ކޮލަމް އުފަލުގައި އޮތީ ޝުކުރުވެރިވުމެވެ. ބޮޑާވެގަތުމެއް ނުވެއެވެ. ހިތާމައިގައި އޮތީ ކެތްތެރިވުމެވެ. މުއުމިނުއަޅާއަށް ދިމާވާ ކޮންމެ ކަމަކީ ވެސް ހެވެކެވެ. އޭގައި ނުބައި ކަމެއް ނުވަތަ ބަދުނަޞީބު ކަމެއް ނުވެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. ” عَجَبًا لِأَمْرِ الْمُؤْمِنِ، إِنَّ أَمْرَهُ كُلَّهُ خَيْرٌ، وَلَيْسَ ذَاكَ لِأَحَدٍ إِلَّا لِلْمُؤْمِنِ ؛ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ ” (مسلم) މާނައީ: “މުއުމިނުއަޅާގެ ކަންތަކާ […] ޝެއިޚް ޝަފީއު އަބްދުﷲ · 3 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (36) ކުރީގެ އަދަދާއިގުޅޭ، ” ހަމައެކަނި އަހަރެންގެ މީހަކަށް، އަހަރެންގެ މިލްކަކަށް އަދި އަހަރެންގެ ޙައްޤަކަަށް އުޝާވުމީ އަހަންނަށް ލިބުނު އެންމެ ބޮޑު އުފާވެރިކަން.. އުޝާހުރީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެފައިކަން އަހަންނަށް އެނގުނު! އަދި އުޝާހުރީ ކޮންމެ ޙާލެއްގައިވެސް އެގެއިން ނިކުންނަން ބޭނުންވެފައިކަންވެސް އަހަންނަށް އެނގުނު! އަހަންނަށް ނޭނގުނު ކަމަކީ އަދި ހިތުގައި އުފެދޭ ސުވާލަކީ އެގޭގަ އެހާ ހިތްދަތިކަމުގައި އުޅެމުންދަނިކޮށް، ލޯތްބާ، ހިތްހަމަޖެހުމާ، އުފާވެރިކަން އުޝާއަށް އާދޭހާއެކު ގޮވަމ... ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ރާއްޖެ އެމްޓީޑީގެ ނަމާއި ކުލަ ނަކަލު ނުކުރުމަށް އެދިއްޖެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ނަމާއި ކުލަ، އަލަށް އުފައްދާ އެހެން ޕާޓީއަކުން ނަކަލު ނުކޮށް، އެ ޕާޓީއެއްގެ އަމިއްލަ ނަމާއި ކުލަ ބޭނުން ކުރަން އެދޭކަމަށް އެމްޓީޑީން ބުނެފިއެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސްބޭފުޅުން އިސްވެ ތިއްބަވާ އުފައްދަވާ “ދަ ޑިމޮކްރެޓްސް” ޕާޓީ އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން އިއްޔެ ވަނީ ދީފައެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ އޮފީސް ފުޓްސަލް: ޗެރިޓީ ޝީލްޑް މެޗް ފެނަކައިން ކާމިޔާބުކޮށްފި ހދ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން “މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023” ނަމުގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތް ފެށުމުގެ ކުރިން ކުޅުނު ޗެރިޓީ ޝީލްޑް މެޗް ދިއްދޫ ފެނަކަ ޓީމުން ކާމިޔާބު ކޮށްފިއެވެ. ޗެރިޓީ ޝީލްޑް މެޗު އިއްޔެ ހަވީރު ދިއްދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ތައްޔާރު ކޮށްފައިވާ ފުޓްސަލް ދަނޑުގައި ކުޅުނުއިރު، އެ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފާއިތުވި އަހަރު […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ޕޯލްސްޓާއިން އިހަވަންދޫ ސްކޫލްގެ ވަށާފާރުގައި ކުލަލައި ޒީނަތްތެރިކޮށްފި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއްކަމަށްވާ، ކުލްބަ ޕޯލްސްޓާއިން، އެ ރަށު ސްކޫގެ ވަށާފާރުގައި ކުލަލައި ޒީނަތްތެރި ކޮށްފިއެވެ. ކުލަބް ޕޯލްސްޓާއިން އިހަވަންދޫ ސްކޫލް ވަށާފާރުގައި ކުލަލައި ޒީނަތްތެރި ކޮށްފައި މިވަނީ މާދަމާ ރޭ އޮންނަ ސްކޫލުގެ ޕްރައިޒްޑޭގެ ހާއްސަ ހަފްލާއަށް ސްކޫލް ޒީނަތްތެރި ކުރުމުގެ ގޮތުންނެވެ. އެ ސްކޫލުގެ ވަށާފާރުގައި ކުލަލުމުގެ މަސައްކަތް މިއަދު ކޮށްފައި ވަނީ އެ ކުލަބުގެ މެމްބަރުންނެވެ. މި މަސައްކަތަށް ބޭނުންވާ ކުލަ ވެސް ހޯދާފައި ވ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ސައުދީން ދިވެހިންނަށް 350 އަށް ވުރެ ގިނަ ސްކޮލާޝިޕްގެ ފުރުސަތު ސައޫދީ އަރަބިއްޔާއިން ދިވެހިންނަށް 350 އަށް ވުރެ ގިނަ ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ. ރާއްޖޭގައި ހުންނަ ސައޫދީ އެމްބަސީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ އެ ސައޫދީގައި ކިޔެވުމުގެ 350 އަށްވުރެ ގިނަ ސްކޮލާޝިޕްގެ ފުރުޞަތު ދިވެހިންނަށް ހުޅުވާލާފައިވާ ކަމަށެވެ. މި ސްކޮލާޝިޕް ތަކަކީ “ފުލީ ފަންޑެޑް” ސްކޮލާޝިޕް ތަކެއް ކަމަށާއި، މި ސްކޮލާޝިޕްތަކުގެ ދަށުން ބެޗްލާސް ޑިގްރީ އާއި ޕޯސްޓްގްރެޖުއޭޓް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ލިބޭނެ ކަމަށް ވެސް އެ ޓްވީޓްގައި ބުނެފަވެއެވެ. ސައޫދީ އެމްބަސީން ބުނެފައިވާ ގޮތ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ފިލިތެޔޮ ކައިރި ކަނޑު އަޑިން 45 ކިލޯގެ ޑްރަގް ފެނުނު: ފުލުހުން ފާފު އަތޮޅު ފިލިތެޔޮ ކައިރީ ކަނޑުއަޑިއަށް ފައްތާފައި ހުރި 45 ކިލޯގެ މަސްތުވާތަކެތި ފެނުނުކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފިލިތެޔޮ ރިސޯޓު ކައިރި ކަނޑު އަޑިއަށް މަސްތުވާތަކެތި ފައްތާފައި ހުރިކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެ އަތޮޅުގައި އޮޕަރޭޝަނެއް ފެށީ 18 މެއި 2023 ގައެވެ. ފުލުހުން މިރޭ ވިދާޅުވިގޮތުގައި މިހާރު ވަނީ އެ އޮޕަރޭޝަން ނިންމާލާފައެވެ. ކަނޑަށް ފައްތާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައިފި މި އޮޕަރޭޝަންގައި މީހަކު އަދި މިހާތަނަށް […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ވިޔަފާރި ނިލަންދުއާއި ބިލެތްދޫ ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއަށް ފ. ނިލަންދޫ އާއި ބިލެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މި އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ ހަމީދެވެ. މި އެއްބަސްވުމުގެ ދަށުން ބިލެއްދޫ ބަނދަރުގެ 45,100 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއ،ި 2,900 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ "ލަމްހާގެ ވަޒީފާ ގެއްލި, ނަފްސާނީވެއްޖެ," އެކަމަކު ބަންދުން ދޫ ނުކުރި އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާ ޖަލުގައި އޮވެ ނަފްސާނީ ހާލަތު ގޯސްވެފައިވާ ކަމަށް ބުނެ އޭނާގެ ފަރާތުން ޝަކުވާ ކުރިޔަސް, އޭނާގެ ބަންދަށް ލުޔެއް ނުދޭން ކޯޓުން މިއަދު ނިންމައިފި އެވެ. 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު އެކަމުގައި ބައިވެރިވި ކަމަށް ބުނެ އައިޖީއެމްއެޗްގެ ދިވެހި […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރައްޔިތުންގެ ގައިގާ ހަންމުށި އަޅައިގެން ހޯދާ ވޯޓެއް ގަބޫލެއް ނުކުރެވޭނެ: ޔާސިރު ރައްޔިތުންގެ ފައިސާ އިން އުފައްދާ ބާރުން ރައްޔިތުންގެ ގައިގާ ހަންމުށި އަޅައިގެން ހޯދާ ވޯޓަކީ ގަބޫލު ކުރެވޭނެ ވޯޓެއް ނޫން ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މަސްވެރިންނަށް ވީ ވައުދު ނުފުއްދި އެކަމާއި ކަންބޮޑުވެގެން ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރައްވަމުންނެވެ. ޔާސިރު ވިދާޅުވީ އެ ގަރާރަށް ތާއީދު ކުރައްވާ ކަމަށާއި ދިވެހިންގެ ލޭނާރު ކަމުގައިވިޔަސް ތާރީޚުގައި ފެނިގެން ގޮސްފައ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ "ދަ ޑިމޮކްރެޓްސް" ޕާޓީ އުފެއްދުމަށް މަސައްކަތްކުމުގެ ހުއްދަދީފި “ދަ ޑިމޮކްރެޓްސް”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ދީފިއެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސްބޭފުޅުން އިސްވެ ތިއްބަވާ އުފައްދާ މި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އީސީ އަށް ހުށަހެޅީ 21 މެއި 2023 ގައެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައި އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ އެމްއާރްއެމް އުވާލަން ނިންމައިފި ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވާތީ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އެ ކޮމިޝަނުން މިގޮތަށް ނިންމީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވުމުން، ދެ ވަނަ ނޯޓިސްއެއް ވެސް ދިނުމަށް ފަހުއެވެ. ކުރީގެ މައުމޫން އަބްދުލްގައްޔޫމްގެ އިސްލާހީ ހަރަކާތަށް އުފެއްދެވި އެ ޕާޓީއަށް މެމްބަރުން ހަމަކުރުމަށް ދެވަނަ ފަހަރަށް ނޯޓިސް ދީފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައެވެ. އަދި އެ ނޯޓިސްގެ މުއްދަތު ހ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދެމަހުން ނިންމަން ވައިކަރަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމަށް ހަވާލުކޮށްފި ތިލަދުންމަތީ ދެކުނުބުރީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމަށް ހަވާލުކޮށްފި އެވެ. އާރު.ކޭ.އެލް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 2،394،343.99 (ދެމިލިއަން ތިންލައްކަ ނުވަދިހަ ހަތަރުހާސް ތިންސަތޭކަ ސާޅީސް ތިންރުފިޔާ ނުވަދިހަ ނުވަލާރި) އަށެވެ. މިމަސައްކަތް ނިންމަންޖެހޭ މުއްދަތެއްގެ ގޮތުގައި އޮތީ 60 ދުވަސްކަމަށް ޔޫތު މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ. މިކަމުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އަޙުމަދު މުހައްމަދު އެވ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
މަޖިލިސް ނަޝީދު އަވަހާރަކޮށްލަން ބޮން ހަރުކުރިކަން ރައީސަށް ކުރިން އެނގިވަޑައިގަންނަވާ: މެންބަރު ހަސަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ހަރުކުރިކަން ރައީސް އިބްރާޙީމް ސާލިހަށް ކުރިން އެނގިވަޑައިގަންނަވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ނަޝީދަށް އަމާޒުކޮށް ގ. ކެނެރީގޭ ކައިރީގައި ބޮން ގޮއްވާލުމުގެ ކުރިން އެ މައުލޫމާތު ރައީސް ސާލިހަށް ލިބިވަޑައިގެންނެވި ކަމަށެވެ. 2021 ވަނަ އަހަރުގެ މެއި ހަ ވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ [... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓަށް ޓިކެޓް ހަވާލުކޮށް ކެމްޕޭން ފަށާ ޖަލްސާ ހުކުރު ދުވަހުގެ ރޭ މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ ޓިކެޓް ހަވާލުކުރުމަށާއި، ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް ބާއްވާ ޖަލްސާ އަންނަ ހުކުރު ދުވަހުގެ ރޭ އޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއެންޕީން ވާދަކުރަން ނިންމާފައިވާއިރު، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ. އެމްއެންޕީން ބުނީ ޤައުމަށް ހެޔޮ ބަދަލެއް ގެނެސް ފުދުންތެރި ރައްޔިތެއް ބިނާ ކުރުމަށް އެ ޕާޓީން ކުރަމުން އަންނަ […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން