ރާއްޖެ ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ރޯދަމަހު ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އާންމު ކޮށްފި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ކުރިއަށް އޮތް ރޯދަމަހު ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މިއަދު އާންމު ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ މިނިސްޓްރީން މިއަދު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ރޯދަމަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށެވެ. މީގެއިތުރުން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ކެއިން ބުއިމުގެ ޚިދުމަތް ދިނުމަށް އެ މިނިސްޓްރީން […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ މިއަހަރުގެ ބަޖެޓްގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައިވާނީ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް: ރައީސް މިއަހަރުގެ ބަޖެޓްގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވާނީ، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ޞިއްޙީ ދާއިރާއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ މުނާޞަބަތުގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އަންނަ މެއި މަހުން ފެށިގެން ޞިއްޙީ ދާއިރާގެ މުސާރަތަކަށް ސަރުކާރުން ހެޔޮ ބަދަލެއް ގެންނަވާނެކަން ތަކުރާރުކުރައްވާފައެވެ. ރާއްޖޭގައި ޑޮކްޓަރީ ބޭހުގެ ފަރުވާ ފެށިގެން އައިގޮތަށް އަލިއަޅުވާލައްވަމުން،... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު ހާލަންޑްގެ ލަނޑުތަކުން މޮޅުވެ ސިޓީ ކުއާޓާއަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ބުރުގެ ދެވަނަ ލެގުގެ މެޗުގައި ރޭ މެންޗެސްޓާ ސިޓީއާއި ލައިޕްޒިގް ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ސިޓީ ޖާގަ ހޯދައިފިއެވެ. މި ދެ ޓީމް ކުޅުނު ފުރަތަމަ ލެގުގެ މެޗު ކުޅެފައި ވަނީ ލައިޕްޒިގްގެ ދަނޑުގައެވެ. އެ މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެފައި އޮތުމުން ރޭގެ މެޗު ކާމިޔާބު ކޮށްގެން ކުއާޓާއިން ޖާގަ ހޯދުމުގެ ހަމަހަމަ ފުރުޞަތު ދެ ޓީމަށް ވެސް […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ކޮލަމް ޤައުމުދެކެ ލޯބިވާ މީހެއްގެ ކިބައިގައި ހުންނާނެ ސިފަތައް ޤައުމު ދެކެ ލޯބިވާ މީހެއްގެ ކިބައިން ފެންނާނެ ސިފަތައް ހޯދައި ދެނެގަނެވިދާނެއެވެ. އެއީ ތާރީޚުގައި ޤައުމު ދެކެ ލޯބިވާކަން ސާބިތުކޮށްދީފައިވާ ޤައުމީ ބަޠަލުންނާއި، ޤައުމަށް އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ ޚިދުމަތްތެރިންނާއި ޤައުމަށް ޓަކައި ޤުރުބާންވެފައިވާ ފިދާޢީންގެ ސިފަތަކެވެ. ދިވެހީންނަކީ އަމިއްލަ ވެރިކަމެއް ކުރަމުން އަންނަތާ އެތައް ސަތޭކަ އަހަރެއް ވެފައިވާ މިނިވަންކަމުގެ ދިގު ތާރީޚެއް އޮތް ބަޔަކަށް ވީ ހިނދު، މި ޤައުމުގެ ފަސްގަނޑުން ޤައުމު ދެކެ ލޯބިވާ މީހެއްގެ ކިބައިން ފެންނާނެ ސިފަތައް ހޯދާކ... ޢަބްދުﷲ ސަޢީދު · 3 އަހަރު ކުރިން
ވިޔަފާރި ބީއެމްއެލް އިން އިނގުރައިދޫގައި ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް ފަށައިފި ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރ. އިނގުރައިދޫގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ހިދުމަތް ފަށްޓައިފިއެވެ. އިއްޔެ ހިދުމަތް ދޭން ފެށުނު މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ. މިއަދު ފެށުނު ހިދުމަތާއެކު، މިވަގުތު ރ. އަތޮޅު އުނގޫފާރާއި މީދޫގައި ގާއިމްކޮށްފައ... އިބްރާހިމް އަސްވާޤް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ހިޔަލަ ފައިނަލަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ “އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023” ގެ ގްރޫޕް ބުރުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ފައިނަލުގެ ފުރަތަމަ ޖާގަ ހިޔަލަ ޓީމުން ހޯދައިފިއެވެ. މުބާރާތުގެ ގްރޫޕް ބުރުގެ ފަހު މެޗުތައް މިއަދާއި މިރޭ ކުޅެފައިވާއިރު، މިއަދު ހަވީރު ކުޅުނު މެޗުގައި ބައްދަލު ކޮށްފައި ވަނީ ރޫޙް އާއި ބެއާފޫޓެވެ. ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު 3 […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ވިޔަފާރި މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ. މީގެ އިތުރުން، ގްރޮއިން ޕްރޮފައިލް ކުރުމުގެ މަސައްކަތުގެ 37 އިންސައްތަ މިހާރު ފުރިހަމަކުރެވިފަައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 954 މީޓަރުގެ ސަރަހައްދ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ މޫދު ހަަރަކާތްތައް ހިންގުމުގައި ކުރިއަށް ވުރެ ބޮޑަށް ސަމާލުވާން ރިސޯޓުތަކަށް އަންގައިފި މޫދު ހަަރަކާތްތައް ހިންގުމުގައި ކުރިއަށް ވުރެ ބޮޑަށް ސަމާލުވާން ސަރުކާރުން ރިސޯޓުތަަކަށް އަންގައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން ރިސޯޓުތަކަށް ފޮނުވި ސަރކިއުލަރއެއްގައި ވަނީ މޫދު ހަރަކާތްތަކުގެ ތެރެއިން ހާދިސާތައް ހިނގުން ފަހަކަށް އައިސް އިތުރުވެފައި ވާތީ، ފެތުމާއި ސްނޯކްލިންގ އަދި ޑައިވް ކުރުމާއި އެހެންވެސް އެ ފަދަ ހަރަކާތްތައް ހިންގާއިރު ރައްކާތެރިކަމުގެ ފިޔަަވަޅުތައް ހަރުދަނާ ކުރަން ހުރިހާ ޓޫރިސްޓް ފެސިލިޓީތަކަށް ހަނދާންކޮށްދޭ ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކުރުމުގެ ގޮތުން ޓޫރިސ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ރޯދަ މަހު ސަރުކާރުގެ އޮފީސްތައް ހުޅުވާ ގަޑި އާންމުކޮށްފި މި އަހަރުގެ ރަމަޟާން މަހު ސަރުކާރުގެ އޮފީސްތައް ހުޅުވާ ގަޑި އާންމުކޮށްފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހު ވެސް ސަރުކާރުން ރަސްމީ މަސައްކަތްތައް ކުރާނީ ހަތަރު ގަޑިއިރަށް ކަމަށެވެ. އެގޮތުން ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އިން މެންދުރުފަހު 1 އަށް ކަމަށް ވަނީ ނިންމާފައެވެ. ފައިބެއަހަރު ގެ ރަމަޟާން މަހު ވެސް ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑި ހަމަޖައްސާފައިވަނީ މިގޮތަށެވެ. ކޮންމެ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ "ރިހި އައްސޭރި 2023" ޓޭބަލްޓޮޕް އެކްސަސައިޒް ކުރިއަށްގެންގޮސްފި “ރިހި އައްސޭރި 2023” ޓޭބަލްޓޮޕް އެކްސަސައިޒް ކުރިއަށްގެންގޮސްފިއެވެ. މިއީ ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭން (އެން.ޓީ.އާރު.ޕީ) އަށް ޢަމަލުކުރާ މިންވަރު ދެނެގަތުމުގެ ގޮތުން ރައީސް އޮފީހާއި އިނގިރޭސި ހައިކޮމިޝަން ގުޅިގެން ކުރިއަށް ގެންދިޔަ އެކްސަސައިޒެކެވެ. މިއީ ޓެރަރިޒަމްގެ ޙާދިސާއަކަށް ސަރުކާރުގެ އިދާރާތައް ގުޅިގެން ދޭ އީޖާބަ ޓެސްޓު ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ އެކްސަސައިޒެކެވެ. މި މާރިޗު މަހުގެ 12 އިން 13 އަށް މާލެ ސަރަހައްދުގައި ބޭއްވި މި އެކްސަސައިޒްގެ މައިގަނޑު މަޤްޞަދަކީ އެން.ޓީ.އާރ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އެމްއެންޕީ ވެރިކަމެއްގައި ކުދިން ސްކޫލަށް ގެންދަންޖެހޭނީ ދުވާލަކު އެއް ފަހަރު: ނާޒިމް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި ތަޢުލީމީ ނިޒާމް މުޅިން ބަދަލުކޮށް ކޮންމެ ދުވަހަކު އެތައް ފަހަރަކު ކުއްޖާ ސްކޫލަށް ގެންގޮސް ގެންނަންޖެހޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ “ނުއިވޭ އަޑުތައް” މި ނަމުގައި އެ ޕާޓީން ރޭ ފެށި ޓައުން ހޯލް ޑިސްކަޝަން ސިލްސިލާގެ ފުރަތަމަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. “އުފާވެރި ޒުވާނާ”ގެ ނަމުގައި ބޭއްވުނު މި ފޯރަމްގައި ނާޒިމް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޖޭޕީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން، ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން، ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފި އެވެ. މިއަހަރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފައިވަނީ މިއަދު އެވެ. މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުން މިއަދުވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމުގައިވެސް ނިންމަވާފަ އެވެ. ސަރުކާރު ކޯލިޝަންގައި މިވަގުތު އޮތް ޖޭޕީ އަށް އެމްޑީޕީން ވަނީ ރިޔާސީ އިންތިހާބުގައި ކ... އަލީ އާދިލް · 3 އަހަރު ކުރިން
ރާއްޖެ މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް 11 ކުންފުންޏަކުން ބިޑު ހުށަހަޅައިފި 1444 ވަނަ އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް 11 ކުންފުންޏަކުން ބިޑު ހުށަހަޅައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މީގެ ތެރެއިން ހުއްދަދެވޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ 3 ކުންފުންޏަކަށް ކަމަށެވެ. އަދި ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ދޫކުރެވޭނީ ޙައްޖު ކޯޕަރޭޝަންގެ އިތުރުން 3 ކުންފުންޏަކަށް ކަމަށެވެ. ހުއްދަދެވޭ 3 ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދޫކުރެވޭނޭ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއިން ޙައްޖަށް މީހުން […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޔާމީން ލޯންޑާކުރި 52 މިލިއަން ދައުލަތަށް ދައްކަން އެންގި މައްސަލަ ހައި ކޯޓަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާކުރި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައުލަތަށް ދައްކަން އެ މަނިކުފާނުގެ މައްޗަށް ކުރި އަމުރު އިސްތިއުނާފަށް ހުށަހަޅައިފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް ވަނީ އިއްވައިފަ އެވެ. އެ މައްސަލާގައި ލޯންޑާކުރި 3.4 […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ރާއްޖެ ރާއްޖޭގެ ކަނޑުފަޅު ބޭނުންކުރާގޮތުގެ ސާވޭގެ ހޯދުންތައް ހިއްސާކުރުމަށް ހާއްސަ ސެޝަނެއް ރާއްޖޭގެ ކަނޑުފަޅުތައް ބޭނުންކުރާގޮތުގެ މަޢުލޫމާތު އެއްކުރުމަށް މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު އޯޝަން ޔޫސް ސާރވޭގެ ހޯދުންތައް ހިއްޞާކުރުމަށް ނޫރާއްޖެއިން އާންމުކޮށް ހުޅުވާލައިގެން ސެޝަންއެއް ބާއްވަން ތައްޔާރުވެއްޖެއެވެ. މި ސެޝަން ބާއްވާނީ މާރިޗު 15 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ޖަހާއިރު، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ މާލެ ކެމްޕަހުގައެވެ. މި ސެޝަންގައި އޯޝަން ޔޫސް ސާރވޭގެ ޒަރިއްޔާއިން ދިވެހިން ކަނޑުފަޅުތައް އަގުކޮށް ބޭނުންކުރާގޮތާއި ގުޅޭ އައު މައުލޫމާތުތައް ހިއްޞާކުރެވޭނެއެވެ. އަދި ބައި... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން