނަވަސްވެ، ގައުމުގެ އިގްތިސޯދީ ދުވެލި ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށެވެ. “އުތުރާއި ދެކުނު ހިމެނޭ ގޮތުން މުޅިރާއްޖެ ތަރައްގީ ކުރުމުގެ ތަސައްވުރެއް ރައީ...

މުޙައްމަދު އަފްރާޙް
ޖޭޕީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޖޭޕީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ވާދަކުރަން ބޭނުންވާ މެމްބަރުންނަށް އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ޕާޓީން ނެރުނު އިއުލާނެއްގައި ވަނީ އެޕާޓީގެ އަސާސީ ގަވާއިދުގައި ވާގޮތުން މަތީން ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލާނެ ކެނޑިޑޭޓަކު ކަނޑައަޅާނީ ޕާޓީގެ ހުރިހާ މެމްބަރުންނަށް އާންމުކޮށް ހުޅުވާލައިގެން އެކަމަށެވެ. ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް އެޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ މެމްބަރުނ...

މުޙައްމަދު އަފްރާޙް
ސެމީގައި އުންމީދު ބަލިކޮށް ރެއަރ ސްކޮޑް ފައިނަލަށް

ސެމީގައި އުންމީދު ބަލިކޮށް ރެއަރ ސްކޮޑް ފައިނަލަށް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ “އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023” ގެ ސެމީ ފައިނަލުގައި އުންމީދު ބަލިކޮށް ރެއަރ ސްކޮޑް ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކޮށްފިއެވެ. މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. އަދި ދެވަނަ ހޯދާ ޓީމާއި ތިންވަނަ ހޯދާ ޓީމްގެ […]

އިބްރާހިމް ޚަލީލް