ކުޅިވަރު ފުރުޞަތުގެ ބޭނުން ހިފާ ބަޔާން އެއްވަނައަށް ޖަރުމަނު ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބްރޫޝިއާ ޑޯޓްމަންޑް ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އެއްވަރުވުމުން އޭގެ ފައިދާނަގައި ރޭ މެޗު ކާމިޔާބުކޮށް ބަޔާނުން ޑޯޓްމަންޑް ފަހަތަށް ޖައްސާލައި ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ރޭ ބަޔާން ވަނީ 2-0 ގެ ނަތީޖާއިން ހާތާ ބާލިން ބަލިކޮށްފައެވެ. ހޮނިހިރު ދުވަހުގެ ރޭ ޑޯޓްމަންޑާއި ބޯކުމް ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. އެ މެޗުން […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލް އަގުހެޔޮކޮށްފި އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ. އެސްޓީއޯއިން ރޭ ބުނީ އެ ކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލް އަގުހެޔޮ ކުރަން ނިންމާފައިވަނީ މިއަދުން ފެށިގެން ކަމަށެވެ. އެގޮތުން، ޕެޓްރޯލް ލީޓަރަކުން 83 ލާރި އަގުހެޔޮ ކޮށްފައިވާއިރު ޑީސަލް ލީޓަރަކުން 62 ލާރި ވަނީ އަގުހެޔޮ ކޮށްފައެވެ. މި ބަދަލާއެކު ކުރިން 15.97ރ. އަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއް މިހާރު 15.14ރ. އަށް ލިބޭނެއެވެ. އަދި ކުރިން 16.32ރ. އަށް ވިއްކަމުން އައި ޑީސަލް ލީޓަރެއް ހޯމަ […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ ''ސިއްހީ ދާއިރާގެ 3710 ދިވެހި މުވައްޒަފެއްގެ މުސާރައަށް ހެޔޮބަދަލު އަންނާނެ'' ސިއްހީ ޚިދުމަތްތެރިންގެ މުސާރަ ބޮޑުކުރަން ސަރުކާރުން ނިންމަވާފައިވާއިރު، މި ބަދަލާއެކު ދާއިރާގެ 3710 ދިވެހި މުވައްޒަފެއްގެ މުސާރައަށް ހެޔޮބަދަލު އަންނާނެކަން ސަރުކާރުން ހާމަކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ދެއްވި ހާއްސަ މެސެޖެއްގައި ވަނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މެއި 1 ވަނަ ދުވަހުން ފެށިގެން ގެންނަވާ ކުރިއެރުންތައް ޢިއުލާންކޮށް ދެއްވާފައެވެ. އޭގެފަހުން ސަރުކާރުން ވަނީ އެ ކުރިއެރުންތަކުގެ ތަފްސީލް ހާމަކުރެއްވުމަށް ނޫސްވެރިންގެ ބައްދަލުވުމެއް މި... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ކުޅިވަރު ސިޓީ އެއްވަނައަށް އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފުލަމްއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ސިޓީ ޖެހިލައިފިއެވެ. މިރޭ ފުލަމްގެ ދަނޑުގައި ސިޓީން ވަނީ 2-1 ގެ ނަތީޖާއިން ފުލަމް ބަލިކޮށްފައެވެ. މި މެޗުން މޮޅުވުމާއިއެކު ސިޓީއަށް ވަނީ ތާވަލުގެ އެއްވަނާގައި އާސެނަލްއަށް ވުރެ އެއް މެޗު މަދުން ކުޅެ އެއް ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. މިވަގުތު ސިޓީ އެއްވަނާގައި އޮތީ 32 މެޗުން ލިބުނު 76 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް އާސެނަލަށް […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މަސްތުވާ ތަކެއްޗާއިއެކު ނޮޅިވަރަމުން މީހަކު ހައްޔަރުކޮށްފި ހދ. ނޮޅިވަރަމުން މަސްތުވާ ތަކެއްޗާއިއެކު މީހަކު ހައްޔަރު ކޮށްފިއެވެ. މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރުގެ ވަގުތެއްގައި ހަޔަރު ކޮށްފައި ވަނީ ނޮޅިވަރަމް ސްކޫލްގެ އިސްލާމް ޓީޗަރެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކުޅުދުއްފުށިން ނޮޅިވަރަމަށް އައިވަގުތު ފުލުހުން އެ ރަށު ބަނދަރުމަތިން އޭނާ ބަލައި ފާސްކުރުމުގެ ތެރޭ މަސްތުވާތަކެތިކަމަށް ސައްކުކުރެވޭ އެއްޗެހި އަޅާފައިވާ ރަބަރު ޕެކެޓްތަކެއް އޭނާ އަތުން ފެނުމާއި ގުޅިގެންނެވެ. މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނޮޅިވަރަމް ސްކޫލުގައ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ އެމްއެންޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމުގެ ޖަލްސާ ފަސްކޮށްފި މޫސުން ގޯސްވުމުގެ ސަބަބުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޓިކެޓު ހަވާލުކުރުން ފަސްކޮށްފިއެވެ. އެ ޕާޓީން ބުނީ އަންނަ މެއި މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ މި ޖަލްސާ ފަހުގެ ތާރީހަކަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި އެ ޖަލްސާ ބާއްވާނެ ތާރީހެއް އަލުން އަންގާނެ ކަމަށެވެ. އެ ޕާޓީގެ ހިންގާ ޤައުމީ ކައުސިލުގެ ތިންވަނަ ބައްދަލުވުމުގައި އެމްއެންޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުން މެއި 5 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، މި ޖަލްސާގެ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ފުއްގިރި މައްސަލަ ކުރިއަށް ގެންދާ ގޮތުން ޔާމީން ނުރުހުން ފާޅުކުރައްވައިފި ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދާތީ އެ މަނިކުފާނު މިއަދު ކޯޓުގައި ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. އެހެން މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ އިސްލާމިކް ޔުނިވާސިޓީގެ މިއަހަރުގެ ދެވަނަ ސެމިސްޓާގެ ކޯސްތަކަށް ހުޅުވާލައިފި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މިއަހަރުގެ ދެވަނަ ސެމިސްޓަރގެ ކޯސްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ޔުނިވަރސިޓީން ބުނީ މި ކޯސްތަކުގެ ތެރޭގައި މާސްޓަރސް ލެވެލްގެ 16 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް 1 ކޯހަކާއި، ބެޗްލަރސް ލެވެލްގެ 13 ކޯހަކާއި، އެސޯސިއޭޓް ޑިގްރީ / އެޑްވާންސްޑް ޑިޕްލޮމާގެ 2 ކޯހެއް ހިމެނޭ ކަމަށެވެ. އަދި ޑިޕްލޮމާގެ 9 ކޯހަކާއި އެކު ސެޓްފިކެޓް ލެވެލް ގެ 19 ކޯހެއް ހިމެނޭ ކަމަށެވެ. ހުޅުވާލެވިފައިވާ ފުރުސަތުތަކުގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އެޑިޔުކޭޝަން، ޝަރީޢާ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ދިއްދޫ ހިމެނޭހެން 5 ރަށެއްގައި އައިސް ޕްލާންޓު ގާއިމުކުރަން ފެނަކައާ ހަވާލުކޮށްފި ހއ. ދިއްދޫ ހިމެނޭހެން 5 ރަށެއްގައި އައިސް ޕްލާންޓު ހަދަން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން، ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ ހއ. ދިއްދޫ، ގދ. ރަތަފަންދޫ، އއ. ރަސްދޫ، ދ. މީދޫ އަދި ލ. މާމެންދޫގައި އައިސް ޕްލާންޓު ހެދުމަށެވެ. ސައުދީ ފަނޑުގެ އެހީގެ ދަށުން މިއިން ކޮންމެ ރަށެއްގައި ގާއިމުކުރާނީ 25 ޓަނުގެ އައިސްޕްލާންޓު ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ފުލުހުންގެ ތަރައްގީއަށް އިމްރާން ކުރެއްވި އެއްވެސް ކަމެއްނެތް: ރިޔާޟް ދިވެހި ފުލުހުންގެ ތަރައްގީއަށް ހޯމް މިނިސްޓަރު އިމްރާން އެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވި އެއްވެސް ކަމެއްނެތްކަމަށް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ފުރުއްވާފައިވާ، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ. ހޯމް މިނިސްޓަރު އިމްރާންގެ ޒަޢާމަތުގައި ފުލުހުންގެ ޚިދުމަތަށާއި، ފުލުހުންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަން މިނިސްޓަރު އިމްރާން މީގެ ކުރިން އެކިފަހަރުމަތިން ވަނީ ފާހަގަ ކުރައްވާފައެވެ. ދިވެހި ފުލުުހުންގެ ހިދުމަތަށް 90 އަހަރު ފުުރުން ފާހަގަ ކުރުމ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ހަނިމާދޫން މީހުން ބާލާ ހިސާބަށް ވެސް އަދި ދާނެ: ސުޖާޢު އިދިކޮޅު ކޯލިޝަނުން ދެއްކި ވާހަކަ ހަނިމާދޫ ކައުންސިލުން އަޑު ނޭހިކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ހދ. ހަނިމާދޫން މީހުން ބާލާ ހިސާބަށް އަދި ކަންތައްތައް ދާނެކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން އެ ސަރަހައްދުން ނަގާފައިވާ ބޮޑެތި ގަސްތައް ހަނިމާދޫ ކައުންސިލުގެ ހުއްދަ ނުހޯދައި ބޭރުކުރާތީ އެ ރަށު ކައުންސިލުން އިއްޔެ ވަނީ […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި ޞިއްޙީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފިއެވެ. ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، އެކަން ޢިއުލާން ކުރެއްވީ މިއަދު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެވެ. މިއަދު ދައުލަތުގެ މީޑިއާއި ރައީސް އޮފީހުގެ މީޑިއާ މެދުވެރިކޮށް ރައީސް ދެއްވި ހާއްސަ މެސެޖެއްގައި މިކަން ޢިއުލާން ކުރެއްވި އިރު އެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ވަނީ ގެންނަވާފައެވެ. މިގޮތުން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނެވުނު ހެޔޮބަދަލު ހާމަކުރައްވައި، ރައީސް ދެއްކެވި ވާހަކަފުޅުގައި... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބައިބަލާ މުބާރާތެއް ބާއްވަނީ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބައިބަލާ މުބާރާތެއް ބާއްވަން ނިންމައިފިއެވެ. ބައިބަލާ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މި މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ ޖުލައި މަހުއެވެ. އެ އެސޯސިއޭޝަނުން ބުނީ މިއީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ހާއްސަކޮށްގެން ބާއްވާ މުބާރާތެއް ކަމަށާއި މި މުބާރާތް ފެށުމަށް މިހާރުތާވަލުކޮށްފައިވަނީ ޖުލައި 27 ގައި ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ވަރަށްއަވަހަށް ހުޅުވާލާނެ ކަމަށެވެ. 1996 ވަނަ އަހަރުން ފެށިގެން ކޮންމެއަހަރެއްގެ ވެސް ފިތުރު އީދާ ދިމ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (27) ކުރީގެ އަދަދާއިގުޅޭ، ރޮއިރޮއި ގޮސް އަތްދަނޑިމައްޗަށް ނޫޙު ދެމުނު އިރު، އުޝާގެ ފައިގައި އެއްވެސް ވަރެއްވެސް ނެތްކަހަލައެވެ. އިރުކޮޅެއްނުވެ، ޒައިންމެން އައިސް ދާދި ގާތުގައި ހުއްޓުނެވެ. ” ބައްޕަ އުރާލުމާއެކު ޒަޔާ ހުއްޓާލައިފި! މީ ހަމަ ބައްޕަ ކުއްޖެކޭ ދޯ! ” ޒައިންގެ އަތުގެ ތެރޭގައި ނިދިފައިވާ ޒަޔާއަށް ބަލާލަމުން ނަދާ ބުނެލި އަޑު އުޝާއަށް އިވުނެވެ. އެޖުމްލައިން އުޝާގެ ހިތަށް އިތުރަށް އަސަރުކުރުވިއެވެ. ” ނޫޙު އަދިވެސް ބޮޑާ ހާކަނީތަ ހަމަ؟ ” އުޝާއާ ދިމާލަށް […] ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ރާއްޖެ މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަނީ ސަރުކާރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވަން ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 90 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދއްކެވި ވާހަކަފުޅުގައެވެ. ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އަމާޒަކީ ފުލުހުންގެ ތެރޭގައި ޚިދުމަތްކުރާ ކޮންމެ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން