ވިޔަފާރި މޫލީގެ “އެންމެ އަގުހެޔޮ ސޭލް” ފަށައިފި ރާއްޖޭގެ އެންމެ ބޮޑު އޮންލައިން މާކެޓް، މޫލީ އިން މިއަދު މޫލީ “އެންމެ އަގު ހެޔޮ ސޭލް” ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން މަގްބޫލް ބްރޭންޑުތަކުގެ ސްމާޓްފޯނާއި އެކްސެސަރީޒް އިން 80 އިންސައްތައާ ހަމައަށް ބޮޑެތި ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި މާކެޓްގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި އެތަކެތި ލިބެން ހުންނާނެއެެވެ. މޫލީން ވިޔަފާރި ކުރުމުން ރާއްޖޭގެ ކޮންމެހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަ ކޮށްދޭނެއެވެ. އަދި މި ސޭލް މެދުވެރިކޮށް ކޮންމެ […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެންމެ މޮޅު ދަރިވަރުގެ މަގާމު ހާސިލު ކުރުމަށް ނަޢްލާ ކުރި ހިތްވަރު! 2021-2022 ވަނަ އަހަރު މަކުނުދޫ ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމް އެރަށު ފެހިވިލާގޭ ނަޢްލާ އިބްރާހީމް ޝަރީފްވަނީ ހޯދާފައެވެ. ސްކޫލަކުން ހުރިހާ ގޮތަކުން އެންމެ މޮޅު، އެންމެ ރަނގަޅު ދަރިވަރޭ ބުނުމުން ހިތަށް އަރަނީ އެ މަޤާމް ޙާޞިލް ކުރުމަށްޓަކައި އެ ދަރިވަރު މަސައްކަތް ކުރާނެވަރާއި ކުރާނެ ހިތްވަރެވެ. އެއީ އެންމެ ދުވަހެއް، ދެދުވަހެއްގެ މަސައްކަތެއް ނޫނެވެ. އަހަރު ދުވަހު، ކިޔެވުމުގެ އިތުރުން ތަޢުލީމާ ގުޅުންހުރި ކޮންމެ ކަމަކަށް އެދަރިވަރު ކަށިން ހިތްވަރު […] ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ވިޔަފާރި "އިސްލާމިކް ކޮއިން" ނަމުގައި ކްރިޕްޓޯކަރަންސީއެއް ތައާރަފް ކުރަނީ އިސްލާމްދީނުގެ އުސޫލުތަކާއި ޝަރީޢާ ގަބޫލުކުރާ ފުރަތަމަ ކްރިޕްޓޯކަރަންސީ އާންމުންނަށް ތައާރަފްކުރަން ތައްޔާރުވެއްޖެ އެވެ. އަރަބިއަން ބިޒްނަސްގެ ރިޕޯޓެއްގައިވާ ގޮތުން އާ ޓޯކަން އަކީ އެތުރިއަމް ނެޓްވޯކާއި ދުނިޔޭގެ އެތައް ހާސް އެޕްލިކޭޝަންތަކުގައި ބޭނުންކުރެވޭނެގޮތައް “ހައްގު ބްލޮކްޗޭން” ގައި އޮޕަރޭޓްކުރުމަށް ފައްކާކުރަމުން އަންނަ ކޮއިން އެކެވެ. މިހާރުވެސް ޕްރައިވެޓް ފަރާތްތަކަށް އަންނަނީ ވިއްކަމުންނެވެ. އިސްލާމިކް ކޮއިން އަށް މިހާރުވެސް ކަމާބެހޭ ފަރާތްތަކުގެ އެކްރެޑިޓޭޝަން އަދި ހުއްދަ ލިބިފައިވެއެވ... ހުސައިން ހަބީބް · 3 އަހަރު ކުރިން
ރާއްޖެ ފެން ކުންފުނީގެ ޗެއާމަންކަމުން މައުސޫމް އިސްތިއުފާ ދެއްވައިފި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޗެއާމަންގެ މަގާމުންނާއި އެކުންފުނީގެ ބޯޑު މެންބަރުކަމުން އަހުމަދު މައުސޫމް އިސްތިއުފާ ދެއްވައިފި އެވެ. މައުސޫމް އިސްތިއުފާ ދެއްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުގެ ރައީސް އާސިމް މުޙައްމަދު އަށް، އިސްތިއުފާގެ ސިޓީ ފޮނުވާފައިވާކަން މިނޫހަށް ވަނީ ކަށަވަރުވެފަ އެވެ. އެމްޑީޕީގެ ސްލޮޓެއްގައި މައުސޫމް އެމަގާމަށް އައްޔަން ކޮށްފައިވަނީ 06 ފެބްރުއަރީ 2019 ގައެވެ. އެމްޑީޕީއިން ވަކިވެ ވަޑައިގެން މައުސޫމް މިހާރުވަނީ ރައީސް ނަޝީދުގެ ފި... އަލީ އާދިލް · 3 އަހަރު ކުރިން
ބައިނަލްއަގުވާމީ އިންޑިއާއިން ކަޝްމީރުގައި ހަދާ އެންމެ އުސް ރެއިލްވޭ ބްރިޖް ފެނިފައި އަސްލަމް "ހައިރާންވެއްޖެ" ކަޝްމީރުގައި އިންޑިއާއިން ބިނާކުރަމުންދާ ދުނިޔޭގެ އެންމެ އުސް ރެއިލްވޭ ބްރިޖް ފެނިފައި ހައިރާންވެއްޖެ ކަމަށް ރާއްޖޭގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. ކަޝްމީރުގައި އިންޑިއާއާ ވީ ފަޅީގައި ތަރައްގީ ކުރަމުންދާ ޗެނަބް ބްރިޖަށް މިނިސްޓަރު އަސްލަމް އިސްކޮށް ހުންނަވައިގެން ދާދިފަހުން ވަނީ ޒިޔާރަތް ކުރައްވައިފަ އެވެ. އެ ބްރިޖްގެ މަސައްކަތް ކުރަމުން އަންނަ ނޮދަން ރެއިލްވޭ ކުންފުންޏާ ހަވާލާދީ އިންޑިއާގެ އެންޑީޓީވީ އިން ބުނެފައިވާ ގޮތުން އިންޑިއަން ރެއިލްވޭއިން އެ ގައުމަށް ގެންނަމ... ހުސައިން ހަބީބް · 3 އަހަރު ކުރިން
ރާއްޖެ ސްޓޯރީޓެލާސް ކޮންފަރެންސްގެ ސްޕީކާ ބައިވެރިން ރާއްޖޭގެ 8 ސަރަހައްދަކަށް! ސްޓޯރީޓެލާސް ކޮންފަރެންސްގެ އިންޓަނޭޝަނަލް ސްޕީކާ ލައިނަޕް އާއި ބައިވެރިން ދަތުރުކުރާ 8 ސަރަހައްދު ހާމަކޮށްފިއެވެ. މި ކޮންފަރެންސްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ހަތްދިހަ އަށްވުރެ ގިނަ ޓްރެވަލް ރައިޓަރުންނާއި ނޫސްވެރިންނާއި ބްލޮގަރުންނާއި އިންފްލުއެންސަރުންނާއި މީޑިއާގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ. އަދި މި ދަތުރުތަކުގައި ރާއްޖޭގެ ތަފާތު އަށް ސަރަހައްދަކަށް ބައިވެރިން ޒިޔާރަތްކުރާނެއެވެ. އެ ސަރަހައްދުތަކުގެ ޚާއްޞަ ސިފަތަކާއި ރީތިކަން، އަދި އެ ސަރަހައްދުތަކުގައި ބައިވެރިވެވެން ހުރި ތަފާތު ހ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަންސާރު މަގާމުން ވަކިކޮށްފި އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާ ކުރައްވަމުން ގެންދެވި މުހައްމަދު އަންސާރު މަގާމުން ވަކިކޮށްފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ‘ތިލަދުން’ އަށް ވިދާޅުވީ ބައެއް ބޭފުޅުން ވަނީ މަގާމުތަކުން ވަކިކުރެވިފައި ކަމަށާއި ވަކިވަކި ބޭފުޅުންގެ ނަންތައް ދަންނަވަން ދަތި ކަމަށެވެ. މިއުވާން ވިދާޅުވީ އެބޭފުޅުން އައްޔަން ކުރެއްވީ އެމްޑީޕީގެ ސްލޮޓިގައި ކަމަށާއި އަދި އޭގެތެރެއިން ބައެއް ބޭފުޅުންނަކީ އެމްޑީޕީގެ ބޭފުޅުން ނޫން ކަމަށް އެ ޕާޓީން އަންގާފައިވާ ކަމަށެވެ. “... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކޮލަމް ރަނިން މޯޑުގެ އަމާޒު: ކޮންމެ ފުލް މެރަތަން އެއް 3 ގަޑިއިރަށްވުރެ އަވަހަށް ނިންމުން މުހައްމަދު ރަޝީދޭ ބުނެފިނަމަ، ނޭނގިދާނެއެވެ. ނުވަތަ އެމްއެންޑީއެފް ގައި އުޅޭ މުހައްމަދު ރަޝީދު ނުވަތަ މޯޑޭ ބުނީމަވެސް ނޭނގުން އެކަށީގެން ވެއެވެ. އެހެންނަމަވެސް “ރަނިން މޯޑު” އެއީ ކާކުން ނޭނގޭ މީހަކު ވަރަށް މަދުވާނެއެވެ. ޚާއްސަކޮށް އެތްލެޓިކްސް ނުވަތަ ދުވުމުގެ ފަންނުގައި އުޅޭ މީހުންނަށް އެއީ ދެކިފަރިތަ މޫނެކެވެ. އަބަދު ވެސް އިވޭ އަޑެކެވެ. ދުވުމުގައި ކޮންމެ ދުވަހަކު ވެސް ބައްދަލުވާނެ ފަރާތެކެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދުވެ، ރާއްޖެއަށް ރީތިނަން ހޯދައިދީ ރާއްޖޭގެ ބައެއް ރެކޯޑުތައް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި ހަލާލު ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ސައުދީ 'ރިޔާދު ފެއާ' ގައި ރާއްޖެއިން ބައިވެރިވެއްޖެ ސައުދީ މާކެޓުގައި ރާއްޖެ އިތުރަށް ޕްރޮމޯޓްކޮށް ރިޔާދު ޓްރެވަލް ފެއަރ (އާރޓީއެފް) ގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) ބައިވެރިވެއްޖެއެވެ. ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއަރ، ކަމަށްވާ އާރްޓީއެފް މޭ 22 އިން 24 ގެ ނިޔަލަށް ކުރިއަށް ދިޔައިރު، މި ފެއަރގައި އެމްއެމްޕީއާރުސީ އާއެކު 15 ކުންފުންޏެއް ތަމްސީލުކުރާ 26 އިންޑަސްޓްރީ ޕާޓްނަރުން ވަނީ ބައިވެރިވެފައެވެ. މި ފެއަރގައި އެމްއެމްޕީއާރުސީން ބައިވެރިވުމުގެ މަގުސަދަކީ ސައުދީ މާކެޓުގައ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ރައީސް ސާލިޙް ނޫނީ ސިޔާސީ ފަރާތްތަކާއެކު ވީވަޢުދު ފުއްދުނު ވެރިއެއް ނެތް: އަސްލަމް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ފިޔަވައި ސިޔާސީ ފަރާތްތަކާއެކު ވީވަޢުދު ފުއްދުނު ވެރިއެއް ނެތް ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ފ. ދަރަނބޫދޫ ބަނދަރު ރަސްމީކޮށް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ސާލިޙުގެ ސަރުކާރުގައި ނޫނީ ވެރިކަމަށް އައުމަށް އެކުލަވާލި ކޯލިޝަން ދެމެހެއްޓުނު ދައުރެއް ރާއްޖެއަށް ޑިމޮކްރަސީ ގެނެވުނު ފަހުން ވެސް ނާންނަ ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައި އިރު އޮތް ކޯލިޝަނާއި،... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި ދެ ޒުވާނަކަށް ފަރުވާ ދެނީ ފޯއްމުލަކު ސިޓީގައި އެކްސިޑެންޓެއް ހިނގައި، އެ އެކްސިޑެންޓްގައި އަނިޔާ ލިބުނު ދެ ޒުވާނަކަށް ފުވާދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މަޢުލޫމާތު ރޭ 23:25 ހާއިރު އެ އިދާރާއަށް ލިބިފައިވެއެވެ. މި އެކްސިޑެންޓަކީ ދެ ސައިލް މުޑިއަރައިގެން ހިނގި އެކްސިޑެންޓެކެވެ. މި އެކްސިޑެންޓްގައި އުމުރުން 18 އަހަރޔެ ޒުވާނަކަށާއި 19 އަހަރުގެ ޒުވާނަކަށް އަނިޔާލިބިފައިވާއިރު، މި ދެ ޒުވާނުންނަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަކަމަ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: މިހިތަށް ލިބޭ ވޭން! ކަލާއަށް އެނގޭހޭ؟ (37) ކުރީގެ އަދަދާއިގުޅޭ، ” ދަރިފުޅު ދާންވީނު ޒައިން ކައިރިއަށް ވަދެލަން.. ބައެއް ފަހަރު ވަރަށް ރުޅިވެސް ގަދަވެގެން އުޅޭ! އަނެއްބައި ފަހަރު ރޯންވެސް ރޯނެ! އެހެންވެ މިބުނީ ޒައިން ހަމަޖެހިގެން އިނިއްޔާ ނޫޙު ގެންދާނީ..” އަމީރާ އެހެން ބުނުމުން އަވަސް އަވަހަށް އުޝާ ތެދުވިއެވެ. އޭނާ އޭރުވެސް ހުރީ އިންތިހާއަށް ޒައިން ދެކިލާހިތްވެފައެވެ. ކޮޓަރީގެ ދޮރުގައި ދެފަހަރަކު ޓަކި ޖަހާލުމުން އެތެރޭން ކާކުހޭ ބުނެލި އަޑު އިވުނެވެ. އެހެންކަމުން އުޝާ ބޭރުގައި މަޑުކޮށްލީ ޒައިން ދޮރު ހުޅުވާނެ […] ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ އޮފީސް ފުޓްސަލް: ސެމީގައި އާރުއާރުސީއާއި ފެނަކަ އަދި ހޮސްޕިޓަލާއި ޕޮލިސް ހދ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ “މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023” ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރޯޑް ރިކްރިއޭޝަން ކުލަބާއި ފެނަކަ ބައްދަލު ކުރަން ޖެހުނުއިރު، ސެމީގެ ދެވަނަ މެޗުގައި ހއ އަތޮޅު ހޮސްޕިޓަލް ޓީމާއި ދިއްދޫ ޕޮލިސް ޓީމް ވާދަ ކުރަން ޖެހިއްޖެއެވެ. އިއްޔެ މި މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައް ކުޅެ ނިމިފައިވާއިރު، އިއްޔެގެ ފުރަތަމަ މެޗުގައި ބައްދަލު […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ކުޅިވަރު ޑޯޓްމަންޑަށް މޮޅުނުވެވުމުން ޗެމްޕިއަންކަން ބަޔާން އަށް ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން 11 ވަނަ ފަހަރަށް ބަޔާން މިއުނިކުން ކާމިޔާބު ކޮށްފިއެވެ. ޖަރުމަނު ލީގުގެ ފަހު މެޗުތަކަށް ނުކުތްއިރު ޗެމްޕިއަންކަ ހޯދުމުގެ ފުރިހަމަ ބާރު އޮތީ ޑޯޓްމަންޑަށެވެ. މިރޭ މައިންޒް ބަލިކޮށްގެން ލީގު ކާމިޔާބު ކުރެވެން އޮތް ނަމަވެސް މައިންޒްއާއި ދެކޮޅަށް ޑޯޓްމަންޑް ކުޅުނު މެޗު 2-2 އިން އެއްވަރުވެ، ދެވަނާގައި އޮތް ބަޔާން މިއުނިކް 2-1 ގެ ނަތީޖާއިން ކޮލްން އަތުން މޮޅުވުމުން ލީގުގެ ޗެމްޕިއަންކަން ބަޔާންއަށް ވަނީ ލިބިފައެވެ. ބަޔާން އަށް […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ރާއްޖޭގައި ބާއްވާ ފުރަތަމަ މެރިން އިންޑަސްޓްރީ ފޯރަމް ފަށައިފި މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް މިއަދު ފަށައިފިއެވެ. މިއީ ބޯޓިން ދާއިރާގައި މަސައްކަތްކުރާ މުހިންމު ފަރާތްތައް ބައިވެރިވާ މި ފޯރަމް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ. އެއް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ފޯރަމަކީ މޯލްޑިވްސް ބޯޓިން އެސޯސިއޭޝަނާއި މީޑިއަމް އިވެންޓުގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ހަރަކާތެކެވެ. މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ދަތުރުފަތުރާބެހޭ ވަޒީރު އައިޝަތު ނަހުލާ އެވެ. ހޮޓެލް ޖެންގައި ކުރިއަށްދާ މި ފޯރަމްގައި 5 ޕެނަލް ޑިސްކަޝަންއެއް ކު... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން