ރާއްޖެ ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ މީހުން ހޯދަނީ މި އަހަރުގެ ހައްޖު ދަތުރުގައި އެހީތެރިންގެ ގޮތުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ ފިރިހެނުން ހޯދުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން އަނެއްކާވެސް އިޢުލާން ކޮށްފިއެވެ. އެ ކުންފުނިން މި އަހަރު ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ ފިރިހެނުން ހޯދަން މި މަހު ހަތްވަނަ ދުވަހު ވެސް ވަނީ އިޢުލާން ކޮށްފައެވެ. ނަމަވެސް އެ އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް މީހުން ލިބިފައިނުވާތީ އެ ކުންފުނިން މި ވަނީ މީހުން ހޯދުމަށް ދެވަނަ ފަހަރަށް […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ މަސްބައި އަޅާ ބަހާ އުސޫލުން ސިޔާސީ ބޮޑުންގެ މެދުގައި މިހާރު ވޯޓު ބަހައިނުލެވޭނެ: ނަޒީރު މަސްބައިއަޅާ ބަހާ އުސޫލުން މިހާރު ސިޔާސީ ބޮޑުންގެ މެދުގައި ވޯޓު ބަހައި ނުލެވޭނެ ކަމަށް އަދާލަތު ޕާޓީގެ ތަރުޖަމާނު، ހޯމު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ. އޭނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިހާރު ހުންނަނީ؛ އަޑުގަދަ ގެނދަބުޅި އިންޖީނުގެ އާވެ ރީތިވީމާ ދޭ ވޯޓާއި، ނަޖިސްފެނުން ސާފުފެނަށް ބަދަލުވީމާ ދޭ ވޯޓު ކަމަށެވެ. އަދި ޗަކަމަގު ތާރުމަގަށް ބަދަލުވީމާ ދޭ ވޯޓާއި ބޯހިޔާވަހިކަމަށް ދޭ ވޯޓު ކަމަށެވެ. ސަރުކާރުން ތަރައްގީކުރި، ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވުމަށް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ 13 އަހަރުގެ އަންހެންކުއްޖެއް ގެއްލިގެން ހޯދަނީ ވިލިމާލެއިން 13 އަހަރުގެ އަންހެންކުއްޖެއް ގެއްލިއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖެއް ވިލިމާލެއިން ގެއްލިގެން ހޯދަމުން އަންނަކަމަށެވެ. އެ ކުއްޖާ ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ ރޭ ދަންވަރު 1:33 ހާއިރު ކަމަށެވެ. އެހެންނަމަވެސް އިތުރު މައުލޫމާތެއް އަދިހާމައެއް ނުކުރެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލިގެން ހޯދަނީ ޒޯޔާ ކިޔާ ކުއްޖެކެވެ. އެ ކުއްޖާގެ އާއިލާ އާ ހަވާލާދީ ސޯޝަލް މީޑިއާގައި ބުނެފައިވަނީ ޒޯޔާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ފުލުހުންގެ މުއައްސަސާ އިތުރަށް ރިފޯމް ކުރުމުގެ މަސައްކަތްފެށީ ވަރުގަދަ އަޒުމާއެކު: އިމްރާން ދިވެހި ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކޮށް, ރިފޯމް ކުރުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރުން ފެށީ ކަމުގެ ހަޤީގަތް އެނގިތިބެ, އެ މަސައްކަތް ކޮޅެއްގައި ޖެއްސުމުގެ ވަރުގަދަ އަޒުމާއެކުގައި ކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ. މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ޕޮލިސް ރިސަރޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިއަދު ފެށި ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސާއި ގުޅޭގޮތުން މި... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ދެވަނަ ފިޔަވަހީގައި ހުޅުވި ފިހާރައިން އަމިއްލަ ވިޔަފާރި ތަކަށާއި ހެދިކާ ހަދާ މީހުންނަށް ވެސް ޖާގަ ދެވޭނެ: އަމްރު ހުޅުމާލެ ފިޔަވަހީގައި އެސްޓީއޯ އިން ހުޅުވި “ރޯދަ މާޓު” ގެ ހަރުތައް ވަނީ އަމިއްލަ ވިޔަފާރިތަކަށް ދޫކުރެވިފައި ކަމަށާއި، މީގެ އިތުރުން އެ ފިހާރައިން ހެދިކާ ހަދާ މީހުންނަށް ވެސް ޖާގަ ދެއްވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ. އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ފިހާރައިން ރޯދަ މަހު ހުޅުމާލެ 2 ގަ އުޅުއްވާ ބޭފުޅުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ވެގެންދާނެ ކަމަށެވެ. އަދި މި ފިހާރައިގަވެސް ހަރުތައް އަމިއްލަ ވިޔަފާރިތަކަށް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޓޭޒާ ބަޑި ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރާނެ: ރައީސް ޓޭޒާ ބަޑި ހަތިޔާރެއްގެ ގޮތުގާ ބޭނުން ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާޅިހު ވިދާޅުވެއްޖެއެވެ. ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގައި ވާހަކަ ދަައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޓޭޒާ ބޭނުންކުރާނީ ހަމައެކަނި ފުލުހުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ކަމަށެވެ. ޓޭޒާ ބަޑިއަކީ ނުރައްކާތެރި ކުށްވެރިންނާއި ކުރިމަތިލާއިރު، ފުލުހުންނާއި ކުށްވެރިޔާގެ ވެސް ރައްކަލަކަށް ބޭނުންކުރާ ވަސީލަތެއް ކަމަށާއި މިއީ ކުށްވެރިންނަށް ހަމަލާދޭން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ނޫސްވެރިޔާ ހައްޔަރުކުރީ ފުލުހެއް ގައިގައި ޖެހުމުން: ފުލުހުން ބުރާސްފަތި ދުވަހުގެ ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި ބޭއްވި މުޒާހަރާ ތެރެއިން “އަވަސް” ނޫހުގެ ވީޑިއޯ ޖާނަލިސްޓް ހުސެއިން ޖުމާން ހައްޔަރު ކޮށްފައި ވަނީ ފުލުހެއްގައިގައި ޖެހުމުން ކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ. މިކަން ހާމަކޮށް މިއަދު ފުލުހުންގެ އިދާރާއިން ކޮށްފައިވާ ޓްވީޓްގައި ވިދާޅުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއްގައި ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކު... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ކުޅިވަރު ފަހުވަގުތު ފޮރެސްޓް އަތުން މޮޅުވެ ނިއުކާސަލުން އުންމީދު ދަމަހައްޓައިފި އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިއުކާސަލުން ކާމިޔާބު ކޮށްފިއެވެ. ރޭ ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗު ނިއުކާސަލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މެޗު ފަށައިގެން ނިއުކާސަލުން ގޭމް ޑޮމިނޭޓް ކުރި ނަމަވެސް ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައި ވަނީ ފޮރެސްޓުންނެވެ. މި ލަނޑު 26 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އެމެނުއެލް ޑެނިސްއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ނިއުކާސަލްގެ ޑިފެންސުން […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2023" ދީފި ސަރުކާރުން ދޭ “މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2023” ރޭ ދީފިއެވެ. މި އެ ވޯޑަކީ ރާއްޖޭގައި ބޭއްވޭ ކުޅިވަރުގެ ދާއިރާގެ އެންމެ ބޮޑު އެވޯޑް ޙަފްލާއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިންތިޒާމުކޮށްގެން ބޭއްވި، މި އެ ވޯޑުގެ އެންމެ ޝަރަފުވެރި އެވޯޑްތައް ލިބުނު ފަރާތްތަކަށް އެ ވޯޑުތައް ހަވާލުކޮށް ދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މިގޮތުން ރޭ މާލޭ ކުޅިވަރު އެކުވެނި ސިންތެޓިލް ޓްރެކްގައި ބޭއްވި މިއެވޯޑް ޙަފްލާގައި، “ލައިފްޓައިމް […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ވިޔަފާރި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެސްޓީއޯގެ ''ރޯދަ މާޓު'' ހުޅުވައިފި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި “ރޯދަ މާޓު” ގެ ނަމުގައި އާ ފިހާރައެއް އެސްޓީއޯއިން ހުޅުވައިފިއެވެ. އެ ފިހާރަ ހުޅުވީ ދެވަނަ ފިޔަވަހީގެ ވިނަރެސް ނުވައެއްގައެވެ. ފިހާރަ ހުޅުވައި ދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެން އަމްރާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އެ ފިހާރައިން ރީޓެއިލް އަދި ހޯލްސޭލްކޮށް ވެސް އެސްޓީއޯއިން އެތެރެ ކުރާ ކާބޯތަކެތީގެ ގިނަ ބާވަތްތައް ލިބޭނެއެވެ. ރޯދައާ ދިމާކޮށް އެ ފިހާރަ ހުޅުވި އިރު އެތަނުން ކަސްޓަމަރުންގެ އެންމެ […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ކުޅިވަރު އުމުރުން 38 އަހަރުގެ ރޮނާލްޑޯ ޕޯޗުގަލްގެ ސްކޮޑަށް ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން މެޗުތަކަށް ޕޯޗުގަލުން އެކުލަވާލި ޓީމުން އުމުރުން 38 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފުރުޞަތު ދީފިއެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން މޮރޮކޯ އަތުން ބަލިވެ ޕޯޗުގަލް ކެޓުމާއި ގުޅިގެން އޭރު ކޯޗުގެ މަގާމުގައި ހުރި ފެނާންޑޯ ސަންޓޯސް ވަކިކޮށް، ޕޯޗުގަލްގެ އައު ކޯޗަކަށް ރޮބާޓޯ މާޓިނޭޒް ހަމަޖެއްސުމަށް ފަހު، އައު ކޯޗުގެ އިރުޝާދުގެ ދަށުން ޕޯޗުގަލުން އެކުލަވާލި ފުރަތަމަ ސްކޮޑުގައި، […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ވިޔަފާރި ތިޖޫރިއަކުން ވައްކަމެއް ނުކުރޭ: އެޗްޑީސީ ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ތިޖޫރީއަކުން މުވައްޒަފަކު ވައްކަން ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ޚަބަރުތައް ފެތުރުމާއި ގުޅިގެން އެކޯޕަރޭޝަނުން އެކަން ކުށްވެރިކޮށްފިއެވެ. އެޗްޑީސީން މިކަމާއި ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އާއްމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް މުވައްޒަފަކު ރިސިޕްޓް ދިނުމަށްފަހު އެ ފައިސާ ރިކޮންސައިލް ނުކޮށް އަމިއްލަ ބޭނުމަށް ނެގިކަން ފާހަގަކުރެވުނު ހިސާބުން އެ މައްސަލަ ބަލާފައިވާ ކަމަށެވެ. އެ މުވައްޒަފުގެ އިއުތިރާފުވުމާއެކު މިހާރު... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ވިޔަފާރި ބީއެމްއެލްގެ މުވައްޒަފުން މާލޭގެ 12 ސަރަހައްދެއް ސާފުކޮށްފި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މުވައްޒަފުން މާލޭގެ 12 ސަރަހައްދެއް މިއަދު ސާފުކޮށްފިއެވެ. މާލޭ ސިޓީ ކައުންސިލާއި ޑައިވް ޑެސްކާ ގުޅިގެން މިއަދު ހެނދުނު 6:30 އިން ފެށިގެން 9:00 އަށް ހިންގި އެ ހަރަކާތުގައި އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނުގެ އިތުރުން ލޯކަލް މާކެޓު ސަރަހައްދުވެސް ހިމެނޭހެން އާންމު ތަންތަނާއި މޫދު ވަނީ ސާފުކޮށްފައެވެ. އަދި ލޯކަލް މާރުކޭޓުގެ ބޭރު ފާރުގައި ކުލަ ލާފައިވެއެވެ. މި ހަރަކާތުގައި ބޭންކުގެ 200 އެއްހާ […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ކޮލަމް ''ރަމަޟާން މަހާ ކުރިމަތިލާންވާނީ އެ މައްސަރުގެ ފުރިހަމަ ދަރުމައާއި ޘަވާބަށް އެދޭ ހާލު'' މާތްވެގެންވާ ރަމަޟާން މަހާ ކުރިމަތިލާއިރު، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ފުރިހަމަ ތައުބާވުމަކުން ތައުބާވުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ. ޚުތުބާގައި ބުނީ އަހަރުމެންނާ ކުރިމަތިވަމުން މި އަންނަނީ ހެޔޮކަމާއި ދަރުމައިން އަދި ބަރަކާތުން ފުރިގެންވާ މެހުމާނެއް ކަމަށެވެ. މި މަތިވެރި މެހުމާނަށް އެކަށީގެންވާ އިސްތިގުބާލަކުން، އިސްތިގުބާލު ކުރަން ޖެހޭ ކަމަށާއި މެހުމާންދާރީ އަދާކުރަންޖެހޭ އެންމެފުރިހަމަ ގޮތުގައި އަދާކުރަންޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ. މީގެ އިތުރުން ޚުތުބާގަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގެ ލިމިޓު ބޮޑުކޮށްފި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ޕާސަނަލް ފައިނޭންސިންއިން ރަހުނަކާ ނުލައި 1.2 މިލިއަން ރުފިޔާއާ ހަމައަށް ނަގުދު ފައިސާ ނުވަތަ މުދާ ނެގޭ ގޮތަށް ބަދަލުގެނެސްފިއެެވެ. ބީއެމްއެލް އިން ބުނި ގޮތުގައި މި ފެސިލިޓީ ދޫކުރާއިރު ފެސިލިޓީގެ ލިމިޓް ކަނޑައެޅުމުގައި އަމިއްލަ ފަރުދުންގެ މުސާރައިގެ އިތުރުން އެހެނިހެން އާމްދަނީވެސް ހިމެނޭނެއެވެ. އަދި އެ ބޭންކުގެ ކޮންމެ އެކައުންޓަކަށް އާމްދަނީ ދައުރުކޮށްފައިވާނަމަވެސް ފެސިލިޓީއަށް އެދި ހުށަހެޅޭނެއެވެ. މި ފެސިލިޓީ މެދުވެރިކޮށް ނަގުދު ފައިސާ ހޯދުމަށާއި... އަޙްމަދު ވަހީދު · 3 އަހަރު ކުރިން