ވިޔަފާރި ''މޯލްޑިވިއަންގެ މަތިންދާ ބޯޓު ކުއްލި ހާލަތުގައި ޖެއްސީ ފަސިންޖަރަކަށް ދިމާވިކަމަކުން'' ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓު އަނބުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް މިއަދު ޖެއްސީ ފަސިންޖަރަކަށް ދިމާވި އިމަޖެންސީއަކުން ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ އެއާ ލައިނުން ބުނީ، އެ ހާލަތު ދިމާވި ފްލައިޓަކީ މާލެއިން ކޮޗިން އަށް ދިއުމަށް ފުރި، މޯލްޑިވިއަން ފްލައިޓް Q2706 ކަމަށާއި އެ ފްލައިޓު ވީއައިއޭ އިން ފުރާފައިވަނީ މެންދުރުފަހު 3 ޖެހިއިރު ކަމަށެވެ. އެ ފްލައިޓު ނައްޓާލިފަހުން އެ ފްލައިޓުން ދަތުރުކުރި ކުއްޖަކަށް ދިމާވި މެޑިކަލް އެމަޖެންސީއަކާ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ހުޅުމާލޭގައި ކުޑަކުއްޖެއްގެ ގަޔަށް ވަޅި ހަރައި ޒަޚަމްކޮށްލައިފި ހުޅުމާލޭގައި ހިނގި މާރާމާރީއެއްގައި އަނިޔާވި 18 އަހަރުން ދަށުގެ ކުއްޖެއްގެ ގަޔަށް ވަޅި ހަރައިފިއެވެ. މި މާރާމާރީ ހިނގާފައި ވަނީ ހުޅުމާލޭ ފޭސް ދެއެއްގައެވެ. ދިވެހި ފުލުހުންގެ މީޑިއާ އޮފީޝަލް މިއަދު 18:14 ގައި މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، ހުޅުމާލޭގައި މާރާމާރީއެއް ހިނގާފައިވާ ކަމަށް މިއަދު 17:20 ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި މާރާމާރީގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލްގައި އަންނަނީ […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ވިޔަފާރި ދެކުނު އެފްރިކާގައި ރާއްޖެ އިޝްތިހާރުކުރުމަށް ޚާއްސަ ކެމްޕޭނެއް ފަށައިފި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން ތޮމްޕްސަންސް ހޮލިޑޭސް އާއެކު ދެކުނު އެފްރިކާގައި ޖޮއިންޓް މާކެޓިންގ ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާ ކެމްޕޭނެކެވެ. މި ކެމްޕޭންގެ ދަށުން ޑިޖިޓަލް މީޑިއާ، ސޯޝަލް މީޑިއާ، އައުޓްޑޯ އިޝްތިހާރު އަދި ބީޓުބީ އިވެންޓްތަކުގައި ތަފާތު ގިނަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެމްއެމްޕީއާރްސީ އިން ބުނީ މި ކެމްޕެއިންގެ މަގު... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ނިލަންދޫ ފަޅުން ދެރަށް ހިއްކައި ފަތުރުވެރިކަމަށް ހުޅުވާލަނީ ފ. ނިލަންދޫ ފަޅުން ދެރަށް ހިއްކައި ފަތުރުވެރިކަމަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސްގެ ދެކަނބަލުން ފ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ނިލަންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށްޓަކައި ނިލަންދޫގެ ފަޅުން ދެރަށް ހިއްކައި، ޓޫރިޒަމަށް ހުޅުއްވާލައްވާނެ ކަމަށާއި ވަޒީފ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް 15 ޤައުމަކަށް ދައުވަތު ދީފި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އޮބްޒާވް ކުރުމަށް 15 ޤައުމެއްގެ އިލެކްޝަން ކޮމިޝަންތަކަށް ދައުވަތު ދީފިއެވެ. މިކަން ހާމަކުރެއްވީ، ރާއްޖޭގެ އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު އެވެ. ހަބީބު މިއަދު ވިދާޅުވީ، ރިޔާސީ އިންތިޚާބު 2023 އޮބްޒާވްކުރުމަށް، 15 ގައުމެއްގެ އިލެކްޝަންސް އިދާރާތަކަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާ ގައި ރަސްމީކޮށް ދައުވަތު ފޮނުވާފަވާކަމަށެވެ. ރިޔާސީ އިންތިޚާބު 2023 އޮބްޒާވްކުރުމަށް، 15 ގައުމެއްގެ އިލެކްޝަންސް އިދާރާއަށް އިލެކްޝަންސް ކޮމިޝަނުން މިދ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ނިލަންދޫ ދާއިރާގެ މެންބަރު މުހްސިން އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ)، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކޮށްފިއެވެ. ޖޭފޯގެ އެމްޑީޕީއަށް ސޮއިކުރެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިހާރު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުއެވެ. ޖޭފޯ އެމްޑީޕީ އަށް ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ފ. ނިލަންދޫގައެވެ. ޖޭފޯ އަކީ މިނިވަން މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރައްވަމުން ގެންދަވާ މެންބަރެކެވެ. ޖޭފޯ މިއަދު އެމްޑީޕީއާ ގުޅ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ރައީސްގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް ދަތުރުފުޅެއް ފައްޓަވައިފި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ނިލަންދެ އަތޮޅު އުތުރުބުރީގެ ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މިއީ އެ އަތޮޅުގެ ހުރިހައި ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގެ ތެރެއިން ނިލަންދުއަށް ވަޑައިގެންނެވުމުން، ސަގާފީ ހަރަކާތްތަކާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އެންމެންގެ ސަލާމަތަށްޓަކައި މަރުގެ އަދަބު ތަންފީޛުކުރަން ޖެހޭ: ނާޒިމް އެންމެންގެ ސަލާމަތަށްޓަކައި މަރުގެ އަދަބު ތަންފީޛުކުރަން ޖެހޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ، އެމްއެންޕީގެ ރިޔާސީ ޓިކެޓް އޭނާ އަށް ހަވާލުކުރުމަށް މާލޭ އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ރޭ ދެއްކެވި ވާހަކާގައި ވިދާޅުވީ، މިއަދު އަޅުގަނޑުމެންގެ ތެރޭގައި އިންސާނާގެ ފުރާނައަކީ އެއްވެސް އަގެއްހުރި އެއްޗެއްނޫން ކަމަށެވެ. މަރުތަކުގެ ހިތާމައަކީ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ "ހުރިހާ އެންމެން ވިސްނައިގެން ސަމާލުކަން ނުދޭހާ ހިނދަކު މަގުތައް ރައްކާތެރިއެއް ނުވާނެ" ހުރިހާ އެންމެން ވިސްނައިގެން ސަމާލުކަން ނުދޭހާ ހިނދަކު މަގުތައް ރައްކާތެރިއެއް ނުވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލެ މަގުތަކުގައި ހަރުކުރާ “މަގުހުރަސް ބައްތި” އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާއި ކަމާބެހޭ އިދާރާތައް ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރިކަމުގައިވީނަމަވެސް، ހުރިހާ އެންމެން މިކަމަށް ވިސްނައިގެން ސަމާ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ހައިވޭގައި ނުރައްކާތެރި އެކްސިޓެންޑެއް ހިނގައި ދިވެއްސަކު ނިޔާވެއްޖެ މާލެއިން ހުޅުމާލެއަށް ދިއުމަށް އޮންނަ ހައިވޭގައި ނުރައްކާތެރި އެކްސިޓެންޑެއް ހިނގައި ދިވެއްސަކު ނިޔާވެއްޖެ އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި ނިޔާވެފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. މިއެކްސިޑެންޓު ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދިއުމަށް އޮންނަ ލޭނު ނިމޭ ހިސާބުގަ އެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަ... އަލީ އާދިލް · 3 އަހަރު ކުރިން
ރާއްޖެ ޑިމޮކްރަސީގެ ދަތުރުގައި އެންމެ ގިނަ ލަކުނުތައް ލަމުންދަނީ ސަލާމަތީބާރުތަކުގެ ސަފުތަކުގައި: ނާޒިމް ދިވެހިންގެ ޑިމޮކްރަސީގެ ދަތުރުގައި، އެންމެ ގިނަ ލަކުނުތައް ލަމުންދަނީ ސަލާމަތީ ބާރުތަކުގެ ސަފުތަކުގައި ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލުކުރަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ ސަލާމަތީ ބާރުތަކަކީ ގައުމީ ސަލާމަތުގެ އެންމެ އިސް އަދި އެންމެ ފަހު ސަފު ކަމަށާއި އެހެނަސް މިއަދު ސިފައިންނާއި ފުލުހުންވަނީ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ އޮފީސް ފުޓްސަލް: ހޮސްޕިޓަލުން ފެށުން ރަނގަޅު ކުރިއިރު، އާރުއާރުސީއަށް ބޮޑު މޮޅެއް ހދ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ “މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023” މިއަދު ކުޅުނު މެޗުތައް ހއ.އަތޮޅު ހޮސްޕޮޓަލު ޓީމާއި ރޯޑް ރިކްރިއޭޝަން ކުލަބުން ކާމިޔާބު ކޮށްފިއެވެ. މިއަދުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އަތޮޅު ހޮސްޕިޓަލާއި ފެނަކައެވެ. މި މެޗު ވާދަވެރި ކުޅުމަކަށް ފަހު 2-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ އަތޮޅު ހޮސްޕިޓަލް ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ނައީމާ މަރާލަން ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރު ހޯދައިފި ނ. މަނަދޫ ނައީމާ މޫސާ މަރާލަން ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރު ހޯދައިފިއެވެ. ނައީމާގެ މަރުގެ މައްސަލައާއިގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަކުރައްވަމުން ޕޮލިސް ކޮމިޝަނާ މުޙައްމަދު ހަމީދު މިރޭ ވިދާޅުވީ، ނައީމާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރު ފުލުހުން ހޯދާފައިވާ ކަމަށެވެ. އޭގެ އިތުރުން ނައީމާ އަށް ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާތަން ކޮނެ އެތަކެތި ނަގާފައިވާ […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ކުޑަކުދިންގެ ކާޓޫނު ސީރީސް އާއި ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން ނެރެފި “ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ކާޓޫނު ސީރީސް އާއި ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާހު ކޮށްފިއެވެ. މިއީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރިއަށްގެންދާ ކާޓޫނު ސީރީސް އާއި ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާހުކޮށްދެއްވީ ރައީސް ސާލިހުގެ އަނބިކަނބަލުން ފަޒުނާ އަހްމަދުއެވެ. ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ކުލަގަދަ ރަސްމިއްޔާތަކާއެކު އެމްއެންޕީގެ ރިޔާސީ ޓިކެޓު ނާޒިމަށް ހަވާލުކޮށްފި ކުލަގަދަ ރަސްމިއްޔާތަކާއެކު، މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ ޓިކެޓް އެޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އަށް އަރުވައިފިއެވެ. ރިޔާސީ ޓިކެޓު ނާޒިމަށް އަރުފައިވަނީ މިކަމަށްޓަކައި އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއެންޕީން ވާދަކުރަން ނިންމާފައިވާއިރު، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ނާޒިމް ކަމުގައި ކަނޑައަޅާފައިވަނީ އެކަމަށްޓަކައި ހުޅުވައިލުމުން އިތުރު ބޭފުޅަކު ކުރިމަތިލާފ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން