ރާއްޖެ ވައުދާ އެއްގޮތަށް ދައުރު ނިމުމުގެ ކުރިން ފްލެޓާއި ގޯތި ދެވޭނެ: އަސްލަމް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދުފުޅާއި އެއްގޮތަށް މިދައުރު ނިމުމުގެ ކުރިން ފްލެޓާއި ގޯތި ދެވޭނެކަމުގެ ޔަގީންކަން ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ދެއްވައިފިއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓާއި، ގޯތި ދިނުމަށް ނިންމާފައިވާ ނިންމުމާއި އެއްގޮތަށް މަސައްކަތް ކުރިއަށްދޭތޯ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލުގެ ޖަވާބުގައެވެ. މިހާރު މަސައްކަތް ކުރިއަށްދާގޮތުން ބައެއް ފްލެޓްތަކުގެ މަސައްކަތް އެކީގަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އެމްޑީ ޝަރީފުގެ ބެލުމުގެދަށުން ސްޓެލްކޯގެ މަސައްކަތް ހަރުދަނާ ކުރުމަށް ޚާއްސަ ޓީމެއް ސްޓެލްކޯގެ މަސައްކަތް ހަރުދަނާ ކުރުމަށް މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފުގެ ބެއްލެވުމުގެ ދަށުން ޚާއްސަ ޓީމެއް އެކުލަވާލައި، މަސައްކަތް ފަށައިފިއެވެ. އެ ކުންފުނިން ބުނީ މިއީ ހޫނު މޫސުމާ ގުޅިގެން، ރެކޯޑް އަދަދަކަށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، އެ ކުންފުނިން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކަށް މެދުނުކެނޑި ފޯރުވައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެކުލަވާލި ޓީމެއް ކަމަށެވެ. މި ދުވަސްވަރަކީ އާދަޔާ ހިލާފަށް ހޫނުގަދަވެ، ރެކޯޑް މިންވަރަކަށް ކަރަންޓު އުފައްދަންޖެހިފައިވ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު 75 އަހަރުތެރޭ ރެއާލް ކޮޅަށް ލީގުގައި ހަތަރު ލަނޑު ޖެހި ކުޅުންތެރިއަކަށް ކަސްޓެޔާނޯސް ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ޖިރޯނާ ބައްދަލުކުރި މެޗުގައި، ޖިރޯނާގެ ފޯވާޑް ކަސްޓެޔާނޯސް ރެއާލް ކޮޅަށް ހަތަރު ލަނޑުޖަހައިފިއެވެ. ރޭ ޖިރޯނާގެ ދަނޑުގައި ކުޅުނު މި މެޗުގައި ޖިރޯނާއިން ރެއާލްގެ މައްޗަށް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ. ރޭއާލްގެ އެޓޭކް ހުއްޓުވުމުގައި ރޭ ޖިރޯނާއިން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުންވަނީ ކައުންޓަ އެޓޭކްގައި ތަނަވަސްވީ ފުރުޞަތު ތަކުގެ ބޭނުން ވަރަށް ފުރިހަމައަށް ހިފާފައެވެ. މި މެޗުގައި ރެއާލް ކޮޅަށް ޖެހި ހަތަރު ލަނޑު […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ މެދުރާއްޖެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ މެދުރާއްޖެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. އެ އިދާރާ އިން މިހެން ބުނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ. އެ ބުލެޓިންގަި ބުނެފައިވަނީ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި އުތުރުގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. “ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ހަތް މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި […... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކޮލަމް ބޮޑުތަކުރުފާނުގެ ޖިހާދު: އަސްކަރީ ވިސްނުމަކުން (އެއްވަނަ ބައި) ބޮޑުތަކުރުފާނު ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނަކީ ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވި ޤައުމީ ބަޠަލެވެ. މި ސަރަޙައްދުގެ ގިނަ ރަށްތަކަކާއި ޤައުމުތަކެއް ޕޯޗްގީޒުން އޭރު ތިބީ އަޅުވެތިކޮށްގެންނެވެ. ރާއްޖެއަށް ޕޯޗްގީޒުންގެ ލަޝްކަރު އައީ އިންޑިއާގެ ގޯވާއިންނެވެ. ޕޯޗްގީޒުން ދިވެހިރާއްޖެ ހިފީ ޢަލީ ރަސްގެފާނު ޝަހީދުކުރުމަށްފަހު މީލާދީން 1558 ވަނަ އަހަރުއެވެ. ބޮޑުތަކުރުފާނު ދިވެހިރާއްޖެ މިނިވަން ކުރެއްވީ 1573 ވަނަ އަހަރުއެވެ. ބޮޑުތ... ޢަބްދުﷲ ސަޢީދު · 3 އަހަރު ކުރިން
ވިޔަފާރި އުރީދޫ އިން މިއަހަރުގެ ރޯދަ މަހުވެސް މުޖުތަމައަށް އެހީވުމަށް ނަމޫނާ ހަރަކާތްތަކެއް އިޖުތިމާއީ އާއްމު ޒިންމާގެ ދަށުން ކުންފުނިތަކުން ގިނަ މަސައްކަތްތަކެއް ކުރެއެވެ. ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން މިގޮތަށް މުޖުތަމައަށް އެހީވުމުގެ ގޮތުން އެންމެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އެއް ކުންފުންޏަކީ އުރީދޫ މޯލްޑިވްސްއެވެ. އެ ކުންފުނިން މުޅި އަހަރުގެ ތެރޭގައި ތަފާތު އެކި ހަރަކާތްތައް ހިންގާއިރު މިއަހަރުގެ ރަމަޟާން މަހުގައި ވެސް އެ ކުންފުނީގެ ފަރާތުން ނަމޫނާ އެތައް ކަމެއް ވަނީ ފެނިގެން ގޮސްފައެވެ. ރޯދަ މަހު އުރީދޫގެ ކަސްޓަމަރުންނަށް ތަފާތު ގިނަ އޮފާތައް ކުރިއަށްގެންގޮސްފައިވާއިރު... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ މޭޖަރ ޢަލީ ސަލީމް ނިޔާވެއްޖެ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގައި ޚިދުމަތްކުރައްވަމުން ގެންދެވި މޭޖަރ ޢަލީ ސަލީމް ނިޔާވެއްޖެއެވެ. އޭނާ ނިޔާވެފައިވަނީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މިއަދުގެ ވަގުތެއްގައެވެ. މަރުޙޫމް މޭޖަރ ޢަލީ ސަލީމަކީ އަސްކަރީ ޚިދުމަތުގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަންމަތީ 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުނުކުރެވޭފަދަ އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭކަލެކެވެ. ޚާއްޞަކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގައި ފަޔަރ ފައިޓަރުން ތަމްރީން ކުރުމަށް ގިނަގުނަ ޚިދުމަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އަބަދުވެސް ވިސްނާނީ ޕޮޒިޓިވްކޮށް، އައު ޓްރާންސްފޯމަރު ބެހެއްޓުމަށް ބިން ލިބޭނެ: ޝަރީފް އައު ޓްރާންސްފޯމަރުތައް ބެހެއްޓުމަށް ބޭނުންވާ ބިން ހޯދުމަށް މާލޭ ސިޓީ ކައުންސިލާ އެކު މަޝްވަރާކުރަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީގެ ‘ފަލަ ސުރުޚީ’ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މާލޭގައި ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ބިންތައް ލިބޭނެ ކަމުގެ އުންމީދު ވަރަށްބޮޑު ކަމަށެވެ. އެކަމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން އެދިފައިވާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ އޭރު އެދި... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި ވެމްކޯގެ ބިންލައިނާ ވިއްކާ އަގުތައް އާއްމުކޮށްފި ވެމްކޯއިން ބިންލައިނާ ނުވަތަ ކުނި އުކާލުމަަށް ބޭނުން ކުރާ ކޮތަޅު ވިއްކާ އަގުތައް އާއްމުކޮށްފިއެވެ. ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވިޔަފާރި ހަރަކާތްތަކުން ފޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދެ ރުފިޔާ ނަގަން ވަނީ ފަށައިފައެވ. ނަމަވެސް މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ “ބިންލައިނާ” އިން ފީ […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ވިޔަފާރި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ތަރައްގީ ކުރަން ޔޫތު މިނިސްޓްރީއަށް ބިމެއް ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް ޔޫތު މިނިސްޓްރީއަށް އާބަންކޯއިން ހުޅުމާލެއިން ބިމެއް ދީފިއެވެ. ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، ޔޫތު މިނިސްޓްރީއާ ބިން ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަހުމަދު މަހުލޫފެވެ. އަދި އާބަންކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. އާބަންކޯއިން ބުނީ ހުޅުމާލެއަކީ އާބަން ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރަން ޒުވާނުންނާ ގުޅުންހުރި ކުޅިވަރުތަކާއި އެހެނިހެން ރިކްރިއޭޝަން ހަރަކާތް... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ އެއާޕޯޓު މަޝްރޫއު ހިންގާ ކުންފުނީގެ މުވައްޒަފުންގެ މެދުގައި މާރާމާރީއެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު މަޝްރޫއު ހިންގާ ކުންފުނީގެ މުވައްޒަފުންގެ މެދުގައި މާރާމާރީއެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ. އެރަށުން ވާހަކަދެއްކި މީހަކު ‘ތިލަދުން’ އަށް ބުނީ އެ މަސައްކަތްކުރާ ކުންފުނި، އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްގެ މުވައްޒަފުންގެ މެދުގައި ތަފާތުއެކި މައްސަލަތައް ޖެހެމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ގާތްގަޑަކަށް 500 އެއްހާ އިންޑިއާ މީހުން މަސައްކަތްކުރަމުން އަންނަ އެ ސައިޓުގައި މަސައްކަތުގެ ވަގުތާއި، ކެއުމަށް ހުންނަ ތަކެތީގެ މައްސަލާގައި ނުރުހި މީގެ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޓީޗިން ކޯސްތައް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ދޭން ހައި ކޯޓުން ވަގުތީ އަމުރެއް ޓީޗީން ދާއިރާގެ ކޯސްތައް އޮންލައިންކޮށް ނުކިޔެވޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ނިންމާފައި އޮތްއޮތުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. އެމްކިއުއޭއިން މިދިޔަ އަހަރު ހެދި އީ ލާނިން ގައިޑްލައިން އޮތްގޮތް އަށް ދާއިރާއެއްގެ ކޯސްތައް އޮންލައިންކޮށް ކިޔަވައި ނުދެވެ އެވެ. އެ ގައިޑްލައިންގެ އެ މާއްދާ ގާނޫނާ ހިލާފް ކަމަށް ބުނެ ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ މަންދު ކޮލެޖް ހިންގާ މާލެ ހައި ކުންފުނިންނެވެ. އެ މައްސަލަ […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ރާއްޖެ އެފްކޮންސްގެ ޖޫރިމަނާ މާފު ކުރުމުގެ ވިސްނުމެއް ނެތް: ޝައުނާ ތިލަމާލޭ ބްރިޖު ހަދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުމާއި ގުޅިގެން ކުރި ޖޫރިމަނާ މައާފު ނުކޮށްދޭނެ ކަމަށް ތިމާވެއްޓާއި ބެހޭ ވަޒީރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ އެ ތަހުގީގުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް ފަރަށް ލިބުނު ގެއްލުމަށް ކޮށްފައިވާ ޖޫރިމަނާ މައާފު ކުރުމުގެ ވިސްނުން […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ މާރެސް ޖަމިއްޔާއިން ބާއްވާ އަތޮޅު ވޮލީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރމަންޓް ސޮސައިޓީ (މާރެެސް) އިން ބާއްވާ އަތޮޅު ވޮލީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. އެ ޖަމިއްޔާއިން ‘ތިލަދުން’ އަށް ބުނީ މިއީ އެ އަތޮޅުގެ ހުރިހައި ރަށަކަށް ހުޅުވާލައިގެން 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެއް ކަމަށެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މެއި މަހުގެ 15 އަށް ހުޅުވާލާފައިވާއިރު، މުބާރާތް ކުރިއަށްދާނީ ޖޫން އަދި ޖުލައި މަހު ކަމަށް ވެސް ބުނެއެވެ. އަދި އަންހެން ޑިވިޜަންގެ ކުޅުން ޖޫން […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ މިއަހަރުގެ އޯލެވެލް އިމްތިހާން ފަށައިފި މި އަހަރުގެ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާން މިއަދު ފަށައިފިއެވެ. މި އިމްތިހާނުގައި ފަށާފައިވަނީ މިއަދު ހެނދުނު 09:00 ގައެވެ. ރާއްޖޭގައި ޖުމުލަ 244 ސެންޓަރެއްގައި ކުރިއަށްދާ މި އިމްތިހާނުގައި މިއަދު އޮތީ އިސްލާމް މާއްދާގެ ޕޭޕަރެވެ. މި އަހަރުގެ އިމްތިހާނުގައި ޖުމުލަ 6،107 ދަރިވަރުން ބައިވެރިވާއިރު، އެއީ މިދިޔަ އަހަރާ އަޅާބަލާއިރު، 444 ދަރިވަރުންގެ އިތުރު އަދަދެކެވެ. އޯލެވެލް އިމްތިޙާން ނިމޭނީ ޖޫން މަހުގެ އަށް ވަނަ ދުވަހުއެވެ. އެސްއެސްސީ އިމްތިހާނަށް ފަހު، ކެމްބްރިޖް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން