ރާއްޖެ ރައީސް ޤަތަރާއި ޖަރުމަނަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ޤަޠަރާއި ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ފުރަތަމަ ރައީސް ވަޑައިގަތީ ޤަޠަރަށެވެ. އެ ޤައުމަށް ވަަޑައިގެން އެ ޤައުމުގެ ދޯހާގައި ކުރިޔަށްދިޔަ އެކުވެރި ދައުލަތްތައް (އ.ދ)ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ޖެނެރަލް ޑިބޭޓްގައި އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ކޮންފަރެންސްގެ ހަވާސާގައި އެމަނިކުފާނު ވަނީ އ.ދގެ ސެކްރެޓަރީ ޖެނެރަލ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (14) ކުރީގެ ޢަދަދާއިގުޅޭ، ” ތެދެއްތަ ނަދާ؟ ކިހިނެއްވީ ކުއްލިއަކަށް ދާން ބޭނުންވީ؟ އަނެއްކާ މަންމަމެން ގޯހީތަ؟ ނޫނީ މިގޭތެރެއިން ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް ހިނގީތަ؟ ” އަވަސް އަވަހަށް އަމީރާ ސުވާލު ކުރަމުން ދިޔައިރު ފަހުމީވެސް އިނީ ޖަވާބު ބޭނުންވާފަދަ ގޮތަކަށް ނަދާއަށް ބަލަހައްޓައިގެންނެވެ. ” ނޫނޭ މަންމާ! އެއްވެސްކަމެއް ނުވޭ! އަހަރެން ހަމަ މަންމަމެން ދެކިލާހިތްވީ! ޒައިންވެސް ކޯސް ދޫކޮށްލީމަ، ދެމީހުންވެސް މިކޮޅުގައެއްނު އަބަދުވެސް އުޅޭނީ! އެހެންވެ، ކުޑަކޮށް ޝޮޕިންގ ކޮށްލާށާއެކު މަންމަމެން ގާތަށް […... ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ކުޅިވަރު ކުޅުނު ދެވަނަ މެޗް ވެސް ކާމިޔާބުކޮށް އުންމީދު ކުރިއަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ “އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023” ގައި އުންމީދު ޓީމުން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށް ކުރިއަށް ޖެހިލައިފިއެވެ. މި މުބާރާތުގެ ދެވަނަ ދުވަހުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލު ކޮށްފައި ވަނީ ޓީމް ހިޔަލައާއި ރޫޙް ޓީމެވެ. މި މެޗު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައި ވަނީ ހިޔަލަ ޓީމުންނެވެ. އެ ޓީމުން ސެޓްތައް ގެންގޮސްފައި […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ރައީސްގެ ''އިންޑިއާ ފަސްޓް'' ޕޮލިސީ އަކީ މިނިވަންކަން ހިމާޔަތް ކުރުމަށް މުހިންމު ސިޔާސަތެއް: ޝަރީފް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ”އިންޑިއާ ފަސްޓް” ޕޮލިސީ އަކީ ދިވެހި ރާއްޖޭގެ މިނިވަންކަން ހިމާޔަތް ކުރުމަށާއި، ސަލާމަތްތެރިކަން ދެމެހެއްޓުމަށް މުހިންމު ސިޔާސަތެއް ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ. މީސް މީޑިއާގައި ޚިޔާލު ފާޅު ކުރައްވަމުން ޝަރީފް ވިދާޅުވީ، ޤައުމުގެ ޚާރިޖީ ސިޔާސަތު ބައްޓަންވާން ޖެހޭނީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމުގެ މައްޗަށް ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ޚާރިޖީ ސިޔާސަތު ބިނާވެފައި ވަނީ އެ ގޮތައް ކަމަށް ވ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ކަނބަލުންގެ ވާދެމުމުގެ މުބާރާތުގެ 1 ވަނަ އޭއާރު އަށް ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ދިއްދޫ ކައުންސިލާއި ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކަނބަލުންގެ ވާދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން އޭއާރު ޓީމުން ހޯދައިފިއެވެ. މި މުބާރާތް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، އޭއާރު ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ސްކޫލް ޓީމް ބަލިކޮށްގެންނެވެ. މި މުބާރާތުގައި ދިއްދޫގައި ހުރި މުއައްސަސާތަކާއި ކުލަބް ޖަމިއްޔާތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށް ވެސް ޓީމް ރަޖިސްޓަރީ ކުރުމުގެ ފުރު... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ކުޅިވަރު އެސްޕަނިޔޯލް ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި ސްޕެނިޝް ލީގުގައި މިރޭ ޗެމްޕިއަން ރެއާލް މެޑްރިޑާއި އެސްޕަނިޔޯލް ބައްދަލުކުރި މެޗު ފަހަތުން އަރައި ރެއާލުން ކާމިޔާބު ކޮށްފިއެވެ. މިރޭ ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދާފައި ވަނީ އެސްޕަނިޔޯލުންނެވެ. މި ލނަޑު މެޗުގެ 8 ވަނަ މިނެޓުގައި އެސްޕަނިޔޯލްގެ ފަހަތުން ކުޅުނު ދިގު ބޯޅައެއް ހޯދައި އެ ޓީމްގެ ސަންޗޭޒް ސައޭޒް ރެއާލުގެ ގޯލު ކުރިމައްޗަށް […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ކުޅިވަރު ފާއިތުވި ހަފްތާގައި ޔުނައިޓެޑް ކޮޅަށް ފޯރި އަރުވައިލި ލިވަޕޫލް، ބޯންމައުތުގެ އަތްދަށުވެއްޖެ އިނގިރޭސި ޕްރިމިއާ ލީގުގައި ފާއިތުވި ހަފްތާގައި މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ހަތްލަނޑު ޖެހުމުން ލިވަޕޫލުގެ ފޯމް ރަނގަޅުވީ ކަމަށް ބެލެވުނު ނަމަވެސް، މިރޭ ލީގުގައި ބޯންމައުތު އަތުން ބަލިވެއްޖެއެވެ. ބޯންމައުތުގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އެ ޓީމުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުން ބަލިވުމުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ލިވަޕޫލަށް ވަނީ މުހިންމު ތިން ޕޮއިންޓް ގެއްލިފައެވެ. މިރޭގެ މެޗު ޑޮމިނޭޓްކޮށް ގިނަ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ގުރައިދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ޝާޒް އަށް ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓް ދޭނެ އެ ޕާޓީގެ މެންބަރަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ، ކ. ގުރައިދޫ ފައިވްރޯސް، އިބްރާހީމް ޝާޒް ކާމިޔާބު ކޮށްފިއެވެ. މިއަދު އެމްޑީޕީން ކުރިއަށް ގެންދިޔަ ޕްރައިމަރީގައި ވެރިރަށް މާލޭގެ އިތުރުން ގުރައިދޫ ދާއިރާގެ ތިން ރަށް ކަމުގައިވާ ގުރައިދޫ، މާފުށި އަދި ގުޅީ ގައިވެސް ވޯޓު ފޮށި ބެހެއްޓިއެވެ. މި ޕްރައިމަރީގެ ވޯޓުލުން ހަވީރު 5:00 އާއި ހަމައަށް ކުރިއަށް […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ އައިޑީ ކާޑުގެ އެންމެ މޮޅު ފަރުމާއެއް ހުށަހެޅި އެންކްރިއާ އާއެކު އެއްބަސްވުމުގައި ސޮއިކޮށްފި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައި.ޑީ ކާޑު)ގެ ފަރުމާ ބަދަލު ކުރުމަށް ހުޅުވާލި ފުރުސަތުގައި އެންމެ މޮޅު ފަރުމާއެއް ހުށަހެޅި ‘އެންކްރިއާ ޕްރައިވެޓް ލިމިޓެޑް’ އާއެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. ޑީއެންއާރު އިން ވިދާޅުވިގޮތުގައި، އައި.ޑީ ކާޑު ފަރުމާ ކުރުމަށް އެ ޑިޕާޓްމަންޓުން ކުރި އިޢުލާނާ ގުޅިގެން އެއްވަނައަށް ހޮވިފައި ވަނީ “އެންކްރިއާ ޕްރައިވެޓް ލިމިޓެޑް” އެވެ. އަދި އެ ކުންފުންޏާއެކު އެކަމުގެއެއްބަސްވުމުގައި ސޮއިކޮށްފައިވާ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޔުމްނާ، ކުޅުދުއްފުށީގެ ފަންނުވެރި މަސައްކަތްތެރިންގެ މަސައްކަތްތައް ބައްލަވާލައްވައިފި ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން މިހާރު ހދ. އަތޮޅުގެ ބައެއް ރަށްތަކަށާއި، ކުޅުދުއްފުށީ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އެ ސިޓީގެ ފަންނުވެރި ބައެއް މަސައްކަތްތެރީންގެ މަސައްކަތްތައް ބައްލަވައިލައްވައި، މައުލޫމާތު އެއްކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދަވައިފިއެވެ. ވަޒީރު ޔުމްނާ ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. ވަޒީރުގެ މި ޒިޔާރަތާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި ވޒީރު އެ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ވިޔަފާރި އިންޓަނެޓް އަދި މޯބައިލް ބޭންކިންގައި ލޮގިން ވާއިރު އިތުރު ނޮޓިފިކޭޝަނެއް އިންޓަނެޓް ބޭންކިން އަދި މޯބައިލް ބޭންކިން އަށް ލޮގިންކުރަން މަސައްކަތްކޮށް ނުވަދެވޭ ހާލަތްތަކުގައި ނޮޓިފިކޭޝަން ލިބޭ ގޮތަށް ބީއެމްއެލް ހަމަޖައްސައިފިއެވެ. މިއީ ބީއެމްއެލް އިން ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން ގެނައި ބަދަލެކެވެ. މިއީ މިހާރުވެސް ލޮގިން ކުރާ އިރު ފޮނުވާ އެލާޓްގެ އިތުރުން ކަސްޓަމަރުންނަށް ލިބޭނެ ނޮޓިފިކޭޝަނެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ. ބޭންކުން ބުނީ މީގެ އިތުރުން އިންޓަނެޓް އަދި މޮބައިލް ބޭންކިން އަށް ޖެހިޖެހިގެން ތިން ފަހަރު... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ވިޔަފާރި ހުއްދަ ނުހޯދައި ގުޅިފަޅާއި ތިލަފުށި ފަޅުގައި އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފި ހުއްދަ ނުހޯދައި ކ. ގުޅިފަޅާއި ކ. ތިލަފުށީ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަންގައިފިއެވެ. އެޗްޑީސީން ބުނީ ގުޅިފަޅާއި ތިލަފުށީ ފަޅުތެރޭގެ ސަރަޙައްދުގައި އެޗްޑީސީގެ ހުއްދަނެތި ބަހައްޓާފައިވާ ކަނޑު އުޅަނދުތަކާއި އެ ނޫންވެސް ތަކެތީގެ ސަބަބުން އެ ސަރަހައްދުގައި ހިންގުމަށް ރާވާފައިވާ އެކި މަޝްރޫއުތަކަށް ދަތިވަމުންދާ ކަމަށެވެ. މިއާއެކު މިހާރު އެ ކުންފުނިން ވަނީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރާއި ތަކެއްޗާ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ކުޅިވަރު ސްޕެޒިއާ އަތުން އިންޓަ ބަލިވެއްޖެ އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނާއި ސްޕެޒިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ތާރީޚީ މޮޅެއް ސްޕެޒިއާއިން ހޯދައޮފޮއެވެ. ރޭ ސްޕެޒިއާގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމުން އިންޓަ ބަލިކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މިއީ ސްޕެޒިއާއަށް އިންޓަގެ މައްޗަށް ކާމިޔާބު ހޯދުނު ފުރަތަމަ މެޗެވެ. މި މެޗުން ބަލިވުމާއިއެކު ޕޮއިންޓް ތާވަލުގެ ދެވަނަ އިންޓައަށް ގެއްލުމުގެ ފުރުޞަތު އެބައޮތެވެ. އިންޓަ ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތީ ކުޅުނު 26 މެޗުން ލިބުނު 50 ޕޮއިންޓާއި […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ 5 ކަނބަލަކަށް ކަމަނަ އެވޯޑް އެކިއެކި ދާއިރާތަކުން އަންހެނުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން، އަންހެނުންގެ ދުވަހާއި ގުޅުވައިގެން ދޭންފެށި “ކަމަނަ އެވޯޑް” އެ ރަށު 5 ކަނބަލަކަށް އަރުވައިފިއެވެ. މި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުންކުރާ މަސައްކަތްތަކާއި ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރު އެ ރަށު ފެންވަރުގައި ވަޒަންކުރުމުގެ ގޮތުންނާއި މުޖުތަމަޢުގައި އަނ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް ފަށައިފި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ “އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023” ފަށައިފިއެވެ. މި މުބާރާތުގެ ކުޅުން މިއަދު ހަވީރު ހަނިމާދޫ އިޖްތިމާއީ މަރުކަޒު މަލްޓިޕާޕަސް ކޯޓުގައި ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް އުންމީދާއި ރޫޙް އެވެ . މި މެޗު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައި ވަނީ އުންމީދު ޓީމުންނެވެ. އެ ޓީމުން މެޗުގެ ސެޓްތައް ކާމިޔާބު ކޮށްފައި ވަނީ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން