ރާއްޖެ ރަސްދޫ މަޑިވަރު ޑައިވިން ޕޮއިންޓަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެ އއ. ރަސްދޫ މަޑިވަރު ޑައިވިންގ ޕޮއިންޓަށް ފޭބި ފަތުރުވެރިއަކު މަރުވެއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އއ. ރަސްދޫ މަޑިވަރު ޑައިވިންގ ޕޮއިންޓަށް ފޭބި ފަތުރުވެރިއަކު ހާލު ސީރިއަސްވެގެން ރަސްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 9:12 ހާއިރު ކަމަށެވެ. ފަތުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށެވެ. މަރުވެފައި ވަނީ އިނގިރޭސި ވިލާތަށް ނިސްބަތްވާ މީހެއް ކަމަށް ވެސް... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ބަވަނަވެފައިވާ ދުނިޔޭގައި ދިވެހި އަންހެނުން ފާހަގަކުރެވެނީ ހިތްވަރުގަދަ ބައެއްގެ ގޮތުގައި: ނަހުލާ ބަވަނަވެފައިވާ ދުނިޔޭގައި ދިވެހި އަންހެނުން ފާހަގަވަނީ ހިތްވަރުގަދަ އަދި ނަތީޖާ ނެރޭ ފިސާރި ބައެއްގެ ގޮތުގައި ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ނަހުލާ މިހެން ވިދާޅުވީ، މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ފަރާތުން ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ. ރޭ ދެއްކެވި ވާހަކާގައި ނަހުލާ ވިދާޅުވީ، ސިޔާސީ، އިޖުތިމާއީ އަދި އިގް... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހިޔަލަ ޓީމުން ދެވަނަ މެޗު ވެސް ކާމިޔާބު ކުރިއިރު، ރޫހް އަތުން ރެއަރ ސްކޮޑަށް ފަސޭހަ މޮޅެއް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ “އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023” ގައި އިއްޔެ ކުޅުނު މެޗުތައް ހިޔަލައާއި ރެއަރ ސްކޮޑުން ކާމިޔާބު ކޮށްފިއެވެ. މުބާރާތުގެ ތިންވަނަ ދުވަހުގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ ހިޔަލައާއި ބެއާފޫޓެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައި ވަނީ ހިޔަލަ ޓީމުންނެވެ. މި މެޗުގެ ސެޓްތައް އެ ޓީމުން ގެންގޮސްފައި ވަނީ 25/14، 25/7، […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެސްޖީގެ މައްސަލާގައި ސީއެސްސީން އިހަވަންދޫ ކައުންސިލް ގޮވައިގެން ކޯޓަށް ހއ. އިހަވަންދޫ ކައުންސިލަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ޢައްޔަނުކޮށްފައިވާ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އަށް އިހަވަންދޫ ކައުންސިލްގައި ވަޒީފާ އަދާކުރުމަށް އެކަށީގެންވާ މާހައުލެއް ޤާއިމުކޮށް ދިނުމަށް އިހަވަންދޫ ކައުންސިލްގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި ސީއެސްސީން އެ މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ. ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް އައްޔަނުކުރުމުގައި ދިމާވެފައިވާ މައްސަލަތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާނެ ފަރާތެއް ނެތް ރަށެއްގެ މ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުމުންދޫ ނެރާއި އައު ހާބަ ބޭސިން ފުން ކުރުމުގެ މަސައްކަތް ނިންމާލައިފި ހދ. ކުމުންދޫ ނެރު ބަދަލުކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ނެރު ފުންކުރުމާއި އައު ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. މީގެ އިތުރުން، ސައިޓުގައި މިހާރު ކުރިއަށްދަނީ ބޭރު ތޮށީގެ ބެޑް ތައްޔާރުކުރުމުގެ މަސައްކަތާއި، ރެވެޓްމެންޓް ޕްރޮފައިލްކުރުމުގެ މަސައްކަތް ކަމަަށް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށު... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ ހަސަދަވެރިވެ ސުވާލު އުފެދޭނަމަ ލޯގަނޑާ ސުވާލުކުރައްވާ: މައުސޫމް ހަސަދަވެރިވެ ސުވާލު އުފެދޭނަމަ ލޯގަނޑާ ސުވާލުކުރެއްވުމަށް އެދިވަޑައިގެން ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު ހައިރަން ފެނާންޑޯ އަށް ރާއްޖޭގެ ފަތުރުވެރިކަމާއިބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމް ރައްދު ދެއްވައިފިއެވެ. ‘އައިޓީބީ ބާލިން 2023’ ގައި ލަންކާގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ވާހަކަދައްކަމުން އެ ގައުމުގެ މިނިސްޓަރު ފެނާންޑޯ ވަނީ ރާއްޖޭގައި އޮންނަނީ ހަމައެކަނި ބީޗެއް ކަމަށް ވިދާޅުވެ، ރާއްޖެއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. “ރާއްޖޭގައި ކުރާނެ އިތުރު ކަމެއް ނޯންނާނެ. އެތަނުގައި ފަސް ދުވަހަށް މަޑުކ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިގުރަށު ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި އދ. ދިގުރަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 8 މާރޗް 2023 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 64,416 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 6,770 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރާނެއެވެ. މީގެ އިތުރުން، 294 މީޓަރުގެ އެއްގަމުތޮށި ލުމާއި، 287 މީޓަރުގެ ބޭރުތޮށި ލުމާއި، 98 މީޓަރުގެ […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ ހޯރަފުށި ސަލީމަށް ހާޓް އެޓޭކެއް ޖެހި، ފަރުވާ ދެނީ ރާއްޖޭގެ ކުޅަދާނަ ނޫސްވެރިޔާ ހޯރަފުށީ މުހައްމަދު ސަލީމަށް ރޭ ހާޓް އެޓޭކެއް ޖެހި ފަރުވާދޭން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގެ ސީސީޔޫ ގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަލީމްގެ ހާލު ގޯސްވީ ރޭ ފަތިހުގެ ވަގުތެއްގައެވެ. 2000 ވަނަ އަހަރުގެ ކުރީކޮޅާއި ހަމައަށް ނޫސްވެރިކަމުގައި ފާހަގަ ކޮށްލެވުނު ސަލީމް ވަނީ ‘ހަވީރު’ ނޫހުގެ ސަބް އެޑިޓަރުކަމާއި ‘މިއަދު’ ނޫހުގެ އެޑިޓަރުކަން ވެސް ކުރައްވާފައެވެ. މީގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ އިނ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ތިން ޕްރޮޖެކްޓެއް ނިންމާލައިފި ދެމެހެއްޓެނިވިގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެގޮތުން، ބޭންކް އޮފް މޯލްޑިވްސްއިން ހިންގާ “ބީއެމްއެލް ކޮމިއުނިޓީ ފަންޑު”ގެ ދަށުން; ދ. ހުޅުދެލި، ލ. މުންޑޫ އަދި ލ. ފޮނަދޫގައި ހިންގި ޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން ހުޅުދެލީގައި ވަނީ، މަސްކެނޑުމަށް ހާއްސަތަނެއް ގާއިމްކޮށްފައެވެ. މިއީ މަސްވެރިންގެ އިތުރުން ހުޅުދެލީގެ އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީކުރެވިފައިވާ ތަނެއް ކަމަށް ބީއެމްއެލް... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ކުޅިވަރު ބިލްބާއޯ ބަލިކޮށް ބާސާއިން ލީޑު ދަމަހައްޓައިފި ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ބާސާއިން ޕޮއިންޓް ތާވަލުގެ އެއްވަނާގައި ލީޑު ދަމަހައްޓައި ހަމަޖެހިލައިފިއެވެ. ރޭ އެތުލެޓިކް ބިލްބާއޯގެ ދަނޑުގައި ބާސާއިން ވަނީ 1-0 ގެ ނަތީޖާއިން އެ ޓީމް ބަލިކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނަގާނެ ރަނގަޅު ފުރުޞަތެއް ފުރަތަމަ ލިބުނީ ބާސާއަށެވެ. ބާސާގެ ފޯވާޑް ލެވަންޑޯސްކީ ފޮނުވާލި ހަމަލާގެ ހުރަހަކަށް ވީ ބިލްބާއޯގެ ކީޕަރެވެ. ފުރަތަމަ ހާފުގައި ލީޑު ނަގަން ރަނގަޅު ފުރުޞަތެއް ބިލްބާއޯގެ ރައުލް […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ގެއެއްގެ 5 ވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖަކު ނިޔާވެއްޖެ މާލޭގެ ގެއެއްގެ 5 ވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖަކު ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ. އެ ކުއްޖާ ވެއްޓިފައި ވަނީ މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެ 5 ވަނަ ފަންގިފިލާއިންނެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެއީ 4 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި އެ ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ރޭ 12:30 ހާއިރު ލިބިފައިވާ ކަމަށެވެ. ‘’އޭޑީކޭ ހޮސްޕިޓަލްގައި ކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ’’ ފުލުހުން ވިދާޅުވިއެވެ. ފުލުހުން […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ކުޅިވަރު 19 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯލް ސްކޮޑް އެކުލަވާލަނީ 19 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯލް ސްކޮޑަށް ކުދިން ހޮވުމަށް ނިންމައި، އެކަމަށް ބޭނުންވާ ކުދިންނަށް ފުރުސަތު ހުޅުވާލައިފިއެވެ. ހޭންޑް ބޯލް މޯލްޑިވްސް އިން ދިވެހިސަރުކާރުގެ ގެޒެޓުގައި ބުނެފައިވަނީ 19 އަހަރުން ދަށުގެ އަންހެން/ފިރިހެން ޤައުމީ ހޭންޑްބޯލް ސްކޮޑް އެކުލަވާލުމަށް ނިންމާފައިވާ ކަމަށެވެ. އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް، އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 މި ސްކޮޑުގައި ބައިވެރިވުމަށް ގޫގަލް ފޯމެއް ހަދާފައިވާއިރު، ސްކޮޑުގައި ބައިވެރި... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު އާސެނަލް މޮޅުވެ ލީޑު ދެމެހެއްޓިއިރު، ޔުނައިޓެޑަށް ޕޮއިންޓެއް އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ފަސް ޕޮއިންޓްގެ ލީޑު ދެމެހެއްޓިއިރު، މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ސައުތެމްޓަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މިރޭ އާސެނަލުން ވަނީ ފުލަމްގެ ދަނޑުގައި 3-0 ގެ ނަތީޖާއިން ފުލަމްގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗުގައި އާސެނަލުން ކާމިޔާބުކުރި ތިން ލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ފުރަތަމަ ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި ޓްރޮސާޑް […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ހިމާޔަތްކުރެވިފައިވާ ތަންތަނުގެ ޢަދަދު، މިއަހަރުގެ ނިޔަލަށް 130 އަށް އިތުރުކުރުމަކީ އަމާޒެއް: ސަބްރާ ހިމާޔަތްކުރެވިފައިވާ ތަންތަނުގެ ޢަދަދު، މިއަހަރުގެ ނިޔަލަށް 130 އަށް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސް އޮފީހުގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ “ސަސްޓެއިނަބަލް އޯޝަން މެނޭޖްމަންޓް އިން ދަ މޯލްޑިވްސް އެންޑް އިންޑިއަން އޯޝަން” ގެ ނަމުގައި ހޮޓެލް ޖެންގައި ކުރިއަށްދާ ޚާއްސަ ކޮންފަރެންސްގައެވެ. މި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވަނީ ރާއްޖެފަދަ ތިމާވެށީގެގޮތުން ނާޒުކު ޤައުމަކަށް ކަނޑުފަޅު... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި ކުޅުދުއްފުށި ހިމެނޭހެން ހަތަރު ރަށެއްގެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފި ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަތަރު ރަށެއްގައި މަޝްރޫއުތައް ހިންގުމަށް, މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ކ. ހިންމަފުށީ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި، އއ. މަތިވެރީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި، ކުޅުދުއްފުއްޓާއި ނ. ކެނދިކުޅުދޫގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ. މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި... އަޙްމަދު ވަހީދު · 3 އަހަރު ކުރިން