ރާއްޖެ ކުރެންދޫގައި 50 ހައުސިން ޔުނިޓު އަޅަން ހަވާލުކޮށްފި ޅ. ކުރެންދޫގައި 50 ހައުސިން ޔުނިޓު އިމާރާތް އަޅަން މިއަދު ހަވާލުކޮށްފިއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫޢޫގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑް އާއެވެ. އެސް.ޖޭ ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 95،980،140 ރުފިޔާ އެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ. ކުރެންދޫގައި 50 ހައުސިން ޔުނިޓު އިމާރާތް އަޅަން މިއަދު ހަވާލުކުރިއިރު، މި […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހއ. އަތޮޅުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން ބާއްވާ ފޯރަމް ފަށައިފި ހއ. އަތޮޅުގެ ސުކޫލުތަކުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން އެ އަތޮޅު ކައުންސިލުން ބާއްވާ ފޯރަމް މިއަދު ފަށައިފިއެވެ. ހއ. އަތޮޅު ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މި ފޯރަމްގައި ހއ. އަތޮޅުގެ 14 ސްކޫލުން 12 ޕްރިންސިޕަލުންނާއި 1 އެޑްމިނިސްޓްރޭޓަރ އަދި އެ އަތޮޅުގެ ރަށު ކައުންސިލްތަކުގެ 08 ރައީސުން އަންނަނީ ބައިވެރިވަމުންނެވެ. މި ފޯރަމްގެ މަޤްސަދަކީ ހއ. އަތޮޅުގެ ސުކޫލުތަކުގެ ގުޅުން ރަނގަޅުކޮށް ބެސްޓް ޕްރެކްޓިސް ޙިއްޞާ ކުރެވޭނެ މަގުފަހިކޮށްދިނުމަށާއި، އަތޮޅުގެ ތަޢުލީމީ ތަޞައްވުރެއް ކަނޑައަޅައި އެމަ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ކުޅިވަރު ފަހަތުން އަރާ އަބްހާ ކްލަބް ބަލިކޮށް ރޮނާލްޑޯގެ އަލް ނަސްރުން މުހިންމު މޮޅެއް ހޯދައިފި ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި އަބްހާ ކްލަބް ބައްދަލުކުރި މެޗު ފަހަތުން އަރައި ކާމިޔާބުކޮށް ނަސްރުން މުހިންމު މޮޅެއް ހޯދައިފިއެވެ. ރޭ ނަސްރުގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަބްހާ ކްލަބުންނެވެ. މި ލަނޑު 26 ވަނަ މިނެޓުގައި ސާދް ޤުއިރް އަލް ނަސްރުގެ އޭރިއާތެރެއަށް ތިރިން ކުޅުނު ބޯޅަ ހޯދައި ގޯލުގެ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނޮޅިވަރަމްގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގުރާމްގެ ނިމުން ފާހަގަކޮށްފި ހދ. ނޮޅިވަރަމްގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގުރާމްގެ ނިމުން ފާހަގަކޮށްފިއެވެ. މި ޕްރޮގްރާމަކީ، ނޮޅިވަރަމު އަންހެންނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ނޮޅިވަރަމް ޕޮލިސް ސްޓެޝަން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ކަސްރަތު ޕްރޮގުރާމް ކުރިއަށް ގެންދިޔައީ އެއް މަސްދުވަހުގެ މުއްދަތަށް، 15 ފެބުރުއަރީން 15 މާރިޗް 2023 އަށެވެ. މި ޕްރިގުރާމްގެ މަގުސަދަކީ ނޮޅިވަރަންގެ ރައްޔިތުންނަކީ ދުޅަހެޔޮ ފުރިހަމަ ސިއްޙަތެއްގައި ތިބޭ ބަޔަކަށް ހެދުމާއި، ރައްޔިތުންނާއި ފުލުހުންގެ މެދުގައި އޮންނަ... ޙުސައިން ޝަހުދީ · 3 އަހަރު ކުރިން
ކުޅިވަރު އެވަޓަން އަތުން ޗެލްސީއަށް ޕޮއިންޓެއް އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި އެވަޓަން ބައްދަލުކުރި މެޗުން ޗެލްސީ މޮޅުވާން ދަނިކޮށް ފަހުވަގުތު އެވަޓަން އިން ލަނޑުޖަހައި ޗެލްސީ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ. ރޭ ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މެ އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަތަރު ލަނޑު ވެސް ޖަހާފައި ވަނީ ފަހު ހާފުގައެވެ. ފުރަތަމަ ލަނޑު 52 ވަނަ މިނެޓުގައި ޗެލްސީގެ ޗިލްވެލް އެވަޓަންގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ އެވަޓަންގެ ޑިފެންސުން ކުލިއާ ކުރަން […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ވިޔަފާރި މިފްކޯގެ މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގެންނަ އިތުރު ބޯޓެއް ރާއްޖެއައުމަށް ދަތުރު ފަށައިފި މިފްކޯގެ މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގެންނަ ބޯޓެއް ރާއްޖެއައުމަށް ދަތުރު ފަށައިފިއެވެ. މިއީ އެ ކުންފުނީގެ މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގެންނަ 4 ބޯޓުގެ ތެރެއިން، ފުރަތަމަ ބޯޓެވެ. މިފްކޯގެ ފްލީޓަށް އިތުރުކުރާ އައު ބޯޓު “ޖަޒީރާ 103” ރާއްޖެ އައުމަށް ފުރީ ކޮރެއާއިން ކަމަށާއި އެ ބޯޓު އަންނަ އޭޕްރިލް މަހުގެ 7 ވަނަ ދުވަހު ރާއްޖެ އާދެވޭނެކަމަށް މިފްކޯއިން ބުނެއެވެ. މިއީ ފަސޭހަކަމާއެކު ބޯޓްގެ ދެ ފަރާތުން ވެސް އެއްފަހަރާ މަސްކިރޭގޮތަށްދެ ކްރޭން ހަރުކޮށް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެ ވިލިމާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ވިލިމާލެއިން އުމުރުން 13 އަހަރުގެ އަންހެން ކުއްޖާ ފެނުނީ ހުޅުމާލެއިން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ. އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މާރިޗު މަހުގެ 18 ވަނަ ދުވަހުގެރޭ 1:33 ގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ސޯޝަލް މީޑިއާގެ ބައެއް މަސްދަރުތަކުގައި […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު ހާލަންޑް ނުހިފެހެއްޓޭ، ބާންލީ ބަލިކޮށް ސިޓީ އެފްއޭ ކަޕް ސެމީއަށް އިނގިރޭސި އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ރޭ މެންޗެސްޓާ ސިޓީއާއި ބާންލީ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލުން ސިޓީ ޖާގަ ހޯދައިފިއެވެ. ރޭ ސިޓީގެ އިއްތިހާދް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. ރޭގެ މެޗުގައި ހާލަނޑް ހެޓްރިކް ހަދާފައިވާއިރު ފާއިތުވި ހަފްތާގައި ޗެމްޕިއަންސް ލީގުގައި ސިޓީއާއި ލައިޕްޒިގް ބައްދަލުކުރި މެޗުގައި ވެސް އޭނާ ވަނީ ފަސް ލަނޑު ޖަހާފައެވެ. […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރޯދަ މަހު ކޭއާރުއެޗުން ޚިދުމަތްދޭ ގަޑިތައް ހާމަކޮށްފި ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އިން ރަމަޟާން މަހު ޚިދުމަތްދޭ ގަޑިތައް ހާމަކޮށްފިއެވެ. އެ ހޮސްޕިޓަލުން އާންމުކޮށްފައިވާ އިއުލާނުގައި ވަނީ 1444 ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު، އާންމު ބަލީގެ ޑޮކްޓަރު ހެނދުނު 8 ން މެންދަމު 12 ޖަހަންދެން އިންނަވާނެ ކަމަށާއި ޚާއްސަ ބަލިތަކުގެ ޑޮކްޓަރު ހެނދުނު 8:30 ން މެންދުރު 2 ޖަހަންދެން އަދި މެންދުރު 12:30 ން ހަވީރު 4 ޖަހަންދެން ވެސް އިންނަވާނެ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (16) ކުރީގެ ޢަދަދާއިގުޅޭ، ” އޭނަ ދެން ނުވެސް އަންނާނެ! ” ދުރަށް ބަލަހައްޓައިގެން އިނދެ ނަދާ އެހެން ބުނުމުން ނަޒީރު ހައިރާންވިއެވެ. އެހެން އިނދެ ސާމިޔާގެ މޫނަށް ނަޒީރަށް ބަލާލެވުނެވެ. ” ތަންކޮޅެއް ސާފުކޮށް ބުނެބަލަ! އޭނަ ކީއްވެ ނާންނަންވީ؟ ” އަވަސް ހިތަކައިގެން ސާމިޔާ ސުވާލުކުރުމުން ނަދާ އިސްޖަހާލިއެވެ. ” އެއީ… ރައްޓެއްސަކާއެކީ ވިޔަފާރިއެއް ފަށައިގެން އުޅެނީ! ބުނި އަހަރެން ބަލާ އަންނާށޯ ބުނީމަ އަންނާނަމޯ ބަލާ! ” ނަދާ ވާހަކަ ދެއްކި ރާގުން އޭނާ […] ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޕެޓިޝަން ސައްހައެއްނޫން، ހަގީގަތާއި ހިލާފް ވާހަކަ ނުފެތުރުމަށް އެދެން: ޅައިމަގު ކައުންސިލް ށ. ޅައިމަގު ކައުންސިލަށް ހުށަހަޅާފައިވަނީ ޕެޓިޝަނެއް ކަމަށް ބަލައި ނުގަންނަ ކަމަށާއި، އެރަށު ކައުންސިލާއި ރައްޔިތުން ބަދުނާމުވާ ގޮތައް ވާހަކަ ނުފެތުރުމަށް އެދޭ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ކައުންސިލުން މިހެން ވިދާޅުވީ، އެ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސްގެ އިތުރުން ތިން މެންބަރުންގެ ސޮއިކުރައްވާ އާންމު ކުރެއްވި ނޫސް ބަޔާނެއް ގައެވެ. އެ ބަޔާނުގައި ވިދާޅުވެފައި ވަނީ ކައުންސިލާއި ގުޅުންހުރި އެކި މަރުހަލާތަކުގައި ހުރި މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް މ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރޯދަ މަހަށް ތައްޔާރު ވުމަށް ނެއްލައިދޫގައި އަދާލަތުގެ ދަރުހެއް ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ހދ.ނެއްލައިދޫގައި އަދާލަތު ޕާޓީން ދަރުހެއް ބާއްވައިފިއެވެ. ރޭ ނެއްލައިދޫ ބަނދަރު ސަރަހައްދުގައި “ރަމަޟާން މަހަށް ތައްޔާރުވުން” މި މަޢުޟޫއަށް ކުރިއަށް ގެންދެވުނު ދަރުސް ދެއްވާފައި ވަނީ އަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ޙުސައިން އެވެ. މި ދަރުހަކީ ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ނެއްލައިދޫ ކައުންސިލާއި އަދާލަތު ޕާޓީ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ދަރުހެކެވެ. މި ދަރުހާއި ގުޅޭގޮތުން މި ނޫހަ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ވިޔަފާރި އެމްޓީސީސީން ޔަންމާ މެރިންގެ އައު އިންޖީނާއި ސްޕޯޓްސް ފިޝިން ބޯޓު ތައާރަފްކޮށްފި ޔަންމާ މެރިންގެ އައު އިންޖީނާއި ސްޕޯޓްސް ފިޝިންގ ބޯޓު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ތައާރަފުކޮށްފިއެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގައި ޔަންމާ އިންޖީނު ތައާރަފުކޮށްދެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ. ފިޝިންގ ބޯޓު ތައާރަފުކޮށްދެއްވީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު ސާލިހު އެވެ. ޔަންމާ މެރިން އިންޖީނާއި ގުޅޭގޮތުން އެމްޓީސީސީގެ ޓްރޭޑް ޑިވިޝަންގެ ސީނިއަރ މެނޭޖަރު އަހުމަދު ޖ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ބައިނަލްއަޤްވާމީ ''އަޔަން ލޭޑީ އެވޯޑް'' ޑރ. އަނާރާ އަށް ބައިނަލްއަޤްވާމީ ‘އަޔަން ލޭޑީ އެވޯޑް’ ޑރ. އަނާރާ ނައީމަށް ލިބިއްޖެއެވެ. މިއީ އިންޑިއާގެ އެޑިއުފާމް އިންޓަނޭޝަނަލް އެކަޑަމީ އާއި ސިންގަޕޫރުގެ އޭސިއީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ދޭ އެވޯޑެކެވެ. ބައިނަލްއަގްވާމީ މައިދާނުގައި ފާހަގަކޮށްލެވޭ އަންހެން ކަނބަލުންނަށް ދޭ މި އެވޯޑް ޑރ. އަނާރާއަށް ލިބިވަޑައިގެންނެވީ މުޖުތަމައުގައި މީހުން ބާރުވެރިކުރުވައި، މީހުންނަށް ކާމިޔާބު ހޯދުމަށް ހިތްވަރު ދެއްވުމަށް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތުގެ ސަބަބުންނެވެ. އަދި މުޖުތަމައުގެ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އެމްޑީޕީ އަކީ އެއްވެސް މީހެއްގެ ތަރިކަ މުދަލެއް ނޫން: ޝަރީފް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ އެއްވެސް މީހެއްގެ ތަރިކަ މުދަލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީގެ މަރަދޫ ދާއިރާގެ މެމްބަރ އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ، ޝަރީފް ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ އެމްޑީޕީ އަކީ ރައީސް ނަޝީދު މޮޑެން ގެންގުޅުއްވާ ފުށްގަނޑެއް ނޫން ކަމަށެވެ. ޝަރީފުގެ މި ބަސްތައް އަމާޒުކުރައްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިން ނަޝީދު ބަލިވުމާއި އެކު، “ފިކުރެއްގެ ދ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން