ރާއްޖެ މިއަދަކީ ދިވެހި ގައުމުދުށް އެންމެ ކަޅު ދުވަސް: އަދުރޭ މިއަދަކީ ދިވެހި ގައުމުދުށް އެންމެ ކަޅު ދުވަސް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރު؛ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިއަދު ވަނީ ނިންމާފައެވެ. އެ ނިންމުމަށް އިޝާރާތް ކުރައްވަމުން އަދުރޭ ވިދާޅުވީ، މިއަދަކީ ދިވެހި ގައުމުދުށް އެންމެ ކަޅު ދުވަސް ކަމަށެވެ. “ދިވެހި ރާއްޖޭގެ ތާރީޚު ލިޔާންފެށީއްސުރެ […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ”ޗާގޯސް ދެބޯގެރި ދިޔައީ ޗޮކުން” އަވަހަށް އެހެން ދެބޯގެރިއެއް ހޯދާ: މައުސޫމް ”ޗާގޯސް ދެބޯގެރި ދިޔައީ ޗޮކުން” ކަމަށާއި، އަވަހަށް “އެހެން ދެބޯގެރިއެއް” ހޯދާށޭ ވިދާޅުވެ، އެކަމާ ދެކޮޅު ހެދިފަރާތްތަކަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބުދުﷲ މައުސޫމް ބަހުގެ ހަމަލާ އަމާޒުކުރައްވައިފިއެވެ. ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިއަދު ނިންމާފައެވެ. އެ މައްސަލައާއި ގުޅިގެން ރާއްޖޭގެ ކަނޑުގެ ބަޔެއް ގެއްލޭކަމަށްބުނެ، އިދިކޮޅު ކޯލިޝަނުންނާއި، އެހެން ބަޔެއް ފަރާތްތަކުން އަންނަނ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ އިޓްލޮސްގެ ނިންމުމާއެކު ވަޒީރުންގެ މަޖިލީހުގެ ޚާއްޞަ ބައްދަލުވުމެއް ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިއަދު ނިންމާފައިވާއެކު މިކަމާގުޅިގެން ވަޒީރުންގެ މަޖިލީހުގެ ޚާއްޞަ ބައްދަލުވުމެއް ހާއްސަ ބައްދަލުވުމެއް ކުރިއަށް އެބަދެއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި، އެ އޮފީހުގައި ކުރިއަށްދާ މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙަދުން ފުށުއަރާ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލާގައި އިޓްލޮސްއިން، ގޮތް ނިންމަވާފައިވަނީ ރާއްޖޭން ފ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫ މަސްވެރިއަކު 308 ކިލޯ މަސްހިބަރެއް ބާނައިފި ށ. ފުނަދޫ މަސްވެރިއަކު 308 ކިލޯ މަސް ހިބަރެއް ބާނައިފިއެވެ. ފުނަދޫ ހުވަނދު، ހުސައިން ވަހީދު ބޭނި މި މަސްހިބަރުގެ ބަރިދަނިގައި 308 ކިލޯ އަދި ދިގުމިނުގައި 12 ފޫޓް 7 އިންޗި ހުއްޓެވެ. މިއީ މިހާތަނަށް ފުނަދޫއަށް ބޭނި އެންމެ ބޮޑު މަސްހިބަރެވެ. އޭނާ މި ހިބަރު ބާނާފައި ވަނީ އިއްޔެ މެންދުރުފަހު ފުނަދޫ އިރުން 11 މޭލު ބޭރުންނެވެ. މި ހިބަރު އެ ރަށަށް ގެނެސްފައި ވަނީ ދޯންޏަށް ތުންގަނޑުން ބައެއް ނަގައި އައްސައި […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ޗާގޯސް-ރާއްޖެ އިމުގެ މައްސަލަ ނިއްމައިފި މައްސަލަ ބޮޑުވެފައިވާ ޗާގޯސް-ރާއްޖެ އިމުގެ މައްސަލަ ނިއްމައިފިއެވެ. އެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ނިންމާފައިވަނީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު، ދެ ގައުމުން ބެހުމުގެ މައްސަލާގައި ރާއްޖޭން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށެވެ. ހަމައެކަނި ހިކި ދިޔަވަރުގައި ފެންނަ މި ފަރަކީ އިކުއި ޑިސްޓެންސް ލައިން ކުރެހުމުގައި ބޭސް ޕޮއިންޓަކަށް ބެލިދާނެތޯ ބެލުމަށް ފަހު އިޓްލޮސް އިން […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކޮލަމް ''ރަނގަޅު ޢަމަލުތައް، ނުބައި ޢަމަލުތަކަށް ބަދަލުކޮށްލާ އެންމެ ވަރުގަދަ ބާރަކީ ކަންދެއްކުން'' ﷲގެ ޘަވާބާއި ރުހިވޮޑިގަތުމަކީ ބޭރުފުށުގެ އަމަލުތަކުން ހާސިލުކުރެވެނެ ކަންކަމެއް ނޫން ކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ. މާތް ﷲ ބައްލަވައިވޮޑިގަންނަވަނީ ބޭރުފުށަކަށް ނޫން ކަމަށާއި މީސްތަކުންގެ ހިތްތަކަށާއި އަމަލުތަކުގެ އިޚްލާސްތެރިކަމަށް ކަން ވެސް ޚުތުބާގައި ވަނީ ހަނދާން ކޮށްދީފައެވެ. ޚުތުބާގައި ބުނީ އަމިއްލަ އެދުން ބޮޑުވެ، ތާރީފްކުރުމަށް ލޯބިކުރެވުނުވަރަކަށް އިޚްލާސްތެރިކަން ފަނޑުވަމުންދާނެ ކަމަށާއި ﷲ ގަބޫލުކުރައްވަނީ އެއްވެސް ކިލަނބުކަމެއް ނެތް ސާފުތާހިރު އަމަލުތައް ކަމަށެވެ.... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޗާގޯސް މައްސަލާގައި ޤާސިމްގެ ސިޓީއެއް އިޓޮލްސް އަށް ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލާގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާހިމް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ސިޓީއެއް މިއަދު ފޮނުއްވައިފިއެވެ. ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލާގައި ރާއްޖެ ގަޑިން މިއަދު 14:00 ގައި އިޓްލޮސްގެ ނިންމުން ހާމަކުރާނެއެވެ. އިޓްލޮސްއަށް ގާސިމް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އެސިޓީފުޅަކީ، ޗާގޯސް މައްސަލާގައި ދިވެހި […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ކުޅިވަރު ޓޮޓެންހަމްއާއި ޔުނައިޓެޑް އެއްވަރުވުމުގެ ފައިދާ ނިއުކާސަލަށް އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ކުޅުނު މެޗު އެއްވަރުވުމުން، ގަދަ ހަތަރެއްގައި ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ނިއުކާސަލަށް އޭގެ ފައިދާ ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމުން ވަނީ ފުރަތަމަ ހާފުގައި އެ ޓީމް ކޮޅަށް ޔުނައިޓެޑުން ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި މެޗުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑުން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ކޮމްޕްލެކްސް ޕީސީއައި ވިތު އިމޭޖިން ވާކްޝޮޕް ފަށައިފި ކޮމްޕްލެކްސް ޕީސީއައި ވިތު އިމޭޖިން ވާކްޝޮޕް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަށައިފިއެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން މި އޭޕްރިލް މަހުގެ 30 ގެ ނިޔަލަށް ބާއްވާ މި ވޯކްޝޮޕަކީ އައި.ޖީ.އެމް.އެޗް ގެ ނޭޝަނަލް ކާޑިއެކް ސެންޓަރުން ބާއްވާ މިފަދަ ދެވަނަ މަސައްކަތު ބައްދަލުވުން ކަމަށެވެ. މިފަހަރުގެ ބައްދަލުވުމުގައި ބޭރުގެ ހަތަރު ކާޑިއޮލޮޖިސްޓުން ކިޔަވައިދިނުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި މި ބައްދަލުވުމުގައި އެ ހޮސްޕިޓަލުގެ ހަތަރު ކާޑިއޮލޮޖިސްޓުން ވެ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ކޮރަލް ފެސްޓިވަލްގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު އައްޑޫ އަށް ކޮރަލް ފެސްޓިވަލްގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ. ދަ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް (އެމްސީއައި) އިން އިންތިޒާމު ކޮށްގެން މިއަދުން ފެށިގެން މި އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެސްޓިވަލް އޮންނާނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އައްޑޫ ސިޓީ ކެމްޕަހުގައެވެ. ދުނިޔޭގެ މަޝްހޫރު މުރަކައިގެ ތަޖުރިބާކާރުންނާއި ސައިންޓިސްޓުން ފެސްޓިވަލުގައި ބައިވެރިވާއިރު، މުރަކައިގެ ތަޖުރިބާކަރު... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޗާގޯސް މައްސަލާގައި އިދިކޮޅުން އުޅެނީ ރައްޔިތުންނަށް އޮޅުވާލައި، ސިޔާސީ މަންފާ ހޯދަން: ސަރުކާރު ޗާގޯސް މައްސަލާގައި އިދިކޮޅުން އުޅެނީ ރައްޔިތުންންނަށް އޮޅުވާލައި، ސިޔާސީ މަންފާ ހޯދަން ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ. ސަރުކާރުން މިހެން ވިދާޅުވީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައާ ގުޅޭގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ނެރެފައިވާ ބަޔާނާ ގުޅޭގޮތުން ނެރުއްވި ނޫސް ބަޔާނުގައެވެ. މި މައްސަލާގައި ރައީސް ޢަމަލުކުރައްވާފައިވަނީ އެމަނިކުފާނަށް ޤާނޫނު އަސާސީން ދީފައިވާ ބާރުތަކުގެ ބޭރުންކަމަށް އެ ކޯލިޝަނުން ކޮށްފައިވާ ތުހުމަތުތައް ސަރުކާރުން... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޗާގޯސްގެ މައްސަލައިގައި އުމަރު ސްޕްރީމް ކޯޓަށް ޗާގޯސްގެ މައްސަލައިގާ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ސިޓީފުޅެއް ފޮނުއްވާފައިވާނަމަ، އެ ސިޓީފުޅު ބާތިލުކުރުމަށް އެދި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އުމަރު މި ސިޓީ ސްޕްރީމް ކޯޓަށް ހުށަހެޅީ ހ. ދޮންޖޭމުގޭ އުމަރު ނަސީރު، ޖަންކަރު، މުހައްމަދު މުސްތާގު، ލ. ކާނަލް (ރޓޑ) ޒުބައިރު އަހްމަދު މަނިކު ހިމެނޭހެން، މި ތިންބޭފުޅުންގެ ނަމުގައެވެ. އެ މައްސަލައިގާ ބުނެފައިވަނީ ޗާގޮސް މައްޗަށް މޮރިޝަސްއިން ކުރާ ސިޔާދ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ނެއްލައިދޫ ކައުންސިލް ކަޕް ފުޓުބޯޅަ އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި ހދ. ނެއްލައިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ، ނެއްލައިދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތާއި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރުގެ އަޟްހާ އީދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ނެއްލައިދޫ ކައުންސިލުގައި ރަޖިސްޓްރީކޮށްފައިވާ ޓީމް ތަކަށެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 04 މެއ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ހުޅުމާލޭ ހައުސިން ޔުނިޓްތަކުގައި ޤާއިމުކުރި ސޯލާ ޕީވީ އިން ކަރަންޓު އުފައްދަން ފަށައިފި ހުޅުމާލޭ ހައުސިން ޔުނިޓްތަކުގައި ޤާއިމުކުރި ސޯލަރ ޕީވީ އިން ކަރަންޓު އުފައްދަން ފަށައިފިއެވެ. ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ ހުޅުމާލޭ ލިންކް ރޯޑްގާއި ހުޅުމާލޭ ހައުސިން ޔުނިޓްތަކުގެ ފުރާޅުގައި ޤާއިމުކުރާ ސޯލަރ ޕީވީ ނިޒާމުގެ ތެރެއިން ހައުސިން ޔުނިޓްތަކުގެ ފުރާޅުގައި ޤާއިމުކުރާ ސޯލަރ ޕީވީގެ އަމަލީ މަސައްކަތް ނިމި، އެޕެނަލްތަކުން ކަރަންޓު އުފައްދަން ފަށަފައިވާ ކަމަށެވެ. މިއީ ވޯލްޑް ބޭންކްގެ އެހީގައި އެ މިނިސްޓްރީން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއު... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި ބީއެމްއެލް ޑޮލަރު އޭޓީއެމް ސްޓާ ސިނަމާއަށް ބަދަލު ކުރަނީ ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމް މާފަންނަށް ބަދަލުކުރަން ނިންމައިފިއެވެ. ބީއެމްއެލްގެ ޑޮލަރު އޭޓީއެމް މިހާރު ހުންނަނީ ހެންވޭރު ކިންގް ސަލްމާން މިސަކިތް ކައިރީގައެވެ. އެ އޭޓީއެމް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށް އެ ބޭންކުން މިްަދު ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ. ބޮޑުތަކުރުފާނު މަގުގައި ގާއިމުކޮށްފައިވާ އޭޓީއެމް ސެންޓަރު ބަންދުކޮށް، އެތަން ބަދަލު ކުރަނީ ކުރީގެ ސްޓާ ސިނަމާ އިމާރާތުގައި ހުންނަ އޭޓީއެމް ސެންޓަރަށެވެ. ބީއެމްއެލުން ބުނި ގޮތުގައި މި ބަދަލު ގެންނާނީ އަންނަ […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން